ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، އަދި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ކުރީގެ ސީޕީ ހުސައިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނާއިފް ސައުކަތު ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.

ޕޮލިސް ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ހުސައިން ވަހީދު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ޕޮލިސް ކަމިޝަނަރުކަމުން ވަކިކުރެއްވުމަށްފަހުއެވެ. ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ސައުކަތަކީ މި ސަރުކާރު ފެށުނީއްސުރެ އެމަގާމް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.