ރާއްޖެއަށް ޗައިނާ ފަތުރުވެރިން އައުމުން އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުމަށް ވުރެ މާ ބޮޑަށްވެސް ފައިދާވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްވަމުން ޖާބިރު ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މެދު ކަނޑާލުމަށް ފަހު އަލުން ހުޅުވާލާއިރު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށަން ޖެހޭ ވަގުތަކީ ވެސް މިއީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޗައިނާ އަކީ ރާއްޖެއަށް ރަނގަޅު އިންވެސްޓްމެންޓްތައް ގެނެސް، ރާއްޖެ ހަމައަކަށް އެޅުވުމުގައި އިސް ދައުރެއް އަދާކުރާނެ ބައެއް ކަމަށެވެ. ޗައިނާއަށް އެ ފުރުސަތު ދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ މީހުން މަހެއް ނުކާނެ. ޗައިނާ މީހުން މަސްކާނީ. ފަތުރުވެރިންވެސް ގެންނަންވީ އެތަނުން. ދެން މިހާރު ޔޫރަޕުން ފަތުރުވެރިން އަންނާނެ ކަަމަށް ޖެހި ހިސާބުވެސް ގަބޫލެއް ނުކުރެވޭ. ޗައިނާ އާއި ރާއްޖެ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ގެންދަން ރައީސް އިށީންނަވަންވީ ވަގުތަކީ މިއީ. އިގްތިސޯދު ނަގާ ކޮޅަށް ޖަހަން އެބަޖެހޭ. އެކަން ކުރުން އަވަސް ކުރަންވެސް އެބަޖެހޭ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ރާއްޖޭގެ އިގްތިސާދު ނާގާ ކޮޅަށް ޖަހަން އެންމެ އެކަށީގެންވާ ޕްލޭނެއް ނެތް ކަމަށް ފާހަގަކުރައްވާފައެވެ. އިގްތިސާދާއި ގުޅޭ ނިންމުންތައް ވަރަށް ވިސްނައިގެން ނުނަގައިފި ނަމަ، އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމިގިލީ މީހާ

    ހުރިހާ ވައްތަރެއްގެ މަހެއް ކާ ބައެއް ޗައިނާ މީހުންނަކީ.

    16
  2. ޤައުމު

    ޖާބިރު ބުނިކަމުގަވީނަމަވެސް އެއީ ސަތޭކައިގެ ވަަހަކައެއް ޤައުމަށް ފައިދާވާނީ ޗައިނާ މީހުންއައިސްގެން

    26
  3. ކަރުނަޔާނުލާ

    އިންޑިއާމީހުންކާނީ ގެރިމަހާ މުސްލިމުންގެ މިނި މަސް.

  4. ޙަމަހަމަ

    ޜާއްޖެއަށް ހުރިހާގޮތަކުންވެސް އެންމެ ރަނގަޅުވާނީ ޖާބިރު މަޖްލިސްއިން ނުކުތީމަ.

    1
    1
  5. ދަރަނި ދަންތުރަ

    ޗައިނާ ޔާ ނުލާ ދިވެހިރާއްޖެ ތަރައްގީނުވާނެ ޗައިނާ އެއީ ހެޔޮހިތަކާގެން ރާއްޖެ ޔަށް އެހީވާ ގައުމެއް އިންޑިޔާ އެއީ ބަހީލު ބައެއް މަކަރުވެރިކަން އިސްކޮށް ދިވެހިން އަޅުވެތި ކުރަން އުޅެނީ ލާދީނީ ނަސީދު ގެރިމޯދީޔާ ވެގެން ދިވެހިންގެ އަގީދާޔާ ކުޅެލަން އުޅެނީ...

  6. އެމަންޖެ

    ޖާބިރު ކީކޭ ތިކިޔަނީ އިންޑިޔާމީހުން ކާނެ ދިވެހިންގެމަސް.

