އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާއި މެދު ސުވާލު އުފައްދައި، އަދި އިސްލާމްދީން ގަބޫލު ނުކުރާ ދިވެހިން ދިފާއުކޮށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އުތެމާ" އިން ރިޕޯޓެއް ނެރެފިއެވެ.

މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ.

އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

އުތެމާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ. އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.

އުތެމާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މުޅިދުނިޔެއަށް އޭގެ އަސަރުކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ދީނީތަޤުރީރު ކުރާ މީހުންނާއި އެމީހުންގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުން ދައުވަތުދީގެން ރާއްޖޭގައި ތަޤުރީރުކުރުމަށް ގެނެވި، ކުޑަކުދިންނާއި ކައިވެނިކުރުން ފަދަ ގެއްލުންދެނިވި ކަންކަމަށް ރާއްޖޭގައި ބާރުއަޅާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އުތެމާގެ ރިޕޯޓްގައި ބުނެފައި ވަނީ އެމްޑީއެން އިން ތައްޔާރުކޮށްފައިވާ ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް (ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މިންވަރު ދެނެގަތުމުގެ އިބްތިދާއީ ދިރާސާ) ގައި ސްކޫލްތަކުގެ މަންހަޖަށާއި މުއައްސަސާތަކަށާއި ރައްޔިތުންނަށް ދިމާވެފައިވާ އާޚިރު ނަތީޖާއާއި ބެހޭގޮތުން ސަރީހަ މައުލޫމާތު ތަކެއް އެކުލެވިފައިވެއެވެ.

"ދާދިފަހުން ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެމް.ޑީ.އެން ގެ ރިޕޯޓު ކުށްވެރިކުރުމުގެ މަސައްކަތަކީ މި މައްސަލައިގެ ސީރިއަސްކަން ރަމްޒުކޮށްދޭ ކަމެކެވެ." އުތެމާގެ ރިޕޯޓްގައި ވެއެވެ.

މިރިޕޯޓްގައި ވަނީ ކައިވެނީގެ ތެރޭގައި ކުރާ ރޭޕް ރާއްޖޭގެ ޤާނޫނުތަކުގައި އެކަށީގެންވާ ގޮތެއްގައި މާނަ ކުރެވިފައި ނެތް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޕޯޓްގައި ބުނެފައި ވަނީ އަންހެން ކުދިންނާއި އަންހެނުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ސީރިއަސް އިތުރު މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. "މީގެ ތެރޭގައި ކުޑަކުދިންނާއި ކައިވެނި ކުރުން، ރަޖަމްކޮށް މަރަން ހުކުމްކުރުން، އިންސާނީ ޙައްޤުތަކުގެ ދިފާއުގައި ވަކާލާތު ކުރާމީހުނަށް ހަމަލާދިނުން އަދި ބޭރު ޤައުމުތަކުގެ ހަނގުރާމައިގާ ބައިވެރިވާން ދިޔަމީހުން އަނބުރާ ގެނައުމަށް ހަމަޖެހިފައިވުން ހިމެނެއެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

މިކަންކަމުގެ އިތުރު ތަފްސީލު މި ޚުލާސާގެ ފުރިހަމަ ރިޕޯޓުގައި ހިމެނިފައިވާނެ ކަމަށް ވެސް އުތެމާގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

71 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަމުގައި ބުއްޅަބޭގެ އަތެއް ވާނެކަމާމެދު ޝައްކެއްނުކުރަން!

    363
    5
    • Anonymous

      މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ! ފަހެ، އެއުރެން އެއީ
      ހަމަ ކާފަރުންނެވެ."
      އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ

      މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ޙުކުމްކުރާ މީހަކު ކަމުގައި الله ނޫންފަރާތެއް އަހުރެން
      އެދޭނެހެއްޔެވެ؟ އެކަލާނގެއީ، ޙައްޤާއި ބާޠިލު ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި،
      ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤުގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ.

      އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ.

      މާނައީ: "ޙުކުމްކުރެއްވުން اللهއަށް މެނުވީ ނުވެއެވެ. އެކަލާނގެ ޙައްޤު ބަސްފުޅު
      ވަޙީކުރައްވައެވެ. އެކަލާނގެއީ، ޙުކުމްކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ."

      އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ.
      މާނައީ: "ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން
      ޙުކުމްލިބިގަންނާން، ޠާޣޫތުކައިރިއަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް ކާފަރުވުމަށް އެއުރެންނަށް އަމުރުކުރައްވާފައިވާ ޙާލު ގައެވެ. އަދި، ޝައިޠާނާ އެދެނީ، )ޙައްޤުމަގުން( ދުރުވެގެންވާ
      މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ.އަދި، الله ބާވައިލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ
      ގޮތަށް ތަބަޢަވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، މުނާފިޤުން، )ނަފުރަތުވެ( ކަލޭގެފާނަށް
      ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ. އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ ޢަމަލުތަކެއްގެ ސަބަބުން
      އެއުރެންނަށް މުޞީބާތެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެއުރެން އިޙްސާންތެރިވުމާއި،
      އެކުވެރިކުރުން މެނުވީ ތިމަންމެން ޤަޞްދެއް ނުކުރަމުއޭ ދަންނަވައި، الله ގަންދީ ހުވާކުރަމުން
      ކަލޭގެފާނުންގެ އަރިހަށް އާދެއެވެ

      116
      2
    • ބުއްޅަދައްޖާލު

      ސީދާ އެންޓިއިސްލާމްޖައްސަން އިނގިރޭސިވިލާތުން ލިވާތުކުޅީގެ މީހުންއަތުން ފަންޑުހޯދާއިން އައިސްއުޅޭމީހެއްތީ..

      124
      3
  2. ޞަހީފާ

    ކީރިތި ރަސޫލާ ދުޢާ ދެއްވިފަދަ ވެރިންގެ ވެރިކަމުގަ އިސްލާމްދީނަށް ފުރައްސާރަކުރަނީ ދޯ؟

    266
    9
    • ނަވްބެ

      އާދި ޢިލްޔާސް ކައިރީ އަހާލާ

      78
      3
    • Anonymous

      މިސަރުކާރު ގެންނަން ވޯޓްލީ އެންމެންނަކީވެސް މިކަމުގައިނޒިންމާ އުފުލަންޖެހޭނެ މީހުން. ގިޔާމަތްދުވަހު ﷲ ގެ ހަޟްރަތުގައި މޫނުދައްކަން މިމީހުން ލަދެއް ނުގަންމާނެބާއޭ މަހިތަށްއަރާ. ﷲ ގެ ދީން ނައްތާލަން މިސަރުކާރުގެނެސްގެން މިތިބަ ދިވެހިންގެ ނުބައިކަމާ. ޒައްރެއްގެ މިންވަރަށްވެސް ﷲ އަށް ލޯތްބެއްހުރިނަމަ މިސަރުކާރު ގެންނަން މީހަކު މަސައްކަތެއް ނުކުރީސް.

