ހއ. އަތޮޅު ކައުންސިލްގެ ރައީސް، އަލީ ޝަމީމްގެ ސައިކަލުގައި ރޯކޮށް އަންދާލައިފިއެވެ.

ޝަމީމްގެ ސައިކަލުގައި ބަޔަކު ރޯކޮށް އަންދާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި، އެ ސައިކަލް އޭނާ ދިރިއުޅުއްވާ ގޭގެ ބޭރުގައި ބަހައްޓާފައި ހުއްޓައެވެ. މި ހާދިސާގައި އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިކަމާއި ގުޅިގެން ޝަމީމް އާއި ހަވާލާދީ "ތިލަދުން" ނޫހުގައި ބުނެފައި ވަނީ، ސައިކަލްގައި ރޯކޮށްލިކަން އެނގުނީ ފަތިހު ނަމާދަށް ދާން އޭނާ ނިކުތް ވަގުތު ކަމަށާއި، މިއީ ބަޔަކު ގަސްތުގައި ދިން ގެއްލުމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ ގެއްލުންތައް އޭނާއަށް ދެމުން އަންނަކަން ފާހަގަކޮށް ޝަމީމް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ފުލުހުން މިހާރު މި މައްސަލަ ތަހުޤީޤު ކުރަމުން ދާއިރު، ރޭ ސައިކަލްގައި ރޯކޮށްލުމާއި ގުޅިގެން އެ ސައިކަލް ކައިރީގައި ބަހައްޓާފައި ހުރި ބައިސްކަލެއްވެސް ވަނީ އަނދާފައެވެ. މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި އަނބު ގަހަކަށްވެސް އަލިފާނުގެ އަސަރުކޮށް އަނދާފައި ވެއެވެ.

މީގެ ކުރިން ޝަމީމްގެ އާއިލާގެ ބައެއް އެހެން މީހުންނަށް ވެސް މިފަދަ ގެއްލުންތައް ބަޔަކު ދީފައި ވެއެވެ. އެގޮތުން މީގެ ކުރިން އޭނާގެ ކޮއްކޮގެ ސައިކަލެއްގައި ވެސް ރޯކޮށް އަންދާލާފައި ވާއިރު، އޭނާގެ ބައްޕަގެ ދޯންޏަކާއެކު ހަރުގެއެއްވެސް އަންދާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަލަލަލަ

    ތިރަށު މީހުންނަކީ ވަރަށް މީހުންގެ ސައިކަލަށް އަނިޔާދޭ ބައެއް އުޅޭ ރަށެއް. އަހަރެން އަންހެނުންގޭގައި ބަހައްޓާފަ ހުރި ސައިކަލަކަށްވެސް އެގޭގަ ހިލޭ ތިބޭ އެރަށު ބަޔަކު އައްސުން ގެއްލުންދިން ރޭގަނޑު ދަންވަރު ހޭލާ ތިބެގެން ހަޅޭލާފަ ފުޓުބޯޅަ ބެލީމަ އުނދަގުވެޔޭ ބުނެގެން!

  2. ބްރޯ

    ހާދަ ފިނޑި ބައެކޭ ދޯ ގަދަވެފަ އުޅުނަސް

  3. އަަާދަނު

    އެއީ ކޮންރަށެއްގެ މީހަކުތަ

  4. އާމިނަ

    މިހަބަރު ކިޔާނިމުނު އިރުވެސް އެއީ ކޮންރަށެއްގެ މީހަކުކަން ނޭގުނު ހއގައި 14ރަށުގައި މީހުން ދިރިއުޅޭ

  5. ދަރަނި ދަންތުރަ

    ތިޔަކަމެއް ހިގީ ދިއްދޫގައިތަ ؟

    6
    1
    • ސަމީ

      ހއ.ބާރަށުގަ މިކަން ހިނގީ

    • Anonymous

      މާކުރަތުގައި

  6. ހުނަސް

    ޖަލަަަަލަލަ އެބުނީ ތެދެއް. އަަދި އަހަރެން ދަންނަ މާލޭ ގެޔަކަށް އެރަށު މީހުން ގަދަވެގަނެގެން އެގޭ ވެރިމީހާޔަށްވުރެ ބޮޑަށް އެގެޔަށް ބާރު ހިންގަނީ އަންހެންމީހާަޔާ ގުޅާލައިގެން. އެގޭ އަންހެން ކުއްޖަކާ އިނދެގެން އައި ފިރިހެނެއްވެސް ދޮރޯށި ތަޅުދަނޑި ދޭށޭ ބުނީމާވެސް ބުނީ ބޭރުމީހުނަކަށް ގޭ ތަޅުދަނޑިޔެއް ނުލިބޭނެޔޯ. އަސްވާ ވަރެއްގެ ބައެއްތީ.