އިންސާފު ހޯދާދޭނެ ކަމަށް ވައުދުވުމަށް ފަހު ވެރިކަމަށް އައިސް މި ސަރުކާރުން ވަކި ބަޔަކަށް އިންސާފު ހޯދާދިނުމަށް ކުރި ދަތުރު ނިމުނީތޯ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ސުވާލު އުފައްދަވައިފިއެވެ.
ޢައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުތަކުގެ ހަގީގަތް ހޯދާ އެ އާއިލާތަކާއި މުޖުތަމައުއަށް ހަމަޖެހުން ގެނެސްދިނުމަށް މި ސަރުކާރުން ވައުދުވީ ކަމަށެވެ.
ޢައްސާން އެފަދައިން ވިދާޅުވީ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މައްސަލަތައް ނުބަލާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
Vaudhuvee maruthakuge hageegaiy hoadhaa, e aailaa thakaa, mujthama'ah hamajehun genaumah.
"Maru Commission" ah gaanoonee haisiyyathu dhee, haradhu koh, miadhu mihen bunumakee rayyithun gabool kuraane kameh noon. #Selectivejustice ge therein insaafuge dhathuru nimmaalee ba? https://t.co/g3tisKeoYi— Mohamed Ghassan Maumoon (@mgmaumoon) June 22, 2020
އެހެންނަމަވެސް މަރުތަކާއި ބެހޭ ކޮމިޝަނުން ވަނީ އެ ކޮމިޝަންގެ މަސައްކަތް ހުއްޓާ ނުލާކަމަށް ވިދާޅުވެފައެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ އެ ކޮމިޝަނާއި ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
މިއަދު މަރު ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.
އެެހެން ނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ކުރިޔަށް ނުގެންދެވޭނެޔޭ ބުނެފިއްޔާ ވާނެގޮތަކީ ލިބޭ ލާރިގަނޑު ނިމުމަކަށް އަތުވެދާނެއްނު ވީމާ 2023 ގެ ނޮވެންބަރާހަމަޔަށް ދިގުދަންމާލަންވާނެ ކަލޭމެން ހޯދި އެއްވެސް ކަމެއް ނެތް ބަޔަކުކުރި ތަހުގީގަކުން ވައްކަންކޮއްގެން ރިޕޯޓެއް ތައްޔާރުކުރުން ފިޔަވާ