      74
      5
      • Anonymous

        އެހެންވެ މި ބުނަނީ ޑިމޮކުރަސީ އަހުލުވެރީންނަށް ވާގިވެރިނުވާށޭ. ޑިމޮކުރަސީ ނިޒާމުގައި ކުފުރާއި ޝިރުކު އެކުލެވިގެންވަނީ އެއީ ގިނަ ބައެއްގެ ތާއީދާއި އެކު ނުވަތަ ގިނަ ވޯޓުން ﷲ ގެ ޝަރީއަތުގައިވާ ހުކުމްތައް އެބައިމީހުންގެ ކުފުރު މަޖިލީހުން އެ މާތް ޝަރިއަތުގައިވާ ހައްދުތައް ބަދަލުކޮށް އަމިއްލަ އަށް ޤާނޫން ހަދާ ނިޒާމަކަށްވާތީ. މިކަމުގައި އެ ކުފުރު މަޖިލިސް މެމްބަރުން ހޮވުމަށް ވޯޓުގައި ބައިވެރިވުމަކީ ﷲ ޝަރީއަތް ބަދަލުކުރުމަށް ވެވޭ އެހީއެއް. އެއީ ޝިރުކުގެ ޢަމަލެއް. ތައުބާ ނުވެ ހުއްޓާ މަރުވެއްޖެނަމަ ދާއިމީ ނަރަކަ އެމީހަކަށް އޮތީ.
        މާތްﷲ ވަޙީ ކުރައްވައިފައި ވެއެވެ
        މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ! ފަހެ، އެއުރެން އެއީ
        ހަމަ ކާފަރުންނެވެ."
        އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ

        މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ޙުކުމްކުރާ މީހަކު ކަމުގައި الله ނޫންފަރާތެއް އަހުރެން
        އެދޭނެހެއްޔެވެ؟ އެކަލާނގެއީ، ޙައްޤާއި ބާޠިލު ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި،
        ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤުގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ.

        އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ.

        މާނައީ: "ޙުކުމްކުރެއްވުން اللهއަށް މެނުވީ ނުވެއެވެ. އެކަލާނގެ ޙައްޤު ބަސްފުޅު
        ވަޙީކުރައްވައެވެ. އެކަލާނގެއީ، ޙުކުމްކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ."

        23
  3. ދުއާ

    ތިފަދަ ޖަމިއްޔާތަކާައި އިސްލާމް ދީނުގެ އަދުއްވުން ނެތިކުރައްވާދޭއެވެ...

    401
    4
    • މޯލްޑިވިޔަން

      އެރިޕޯރޓް ނުވެސް ކިޔާ ޢޭގަ އޮތީ ކޯ އްޗެ އްކަން ވެސް ނުބަލާ ތި ހަޅޭއލަވަނީ

      13
      151
      • ދިވެހިން

        އާމީން

        16
      • ވިސްނާ

        ކަލޭ ދެކުނިންތަ ކުރަހާފަ ހުރި ކާޓޫން، އޭގެން އެމީހުން ބުނެދެން ބޭނުންވާ އެއްޗިހި...ތިފަދަ ނުވިސްނޭމީހުން އުޅޭތީމައްސަލައަކީ

        5
        1
      • ޢަލިބެ

        ކަލޭ އެއްފަހަރުވެސް ޤުރުއާން ތަރުޖަމާ ކީންތަ؟ ތިރިޕޯޓެެއް ނުކިޔައިގެން ތިވާހަކަދައްކަނީ. ނުޖެހޭ ކޮންމެހެން ކިޔާކަށް. ކަލޭ ދެއިރުދެދަޅައަށް ރިޕޯޓް ކިޔަކިޔާ ހުރޭ.

        6
        1
    • ހ

      އާމީން

      49
      5
  4. އާނިޔާ

    ތީ ހަމަ މުޅިންވެސް އެއްގަލަކުން ފެހިކާ ރޮނޑުން އުޅޭ ޖަމުއްޔާތައް. އެކިކުލަކުލައިގެ ޔުނިފޯމުގަ ހަަމައެއްބަޔަކު އުޅެނި. ތީގަ ގިނައިން އުޅޭނީ ބުރުގާ ނާޅާ ލާދީނީ އަންހެނުން އަދި ފިރިހެނަކުވެއްޖާ ހުންނާނީ ހުންސާ ނުވަތަ ގޭވައްތަރުގެ ކުދިން. މިބައިގަނޑުގެ އަތްދަށުން މިގައުމު ސަލާމަތްވާނެ ދުވަހަކަށް އަހަރެން ހާދަ އުންމީދުކުރަމެ.

    111
    3
  5. ނަބާ

    ކީއްވެގެންތަ އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނާއި ކަލޭމެން ތިބެހެނީ، މިދީނަކީ އެއްވެސް އުނިކަމެއް އޮތްދީނެއް ނޫން!! ޢަމިއްލަ އަށް ހަދައިގެން އުޅޭ ދީންތަކަށް “ ރިޕޯޓް” ލިޔެ ތައްޔާރު ކޮށްބަލަ ! ހާދަ ރުޅިއެއް އާދޭ!! ދީނާ ކުޅެންޔާ މަޑަކުން ނުތިބެވޭނެ!! ދީނުގެ ދިފާއުގަ ނުކުންނާނެ އެންމެންވެސް، ތިހެން ހައެއްކަ “ އެބްނޯމަލް” މީހުން ރިޕޯޓެއް ލިޔުނަކަސް ، މިދީނަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ!! ދީން ދާނީ ކުރިޔަށް ?

    138
    3
    • ދިވެހިން

      100% ތާއީދު

      19
  6. މުހަންމަދު.

