ރާއްޖެ މިހާރު ދަނީ ޓައިޓޭނިކް ދިޔަހެން އަޑިއަށް ކަމަށާއި އިގްތިސާދު ފުނޑާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމަށް ކުރިމަތިލުމަށް އާ އާންމު ހާލަތުގެ ތެރެއިން "ކޮވިޑް ފްރީޒޯނެއް" ކަނޑައަޅައި އިގްތިސާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ގައުމު ހުޅުވާލުމަށް ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ޖާބިރު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.

މައިމޫނާ އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު ފުނޑިފައިވާ ކަމަށާއި އެކަމާ މެދު ފިޔަވަޅުއަޅަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ގޮވާލެއްވީ މައިމޫނާ މަޖިލިހަށް ހާޒިރުކޮށް ފިޔަވަޅު އަޅަން!

" އަޅުގަނޑު ހިތަށް އަރަނީ ޓައިޓޭނިކްގައި އިންނާނެ ލަވައެއް. ބޯޓް އަޑިއަށް ވެސް ލަވަ ކިޔާލަ ކިޔާލާ ތިބެންވާނީ. ހަމަ ޔަގީނުން ވެސް އަޑިއަށްދާ ކަން އެބަ އެނގޭ. އޭރު ވެސް ހަމަ ލަވަ ކިޔާލަ ކިޔާލަތާ ތިބީ. އެއީ ފިލްމެއް ނޫން މިއީ ހަގީގަތެއް. މިހާރު އަޅުގަނޑުމެން މިތިބީ އެ ޕޮއިންޓަށް އައިސްފައި. ފުރަތަމަ ކަމަކީ މައިމޫނާ ހައްޔަރުކުރަން އެބަ ޖެހޭ. ގާނޫނުއަސާސީ މުގުރާލައިފި،" ޖާބިރު ވިދާޅުވިއެވެ.

މައިމޫނާ މަޖިލީހަށް ހާޒިރުކުރަން ޖާބިރު ވަނީ މިއަދު މަޖިލީހުގައި ގޮވާލައްވައިފައެވެ.

ރާއްޖޭގެ ފުރަބަންދު ހަރުކަށިވެ ބަނޑުފުރާނަ މުއްތި ނުކުރެވޭ ނަމަ ރައޔްިތުން މުޒާހަރާ އަށް ނުކުމެދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން ފިނިފެންމަލުގެ ދާންމަތީ ދިވެހިން ބައިތިއްބާނަމޭ ކިޔާ އައިސް އެންމެން ޖަލަށް މިލީ. އެއީ ކުރެވޭނެ ކަމެއް ނޫން. ގައުމުތަކުގައި ހަނގުރާމަ މަތީވެސް ނުކުރާ ވަރަށް. ރާއްޖެ ކަހަލަ ސޭފް ހެވަންއެއްހެން ޕްރޮމޯޓްކުރަން ޖެހޭ ތަނެއް ޕްރޮމޯޓްކުރަން ޖެހޭ ދަނޑިވަޅެއްގައި ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާ ކޮންމެ މިނިޓަކަށް ލިބޭ ކޮންމެ ގެއްލުމަކަށް ޒިންމާ މި މަޖިލިސް ބޮލުގައި އެޅޭނެ." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން އިގްތިސާދީ ކަންކަން ނިންމަންވާނީ އިގްތިސާދީ ތަޖުރިބާ ހުރި މީހުންނާއި ވާހަކަދައްކައިގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ މަޖިލީހުގައި އިގްތިސާދީ ހިސާބު ޖަހަން އެނގިވަޑައިގަންނަވާ މެމްބަރުން ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޢެޑްމުންޑޯ

    އެ މުސްކުޅި ދައިތާގަޑު ހައްޔަރު ކުރަންވީ ކީއްވެ ، އެފަކީރަކީ ލިއުންގެނާމާ ސޮއިކޮއްލަން އިންނަ ދައްތައެއް ، ލިޔަނީ އެހެންމީހެއްގެ އޯޑަރަށް

