"ނަވާނަވައި" އިން އިސް ނަގައިގެން ރައްޔިތުންގެ މަޖިލިސް ކައިރީގައި ބޭއްވި އެއްވުން ފުލުހުން ރޫޅާލައި، އެއްވުމުގެ ބައިވެރިން ދުރަށް ޖައްސައިފިއެވެ. އެއްވުން ރޫޅާލި ނަމަވެސް، އެއްވުމުގެ ބައިވެރިންތަކެއް މިހާރު ވެސް ދަނީ ހޮޓެލް ޖެން ކައިރީގައި އަޑުއުފުލަމުންނެވެ.

ނަވާނަވައި އަކީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން މީގެކުރިން ވެސް މާލޭގައި އެތައް އެއްވުންތަކެއް ވަނީ ބާއްވައިފައެވެ.

ހެނދުނު ޖަލްސާ ފެށުމުގެ ކުރިން ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުން އެއްވެ، މުޒާހަރާއެއް ފެށުމާ ގުޅިގެން ފުލުހުން ވަނީ ފަހަރަކު މީހަކު ދުރަށް ޖައްސައިފައެވެ. ވަކި ހިސާބަކަށް ދުރަށް ޖެއްސުމަށް ފަހު ހޮޓެލް ޖެންއާ ކައިރިން ބެރެކޭޑް ޖަހައި މަޖިލީހުގެ އިދާރާއާ ކައިރިއަށް ނުދެވޭ ގޮތަށް މަގުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އެއްވުމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

ނަވާނަވައި އިން އެއްވުމެއް ބާއްވަން ނިންމީ އާންމުންގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅުގައި މާލީ އެހީ އާންމުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވި އަދި ކުލި ކޮންޓްރޯލް ކުރުމާއި ތިމާވެށި ހިމާޔަތްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ ކަމަށް ބުނެއެވެ.

އެއްވުމުގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ. އަދި މަޖިލިހަކީ "މަހުޖަނުންގެ މަޖިލިހެއް" ކަމަށް ބުނެ، އެއްވުމުގެ ބައިވެރިން ވަނީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑު އުފުލަމުންނެވެ.

ނަވާނަވައި އިން މީގެ ކުރިން ވަނީ މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރަން ގޮވާލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ. އެ ފަހަރު މުޒާހަރާ ކުރީ ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމަކަށް ފަހު ހޮޓެލް ޖެން ބޭރުގައި ރައީސާއި ލީޑަރުން ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުރާސިލް

    ތިޔަ ޖަމުއިއްޔާގެ މަސައްކަތަށް ހިތްވަރާއި ސާބަސް ދެމެވެ

    33
    3
    • ޙައްގުބަސް

      މިއީ ފެށުން!! މިކަން ނުހުއްޓުވޭނެ! އަދުލު އިންސާފުން އެއްކިބާވެ ރައްޔިތުން ބިކަކޮށް ހަމަހަމަކަން މިސަރުކާރުން މިވަނީ ނެތިކޮށްލާފަ! މިކަންކަމާ ދެކޮޅަށް ރައްޔިތުން ނިކުންނާނެ! އިހްތިޖާޖުކުރާނެ!! ރައްޔިތުންނަށް ބިރުދައްކައިގެން ގަދަބާރުން ހައްލުނުކުރެވޭނެ!! ހުރިހާ ރައްޔިތުން ނިކުމެ އަޑުއުފުލަންޖެހޭ!! އަޑު އުފުލަން ނިކުމެގެން ހައްޔަރުކޮށް ޖަލަށްލާ ވަޒީފާއިން ވަކިކޮށް މިސަރުކާރުން އެއްވެސް މީހަކަށް ގެއްލުންދީފިނަމަ ދެން އުފެދޭ ސަރުކާރެއްގައި އެންމެން މިނިވަންކޮށް ވަޒީފާވެސް އިއާދަކުރާނެ! އަނިޔާވެރިކަމާ ނޭއްގާނީކަމާ ދީނާ ދެކޮޅަށް މިހިންގާ ޖަރީމާތަކާ ދެކޮޅަށް ނިކުންނަވާ!!

      12
      2
  2. Anonymous

    ހިތްވަރު އެލުވާނުލާތި. އިންސާ ﷲ ކާމިޔާބު ލިބޭނީ ﷲ ގެމަގުގައި ތިބި ބަޔަކަށް. ތިފުލުހުންނަކީ ބުއްދިކުރަން ސިކުނަޑިއެއް އަދި އަސަރުކުރަން ހިތެއްވެސް ނެތްބައެއް.

    27
    6
  3. ނާނު

    ތިވަރުން އަދި ތި ނުގުޑާނެ ބައިގަޑު ބޮޑުކޮށްލަ އޭރުން ތިކަންވާނެ ތިކަމަށް އަންނި މަލާމާތް ކުރާނީ ހަމަ

    20
    3
  4. ޝިރު

    ފޮޓޯއެއް ހޯދާލީދޯ؟؟ ދެންރަގަޅު ތިވަރު ވާކަންވެސް. ފޫހިވެގެން ކަމެއްނުކޮށް ތިބޭތީ މިހާރު ބޯގޮވާވަރުވީ. މީމަޖާކަމެއް.

    6
    10
  5. ޠ

    ނަވާނަވާ އަކީ ސީދާ އިސްލާމްދީނުގެ އަދުއްވު ނަޝީދު ހަދައިގެން އުޅޭ ޖަމިއްޔާއެއްކަން ނުދަންނަ މީހަކު މިރާއްޖޭގަ ނޫޅޭނެ. އިބޫއަށް ކަންނުވާކަންދައްކަންޖައްސާ ގޭމު.

    14
    3
  6. ނަައީމް

    އިސްލާހުކުރެވޭނީ ކެރިގެން ނިކުމެގެން މިބައިގަނޑު އެބަޖެހޭ ބޭރުކުރަން

    12
    2
  7. ރައްޔިތުން

    ރީއްޗަށް ތިއޮތީ ކޮވިޑް ކުޅިވަރާ ލައިގެންފާ ކޮވިޑް އެކަކުގެ ގައިން އަނެކާއަށް ތިޔަ ވާސިލުވަނީ

    7
    1
  8. ތިނަދޫ

    ގދ.ގަޒީރާ ބެޑްޓެކުސް ކޮބާ؟15 އަހަރުވީ ބުރުމާ

  9. ޒަބީބު

    މި ޤަރުނުގެ ބޮޑު ޖޯކު. ކެނެރީގޭގައި އުޅެބޮޑުވި ކުއްޖެ ފޯމީއަކީ. ޢަދި މިހާރު ރޫލިފައިވާ ކައިވެނިކުރީވެސް އެޢާއިލާގެ ކުއްޖަކާއި. މަޖިލިސް ޖަވާބުދާރީ ކުރުމުގެ ނަމުގައި ފޯމީ ނެރެގެން ނަޝީދު ދެބޯގެރިދުއްވަނީ ޕޮލިސް ކޮމިޝަނާރ ހަމީދު އާއި ރައީސް ސޯލިހު ބޮލުގައި އިލްޒާމެއް އަޅުވަންތޯ. އަންނި ދެން ވެރިކަމާއިހެދި ބޫތުކެޔަސް ތިޔައީ ބޮޑުވަރު. ތީދެން ހާދަ ޗީޕް ސްޓަންޓެކޭ ދޯ! ބޯގޮވީތަ؟