    އެމްޑީޕީ ސަރުކާރެއްގައި އަބަދުވެސް މެދުކެނޑުމެއްނެތި އޮންނާނީ ދީނައް ފުރައްސާރަކުރުން.. ދީނަކީ ބޯޅެއް ކަހަލައެއްޗެއް މިވެރިންނައް. ދީނަކީ މި މީހުންނައް އެއްވެސް އަގެއްހުރި އެއްޗެއް ނޫން.. އެހެންތާވާނީވެސް.. ރައްބެއް ރަސޫލެއް އާޚިރަތަކައް އީމާން ނުވާކަމުގަވާނަމަ. ހޯމް މިނިސްޓަރަކައް އެހެރީ ޝޭހެެއް.. އެކަމަކު ކިހާވަރަކައްތޯ މިފަދަ ބޮޑެތި ފާފަތައް ފާޅުގައި ހިންގާއިރު އެކަން ހުއްޓުވެނީ.؟

    88
    4
  7. ތިއްތިބެ

    މީހަމަ މަޖިލީހުގެތެރޭހިންގާ ޖަރީމާއާ، ސަރުކާރުން ހިންގާ ލާދީނީ ވައްކަންތައް ފޮރުވަން ފެންމަތިކުރާ ކަންކަން، ފަޅާއެރީމާވެސް މިސަރުކާރުން ފިޔަވަޅެއްނޭޅޭނެ!

    77
    1
  8. Anonymous

    ތި ޖަމިއްޔާވެސް އަނެއްކާ ރަޖިސްޓްރީ ކޮށްފަ އޮތީ ކެނެރީ ގޭގަތަ؟

    73
    1
  9. އެހެންތޭ

    ތިޔާއީ މަމެން ނުދަންނަ ޖަމްއިއްޔާ އެއް ނޫނޭ ފިރިހެނުން ގޮތަށް ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ބުރި ކޮށްލައިގެން އުޅޭ ކާޅު ހެދުން އަޅާ އެއްޗެހި ތައް ހިންގާ ޖަމްއިއްުޔާ އެއް ނޫންތޭ ތިޔާ ޒާތުގެ އެއްޗިއްސާއި ހެދިއޭ މާލެ ލޮކް ޑައުން ކުރަން ޖެހުނީވެސް ތިޔާ ޒާތުގެ 10 އެތި މާލޭގައި ތިއްބަސް ކޮވިޑް ވަބާ އިން މާލެ ސަލާމަތް ނުވާނެއޭ ތަމެން މޮޔަ ބޮލަށް އަރައިގަނެގެން އުޅޭ އުތެމަ ޖަމްއިއްޔާ މިހާރުން މިހާރަށް ތައުބާ ވާން މަމެން ތަމެންނަށް އަންގާ އަމުރު ކުރަމޭ މިގޮތަށޭ ތަމެން ހަދަން ޖެހޭނީ ކޮން ބައްލަވާ އެއްތޭ އެއްވެސް ބައްލަވާ އެއް ނޯންނާނެއޭ އިނގޭތޭ ބޮޑު އެއް ބައްލަވާ އޮންނާނީ އިނގޭތޭ ބައްލަވާ ތަމެން އުތެމަ އޮޅާލަބަލަ ދެން އޮޅާލާ އޮޅާލާ އޮޅާލާ...

    51
    2
  10. ޣޯސް

    ތިޔައީ ހަމަ އެއްބަޔަކު ގަންނަގަނޑު އާޅެ މި ގައުމަށްވުރެ ހާލަތު މާގޯސް މޯޑީ ދޮންބެމެންގެ ހައުމުގަ އާޅެ ތިޔަ ކެނެޑާއިން އެހީވެގެން ރިޕޯޓެއް ލިޔެބަލަ. އެހެރަ ފަލަސްތީން މީހުންގެ ހައްގުގެވާހަކަ އާޅެ އިންސާނީ ހައްގޭ ކިޔާ ބައިގަނޑުން ލިޔެބަލަ. ބލއއްނު

    58
    1
  11. އެޖެންޑާނަވާރަ

    މީކޮންތާކު ރަޖިސްޓްރީކޮއްފައޮތް މުނާފިޤުޖަމާއަތެއް ކަލޭމެން ކިތަންމެ ރިޕޯޓެއް ކިތަންމެގޮތަކައް ހަދަހަދައިގެންނެރުނަސް މާތްﷲއިރާދަކުރެއްވިއްޔާ މިތަނުގަ ކަލޭމެން ބޭނުންހާގޮތަކައް އަޅުކަންކުރާތަންތަންހަދައިގެން އުޅޭކައް ފުރުސަތެއްނުދޭނަން މީއިސްލާމްޤައުމެއް މިޤައުމުގައޮންނާނީ އިސްލާދީން

    73
    1
  12. ާޕޮލިސުން

    ހެޔޮނުވާނެ މިކަންތައް ހުއްޓުވަން ރައްޔިތުން ނިކުންނާކަަށް އަދިވެސް ނުވޭތަ!

    63
    1
  13. ނައިލާ

    ތި ރިޕޯޓުގަ އިސްލާމްދީނާ ހިލާފުކަމެއް ނެތް. ތިއީ ހުސް އިންސާނީ ހައްޤުތައް. އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަންޖެހޭ. ދާދިފަހުންވެސް 11 އަހަރުގެ އަންހެން ކުއްޖެއްވަނީ ރޭޕް ކޮށްފަ އަދި އެކަށީގެންވާ އަދަބެއް ދެވިފައެއްނެތް. އެމްޑީއެންގެ ރިޕޯޓު އެއީ މުޅިންވެސް ދީނާ ޙިލާފު ރިޕޯޓެއް އެކަމަކު އުތެމަގެ ރިޕޯޓަށް ތާއީދުކުރަން!!!!!

    10
    72
    • ކާފަބޭ2020

      އެޖެންޑާއެއްފަރާތުގަބާއްވާފަ އަންހެންކުއްޖާގެވާހަކަނެގީ! މަޖިލީހާކޯޓުތަކާދެންވެސްއޮތްތަނެއް ބާރުގެދަށުގައޮތްއިރު އެކުދިންގެހައްގުހޯދައިނުދެވިގެންތިޔަތެޅިބާލަނީކީއްވެތޯ؟ ކާކުތޯބުނީހައްގުހޯދާނުދޭށޭ ހޯދަދޭންވީ އެހެނަސް އިންސާނާހެއްދެވިފާރާތުން ކަނޑައަޅާފައިވާ އިންތަކާމިންތަކުން ބޭރުންހޯދާއެއްވެސް ހައްގަކަށްހަމަޖެހުމެއްނުލިބޭނެކަންޔަގީން!

