ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ އަމަލަކީ އެމްއެމްޕީއާރްސީގެ ހިޔާނާތަށްވުރެ ބޮޑު ވައްކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ބިދޭސީން އެތެރެ ކޮށްފައިވާ ގޮތުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާތާ ދޮޅު އަހަރު ވެފައިވާ ކަމަށެވެ. ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް ދިވެހިންގެ ފަރާތުން އެތަކެއް ނަފްރަތެއް އަމާޒުވާއިރު އެކަން ކޮށްފަިއވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމަކީ ކުރިންސުރެވެސް ހިންގަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް އެކަމުގައި އެންމެ ބޮޑެތި ގޯސްތައް ހަދާފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބިދޭސީން ރާއްޖެ އެތެރެ ކުރުމަށް ހިންގާފައިވާ ވައްކަމަކީ އެމްއެމްޕީއާރްސީ ވައްކަމަށްވުރެ ވެސް ބޮޑު ވައްކަމެއް ކަމަށެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގިނަވެގެން ދިޔައީ ބަޔަކު ކުރުވި ކަމެއްގެ ސބަބުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އިޖުތިމާއީ މައްސަައެއްގެ ގޮތުގައި ބިދޭސީންގެ މައްސަލަ ފެންމަތިވީ ދިވެހި ކުރާ މަސައްކަތްތަކުގެ ތެރެއަށް ބިދޭސީން ވަންނާތީ ކަމަށވްެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު މިހާތަނަށް 2000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ވަނީ އަނބުރާ އެމީހުންގެ ގައުމަށް މިހާރު ފޮނުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޓޮންނަ

    ތި ކަމުގެ އަޑީގައި ތިބީވެސްހަމަ ތިޔަ މޑޕ ބައިގަނޑު..

    53
    1
    • މުއްލާ

      ސަހަރޯވެރިވަން. ގަމާރަކު އަދި މިފެނުނީ، އަޅޭދެން މީހުން ޤަބޫލުކުރާޒާތުގެ ވާހަކައެއް ދައްކަބަލަ. ތީބަލަގަ މިނިސްޓަރޭ، އެއީ މިހާރު މިނިސްޓަރުގެ ޒިންމާއެކޭ، އެކަންކަން ހައްލުކުރާށޭ މުސާރަދެނި. އެ މުސާރައޭ ތި ބަނޑުއަޅަނީ، ނުކުރެވޭ ވާހަކަ އަމިއްލަޔަށް ދައްކަން ލަދު ނުގަނޭހޭ. ތި ކިޔޭ އެއްޗެއް އެގޭބާއޭ. ފޫކޮޅު އަމިއްލައަށް ބަލަން އުނދަގޫނަމަ މޫނުބަލާ ލޯގަނޑެއް ބޭނުން ކޮށްގެންވެސް ބަލާލަ ބަލާށޭ. ސަހަރޯ، ސަހަރޯ، މިހިރަ މިނިސްޓަރެއް.

      28
  2. މާމީ

    މިސަރުކާރު އައި އިރު ބަނގުލަދޭޝް އިން މީހުން ގެނައުމުގެ ހުއްދައެނޮއޮވޭ މިސަރުކާރު އައިސް ހުޅުވާލީ ކަލޭމެނައް އަބަދުވެސް ކުރީސަރުކާރު ކަލޯ އައް ވާވަރައްކެވިއްޖެ ދެންރައްކާވޭ ފާ ފަޅޮލޭ ނުކިއާ

    48
  3. ޚަރުން

    ބޭކާރު ވާހަކަ ނުދައްކާ މައްސަލަ ހައްލު ކޮށްބަލަ.މިހާރު ކަލޭމެންނެތް ނޫންތަ ވެރިކަން ތިކުރަނީ...

