ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ، މަޖިލީހުގެ ސައިގެ ކަންތައްތަކުގައި އުޅޭ ގިނަ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އެންގުމުން މެމްބަރުން ގެއިން ތަށި ބަރި ގެންނެވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

ކޮވިޑް-19 އަށް މަޖިލީހުގެ މުވައްޒަފަކު ފައްސިވުމާ ގުޅިގެން އެތަނުގައި މަސައްކަތް ކުރާ 22 މީހަކު ވަނީ ކަރަންޓީންކޮށްފައެވެ.

ޖަލްސާ ސަޔަށް މެދުކަނޑާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ގޭގައި މަޑުކުރުމަށް އެންގި ގިނަ މުވައްޒިފުންނަކީ މަޖިލީހުގައި ކެއިންބުއިމުގެ ކަންކަން އިންތިޒާމްކުރުމުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުންނަށް ސައިގެ ކަންތައް ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، މެމްބަރުންގެ ސަޔާއި ކެއުމުގެ އިންތިޒާމް މަޖިލީހުން މިހާރު މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި މެމްބަރުން ގެއިން ތަށިބަރި ގެންނަ ނަމަ، ޗެކް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ތަށި ބަރި ގެންނާނަން. ސައި ބޮއެގެން އަޅުގަނޑު އިންނާނީ،" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރީ މުވައްޒިފަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މަޖިލިސް ޑިސްއިންފެކްޓްކޮށް، ފައްސިވި މުވައްޒަފާއި ކޮންޓެކްޓްވި މުވައްޒިފުން ދެނެގަނެވި ގޭގައި މަޑުކުރަން ވަނީ އަންގައިފައެވެ. އަދި މަޖިލިސް ޑިސްއިންފެކްޓް ކުރުމަށް ފަހު، ޖަލްސާތައް ވަނީ އަލުން ފަށައިފައެވެ. ޖަލްސާތަކުގެ އިތުރުން ކޮމިޓީގެ މަސައްކަތާއި އިދާރީ މަސައްކަތްތައް ވެސް މަޖިލިހުގައި ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޭމެން ގެންނަންވީ ނާށިގަނޑު! ފަގީރުކަމުން ސަލާންޖަކަން!

    21
  2. އިހަވަންދޫ ރައްޔިތެއް

    ބަލަ ކޮސް ވާހަކަ ތައް ނުދައްކާ އަޅޭފަހެ ތިޔާ މަޖިލީހުގައި ބޭސްފަރުވާއަށް މީހުން ބޭރަށް ގެންދިއުމުގެ މަސައްކަތްކޮއްދީބަލަ އާދޭސްކޮއްފަ މިބުނީ އަޅޭ މީހުން މަރަށް ތެޅޭތަންތިބެން ކެތް ކުރެވޭތަ

    15
  3. ރައްޔިތުން

    ތަށި ބަރިޔާއިޔާ ސުންބޮލި އަދި މަޑިސީލަ އާއި ބިޑި ބޮޑި އާއި އަލިފާން އެޅުމަށް ނާއްޓަކާއި ދަނޑިކޮޅެއް ވާކޮޅެއް އަދި ފެންބޯން ފެން ބަނޑިޔަލަކާއި ލޯކަނދާ ހިފައިގެން ކޮންމެ މެމްބަރަކުވެސް މަޖިލީހަށްދާނީ އަދި ތުން ފުހެން ފޮތިކޮޅެއްވެސް ގެންދަންވާނެ. މިތަކެތި މަޖިލިސް ފެށުމުގެ 1 ގަޑި އިރުގެ ކުރިން މަޖިލީސް އިދާރާއަށް ވައްދާ އެމީހެއްގެ ކޮނޑިކޮޅު ކައިރީގައި ބެހެއްޓުމަށް ހަނދުމަކޮށްދެން.

    13
  4. ޚަރުން

    ޢިސްތިއުފާ ދީފަ އިނގިރޭސި ވިލާތަށް ދޭ....

    13
    1
  5. ރޯދަ މުބާރިކް

    ކޮވިޑް އެޖެންޑާ 19!

  6. ނަައީމް

    އަޅުފަހެ ކަލޭމެން ލަދެއްނުގަނޭތަ ތިވަރުގެ މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށްބަހައްޓަން ވިސްނާލަބަލަ ތިޔަހާވާހަޑި ހެދިގެން އަންނަ ޒުވާންޖީލު މިއަދު ތިޔަމަންޒަރުތަކާއި އަޑުތަށް ގާތުން އެބަ ކޮޕީކުރޭ ކޮބާތަ ލަދު ވެރިން ފާޅުގަ ދޮގާއި މަކަރުހެދީމާ ދެން މަގާމުން ބޭރުކޮށްބަލަ ތިޔައުޅެނީ ސަރުކާރެއްހިންގަންތަ ތިޔަކުޅެނީ ބަތްކައްކާ ސޯލިހޫހޫ