      36
      1
    • އަލީ

      ތިޔަ ރިޕޯޓު ލިޔުނު މީހުން ވެރިކަމަށް އައިސް ފުރަތަމަ ވެސް ކުރިކަމަކީ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ޖަލުގަ އޮއްވާ މާފުދީ ނެރުން އިންސާނީ ހައްގުގެ ނަމުގަ. ކޮންހާ ވާހަކައެއް ތި ދައްކަނީ؟

      15
      1
  14. ސަމީ

    މި ކަމުގަ އަޑީގަ ތިބި މީހުން ގެ ނަންތަކާ ވަނަވަރު ކޮބް؟
    ކެނެރީގޭ ނަޝީދަށް ނިދިވެސް ނާންނާނެ މިކަމަށް ތާ އީދު ކުރަން ވެގެން .

    49
    1
    • ހަސަން

      ތީކަހަލަ ކަންތަ ތިކުރެވެނީ ސަރުކާރުން އަޅާނުލާ ހުރުމުގެ ސަބަބުން ކުރުޔަ އޮތީވެސް ތިކަހަލަ ކިތައްމެއް ކަމެއްބޯމަތިވާނެ ކަމަފެނޭ

      32
      1
  15. ސމީ

    ފެމިނިސްޓް ބަ އިގަނޑެ އްތާ މި އީ. މި ފެމިނިސްޓުންނަކީ ކޮން ބަ އެއ އްކަން ވަރަށް ރަނަގޅަށް އިނގޭ.

    44
    1
  16. ނަވްބެ

    މިފަދަ ބަޔެއް އެ ނެދާލެންޑްސް ގެ ނޫސް ޖަމިއްޔާ ޗާރލީސް ހެޕްޑޯ ހިންގީ...ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ މުޑުދާރު ކާފަރުންތަކާއި އަދި އެމުޑުދާރު ނޫސް އޭޖެންސީ ހިމާޔަތް ކުރަންހުރި ޕޮލިސް މީހާ މަރާލި ވަރުގަދަ މުޖާހިދުންނަށްކީ ޓެރަރިސްޓުން....

    31
    2
    • ގައިދުރު

      އެއީ ހަމަ ޓެރަރިސްޓުން.މީހުންމަރާ މީހުންނަކީ ޓެރަރިސްޓުން

  17. ބުޅިބެ

    ޕޖ ގެ ކޮއްކޮ އިސްވެ ހުރެ ނެރުނު ރިޕޯޓެެއް ކަމަށް ރަށުތެރެއިން އެބަކިޔާ!!! ލަަދީނީ ބޢިގަނޑު ވާނީ ހަމަ ލާދީނީ ބައިގަނޑށް

    47
    1
  18. ބިސް

    ކޮންބައެއް ތި ޖަމިއްޔާގަ ތިބެނީ؟

    33
    1
  19. ާާއާޒާބާރު

    ޠިޔައީ ކެނެރިގޭ ބުއްޅަކަލޭ ލާދީނީކަން ހާމަވާކަން އެމީހުން ހިފައިހައްޔަރުކުރޭ

    39
    1
  20. ދިވެހި އަންހެނެއް.

    ޢަހަރެމެންގެ ހައްގު ހޯދަން އުތެމާއެއް ބޭނުމެއްނޫން. ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން އެހައްޤު އަހަރެމެންނަށްވަނީ ހޯދައިދީފަ. ކަމެއް ކުރާހިތްވަންޏާ އޭގަ އޮތް އެއްޗެއް ތަންފީޒު ކުރެވޭތޯ ބަލާ.

    53
    1
  21. އަލްމުހުލިސް

    ތިޔަކަމާތާ އީވާ ގެރިކޮށީގައި މާރުޅިގަދަ ވެގެން އައްޑޫ ޝަރީފަށް މިހެޓަކަށްދިނީ. އީވާއަކީ އަނެއްކާ ތިޔަ ޖަމިއްޔާގެ މުއައްސިސެއްތަ ؟

    42
    2
  22. އަރީ

    ތިޖަމިއްޔާގެ ވެރިންނާއި މެންބަރުންނަކީ ކޮބާތަ؟

    25
    2
  23. Anonymous

    ދުނިޔޭގެ އެންމެ ލާދީނީ ގައުމުތަކުންވެސް މިހާރު އުޅެނީ އިސްލަަމީ ތަރުބިއްޔަތާ އުސޫލުތަކަށް. މިގައުމުގަ އުޅެނީ ފުލަށްބަރު ޖާހިލުން. އެމީހުނަށް ނޭނގުނު އިސްލާމް ދީނުގައި އިންސާނީ ހައްގުމާފުރިހަމަކަން. ތި ކެނެޑާގަވެސް ގިނަމީހުން މިހާރު ސަރޗްކުރަނީ އިސްލާމީ ތަރިބިއްޔަތު. ދިވެހި ޖާހިލުން ބޮލިހޮވަންދަގަ. ތިހެން ނެރޭ ރިޕޯޓަކުން ކަލޭމެންގެ ސިކުނޑީގެ ބަލިމަޑިކަން ހާމަވުންނޫން ކަމެއްނުވާނެ.

    41
    1
  24. މަޒް

    ކައިވެނިކޮއްގެން ހުރެ ރޭޕްކުރެވޭތަ؟

    36
    1
    • ލޮލްލޮލް

      ކުރެވޭނެ. ހަދީސް ކިޔާލީމަވެސް އިނގޭނެ.... އަންހެނާއަކީ ސަޚުސެއް. ދީން ހުއްދައެއް ނުކުރޭ ގަދަކަމުން ކުރާކަށް..

  25. ޙައުލާ

    ކައިވެނި ނުކޮށް ރޭޕް ކުރަން މާރަނގަޅޭތަ މިކިޔަނީ. ދިވެހިންގެ ތެރޭގައިވެސް އުޅޭނެ ޝައިތާނުން. މިމީހުންނަކި މުޅަމަސްކައި އިންސާނިއްޔަތުން އެއްކިބާވެ ޖަނަވާރުންގެ ގޮތުގައި މުޑުދާރު ފާހިޝް އަމަލުކުރާ، ލަދުހަޔާން ނެތް ބައެއް. އިންސާނުންނަށް ވުމުގެ ފިރަތަމަ ޝަރުތު، ލަދުވެތިކަން. މިރިޕޯޓް ހެދީ އިންސާނިއްޔަތުގެ ވަހަކަދައްކާ ޖަނަވާރުން. މިމީހުންނަށް އެނގެނެ އިންސާނިއްޔަތެއް ނޯންނާނެ. މަދު ފައިސާކޮޅަކަށް 4 މޮއްގަނޑު ޖެހި އެނިމަލްސް އަށް ވެގެން އެތިބީ. ވ. ތާހިރެއްނު.

