ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެ ހެއްދެވީ އިތުރުފުޅެއް ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ ސުވާލުކުރުން ކުރިއަށް ދަނިކޮށް، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް ކުރެއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ކޮމިޝަންގެ ސިޓީއެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތައް ދޮގު ކުރައްވާ މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މަރު ކޮމިޝަނުން ބުނީ އެ ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާ ކަމުގެ މައުލޫމާތުވެސް ދެއްވާ ކަމަށެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު، އެ ކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ އެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް ދެނެގަތުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދޮގު ވެރިޔާ

    ރައީސްނަޝީދު ނުހައްދަވާނެ އިތުފުޅެއް އެއީ ސައްތައިންސައްތަ ޔަޤީންކަމެއް އެހެންނޫން އޭނަދުވަހަކުވެސް ދޮގެއްހެދެންއޮއްވާ ތެދެއްނަހަދާނެ އެޔަޤީންކަންވެސް ހަމަސައްތައިން ސައްތަ

    12
    39
  2. ކިހާދެރަ

    މީނަ މިދައްކާވާހަކަ ބެލޭނެ ކޮމިޝަނެއް މިހާރު އެންމެ މުހިއްމީ މީކާކު މިޅޤައުމުގެ ޢިއްޒަތާއި ކަރާމާތް ވެއްޔާމޮޑެލައިފި މިވަބާ މިޤައުމުންފޮހެވޭތޯ ބަލާނެކޮމިޝަނެއް ރަތްޔަތުން އުފައްދާކަށްނުވޭބާ؟ރަތްޔަތުން ހޮވީ އަޑުނީވޭމަންމަނެއްބާ؟ ތިންބާރު ވަކިވެފައޮތް ނިޒާމެއްގައި ހުރިހާބާރެއް މަޖިލިސް ގައި ކޮބާޤާނޫނުއަސާސީ ގެބާރު ؟މިއޮތްތަޢުލީމީޖީލަށް ބޮޑުހުތުރެއް ލަދުން ބޯހަލާކު

    60
  3. ދުންތަރި

    ކެނެރީގޭ ނަޝީދު މަޖިލީހުގަ ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލި މައްސަލަ ތަޙްޤީޤުކޮށް ޝަރިޢަތަށް ފޮނުވަންޖެހޭ ވަކިމީހަކުކުށްކުރީމަ ދަޢުވާނުކުރެވޭ ޤާނޫނީ ނިޒާމެއް ބޭނުމެއްނޫން މަރުކޮމިޝަނޭކިޔައިގެން އޮޅުވާލަން އެ އުޅެނީ މައްސަލަތަކުގެ ޙަޤީޤަތް ރައްޔިތުންނަށްހާމަވެއްޖެނަމަ އަމިއްލަ މީހާ ކުށްވެރިވާނެކަން އެނގޭތީ ނުވަތަ ބައިކޮޅުން ހިންގި ޖަރީމާތައް ފަޅާ އަރާފަާނެތީ ރައްޔިތުންނަށް ދަޅަދައްކައި ޙަޤީޤަތް އޮޅުވާލަން ފާޅުގަ މަސައްކަތް ކުރާކަން ވަރަށް ރަނގަޅަށް އެބަ ހާމަވޭ މިކަމުގެ ފަހަތުގަ ބޮޑު ސިއްރެއް ވާނެކަން ކަށަވަރު

    13
  4. ތަހިއްޔާ

    ނަޝީދަކީ ބޯގޯހެއް!!! އޭނަ ދައްކާނީވެސް ބޯގޯސް ވާހަކަ

    26
  5. ދުންތަރި

    ދޮގުހަދާކަން ކަށަވަރީ މާތްﷲ ބާއްވާލެއްވި އާޔަތްތަކަށް އީމާންނުވާނީހުން ކެނެރީގޭ ނަޝީދަކީ ހުސް ދޮގުހަދާ އޮޅުވާލައި ބިމުގައި ފަސާދަކުރާ މީހެއް ކިތައްމެ ޖަރީމާއެއް ހިންގިޔަސް މިކަލޭގެ މައްޗަށް ދަޢުވާކުރެވޭނެ ޤާނޫނީ ނިޒާމެއް މިޤައުމަކުނެތް ވެރިކަމުގަ ގުނާ ޢަދަދުނުކުރެވޭހާ ކުށްކުރީމަވެސް މިހާރު އެއީ ސާފު ހުދު ފޮތިކޮޅެއް