    50
  4. ނާއިން

    ހަމަރަނގަޅަށް ދިރާސާ ކޮށްފަތޯ ތިވާހަކަ ތި ދައްކަވަނީ މިނިސްޓަރެއް ކަމަކު ތަންދޮރު އޮޅުންފިލާކަމަށް ހެދި އަނގަ ތެޅުވިއަކަސް ކަމަކުނުދާނެ 2008 ވެރިކަމުގެ ތެރެއިން ބޮއްސުންލައިގެން ދިޔައީ ބިދޭސީންގެ ކަންކަން އަންނި ކޮށްމެ ދެމަފިއަކަށްވެސް މީހުން ގެނެވޭ ގޮތް ހެދުމުގެ ސަބަބުން އޭގެ ކުރިން ދައުލަތަށް ބޮޑު ލާރިގަނޑެއް ދީގެން އެޖެންސީ ހަދައިގެން އެޖެންސީ ގެ ދަށުމިކަން ކުރަމުން އައީ އެޖެންސީ ޒިއްމާނަގާ ގޮތަށް ނަމަވެސް މިކަން ކަން އުވާލާ ކޮންމެ ރައްއިތަކަން މިިކަން ކުރެވޭ ގޮތް ހެދުމުން މީގެ ނާޖާއީސް ފައިދާ ބައެއްމީހުން ނަގަމުން މިކަން ކުރަމުން ގެންދިޔައީ މީސް މީހުންގެ ބޮލުގަ ކަންކަން އެޅުވުމުގެ ކުރިން ކަންކަމުގެ ދެކޮޅު ބަލާފަ ވާހަކަ ދައްކާ

    45
  5. ފެކްޓް

    ވަކި މީ ހެކޭ ބުނެ އެކަކުވެސް ކުއްވެރި ކުރާކަށް ނުޖެ ހޭ! ތިމައްސަލައިގެ އި ހުހމާލުގެ ޒިންމާ ހުރިހާ ވެރިކަމަކުންވެސް ނަގަންޖެހޭ! މި އި ހުމާލުހ ފެށިފައިވަނީ ރ މައުމޫނުގެ ޒަޢާމަތުގަ. އެއަށްފަހހ މޑޕ އަށްވެސް އެކަން ހައްލުކުރަން ފުރުސަތެއްލިބުނު. ސަބަބަކީ މި މައްސަލައަކީ ކޮންމެހެންވެސް ހައްލުކުރަންޖެހޭ ބޮޑު މައްސަލައެއްކަން އެނގިތިބެ ކަމަކަށް އިސްކަމެއް ނުދޭ. އަދި ރ ޔާމީނުގެ ވެރިކަމުގައިވެސް އެފަދަ ނުރއަްކާތެރި ކަމެއް ހައްލުކުރަން ފުރުސަތު ލިބި، ވަނީ އިހުމާލުވެފަ. މިއީ ރައްޔިތުްނނާއި ދިވެިޤައުމާ އިންތިހާއަށް ގުޅުންހުރިް މައްސަލައަކަށް ވީއިރުވެސް.. ސުވާލަކީ މި އެންމެެެން ރައްޔިތުންނޭ ޤައުމޭ ކިޔައިގެން މިކުރާ ދައުވާގެ ޙަޤީގަތަކީ ކޮބާހޭ! ރައްޔިތުންނަށް މިވެރިން މިކުޅޭ ކުޅިގަނޑު ވިސްނޭނީ ކޮން ދުވަހަކުންބާއޭ! މިފަދަ ކިތައް ޤައުމީ އިޖްތިމާޢީ މައްސަލަތަކެއް އެބަހުރިތޯ؟؟ ކޮންމެ ބަޔަކުވެސް ވަނީ އަނެކާ ކުށްވެރިކޮށް އަނެކާގެ ކުށްދެއްކުމުގައި.
    #ބޭން ޑިމޮކްރަސީ#ޕާޓީ ސިސްޓަމް#

    31
    1
  6. ޥޯޓް

    މިގައުމުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރާނެ މީހަކަށް 2023 ވަނަ އަހަރު އަހަރެންގެ ވޯޓް ދޭނަން. މި މައްސަލަ ހައްލު ނުވެއްޖެނަމަ މި ގައުމު ދުވަސްކޮޅަކުން ބައިނަލްއަގުވާމީ މުޖުތަމައުން ދަންނާނީ “މޯލްޑިވްސް” ގެ ބަދަލުގައި “ބަނގުލަޑިވްސް” އަށް ވުމަކީވެސް ދުރުކަމެއް ނޫން.