    46
    3
  26. ޒުހުރާ

    ހިސާބަށްވުރެ ޖާހިލުވީމަ ގަހުގަބގަތްކޮޅު ނޭނގެނީ. ތިއީ ދުނިޔެއިން ގެއްލި ދައްޖާލުގެ އަޅުންނަށްވެފަ ތިބި މީހުން. އަމިއްލަ ވަންތަކަމެއް ނަމެއް ދީނެއް މަޒްހަބެއް ޖަމާއަތެއްނެތް. ސްލޭވްސް އޮފް ޑެވިލްސް. އެންމެ ވީކް މީހހންނޫނީ އިބިލީހަށް ތިހެން ނުހެއްލޭނެ.

    37
    1
  27. Anonymous

    ހާދަ ނިކަމެތި ގޮތްކުޑަ ބައެކޭދޯ މި އުޅެނީ. ކެނޭޑިއަން ޑެވިލް ސޮސައިޓީއަށް ވިކުނީ. ފަގީރުކަން. ދިވެހިން ބަލައިނުގަތީމަ ވަލުޖަނަވާރުންތަކާއެކު ތިވެގަތީ. ޖަނަވާރުންނަށް އެނގޭނީ ކޮން އިންސާނިއްޔަތެއް. އަންހެން ކުދިން މީހުންނާ އިންނީމަ އެކުދިން ރޭޕް ނުކުރެވޭނެތީ ތި އުޅެނީ.

    36
    2
  28. ޖައުފަރު

    މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ! ފަހެ، އެއުރެން އެއީ
    ހަމަ ކާފަރުންނެވެ."
    އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ

    މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ޙުކުމްކުރާ މީހަކު ކަމުގައި الله ނޫންފަރާތެއް އަހުރެން
    އެދޭނެހެއްޔެވެ؟ އެކަލާނގެއީ، ޙައްޤާއި ބާޠިލު ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި،
    ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤުގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ.

    އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ.

    މާނައީ: "ޙުކުމްކުރެއްވުން اللهއަށް މެނުވީ ނުވެއެވެ. އެކަލާނގެ ޙައްޤު ބަސްފުޅު
    ވަޙީކުރައްވައެވެ. އެކަލާނގެއީ، ޙުކުމްކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ."

    އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ.
    މާނައީ: "ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން
    ޙުކުމްލިބިގަންނާން، ޠާޣޫތުކައިރިއަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް ކާފަރުވުމަށް އެއުރެންނަށް އަމުރުކުރައްވާފައިވާ ޙާލު ގައެވެ. އަދި، ޝައިޠާނާ އެދެނީ، )ޙައްޤުމަގުން( ދުރުވެގެންވާ
    މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ.އަދި، الله ބާވައިލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ
    ގޮތަށް ތަބަޢަވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، މުނާފިޤުން، )ނަފުރަތުވެ( ކަލޭގެފާނަށް
    ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ. އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ ޢަމަލުތަކެއްގެ ސަބަބުން
    އެއުރެންނަށް މުޞީބާތެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެއުރެން އިޙްސާންތެރިވުމާއި،
    އެކުވެރިކުރުން މެނުވީ ތިމަންމެން ޤަޞްދެއް ނުކުރަމުއޭ ދަންނަވައި، الله ގަންދީ ހުވާކުރަމުން
    ކަލޭގެފާނުންގެ އަރިހަށް އާދެއެވެ

    29
    2
  29. ކަޅުބަބުރު

    ތިފަދަލާދީނީ މީހުންނާއި ލާދީނީ ފިކުރުގެ އެންމެހާ މެންބަރުން އަރިއަލް ސެރޯންފަދައިން އެނދުމަތި ކުރަށްވާށިއެވެ.

    34
    1
  30. ހުސް މުނަފިގުން

    ލަހިކެއްނޫން އމޑޕ ވެރިކަމުގަ އޮއްވަކާ ދީނަށް ފުރައްސާރަ ކުރުމާ ލާދީނީ ހަން ފެތުރުން ހުއްޓުވާކަށް ދިވެހިންނަށް ކުރިންވެސް މިކަން އިނގި ތިބެ އމޑޕ އަށް ވެރިކަންހޯދާދީ މަޖިލިސްވެސް ދިނީ ކޮބާ އިމުރާނު ކޮބާ އިލްޔާސް ކޮބާ އިޔާސް އެތިބީ މަގާމާ ވަޒީފާޔާ ހެދިހޭބަލިވެފަ މިމީހުމްގެ އެހީތެރިކަމާ އެކު މިފަދަ ޖަމިއްޔާތަށް މަސައްކަތްތަށް ފަށާގަތީ މިވެރިކަމުގެ ނިވަލުގަ ތިބެގެން ކުރިޔަށް އެގެންދަނީ ދިވެހިމްނަށް މިތިބަ3 މީހުން ދީންނަގާ ކޮޑަށްލައިގެން ރަސޫލާ ދުޢާ ދެއްވަފަ ވާ ވެރިއރިއެކޭ ކިޔާގެން މުޅިގަމު ފަނަކޮށްފި

    34
    1
  31. ލާމު

    ސިވިލް ސާވިސް ގަ މިހާރު ވެސް ފިތިހެނުންނަށް ވުރެ ގިނައީ އަންހެނުންނެވެ. ފިރިހެނުންގެ ހައްގު ގެއްލި ފަ އެވެ.

    25
    1
  32. ކެނަރީދައްޖާޅޫ

    ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ. އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.
    މައްސަލަ ވ ސާފު (އެންޓި އިސްލާމް) މިގައުމުން އިސްލާމް ދީން ފުހެލުން މިކުއްތއިންގެ މަސައްކަތަކީ

    36
    1
  33. ޖހފ

    މީ ދެން ކިހާބޮޑު އާފާތެއް..! ތި ދީންމުގުރާތީ ވެސް މި އޮއްތީ މިތަނަށް ވައްދާފަ ދެން ތި ދީންމުގުރާތީ އިން ލިބޭ ފޮނިކަން ދައްކާނީ އިސްލާމް ދީނާ ނުކުޅެ...މި ކަށް ހީވަނީ ބޮލަށް ނަގޫފިތިގެން އުޅޭ ހެން.....ޔާ ﷲ އަޅަމެން މި ބޮޑު މުޞީބާތުން ސަލާމަތް ކުރައްވާންދޭވެ...ޔާ ﷲ ޔާ ﷲ ޔާ ﷲ...؟ޔާ ރަޙުމާނުއް ރަޙީމު ޔާ މަލިކު ޔާ ލަޠީފް...ޔާ ޚަބީރު..