    13
  6. ޒަބީބު

    ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ތަކުރާރުކޮށް ރައީސް ނަޝީދު ދަނީ ދޮގު ހަދަމުން. ދައުލަތުގެ މިފަދަ މަޤާމުތަކުގައި ތިބޭ މީހުންނަކީ ހުވާއެއް ކޮށްގެން ތިބޭ ބައެއް. ނަޝީދު މިގޮތަށް ދޮގުހަދަމުން ދިއުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ވަނީ ގެއްލިފައި. އެމަޖިލިހަށާއި މަޖިލިހުގެ ރިޔާސަތަށް ރައްޔިތުން ކުރާ އިހްތިރާމާއި ޤަދަރުވެސް މިހާރު ވަނީ ގެއްލިފައި. ޢެމަޤާމުގައި އިންނވާ ބޭފުޅަކު ދޮގު ހެދުމަކީ ކޮށްގެން ހުރި ހުވަޔާއި ޚިލާފުވުން. ވީމާ މިއަދު އެމަޤާމުގައި ނަޗީދު އިނިމުގެ ހައިސިއްޔަތު ވަނީ ގެއްލިފައި. ވީމާ ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޤާމުން ދުރިކުރަން ޖެހޭ.

    11
  7. މާމީ

    އެއީ ހަމާގަ ނުހުންންވާ ވަގުތު އޮޅިގެން ބުނެވޭ އެއްޗެހި އެކަމާ ތިބޭފުޅުން ހާސްވޭ.

  8. އެމަންޖެ

    ނަސީދާ ބެހެވޭނެ މީހަކު މި ދިވެހި ފަސްގަނޑަކުނެއް ، ނަސީދުގެ މަގުސަދު އޭނާ ހާސިލު ކުރާނެ ، އޭނާ މި ގައުމު ކައި ހުސްކޮއް ކަށިކޮޅަކައް ހަދާނެ.

    12
  9. ޓޮންނަ

    މި ބުރާންޗަށް ދައުވާކޮށްބަލަ!

    13
  10. ރައްޔިތުން

    ނަޝީދު އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ

    15
  11. ާއަލީ

    އޮޅިގެން

  12. މުހަންމާއިދީ

    ބޮޑު ނަމުރޫދު

    12
  13. އަލިހޮއްކޮ

    ދޮގުހެދުމާއޮޅުވާލުންނުންކަމެއްނެތްރައްޔަތު
    ފެލާލާގެންލިބޭފައިސާއިންމުސާރަކައިގެން
    ތިބެރައްޔިތުންއިތުރައްނިކަމެތިކުރުންނޫން
    އެހެންކަމެއްކުރުމެއްނެތް.
    އަހަރެމެންގެރުހުމެއްނެތި(ޕެންޝަންފަން
    ޑައް)ނެގިފައިސާލިިބުމައްއެތައްހާސްބަޔަކު
    އެދޭއިރުއެއަޑުއަހާނެމީހަކުނެތް.
    އަންނިއަކައްއަހަރެމެންގެހައްގެއްހިފަހައް
    ޓަންނުބުނެވޭނެ.

    8
    1
  14. މޭފެއަރ ކުޑޭ

    ދޮގު ހަދާ މީހަކު މިފަދަ މަޤާމަކަށް ކުފޫ ހަމަވޭތޯ..؟

    މަޖިލީހަށް މިދާކަށް ދުވަހު ޚިޔާނާތުގެ މައްސަލަޔެއް ފަޅާއެރުމުން ފައިސާތަކެއް ދެއްކި.. އެފަދަ ކަމެއް ކޮށްފި ނަމަ މަޖިލީހުގެ ރައީސަކަށް ކުފޫ ހަމަވެތޯ..؟