    24
  7. ޑައެލޯގް

    އެކަން ހުރިހައި ސަރުކާރެއްގައިވެސްކުރެއެވެ. މިސަރުކާރުންވެސް ކުރެއެވެ. ނަމަވެސް މިސަރުކާރު ކޮވިޑް އައުމުން ބިދޭސީންގެ ޚަރަދު ބަލަންޖެހުމުން އެކަންމިހާރު ކޮންމެވެސްވަރަކަށް ރަގަޅުވެއެވެ.

    16
    3
  8. ކަނަމަނަ

    މިހާރުތިގޮވަނީގުދޯގުދޯ ފައްޔާޒައް ކެވުނުއަދަދު ކުޑައީތަ

    32
  9. ރަބަރޭ

    މައްސަލަ ހައްލުނުކުރެވޭނެހެން ހީވުމުން ކުރީ ސަރުކާރަށް ކަޑާލީ އުތަ ވައުދު ވިގޮތަށް އަހަރުވުމުން އިސްތިއުފާ ދެއްވާފަ ގެޔަށް ވަޑާއި ގަތީއާއި މާ ތާހިރުވާނެ

    33
  10. ބޭކާރު

    ނަސީދުގެ ވެރިކަމުގަ ބިދޭސީން އެތެރެކޮށް ދޫކުރުން ތަހުގިގު ކުރަމުން ދަތުރުކުރަމުން ގޮސް ބޯގަންވިލާއަށް އުރުނީމަ ފަޅައިގެންގޮސް ދަތުރު ހުެޓުނީ.

    22
  11. ދޮގު

    ކަލޭ މިހާރު ތިކުރާ ވައްކަންތައް އެއަށްވުރެ ނުރައްކާ. ގޯތިި އެންމެނަށް މިލިޔަނުން ފައިސާދެނީ ފާޅުގަ. ހަނދާނުގަ ބަހައްޓއިގެން އުޅޭތި.ި

    25
  12. އަޒާ

    މިހާރުދެން މިރާއްޖޭގަ ވިޔާނުދާ އެއްވެސް ކަމެއް ކޮށްފައި އޮތިއްޔާ އެއީ ރައީސް ޔާމިނު، ބަލަ ބުރާންޗާ، ރައީސް ޔާމީނު ވެރިކަމަށް އައި އިރުވެސް ތިޔަބުނާ ބަންގާޅިން މި ރާއްޖޭގަ ހަމަ ހެސްކިޔާފައޮތޭ.

    30
  13. ފުނަފޫ

    2004 ގަ ތުރީއޭ ކޮމްޕެނިން އެތެރެކު 3000ހާމީހުންވެސް ވީރާއްޖެތެރޭގެ ތަންތަނުގަ އެވާހަކަ ނުކިޔަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީސިޔާމު ކުންފުނިވީމަތޯ ފައްޔާޒައް ކޮއްޗެއްތޯއިނގޭނީ އެކައްޗެއްވެސްނޭނގެ ކަލޯމެން ބޮޑުކުންފުނި ހަދައިގެން ދިވެއްސަކައް ލާރިއެއް ދޭންވެދާނެތީ ޖެހިސަކަރާތް ތީ