  7. ސާބަހޭ

    ޖަބިރު މިހާރު އެދައްކަނީ ވިޔަފާރި ވެރިން ދައްކާކަހަލަ ވާހަކަ.ވިޔަފާރި ވެރިން ކުޅޭ ނީ ކުރިޔަށް އެކަމަކު ސިޔާސީ ވިސްނުމުގެ މިހުން އިސްކުރާނީ ބާރުވެރިކަން ހޯދޭނެ ގޮތަކަށް. ވީމާ ކުރިޔަށް ދިއުމަށް އިސްކަން ދޭން ވީ އިންޑިޔާއަށް ވުރެ ޗައިނާ. އެހެން ނޫނިއަހަރުމެ ގެ އުމުރުން ދުވަހެއް ދާނީ ހުސް ވަހަކ ދައްކާ.

  8. ޙަސަނާ

    ޖާބިރު ތިހެންނުބުނޭ ނަސީދު ހިތްހުއްޓިދާނެ ނޫނީ ކަލެއައް ރުޅިގަޑެއްބާލާފާނެ ކިހާފޯރިއެއްލާފަ ބުނި އިންޑިއާއޮތީ ކޮވިޑުން ރާއްޖެ ސަލާމަތްކުރަން ތައްޔާރަށޭ ދެކުނުއޭސިއާއައް ފުލޯޓިން ހޮސްޕިޓަލްތައްފޮނުވަން ވެސް ތައްޔާރޭ ކިޢާ ފޯރިނަގަމުން މެލޭރިއާބޭސްތަކެއްފޮނުވީމަ ފޯރިލާފަ އެކެއް އަނެކަކު މިކަން އިސްތިހާރުކުރި ދެން މޮޑީ ބުނި މި ސީރިއސް ބައްޔެއްނޫނޭ އާހިރުގަ މިއަދު އިންޑިއާގެ ހާލަތައް ހިތާމަކުރަން މިބައިމީހުންވެސް އިސްލާމްދީނައް އިސްލާމުންނައް އަނިޔާފަށެއްކުރި ބައެއްމީ ދިވެހިންގެ ތެރޭފަސާދަ އުފައްދާ ހަދަނީ އިންޑިއާ އެމްބަސީ އާ މިތާގެ ލާދީނީ ގުރުޕުން..