    100
    8
    • އަސްލުހާލަތު

      ކަލެއަށް ހީވާއެއްޗެއް މައިމޫނާއެއީ ހެލްތުކެއަރ މެނޭޖްމަންޓް ދާއުރާއިން މާސްޓަރސް ޑިގްރީ ހާޟިލްކުރައްވައިގެން ހުންނެވި ޤާބިލު ހިންގުންތެރި ކަނބަލެއް.. މިނިސްޓަރަށްވެސް ލަފާއަރުވަނީ އެކަމަނާ.. ހަށިގަނޑު ކިތަންމެ ނިކަމެތިކޮށް ހުއްޓަސް ވަރަށް އެކްޓިވް ދުރުވިސްނޭ ހީވާގި ކަނބަލެއް.. ހެނދުނު 9 ޖަހާއިރު ވަޑައިގަންނަވާގޮތަށް މެންދަމު 3 4 ޖަހަންދެން ދަރުބާރުގޭގަ އެންއީއޯ ސީގަ އިންނަވާނެ، އާއާރުޓީ ގެ ހަރަކާތްތަކާ ޓެސްޓިންއާ ޕެންޓަމިކް ފޯކާސްޓް ބައްލަވާ ވަގުތުންވަކުތަށް ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ. ވަޒީރު ބޭފުޅުންމާ ބޮޑުންހެން ހޭކިލާފަ ގެއްލޭ ކަނބަލެއް ނޫން އެއީ.. އެހާ ބުރަކޮށް އުޅުންވީމަ އެޑްމިޓްވެސް ކުރައްވަންޖެހިވަޑައިގަތީ.. ޖާބިރުމެން ނަޝީދުމެން ފަދަ ޑޮލަރާ މާލަށް ދަހިވެތި މީހުންނަކަށް ޚިދުމަތްތެރިންގެ އަގެއް ވަޒަނެއް ނުކުރެވޭނެ..

      90
      5
  2. އަޒީދު

    މިއަދު ހެނދުނު ކަލޭތިބުނީ އިގްތިސޯދީ ހިސާބުޖަހަން އެނގޭ މީހަކު މަޖިލީހުގައި ނެތްކަމަށް. އެއީ ތެދެއްނަމަވެސް ހަވީރު ވާންވާއިރަށް ކަލޭހުންނާނެ ކިނބޫ އަނގައިގަ ބުއްފުޅި ޖައްސަން.
    އެހިނދުކޮޅު އިގްތިސޯދު ވެސް ބޮޑުތަނުން ކުއްލިޔަކަށް އިތުރުވެ ޑޮލަރުވެސް އޮންނާނީ ބޯކޮށް ލިބިފައި.

    92
    3
  3. ޚަރުން

    މީނަ އަނގަމަތީ ޓޭޕް އަޅާބަލަ..ފެންޓަސީ ދައްކައިގެން ދިވެހިން ނުހެއްލޭނެ .އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ ދިޔާނާއަށް ތެލި ދޮވެދޭން...

    92
    8
  4. ހުސޭނުބޭ

    ޖާބިރު ޓައިޓޭނިކް ނުދުއްވާކަން ހަމަ ނަސީބު! އަބަދުވެސް އޮންނަނީ ފަރަށްއަރާފައިވިއްޔާ!

    83
    2
    • އިސްމާއީލް

      ރަގަނޅު ވާހަކައެއް ހުސޭނުބޭ...އެންމެނަށްވެސް އިނގޭ މައިމޫނާ މި ފުރަބަންދު ގެ ފިޔަވަޅު ނޭޅިނަމަ..މި ގައުމު އޮންނާނެ ހާލަތު..ކިތައް ބަޔަކު މަރުވީސް

      9
      5
  5. ޖާޝިދޫ

    ޖާބެ ބުންޏަސް ރަގަޅު ވާހަކައެއްވިއްޔާ ވާންޖެހޭނީ ރަގަޅު، ކާކުތަ ބޭނުންވާނީ ފައިދާ އެއް ނެތް ގެއްލުން ހުރި ކަމެއް ކުރަން؟ ލޮކްޑައުން އާއި ކަފިއުއިން ކުރަނީ ފައިދާތޯ ނުވަތަ ގެންލުން ތޯ؟

    20
    67
    • ޒައި

      ފައިދާ އެނގުނީސް ވިލާތާ އެމެރިކާގަ ވީހެން ދުވާލަކު ހާހުން ޕޮޒިޓިވްވެ 100 މީހުން މަރުވަމުން ދިޔަ ނަމަ..

      46
      4
  6. ވާހިދު

    ޑޮލަރުކޮޅެއް ކަވައިގަތީދޯ؟ މިކަލޭގެ ޑޮލަރަކަށް ހައިވެގެން އަނގަހުވާލީ ހަޒާނާގެ ތިޖޫރި ފުލުގަ ހޭކިފައި ހުރި އެތިކޮޅު ކަހައިގެން ވެސް މިކަލޭގެ އަނގަޔަށް އެތިކޮޅެއް ލައްވަން ސަރުކާރަށް މަޖުބޫރު.