    31
  14. ސާރާ

    ކަލޭ ކަރަންފޫ ކިލޯއެއް ލައިގެން ދުފަންވީނު ފުރަތަމަ؟

    23
  15. މިއަދު

    އެމްޑީޕީގެ ވެރިކަން ގެއްލުމާއިއެކު ރާހްޖޭގައިހިންގި ބޮޑުހުޅުގެ މައްސަލައަކީވެސް އެމްއެމްޕީ އާރުސީއާއި 2008 ނޮވެމްބަރުން 2012 ފެބުރުއަރީ 12 ވަނަދުވަހާއި ހަމަޔަށް ހިންގި އެކިއެކި ޖަރީމާތަކަށްވުރެ މާބޮޑެތިކަންކަން އެއީ ރައިސްޔާމީނު ދުނިޔޭގައި ހުންނަވަނިކޮށް ހިގިކަންކަން ކަމަށްވާތީ އެކަންތަހުގީގުކުރަންޖެހޭ

  16. ޢާސިމާ

    މަނިކުފާނު ރިލީފް ޕެކޭޖު އަށްލައިގެން އުޅޭތާ ދެމަސް އެޕްރޫވަލް ވެފައިންނަތާ
    އެއްމަސް އަދިވެސް ޖަމާނުވޭ ވަރަށް ރީއްޗައް ބުނާނެ މުވައްޒަފުން ނުކަޑާށޭ ކިހިނެއްމުސާރަ
    ދެނީ ދަރަންޏައް ލޯނެއް ނަގައިގެން މުވައްޒަފުން މުސާރަ ދޭން މިތިބީ ލޯނުވެސް ދީގެންތާ ދެވޭނީ ތަނަކުން ފޯނެއް ނުނަގާ އެސް.އެމް.އެސް ، އީމެއިލް އަކަށް ޖަވާބު ނުދޭ މިއީ ބޮޑުވަރު
    ކޮވިޑާ ގުޅިގެން ހިލޭ މީހަކަށް ހަނޑޫ ކިލޯއެއް ދިނިކީއެއްނުން އެވަރަށް އެހީލިބުނު އިރުވެސް
    މުވައްޒަފުންގެ މުސާރަ އޮފީސް ކުލި ނުދެއްކިފަ މިތިބީ ދެންވެސް މިކަންތައް ހައްލުކޮއްދެއްވާ

  17. މޯދީ ސާހަބް

    މީ ސަދުމުގެ ފަޑިޔަރުން ތިބި ދުވަސްވަރެއް ހެޔޮނިޔަތުގަ ގައުމު ލޫޓުވާލިޔަސް އޯކެ ވާނޭ ވިދާޅުވިއެއްނު މިސަރުކަރުގަ ތިބޭނި ހެޔޮނިޔަތުގަ ވަކަންކުރުމާ ފެރޭމީހުން އމޑޕީ ނޫން އެހެން އެނަމެންނަކީ ނުބާނިޔަތުގަ ވައްކަން ކުރާމިހުން އެހެންވީމަ ހުކުން މި އިއްވަނީ ސަދޫމުގެ އިސް ފަޑިޔާގެ ފަރާތުން މިސަރުކަރުގެ މޑޕ ނޫން ހުރިހާ އެންމެންނަކީ ވަގުންކަމަށް އެމީހުން ހިފާ ހައްޔަރުކޮށް އމޑޕ މީއްވިއްޔާ ވައްކަމެއް ނުކުރާނެ ކުޑަކުދިންރޭޕެއް ނުކުރާނެ ނުވެސް އިނގޭނެ މިފަދަ ކަމެއް ކުރާކަށްވެސް ވައްސަލާމް

  18. ހަސަދު

    ބަދަލު ހޯދުން އެއީ ކޮންކަހަލް ކަމެއްބާ!!. ދެން ގައުމު ފުޑާލުން އެއީ ކޮންކަހަލަ ކަމެއްބާ!!