    31
    1
  34. ައަހުމަދު

    ކިތަންމެބަޔަކު ކިތަންމެވާހަކައެއް ދެއްކިޔަސް އަދިނުރުހުނަސް އިސްލާމްދީންގައިވަނީ ހައްޤުމަގު އެހެންދީންތަކުގައިވަނީ ބާޡިލް ކަންތައް ދެދުނިޔޭގެބާއްޖަވެރިކަންލިބެން އައްނަނީ އިސްލމްދީން ގައިވާކަންތަށް ފުރިހަމަކޮށްގެން ، އިންސާނައަށް އިންސާނާހެއްދެވި ޚާލިގުވަންތަﷲ ދެއްވެވި އިލްމުގެ ކުޑަކުޑަމިންވަރުން ބައެއް އެއިންސާނާއަށް އެނގުނީމަ އޭނާކިބުރުވެރިވެ ބޮޑާވެގަންނައިރު ނޭގެނީބާ ތިމަންނައެނބުރިދާންޖެހޭނީ ﷲސުބުހާނަހޫވަތައަލާގެ ހަޟުރަތައްކަމެއް؟ އަދިސަލަމަތަށް އެދީއާދޭސްކުރަންޖެހޭނީ އެކަލާނގެ ހަޟުރަތުގައިކަމެއް. ޔާﷲ އަޅަމެންނަށް ތެދުމަގުދައްކަވައި ފާފަފުއްސަވައި އިބައިލާހު ލޯބިވެވޮޑިގަންނަވާ ބައެއްކަމުގައި އަޅަމެންލައްވާފާނދޭ. ޢާމީން.

    34
    1
  35. ދުންތަރި

    ތިޔަފެންނަނީ އެމްޑީޕީ މަކަރުވެރި 19 ގެ އަސްލުމަސައްކަތް ތިޔަކަންކުރާ މީހުންނަކަށް މިސަރުކާރުން އެއްވެސް ފިޔަވަޅެއްނާޅާނެ އިސްލާމްދީނަކީ އަންހެނުންގެ ޙައްޤުތަކަށްވެސް ކުޑަކުދިންގެ ޙައްޤުތަކަށްވެސް އިންސާނީ ޙައްޤުތަކަށްވެސް އެންމެ އިސްކަންދޭ ދީން މީކޮން ބުރާންތިތަކެއްތަ ފާޑުފާޑުގެ ވާހަކަދައްކައި އިސްލާމްދީނަށް ބަދުބަސް މި ބުނަނީ އިސްލާމް ދީނަކީ އެންމެ ފުރިހަމަ އެންމެ އިންސާފުވެރިދީން އެމްޑީޕީ އަޑީގަ އޮވެގެން އިސްލާމް ދީން ބަލިކަށިކުރަން ކިތަންމެ ރޭވުމެއް ރޭވިޔަސް އެކަން ކާމިޔާބެއްނުވާނެ އިރާދަކުރެއްވިއްޔާ ﷲ ގެދީނަކީ ދީނަކީ ﷲ ގެ ޝަރިޢތަކީ ޝަރީޢަތަކީ މިކަށްބަދަލެއް ނުގެނެވޭނެ ލާދީނީ ޖަމާޢަތްތަކަކަށް

    31
    1
  36. އަހުމަދު

    ކޮންމެ ބަޔަކުވެސް އެމީހަކާއި އެމީހެއްގެ އާއިލާގެ ކަންކަން ގުރުއާނާއި ސުންނަތުގެ މައްޗައް ބަދަލުކުރޭ. މިމީހުނައް ދެވޭނެ އެންމެ ވަރުގަދަ ރައްދަކީ އެއީ

    32
    1
  37. ނޫސް

    ބަލަ ވަގުތޫ. ތި ޖަމިއްޔާއާ ރާއްޖޭގެ އެޗްއާރުސީއެމްއާވެސް ގުޅުން އޮވޭ

    24
    2
  38. ޔާސިރު

    މީ ވަރައްދެރަ ސީރިއަސް މައްސަލައެއް.. މި ޤައުމުގެ ދީންކަމައްވާ މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރަން ރައްޔިތުން ތެދުވަންވެއްޖެ

    33
    1
  39. ާއަމީ

    މިސަރުކާރުގެ އަސްލު ސޫރައަކީ މީ. މިސަރުކާރު ގެނައި ބޭފުޅުންނަށް ހިއްސާއެއް ވާނެތާ. ޢިމްރާން އިލްޔާސް އިޔާޒު އަދި ޒައުދު ކޮބާތޯ؟

    31
    1
  40. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    މީދެންކިހާ**ވެރިކަމެތޯ ﷲސުބުހާނަހޫވަތަ އާލާ ކޯފާ އަށް ބިރުވެތިވޭ މިގަ އުމުން މުސީބާތްފިލާދާނީ ﷲ އަށްބިރުވެތިވާ ސަރުކާރެ އް އޮވެ މިފަދަނުރަ އްކާތެރި ކަންކަންބަލަ އި މިފަދަނުރަ އްކާތެރި ސަ އިތޯނުންނަ ހަރުކަށިފިޔަވަޅު އަޅަ އިގެން

    26
    2
  41. ކިޔުންތެރިޔާ

    ސަރުކާރުގެ މައްސަލައެއް ނޫން. ތި ރިޕޯޓު ލިޔުނު މީހުންގެ މައްސަލައެއް. އިބުރާހިމް މުހައްމަދު ސޯލިހުގެ މައްސަލައެއްވެސް ނޫން. އެ ބޭފުޅާ ހޮވައިދިން ރައްޔިތުންގެ މައްސަލައެއް. މީން ކަމަކާ ބެހޭގޮތުން ވާހަކައެއް ދައްކައިފިއްޔާ ފިތުނަ އުފެއްދުން ނޫން ކަމަކަށް ނުވޭ!

    12
    2
  42. ދޮންބެ

    ޔާﷲ! ދިވެހި ރައްޔިތުން އަށް ހެޔޮވިސްނުން ދެއްވާށި! އޯގާތެރި ކަމާއި މިނިވަންކަމާއި ހައްގުތަކުގެ ނަމުގައި ދިވެހިރާއްޖޭގައި އެހެން ދީންތައް ގެނައުމަށް ދިވެހިންގެ ތެރޭގައި ތިބި މުނާފިޤުންގެ ވަކިތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވާށި!