  9. ޒަބީބު

    ތާރީޚް އަށް ބެލި ކަމުގައި ވިއަސް އިންޑިއާއި އެކު ވެވުނު އެއްވެސް އެއްބަސްވުމެއްވެސް އަދި ޕރޮޖެކްޓްއެއްވެސް ކާމިޔާބު ކުރެވިފައެއް ނެތް. ނިމުމަކަށް އައި ކަމެއް ވެއްޖެއްޔާ ނިމުނީ 20 ނުވަތަ 25 އަހަރު ތެރޭގައި. މިސާލަކަށް ބަލާނަމަ އައިޖީއެމެއެޗް، ހޮޓެލް ސްކޫލް އިމާރާތް، ޕޮލިޓެކްނިކް އިމާރާތް. މިޕްރޮޖެކްޓް ތަކުގެ ނުނިމޭ ބައިތައް އަދިވެސް އެބަހުރި. އެއީ ކޮން ކަންކަމެއްކަން އިންޑިއާ މިހާރު ހަންދާނެއްވެސް ނުހުންނާނެ. ދެން އިންޑިއާ މީހުން ބައިވެރިވީ ކޮންމެ ޕްރޮޖެކްޓެއްގައިވެސް ކަމެއްގައިވެސް ބަލަނީ ދިވެހިންގެ މައްޗަށް އަތްގަދަކޮށް އަޅުވެތިކުރަން. އައިޖީއެމްއެޗް ނިއްމުމަށްފަހު އުޅުނީ އިންޑިއާގެ މިލިޓަރީ އިން ހިންގާ ހޮސްޕިޓަލަކަށް ހަދައިގެން ރިޓާޔާރޑް ޖެނެރަލުންނާއި ޖާސޫސުން ލައިގެން އެތަންހިންގަން. ހަމައެގޮތަށް ނިކަން ބަލާ އައްޑުއަތޮޅު ހިތަދޫގައި އޮތް އިގްތިސޯދީ ގޮތުން އެނެމެ ބޮޑު ފައިދާ ނެގެން އޮތް ބިން ދިވެހިން ގެ ލޮލޮގައި ޕޮލިސް ޓްރެއިނިންގް މަރުކަޒެއްގެ އަނދުން އަޅުވާފައި އެއޮތީ ނަގާފައި. ބިނާކުރަމުން އެދަނީ އެމީހުންގެ މިލިޓަރީ ތަނެއް. ދެން ހިލައާއި ހިލަވެލި، ފިޔާބިސް ޚާއްސަ ކޮންސެޝަނެއް ދޭން ބުނެފަ އިންޑިއާ ނުރުހޭ ކަމެއް ވާއިރަށް މޫސުން ނޫނީ ޤުދުރަތީ ކޮންމެވެސް ކަމެއްގެ މަތިއަޅުވާފައި އެތަކެތި ތާށިކޮށްލާ. އިންޑިއާ ފުރަތަމަ ސިޔާސަތުގެ ދަށުން ޔާމީން އިންޑިއާ އަށް ކުރި ފުރަމާނަ ދަތުރުގައި ހެޔޮ އަގުގައި ތެޔޮދޭންވެސް އެއްބަސްވެ ސޮއި ކުރި. އަދިވެސް ތެޔޮ އިންޑިއާ މީހުން އަދިވެސް ހާނާ ނުނިމޭ! ދެން އަނެއްކާ އިންޑިއާ މީހުންނަށް، ބޮލީވޫޑަށް ރާއްޖޭގެ ޓުއަރިޒަމް ސެކްޓާ ބަރޯސާ ވާންވީ؟ ބޭސްކުރަން ދާ ދިވެހިންނަށް ވީސާ ދޫކުރުމަކީވެސް ހަމަ އެހެން ކުރާކަމެއް. އިންޑިއާ ނުރުހޭ އިރަށް އިންޑިއާ އެމްބަސީ ކައިރީގައި ދިވެހިން ކިއުޖައްސާފަ ބައިތިއްބައިފައި ދިވެހިންނަށް ދިވެހިންގެ ފެންވަރު ދައްކާލަން ރެޑްމޭން ޖޫސް ޖަގެއް ނެރެފައި ކިއުގެ ކުރީގައި ތިބި ހައެއްކަ މީހުންނަށް ދީފައި ދެން އަވީގައި ގިނައިރު ތިބި މީހުން ކައިރީގައި ބުނާނެ ޖޫސް ދެން ހުސްވީއޭ. މިހެން ކަންކޮށް ދިވެހިންގެ ފެންވަރު ދިވެހިންނަށް ނިކަން ރީއްޗަށް ދައްކާލާ. ނުސީދާކޮށް ދިވެހިންގެ ނިކަމެތިކަން ދިވެހިންނަށް ދައްކާލާ އަޅުވެތިކޮށްލާ. ވީމާ އަދިވެސް އިންޑިއާ ފުރަތަމަ ސިޔާސަތެއް އޮވެގެން މިނޫން ގޮތެއް ދުވަހަކުވެސް ނުވާނެ. ދިވެހި ސަރުކާރުން ގެންގުޅެންވީ ދިވެހިންނާއި ދިވެހިރާއްޖެ ފުރަތަމަ ސިޔާސަތު. ދިވެހިންނަކަށް އިންޑިއާގެ ފިނިހަކަ ދުވެލީގައި ކަންކަން ނިއްމަން އިންޑިއާގެ އަޅުވެތި ކަމުގެ ތެރޭގައި ތާއަބަދަކަށް ތިބެވޭކަށް ނެތް. ދިވެހި ސަރުކާރުން އިތުރު ގޮތްތަށް ހޯދަން ޖެހޭ. އެއީ ޗައިނާ ކަމުގައި ވިއަސް، ކޮރެއާ ކަމުގައި ވިއަސް ރަޝިއާ ކަމުގައި ވިއަސް ވަރިހަމަ. ސަރުކާރުން އަވަސް ފިޔަވަޅެއް މިކަމުގައި އަޅައި ދިވެހިންނަށް ހެޔޮވަރު ގޮތްތަކެއް ނުހޯދައިފިއްޔާ ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށްނުޖެހޭ ފަދަ ފުންވަޅުގަނޑަކަށް ވެއްޓި ދިވެހިންގެ ހާލަތު އިތުރަށް ގޯސް ވާނެ. ވީމާ އިތުރު ގޮތްތަށް އަވަހަށް ހޯދުމަށް ސަރުކާރަށް އިލްތިމާސްކުރަން.