  19. ވަރުވާ

    ބަނގްލަދޭޝްގެ ބޭފުޅުން ރާއްޖެއަށް ގިނަކުރީ، 1998ން، ފެށިގެން، 2006އާއި ދެމެދު. ޙައްދު ފަނާ އެޅީ، އެއރުގެ ލޭބަރ މިނިސްޓްރީ އާއި، އެމިގްރޭޝަންގެ ގުޅިފައިވާ ވިއުގާގެ ތެރެއިން، ކޮންމެވެސް ބަޔަކު ވިޔަފާރީގެ އުޞޫލުން އެކަން ކުރަންފަށައިގެންގޮސް ބަޔަކު މިލިއަނަރުންނަށްވެގެން ދިޔައިރުވެސް އެކަން ނު ހުއްޓުވުނީމައި.
    މިއީ ޙަޤީޤަތަކީ. 200، 300 މީ ހުން މާލެ އަރުވާފައި، ސިސްޓަމުން އެމީ ހުން ފުރައިކަމަށް ދައްކާ އަނެއްކާ އެ ޢަދަދަށް ގެނެސް ދޫކޮށްލަނީ. މިއީ އެއިރު ނޫސްތަކުގެ ފަލަސުރުޚީގައިވެސް އެއްމެ ހޫނުކޮށް އެދުވަސްވަރު ލިޔެވެމުންދިޔަ ވާ ހަކައެއް.

    4
    1
  20. ޙހހހ

    ފައްޔާޒުއަށް ކެރެންޏާ ރާއްޖޭގައި ބިދޭސިން ގެންގުޅޭ ކޮމްޕެނީތައް ހާމަކޮށްލަބަލަ، ގިނަވާނީ ތި އެމް. ޑީ.ޕީ ބޮޑުންގެ ތަންތަން ، އަޅޭ ހާމަކޮށްލަބަލަ

    14
  21. ޑަބިޔާ

    ސީދާ ކަލޭކުރާ ކަންތައް ކަލޭބޭނުން ބަޔަކަށް ދިނީވެސް. އަމިއްލައަށް ބޭޒާރު ވުން ނޫންކަމެއް ނޭންގޭނެ ކުރާކަށް

    11
  22. ނަސޭހަތް

    ބާރުމީހުންމިގައުމުންމަދުކުރަން މަާބޮޑައްވެސްލަސްވެޢްޖެ މިކަމައް އަވސްހައްލެއްބޭނުން ލަސްކޮއްފިނަމަފަހުންނުރައްކާބޮޑުވާނެ މިކަމައްރަނގަޅައްވިޗްނާފަ އަވަހައްފިޔަވަޅުއަޅަންވެއްޖެ

  23. ހުސްއަނގަ

    މިގައުމަށް މީހުންއެތެރެކުރުމުގެ ކަންތައްކުރާކުންފުނިތަކާ އެޖެންސީތަށްހިންގުމުގެއަޑީގަ ތިބީކޮންޕާޓީއަކަށްނިސްބަތްވާ-
    ބަޔެތް ތޯބަލާފަބާމީނަމިވާހަކަދައްކަނީ މީހުންއެތެރެކުރުމުގަ ރާޖޭގެމައިދޮރާށިބެލެހެޓުމުގެމަސްއޫލިޔަތް އަދާކުރާވުޒާރާގެ އިހުމާލުވެސް ވަކިކުޑަޔެނޫން ހަމައެޔާއެކު ކުއްކުރާފަރާތް ތަކާދޭތެރޭގަ ފިޔަވަޅުއަޅަން ތިބީވެސްއެކަމުގަ ހިއްސާއޮންނަމީހުން މިވެރިކަން ފެށުނު ފަހުންބާޒާރުމަތީގަ ކިތަށްފިހާރައެބަ ހިންގާތޯތިބުނާބޭރުމީހުން (ހާސަކޮށްއިނޑިޔާމީހުން)ކޮންފަރާތަކުން ތޯހުދަދެވުނީ ؟ ބާތއަޅަޏާއޯކޭތާ