    67
    1
  7. ލަކީ

    ޙެހެ ޖާބިރު މަޖުލިސްތެރޭގަ ރައްޔިތުންނަށް ބިރު ދައްކަނީތަ
    ޢަހަރުމެން ބިރެއްނުގަނޭ ޖާބިރު ދައްކާއިގެން ތީހަމަ މޮޔަ
    ގޮވަނީ

    66
    3
  8. ޖާޒީރާ ބޯއީ

    މިކަހަލަގެ ޖާހިލުންވެސް މަޖުލިހަށް ލާގެން އުޅޭތި

    34
  9. ޙަސަނާ

    ބަލަގަ ރައްޔިތުން ވެރިކަން ކުރަން ރައީސަކު ހޮވީ ބޭނުމަކުއޭ ކަލޭމެން ތިތާ ތިބެގެން ބަރުލަމާނީ ވެރިކަމެއްކުރަން އުޅޭނެ ކަމެއްނެތް ތީ ގާނޫނުހަދާމަޖުލިސް އިގޭ ވެރިކަމުގެ ތެރެއައްވަދެގަންނަންނޫޅޭ ރައީސައްލިބިގެންވޭ ތިޔަމަޖުލިސް އުވާލުމުގެ ބާރުވެސް އަހރެމެން ގެ އެތއްރަައްޔިތުންތަކެއްގެ ފުރާނަސަލާމަތްވިކަން ނަސީބު ޖާބިރު އައްބުނަން ﷲ މީސްތަކުން އިމތިހާނުކުރައްވާނީ ﷲ އިރާދަފިޅުގަ ކަޑައެޅިފަ އޮންނަގޮތަކައް އެކަމާ ދެކޮޅައް ތިޔަމަޖުލިހަކުންވެސް ގަރާރެއް ފާހެއްނޔކުރެވޭނެ. މިހާރު މިގައުމުގަ އަތުފަތު ނުޖެހި ލާދީނީމީހުން ވެސް އެބަހަރަކާތްތެރިވޭ ތިކަހަލަ ޖާބިރުންގެ ސަޕޯޓާއެކީ...

  10. ސަމޭދާން ވަލް ވަސަންތީ

    މީވެސް ފާޑެއްގެ ޓުރަންޕެއް.

    30
  11. މާމީ

    އަޑި އައްދާތީ ނަޝީދު ބުނެގެން ހެލިކޮޕުޓަރު ގަނެފީމެއްނޫ ... ދެންއެހެއްމީހުނައް ނުބަވާ.

    29
  12. އަލީ

    މައިމޫނާ ދެއްވީ ޕްރޮފެޝަނަލް އެޑްވައިސް. ގައުމު ފުރަބަންދު ކުރީ ރައީސް އެ ނިންމުން ގަބޫލު ކުރައްވައިގެން. އެހެންވީމާ ހައްޔަރު ކުރަންޖެހެނީ ކާކުތޯ؟

    32
    3
  13. މަދުވާނެ!

    ޖާބިރު ހިމެނެނީ، ފައިސާ އޮތީމައި ޒިންމާދާރު އެހެން ވަޒީފާތަކުގައި ތި،ބި މީހުންނާއި ދިމާލަށް ދުލަށް އައިހައި އެއްޗެއް ގޮވާ މަދު މީހުންގެ ތެރޭގަ އެވެ. ހުވާ ކަށަވަރެވެ! އެފަދަ ގޮތްގޮތަށް އެހެން މީހުންނަށް މުޚާޠަބު ކުރެވޭނީ، ކޮންމެ ވަގުތަކު ވެސް ތިމާއަށް ﷲ މިންވަރު ކުރައްވާފައިވާ، މުދާވެރިކަން ބީކުރައްވަފާނެ ކަމުގެ ބިރު ހީނުވާތީ އެވެ.

    28
  14. މަގޭ

    ކަލޭ ގޮސް ޖަލުގަ އޮވެބަލަ. ކުރާނެ ކަމެއް ނެތިއްޔާ ގޭގަ އޮވެބަލަ.

    24
    1
  15. ރަބަރޭ

    މަނިކުފާނަށް އިގްތިސާދީ ހިސާބު ޖައްސަވަން އެގިވަޑާގަނޭނޫތޯ ފިލާގަޑު ހިއްޕަވާއިގެން ހޮނޑާފުށީ ގޮނޑުދޮށަޢް ދަމާބަހީ

    27
    2
  16. ބީރުމީހާ

    ޖާބޭ ކަލޭ އެމަގާމުގައި ހުރިނަމަވެސް ކަން ކުރާނީ އެގޮތައް އެ ކަމަނާއަށް ތިން ފަރާތަކުން އޯޑަރު އާދޭ 1 ޑަބްލިއޫއެޗްއޯ 2 އިބޫ ރައީސް 3 އަންނި ރައީސް ދެން ދެން ޖާބެ ބުނެބަލަ

  17. ޢަލި

    އަވަހައް ލޮކޮޑައުން ކޮއްލަންވީ އޭރުން ލާހިކައެއްނުން މަޖިލީސް ހިސާބައްވެސް ނުދެވޭނެ ހަހަ

    25
    1
  18. ޑަރޭ

    މީނަގެސަބަބުން ރާއްޖެއައް ދެރަގޮތްތަކެއް ވެދާނެ، ވީމާ އެކަ ހެރިކޮށް ބަންދުކުރަންޖެ ހޭ އަދި މީނަޔާއެކު ނަޝީދުވެސް ބަންދުކުރަންޖެ ހޭ.