    22
    1
  43. Anonymous

    ޔާ ﷲ މިފަދަ މުރުތައްދުން ނާއި ދެކޮޅަށް ދެދުވާނެ ބަޔަކު މި ޤައުމުން ނެރުއްވާފާންދޭ

    25
    1
  44. މެކް

    މިއަދު ވެރިކަމުގާތިބީ އެމީހުން އެމީހުން ބޭނުން އެއްޗެއް ލިޔެވޭނެ (އެފަރާތެއްގެ ބާރުފިޔަވާ އެހެން އެއްވެސް ބާރެއް ނުވާދުވަހެއް އަންނާނެ އެދުވަހައް ބިރުވެތިވޭ)

    20
    1
  45. ހަރަސް

    މިފަހަރު ކޮން ބައެއްބާ ބޭރު ގައުމެއްގެ ހަރަދު ގައި އެތަނުގައި ވަޒަންވެރިވާނީ؟
    އަދި ބުނަން. މި ކާޑު ކުޅުން ހުއްޓުވަން އެބަ ޖެހޭ މައްސަަލަޔާ މެދު އެއްގޮތަށް ވުރެ ގިނަ ގޮތުން ވިސްނައިގެން.

    15
    1
  46. ނޫނާ ( އޮސްޓްރޭލިޔާ)

    ދީނާ ދެކޮޅު ސިޔާސަތެއް އޮތްކަމާ ފިޔަވަޅު ނާޅާނެކަމާ ދަޢްވާ ނުކުރާނެ ކަން ޔަޤީންވާނަމަ މުސްލިމް ޤައުމެއްގައި ވެސް ހިތައް އެރިހާ ކަމެއް ދީނާ ދެކޮޅަށް ކުރެވިދާނެ ކަމަށް ބަޔަކަށް ފެނިދާނެ ނޫންތޯ ؟

  47. ނޫނާ ( އޮސްޓްރޭލިޔާ)

    ދީނާ ދެކޮޅު ސިޔާސަތެއް އޮތްކަމާ ފިޔަވަޅު ނާޅާނެކަމާ ދަޢްވާ ނުކުރާނެ ކަން ޔަޤީންވާނަމަ މުސްލިމް ޤައުމެއްގައި ވެސް ހިތައް އެރިހާ ކަމެއް ދީނާ ދެކޮޅަށް ކޮށްފާނެ ؟

  48. ތޮލާލް

    ބަލަގަ އިސްލާމް ދީން މީހުންނަށް އޮލިގެންއުޅެނީ ތުނބުޅީ އިސްލާމްދިީން ނުދަންނަ ޖަަަާހިލުރޯނުއެދުރުންނާ ހެދިއެވެ

    3
    4
  49. ލޮލްލް

    ހަޔާތްކެނޑެން ދިވެހިން ދަސްކުރީ ޕާޓީ ސިސްޓަމުން...އަދި ފަހުން ކުރި ބަޣާވަތުން...

  50. ޖަލުބައްތި

    މި ދިވެހިރާއްޖޭގެ ބަފަޔަކީ އިންޑިޔާ ވިއްޔަ މި އެމް.ޑީ.ޕީ ވެރިކަމުގައި. ސޯލިހު ރައީސް އެހުންނެވީ ބުއްޅަބޭގެ ދަށުވެފައި. ބުއްޅަބޭ ހުންނަނީ ގެރި މޯދީގެ ދަށުވެފައި. އެހެންވީމާ ވާނެގޮތް ކަލޭމެން ވިސްނާ ފިކުރު ކުރޭ....