  24. ވަހީދާ

    ސަރުކާރުން ރައްޔިތުން ނަށް ކަމެއްކޮށް ދެއްވަންޏާ ތިވިދާޅުވާބަންގްލަދޭޝް މީހުން މާލެއަށް އެންމެ ގިނަވީ ކޮންސަރުކާރަކުން ތޯ އާމާލެޢަށް އެތެރެވީ ކޮންބައެއްގެނުވަތަ ކޮން ކުންފުންޏެއްގެ އިހްމާލުންތޯ ބަލާޗެކް ކޮށް މަޢުލޫމާތު އާއްމުކޮށްލަ ދެއްވަންފެނޭ. ތިއެންމެންނަށްވުރެމާނުރައްކާބައެއް ޕާރޓް ޓައިމްކުރަންށޭކިޔާފަ ދެގަޑިއިރޭ ބުނެ ގެއަކުންމަދުވެގެން 150 ޑޮލަރއަށް 6 ގެ 7 ގޭގަ މަސައްކަތްކޮށްއުޅޭމީހުން. ޢެވެސް ދިވެހިބައެއްރައްޔިތުން ގެ ތެރެއިން ބަޔަކު އާމްދަނީހޯދުމަށްޓަކާ ކޯޓާ ދީފަކައިރިހުރިހާ ޤައުމުއަކުންހެން މީހުން މާލެއަށް ގެނެސް އެމީހުން އަމިއްލައަށް ކޮޓަރި ހިފާ ވިސާ ދައްކައިގެން މަހަކަށް މިނިކަމެތި ދިވެހިން ގެންގެއަތުން 1000 އަށްވުރެގިނަ ޑޮލަރު ލިބި ގެން ކޮޓަރި އެއްގަ ހަތްމީހުން ވަރު އުޅެމުން ދާ ބައެއް.

  25. ޙަސަނާ

    ދެންވެސް ބިދޭސީން އަތުން ދައުލަތައް ލިބެންޖެހޭލާރި ކޮޅުނަގާދީބަލަ އެމީހުންނައް އެއްތަނުން އަނެއްތަނައްދަތުރު ނުކުރެވޭގޮތައްހަދާބަލަ ރިސޯޓުތަކުގަ މަސައްކަތްނުކުރެވޭ ގޮތްހަދާބަލަ ކަލޭމެން ފޮނިކެޑީމަ ރައްޔިތުން ކަލޭމެނާ ހަވާލުކުރި ޒިންމާ އަދާކޮއްބަލަ އެހެންމީހުންގެ ވާހަކަ ދެއްކުން ހުއްޓަބަލަ ވަގުތީ ރެޖިސްޓުރީ ވެސް ދާއއިމީ ކާޑަކައްވެފަ އޮތީ ހެދޭ ނެހެދޭ ނޭގެ އޮންލައިންކޮއްފުރުސަތު ހުޅުވީމަ ބިދޭސީ އެޖެންޓުން ބޮންދުމެން އަތުންލާރިނަގައިގެން ކަންކޮއްލޮ އިރު ތިމާމިހާ އައްނޭގުނު އެމީހުން އަތުން ދައުލަތައް ދައްކަން އޮތް ފައިސާކޮޅުވެސް ހޯދާދޭން ބޯގޯސް...

  26. Anonymous

    ކަލޯ އިސްތިއުފާދޭކައްނުވޭތޯ ކަލޯ ބުނުއްވިޔޭ ބިދޭސީންގެމައްސަލަ ހައްލުނުވެއްޖެނަމަ ވަގުތުން އިސްތިޔުފާދޭނެވާހަކަ ކޮބާހޭ ކަލޭގެލަދުހަޔާތްކޮބައިހޭ ތިޔަކަމުގާވެސް އެއްމެގިނައިންތިބީ އެމް.ޑީ.ޕީގެ އިއްސަފްގާ މަސައްކަތްކުރާމީހުން މީގެ އެއްހެއްކެއް މަޖިލިސްމެންބަރ ޢަލީ ރިޒާ އެއޮތީ ކ.އަތޮޅު ހުރަޔައްއަޅާލާފައިވާމީހުންތައް ގޮސްބަލާށޭ މީކަލޯހަޤީްަތެކެވެ.