  19. ކޮތަރު

    މީނަގެ ނިމުން ވަރަށް ރީތިވާނެ ހެން ހީވަނީ. ތިމާ ވަރުގެ މީހަކު ނެތިގެން ތެޅެނިކޮށް އަތުގަ ތިޔަހުރި "ހޯދިގޮތެއް ނޭނގޭ" ތަނަވަސްކަން މިހާރުން މިހާރަށް ގެންދެވިއަސް އަނގަ ހާވައިގެން ހުރުން ނޫން އެއްވެސް ކަމެއް ނުކުރެވޭނެ. މާގަދަފަދަ ބާރެއް ލިބިފަ އޮތް ކަމަށް ހީވެގެން ހިތުހުރިހައި އެއްޗެއް މީހުންނާއި ދިމާލަށް ގޮވަގޮވާފަ ތިޔަ ތެޅިއަރުވަނީ ކުޑަކޮށްވެސް ހެއްދެވި ފަރާތް ހަނދުމަ ނުވާތީކަން ކަށަވަރު.

    9
    1
  20. އަރީ

    ޖާބިރުގެ ވާހަކައަށް ތާއީދު.. މައިމޫނާމެން ކިޔާއެއްޗެއް ދިމަލެއް ނުވޭ.. ހެދޭ ނެހެދެއެއް ނޭންގެ.. އަމިއްލަ އަތުން ކައްވަޅު ކޮނެގެން ނަމާދުނުކޮއް ތާއަބަދު ވަޅުތެރެއަކު ނުތިބެވޭނެ.. މައިމޫނާމެން ސަރުކާރު ކޮއްތުކައިގެން ތިއްބަކަސް އަޅުގަނޑުމެންށް ސަރުކާރުން ގޭގަ ބައިތިއްބާފަ ލާރިއެއްނުދޭ

    4
    10
  21. ޞަކީލް

    ޖާބިރު މައިމޫނައްތަ ދެކެ ލޯބިވީ ތޯއްޗެއް.! ޓައިޓޭނިކް ލަވަމަތިން ހަނދާންވީ.

    7
    1
  22. ގލޅ

    ރައްޔިތުނގެ މަޖިލީހަކީ ނާގާބިލް މަޖިލީހެކެވެ ރާއްޖެއަށާއި
    ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ދެނެ
    ގަނެ އެކަންކަމަށް ހައްލުހޯދޭނެފަދަ ހުނަރާއި ފައްނުވެރިކަން
    ހުރިމީހުން މަޖިލީހުގައި މަދެވެ. އަދި މެނޭޖުކުރުމުގެ ކަން
    ކަން ކުރަނީވެސް މޑޕގެ އަމިއްލަ މަސްލަހަތު ވަރުގަދަ
    ކުރުމަށެވެ. އެހެންކަމުން ފުރަމަވެސް ކުރަންވީކަމަކީ މަޖިލިސް އުވާލުމެވެ.

  23. ހަސަދު

    ގައުމެއްގެ ހިނަގުމުގެ ހުރިހާ ޒިންމާ އެއް ނަގަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާ. ލޮކުންވީ ގެއްލުމުގެ ޒިންމާ ވެސް ނަންގަވަން ޖެހޭނީ ރައީސް. ނޫހުގައި ކޮމެންޓު ކުރައްވާ އިރު މީހުންނަށް އިހުތިރާމް ގެއްލޭ ގޮތަށް އަންނަ ކޮމެންޓު ރަނގަޅުވާނީ ނުޖެހިއްޔާ. މިސާލް މީހަކަށް ދައިތަ ގަނޑު.

  24. ޢިއްސާ

    ޖާބިރު ކަލެޔަށް އޭނަ ރިޖެކްޓް ޖެހީމަ ރުޅިއައީތަ.. ހަމައިގަ ހުރެބަލަ

  25. ޖަބިރު

    ޖާބިރު ދޭބަލަ ހދ. ޙޮނޑާދޫއަށް. ގޮސް ބީޗްމަތީ ދިޔާނާ ގޮވައިގެން ތަރިތައް ބަލަން އޮވޭ. ތިކަލޭ އެހުރީ ހަމަހޭގަބާ.