ޕީޕީއެމްގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަންކޮށްފިއެވެ.

ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ، 7 ފެބްރުއަރީ 2012 ގައި، އޭރުގެ މުޙަންމަދު ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ރިޔާސީ އިންތިޚާބަކުން ހޮވިވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ނައިބު ރައީސަކީ ވެސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ޑޮކްޓަރ މުޙަންމަދު ވަޙީދަކީ އ.ދ. ގެ މައި އޮފީހުގައާއި، އަދި އެކި ޤައުމުތަކުގައި ހުންނަ އ.ދ. ގެ ސަރަޙައްދީ އޮފީސްތަކުގައި މަސައްކަތްކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރެސީ ކުރިއަރުވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. ޑިމޮކްރެސީގެ ހަރުދަނާ ވުމަށް އެންމެ މުހިއްމު ކަމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"މި ޑިމޮކްރެސީ މިއީ ރައްޔިތުން ގަބޫލުކުރާ ޑިމޮކްރެސީ އަކަށް ވާން އެބަޖެހޭ. ރައްޔިތުންނަށް ޒިންމާދާރުވާން ޖެހޭ. ޒިންމާދާރު ކުރުވުމަށްޓަކައި ޑިމޮކްރެސީއެއް ފުރިހަމަ ވާނީ ޑިމޮކްރެސީގައި ވަރުގަދަ އިދިކޮޅު ޕާޓީއެއް ވެސް އޮވެގެން. މިއަދު ޝައްކެތް ވެސް ނެތް ގޮތުގައި އެ މަގާމު އަދާކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާ އެހެން ކަމުން އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޣ

    ކޮބާ ވަހީދު ޕީޕއެމްގެ ވެޜިކަންޖަހާގަންނަނީ..ބަގާވާތަކަށްރެޑީވަނީ!! ?

    5
    93
  2. މެލްކޮމް ××

    ހީ އިޒް ބެކް. ވެލްކަމް ރައީސް.......

    41
    8
  3. އެކްޓަރ

    މިއީ ވަރަށްވހަރުދަނާ ނިންމުމެއް.ރައީސް.ޑރ ވަހީދު ފަދަ ތަޖްރިބާ ކާރު އިލްމީ ގާބިލް ބޭފުޅަކު ޕީޕީއެމް އިސް ސަފުގައި ހުރުމީ މުހިންމު ކަމެއް... ރ ޔާމިން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތް އެތައް ގުނައެއް އިތުރުވެގެންދާނެ ވަސީލަތެއް. ރ. ޑރ. ވަހީދު ޤައުމަށް ޚިދުމަތްކުރެއްވުމަށް އަލުން ނުކުމެ ވަޑައިގަތީ އަހަރަމެން އުފާކޮށް އެމަނިކްފާނަށް ޝުކުރިއްޔާ...ޕީޕީއެމް ސަޕޯޓަރުންގެ އެންމެފުރަތަމަ ވިސްނުމަކީ ރ ޔާމިން މިނިވަންކުރުން...

    53
    10
  4. ސަރުފް

    މަޖުލީހުން ބަޤާވާތް ތަހުޤީޤު ކުރާނެކަން ޔަޤީން ވުމުން ހުރިހާ ބާޤީންތައް އެއްތަންވަނީ ސަލަަމަތްވޭތަޯ.

    11
    53
    • މުހައްމަދު

      ސަރުހު ތިހުރީ އާސޯހުވެފާތަ؟ ނޫނީ ރީނދޫ އަޅާފަހުރި ފެންފޮދެއް ބޮވުނީތާ. ތިކަހަލަ ވާނުވާ ނޭގޭ ގަމާރުންނާ ހެދި މިހާލުގާ އުޅެން މޮޖެހުނީ.

      11
      2
  5. ސާބަހޭ

    ޚުރިޔަބާރަށޯ ކުރިޔަށޯ ސާބަހޭ

    23
    6
  6. މުހައްމަދު

    ވަރަށް މުހިންމު ނިންމުއްމެއް ޕީޕ ޕީއެމް އިން ތިޔަނިންމީ.

    12
    2
  7. ސަގަރު

    މިފަހަރު އެމްޑީޕީގެ ވަގުންގެފޮށި ބާރަށް ބަންނާނެ ހުރިހާދިމާލަކުންވެސް ފެންނަނީ ވަގުން.

  8. އާދުވަހެއް

    އާދުވަހެއް އައީއޭ އާފެށުމެއް އައީއޭ އާދުވަހަކަށް އިރުއެރީއޭ ދިހަރޭ ވަންދެން މަމެން މިއަދުގެ ހަނދާން ހުންނާނެއޭ މިދުވަސް ހަނދާން ނެތިގެންދާނެ ކަމަށް ހީކުރި ނަމަވެސް ހިތުން ފިލައިގެން ނުދާނެއޭ މިދުވަސް ދުވާލުގެ ވަގުތަކުގައި ހިތް ވަނީ ފުރިފައޭ އުފަލުން ރޭގަނޑު ވަގުތު ތަކުގައި ވީއުފަލުގެ ބޮޑު ކަމުން ޝުކުރު އަދާ ކުރަން ޖެހޭ ހަމައެކަނި ފަރާތަށް ޝުކުރުކޮށް ނިތްތިރި ކޮށްލެވެނީއޭ އާދުވަހެއް އައީއޭ އާފެށުމެއް އައީއޭ އާދުަވަހަކަށް އިރުއެެރީއޭ އާދުވަހެއް އައީއޭ އާދުވަހެއް އައީއޭ އާދުވަހެއް އައީއޭ އާދުވަހެއް އައީއޭ އާދުވަހެއް އައީއޭ...