  27. ރަފީގް

    ކޮންމެކަމެއް ޔާމީނު ބޮލުގަ އަޅުވާފައި ފަރުޖެއްސޭކަށްނެތް.ދިވެހި ރައްޔިތުންނަށް އެބައިނގޭ ވާނުވާ.އެފަގީރު ޖަލުގަ ބަހައްޓާފައި އެހުރީ ސިޔާސި ބޭނުމެއްގައި.އެމް އެމް ޕީއާރުސީ ރުފިޔާ ބޭނުންކުރީ އޭނަ އެކަނިތަ؟ޔާމީނުގެ ފަސްއަހަރު ގެނައި ތަރައްގީ ފެނޭތަ؟މިސަރުކާރު އައިފަހުން ކޮންކަމެއްވީ ..ކުރަން ބުނި އެއްވެސްކަމެއްވިތަ؟ކޮމިޝަންތައް ހެދި.ވީނުވީއެއް ނޭގުނު.ބޭރުމީހުންގެ މައްސަލަ ހައްލު ކުރެވޭނެ ގާބިލުކަމެއްވެސް ނެތް މިސަރުކާރުގަ..އިދިކޮޅު ކޮންމެވެސް މީހަކާ ޖައްސާލައިގެން ވަގުތު ދުއްވާލަފާނެ.އެންމެ ކުޑަމިނުން މިހާރު ރައްޔލިތުން މިއުޅެނީ ވެރިކަންކުރަނީ ކާކުތޯވެސް ނޭގިގެން.އިބޫ ސޯލިހުތޯ އަންނިތޯ..ރޭޓް ކުރަންޏާ މަދޭނީ 10 އިން 2 .

  28. ވަގު ފައްޔާޒު

    ކަލޯ އިސްތިއުފާދޭކައްނުވޭތޯ ކަލޯ ބުނުއްވިޔޭ ބިދޭސީންގެމައްސަލަ ހައްލުނުވެއްޖެނަމަ ވަގުތުން އިސްތިޔުފާދޭނެވާހަކަ ކޮބާހޭ ކަލޭގެލަދުހަޔާތްކޮބައިހޭ ތިޔަކަމުގާވެސް އެއްމެގިނައިންތިބީ އެމް.ޑީ.ޕީގެ އިއްސަފްގާ މަސައްކަތްކުރާމީހުން މީގެ އެއްހެއްކެއް މަޖިލިސްމެންބަރ ޢަލީ ރިޒާ އެއޮތީ ކ.އަތޮޅު ހުރަޔައްއަޅާލާފައިވާމީހުންތައް ގޮސްބަލާށޭ މީކަލޯހަޤީްަތެކެވެ.

  29. ނަސީދު

    މޮޅުވާހަކަ ނުދައްކާ ކަލޭމެން ވެރިކަމައް އަައިސް ފައި ތިދިބީ. ޜައްއިތުން ނައް ޙުސް ދޮގުހަދައި ގެން އޮޅުވާލައިގެން

  30. އަހްމަދު

    މިސަރުކާރުން ރައީސް ޔާމީންގައިން ނެއްޓިގެންރައްޔިތުންނައް ކަމެއްކޮށްދެވޭނީކޮންއިރަކުންބާ ތިޔަބިދޭސީރާއްޖެއައް އިތުރުވެގެންދިޔަގޮތް އެންބޮޑައް އޮޅުންފިލުވައިދެވޭނެ އެކަކީ މައުރޫފް އަހްމަދު މާއްޓޭ ތިޔަސުވާލު އަޅެމާއްޓޭއާ ކޮށްލަބަލަ ހަމަޕާޓީސޮރެއްނު

  31. ޖާޒީރާ ބޯއީ

    މޖ ތަ މިކިޔަނީ. މިވީހާތާގައި މީހުންނުވައްދާހާވަރަށް މިބާގަނޑު މީހުން އެތެރެކުރި