  51. ޓައްޕު

    އަސްލު ބުނަންތަ ވާހަކައެއް މާ އެނގެޭ ކަމަށް އަމިއްލަޔަށް ހީކުރެވި މީހުންގެ މުޅަމަސްކައި ހަޑި ހުތުރު ބަހުން ވަަާހަކަ ދައްކައިގެން ހަސަދަ ފިލުވަން އުޅެ ވަކި މީހަކާ ޖެއްސި ހަދާމީހުންނަކީ އުތެމާ އަށްވުރެންވެސް ޖާހިލު ލާދީނީ އަމިއްލައެދުން ބޮޑު ޖާހިލުބައެއް އަސްލު އިސްލާމްދީން އޮންނަނީ ބޮޑު ބުރު ގާޔާ ކުލަފާޓާތަކާ ދިގު ތުނބުޅީގަ ބަނދެވި ގެންނެއްނޫން އިސްލާމްދިީނަކިިިީ މިނިވަންކަމާ އިންސާނީ ކަރާމާތާ ރަހްމަތުންފުރިގެންވާ އިންސާނިިިީ ހަމަހަމަ ކަށް ދަމަހަށްޓާ އިންސަަާނުންގެ ލެޔާ މުދަލާ އަބުރާ ނަމަާ ހިމަާޔަތް ކޮށް ޝަރަފްވެރި އާއިލާ ބިނާ ކުރަާ ދީން އިސްލާމްދީން ގޮވާލަނިިިިީ ލޯބިވަާން ﷲގެ ޚާއްސަ އިސްމުފުޅު[ނަންފުޅު]ތަކުގެ ތެރެޭގައި އައްރަހްމާން[އޯގަާތެރި ]އައްސަލާމް [ޕިީސް ، އަމަން އަމަާންކަމަަަަާއި ސުލްހަ ]އައްލަތީފް [ލޮބުވެތި ] މިފަދަ ނަންފުޅުތައް ހިމެނޭ .އިސްލަާމްދީން ގޮވަާލަނީ ލޯބިވާން. ބޮޑާ ކަމާ ތައައްސަބުން ދުރުވާން މިކަންކަން ބޮލާލާ ޖަހާފަ ތިމާމެން ހިތުހުރި ކަމެއް ކޮށްފަ ހިތުހުރި ގޮތަކަށްއުޅުނީމަ ކާފަރުންގެ ކުރިމަތީ މުސްލިމުންގެ އަގު ވެއްޓެނީ އެގޮތައް އުޅޭ މުސްލިމުންނާހެދި ތިބުނާ އުތެމަަ އަކަށްވުރެވެސް ޖާހިލު ހެން ޙީވަނިިިީ .އަހަރެންނަކީ އިލްމުވެރިއެއްނޫން އެކަމަކު އިލްމުވެރިންގެ ވާހަކަ ތައް އަޑުއަހާ އަމަލު ކުރެވޭތޯ ބަލަން މީހުންނާ ޖެއްސި ފާޑު ކިޔުމުގެ ކުރިން ހޮދުތިމާ އިސްލާމްދީން ފޮލޯކޮށްބަލަ އޭރުން އުތެމާ އާ އެމްޑީއެންފަދަ ޖަމާއަތްތަކަށް މިރާއްޖޭގައި ގަދައެއްނުވެވޭނެ ތިބުނާ ޖަމާއަތްތަކުގައި މުޅިންހެން ތިބީ ހުޅަނގުގެ ގައުމުތަކުން ކިޔަވާފައިތިބި އިސްލާމްދީނާ ބެހޭ އެއްވެސް މައުލޫމާތެއްނޭގެޭ ޒުވާން ކުދިންކޮޅެއް އެމީހުންނަށް މަގުދައްކަން ތިބިމީހުންގެ ހާލު އެއަށްވުރެވެސް ނުބައި ދެންތިބީ ފާޑުކިޔާ ޖާހިލު ރޯނު އެދުރުންގެ ގުރޫޕެއް މިއޮތީވާ ގައުމެއް އިސްލާހަށް މަސައްކުރަން ބޭނުންވި މަސައްކަތް ކުރެވޭނެ މީހާ އެއޮތީ ޖަލުގަ މިގައުމުގައިނެތް މަގުދައްކާނެ އެކަކުވެސް ކޮންމެ މީހަކަށްވެސް ބޮޑު ފިހާރައެއް ހުޅެވުނީމަ އޯކޭ އަންބޮޑި ފުރިއްޖެނަމައޯކޭ ތިމާގެ އާއިލާ ކައިބޮއެހަދަނީ ހަލާލް އެއްޗެހި ތޯ ވިސްނާލަނީ ކާކު ބުއްޅަ ދިނަސް ލާރި ވެއްޖިއްޔާ އޯކޭ ބުއްޅަ ވެއްޖިއްޔާ ބޮޑު ބުރުގާ ހިއްލާ ލާފަ ސަލާން ކޮށްލަންވެސް އޯކޭ ބުއްޅަ ވެއްޖިއްޔާ ތުނބުޅިމީހާ ކޮނޑާ ކޮނޑު ޖައްސާ ސަލާންވެސް ކުރަނީ މީ ގައުމުގެ ހާލު ބުނާނީވެސް ކީކޭ .މުޅިގައުމު ބުއްޅަޔާ ސަލާން ކުރިޔަސް މަށެއް ނުކުރާނަން ގައިމުތާ. އޭނަޔާ ސަލާން ކުރުމަށްވުރެ ކައުސަރު އޭ ކިޔުނު ވޯޓާ ފޯލް އިން ނަބިއްޔާގެ އަތްޕުޅުން ދެއްވާ ފެންތަށި މާ ބޭނުން . ދިވެހިން ތިމާމެން ތިތިބި ހިސާބު ވިސްނާލާ އިސްލާހުވޭ

    6
    1
  52. އިބްރާހީމް

    ކޮންމެ ޖަމިއްޔާއަކަށް ވިޔަސް އަސްލަމް ދީނާއި ހިލާފު އެއްވެސް ކަމަކަށް ޖާގަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައް ގޮވާލަން އަދި އެޖަމިއްޔާގެ އިސް ވެރިން ވަގުތުން ވަގުތަށް ހަތްޔަރު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަކުރުމައް ގޮވާލަން

  53. ޙަސަނާ

    މިމީހުން ގެ ބޭނުމަކީ އެއްޖިންސުން ގުޅުންހިނގުމާ ޒިނޭ އާ ބަގުރާ އާންމުތަންތާ ބޭނުންކުރުމުގެ ހުއްދަ ހޯދުން އިބޫ ގެ 4 ފަރާތުން ތިބީ މީގެ ބޮޑުން އިލްމުވެރިން ފުރާނަޔައްބިރެއްނެތި ތެދުވަންވެއްޖެނޫންތޯ ރަށަކައް އަރާ ހަރުކަށިފިކުރޭ ކިއާފަ 5 ވަރަކައް ޒުވާނުން ހައްޔަރުކޮލި އިރައް އިލްމުވެރިން ބިރުން މަށެއްނޫން މަށެއްނޫން ކިއާ ބިރުން ތިބޭތީ މިވެރިން މިހާފުއްޕަނީ މިހާރައްވުރެ ބޮޑައް ނަސީދު އައް ފާރަވެރިވާންވެއްޖެ މި އެންމެން ހިތްވަރު ހޯދަނީ ނަސީދާއި އީވާ ގެ ކިބައިން ﷲ އެބައިމީހުން ބަލިކުރައްވަ ފަޝިހަތް ކުރައްވާނެ އިންޝާ ﷲ..

  54. ޔޫސުފް

    މީ ހައިރާން ވާންޖެހޭ ކަމެއްނޫން މި ސަރުކާރު އައީ މި ކަމަށް ވައުދުވެގެން ކަމަށްވާއިރު މިކަހަލަ ރިޕޯޓާއި އަމަލު ފެންނާނެ އިސްދީނުގެ އިލްމުވެރިންވެސް މި ރާއްޖެ އައުން މަނާ ދީނީ ހަމަތަށް ދަންނަ ނަމަ އޭނަގެ ކަށި ހަރުވާނެ ދީނަށް ފުރައްސާރަ ކޮށްފިއްޔާ ސަރުކާރުގެ މުސާރަ ލިބޭ، ނޫނީ ސަރުކާރުގެ ޚަރަދު ރާއްޖެއިން ބޭރުގަ ރަސްމީ އިއްޒަތުގައި. މި ހުރިހާކަމަކަށް ރައްޔިތުން ރުހި ގަބޫލުވެ ބޮޑު މެޖޯރިޓީ އެ އޮތީ ދީފަ.

  55. ވިސްނާ

    ތި ނުލިބިގެން އުޅޭ އިންސާނީ ޙައްޤުތަކަކީ މިޤައުމުގަ އެއްޖިންސުން ކައިވެނިކުރުން ހުއްދަކުރުވާ، އިސްލާމް ދީން ނޫންއެހެން ދީންތަކަށް މަގުކޮށުން....އަހަރެންގެ ފުރާނަ ހުރިހާހިދަކު ތިކަމާދެކޮޅުހަދާނަން...އިންޝާﷲ