    6
    1
  9. ފަސް%

    5 ޕަސަންޓް ބޢ ރައިސް ޕީޕީ ސައިޑުން އަނެއްކާވެސް ވެރިކަން ޖެޙާގަނެވޭނެ ގޮތެއްހޯދަނީ!!

    1
    6
  10. ދަރަނި ދަންތުރަ

    ހަގީގި ބާގީންނަކީ އެމް ޑީ ޕީ ނަސީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރ އީނާޒު ލަފުގައި ހިފައިގެން އެމް ޑީ ޕީ ހަރުގެޔަށް ގެނެސް ބަގާވާތަކުން އީނާޒު މިނިސްޓަރު ކަމުން ވަކިކުރީ ، ރައީސުލް ޖުމުހޫރިއްޔާ މިނިސްޓަރު ކަމަށް އޭނަ އަންޔަންކުރީ ބަގާވާތްކޮށް ހަރުގެތެރޭން އޭނަ މިނިސްޓަރު ކަމުން ވަކިކުރީ މިއީ ބަގާވާތްކުރާގޮތަކީ ނަސީދު ބޮޅަށް ތެޔޮއަރައިގެން އިސްތިއުފާދީފައި ބަގާވާތެކޭ ކިޔަސް އެނުވާނެ ބަގާވާތަކަށް ގާސިމެއްނޫން ވެރިކަމާ ހަވާލުވީ ...

  11. އަންނަނީއޭ

    އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް ވަހީދު ހަމަޖައްސަވައިފިނަމަ ފިނިވައިރޯޅި ފުޅާ ކޮށް އައިސް ބޮލުގެ އިސްތަށިގަނޑުގައި ވިހުރިލާ ލަވަކިޔާ ހެން އިހްސާސްވާން ފަށައިފިއޭ އުޑުގެ ވިލާތަކުގެ ސާފު ކަން ކޮޓަރިތެރޭގައި ހުންނައިރު ވެސް ފެންނަހެން އިހްސާސްވާން ފަށައިފިއޭ ވައިރޯޅީގެ ބާރުމިން ގަދަވާން ފަށައިފިއޭ ހުރިހާ ދިމާލަށް އެއްވަރަށް ވައިރޯޅީގެ ބާރުމިން ދިއުމުން އެއް މީޒާނެއްގައި ހިފަހައްޓައިފިއޭ ވައުދުވާ ގޮތާއި އެއްގޮތަށް ކަންކުރާމީހުން އަންނަހެން މުލްކް ގައި ތިބި އެންމެން ގަބޫލުކުރަން ފަށައިފިއޭ ފިނިވައިރޯޅި ދަނީ ބާރުވަމުންނޭ ބާރުވަމުންނޭ ބާރުވަމުންނޭ..

    7
    1
  12. ާއަހްމަދު

    ޕީޕ ޕީއެމަށް އެޑްވައިޒް ދޭނެ މީހަކު ނެތީތަ މިއޮށް ހުރިހާ ދުވަހު މާ ގާބިލު ބަޔެޖޭ ކިޔައިގެން އުޅުނު ބައިގަނޑެންނުތިޔައީ

    2
    7
  13. Anonymous

    ދުޝްމަން ކާ ދުޝްމަން ދޯސްތް. ? ދިވެހިން ދުވަހަކުވެސް އިސްލާހެއް ނުވާނެ. މިހާރު ޔާމިންމަތިން ހަނދާން ނެތި ވަހީދު ވަރެއްނެތް

    2
    6
  14. Anonymous

    މަރްޙަބާ ޑރ. ވަޙީދު.
    ޤައުމަށްޓަކައި ތިޔަނިންމެވި ނިންމެވުމަށް ފަށްފަށުން ޝުކްރިއްޔާ. މަޑުމައިތިރި ޚުލްގު ރަނގަޅު ބޭފުޅެއް. ރައީސެއްގައި ހުންނަށްވާ ރީތި ސިފަތަކެއްގެ ވެރި ބޭފުޅެއް. ވ. ލޯބިވާ ރައީސެއް. މައުމޫން ރައީސް ވެސް މިޓީމާއި ގުޅިވަޑައިގަންނަވަން އާދޭހާއި އެކު ދަންނަވަން. ލާދީނިއްޔަތާއި ދެކޮޅަށް ޓަކައި ވެސް ތެދުވަން އެބަޖެހޭ. ޑިމޮކްރެސީގައި ނަމުގައި ލާދީނީ ރިޕޯޓް ތައް މިހިރަގެން ފެންމަތިވަނީ. އެހެންވީމާ މުސްލިމު ޤައުމަކަށް ދުޢާދެއްވި ސޯލިހުމާ ކަމަކުނުދޭ. ސޯލިޙުންގެ ވެރިކަމުގައި މަޖްލިސް ރައީސަށް ހުރިހާ ބާރެއް.

    6
    1
  15. ފާއިޒް

    މަރުޚަބާ ރައީސް ވަހީދު...

    8
    2