ނިމިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ސެޓްފިކޭޓް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އަށް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަނުން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ/ނޮވެންބަރ ގައި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް މިހާރު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް ލިބިފައިވާ ކަމަށާއި އެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ. އަދި ސްކޫލްތަކަށް އޯލެވެލް ސެޓްފިކޭޓް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ މަސައްކަތް ހަމަޖެހިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އޮކްޓޯބަރު/ނޮވެމްބަރު މަހުގައި އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކޭޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި ބައެއް ސްކޫލްތަކަށް މިހާރުވެސް ސެޓްފިކޭޓް ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަނުން ބުނީ، އެއްވެ އުޅުން މަނާކުރެވިފައިވާ މި ހާލަތުގައި ޖިސްމާނީ ގައިދުރުކުރެވޭނެ ގޮތުގެ މަތިން ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކޭޓް ދޫކުރާއިރު އަމަލު ކުރަންޖެހޭ އުސޫލު ސްކޫލްތަކަާއި ހިއްސާ ކުރެވިފައިވާ ކަމަށެވެ.

އޭވެލެލް އަދި އޯލެވެލް ސެޓްފިކޭޓް ތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓް ކޮށް ސީލް ޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމުން ރީޗެކް މަރުހަލާ ނިމި ޕްރިންޓް ކޮށް ސެޓްފިކޭޓް ފޮނުވުމާއި ހަމައަށް އައިރުއިރު ކޮވިޑް-19 ގެ ސަބަބުން އެއާޕޯތްތައް ބަންދު ކޮށް ގައުމުތަށް ފުރަބަންދު ކުރުމުން ސެޓްފިކޭޓް ލިބުމުގެ ދަތިތަކެއް ދިމާވެ ރާއްޖެއަށް ސެޓްފިކޭތް ގެނައުމުގައި ގޮންޖެހުންތަކެއް ދިމާވި ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަނުން އިތުރަށް ބުނެފައިވަނީ ދަރިވަރުންނަށް ސެޓްފިކޭޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށައަޅަން ބޭނުންވެއްޖެނަމަ، ދޫކުރެވިފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުން ކުރެވޭނެ ކަމަށާއި ނަތީޖާގެ ކަށަވަރުކަން ޔަގީން ކުރަން ބޭނުން ނަމަ އިތުރު ލުޔިމެއް ޑީޕީއީ މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިލްމުގެ ދަރިވަރެއް

    އަހަރުމެން މުތަޢައްލިމް ކޮއްދޭ ވަޒީރު ފުރަތަމަ ލިބާސް ސުލްހަ ކޮށް އިސްލާމީ ޝަރީއަތުގެ ލިބާހެއް ތުރުކުރައްވާ އިރުޝާދު ލިބިގަތުން ބުއްދިވެރި ކަމަށް ފެނޭ......