މާލެ ފުރަބަންދުކޮށް ހުއްދަ ނެތި މަގުމައްޗަށް ނުކުތުން މަނާކުރި މުއްދަތުގައި އެ އެންގުމާއި ހިލާފުވި މީހަކު 28 ފަހަރު ޖޫރިމަނާ ކޮށްފައި ވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އިން މިރެ ގެނެސްދެން ޕްރޮގްރާމެއްގައި ފުލުހުންގެ ދައުރު އަދި ދިމާވި ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ފުރަބަންދުގެ ތެރޭގައި އެންމެ މީހަކު 28 ފަހަރު ޖޫރިމަނާ ކުރެވުނު ކަމަށެވެ.

މަގުމައްޗަށް ނުކުތުން މަނާކުރި އިރު، ޖުމްލަ 9361 މީހަކު ޖޫރިމަނާ ކުރިއެވެ. މީގެ ތެރެއިން 8378 މީހަކު ޖޫރިމަނާކުރީ މާލެއިންނެވެ. އަދި ހުޅުމާލެއިން 833 މީހަކު ޖޫރިމަނާ ކުރި އިރު ވިލިމާލެއިން 150 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. ލޮކްޑައުންގެ އަމުރާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކޮށްފައިވަނީ 1000 ރުފިޔާއިންނެވެ.

އެހެންކަމުން 28 ފަހަރު ޖޫރިމަނާ ކުރި މީހާ އެކަނި 28،000 ރުފިޔާ ދައްކަން ޖެހެއެވެ. ޖުމްލަ ޖޫރިމަނާ ކޮށްގެން ނުވަ މިލިއަން ތިންލައްކަ ފަސްދޮޅަށް އެއްހާސް ރުފިޔާ ދައުލަތަށް ލިބެން ޖެހެއެވެ.

"ތަކުރާރުކޮށް މަގުމަތީގައި އުޅުނު ފަރާތްތަކެއް ފާހަގަ ކުރެވުނު. މާލޭގައި އުޅޭނެ ތަނެއް ނެތިގެން އުޅުނު މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ. މިސްކިތްކާއި މާރްކޭޓް ސަރަހައްދުގައި އުޅުނު މީހުން ވެސް ފާހަގަ ކުރެވުނު. ފަހުން އެމީހުންނަށް ސްކޫލްތަކުގައި ބޯހިޔާވަހިކަމާއި ކެއުމުގެ ކަންކަން ހަމަޖެއްސުނު." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަމީރު ވިދާޅުވިއެވެ.

އެކަކު 28 ފަހަރު ޖޫރިމަނާ ކުރިއިރު އެއީ މާލޭގައި ދިރިއުޅޭނެ ތަނެއް ހުރި މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަމީރު ވިދާޅެއް ނުވެއެވެ.

ފުރަބަންދަށް ލުއިތައް ދިނުމުން މިހާރު ވެސް އެޗްޕީއޭގެ އުސޫލުތަކަށް ތަބާވުމަށް މީހުންނަށް ކޮންމެ ދުވަހަކު ވެސް ނަސޭހަތް ދެމުންދާ ކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަމީރު ވިދާޅުވިއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަމީރު ވިދާޅުވީ ފުރަބަންދުގެ އަމުރާ ހިލާފުވެގެން ހައްޔަރު ކުރި ހުރިހާ އެންމެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ.

ފުރަބަންދުގެ އަމުރާ ހިލާފުވުމުގެ ސަބަބުން 626 މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެ ތެރެއިން މާލެއިން 576 މީހަކު ހައްޔަރު ކުރެވުނު އިރު، ހުޅުމާލެއިން 47 މީހަކު އަދި ވިލިމާލެއިން 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މޫސާ ރަޝީދު

    4 ގަޑި ތެރޭ އަހަރެންގެ ސައިކަލު ޒޯނުން ބޭރުގައި ހުރުމުން 6 އިސްޓިކާ ޖެހި. އެގޮތަށް އޭނަ ގެއަށް ދިޔަ މަގުމަތީގައި ފެންނަ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރިއްޔާ 28 ފަހަރަށްވުރެ ގިނަ ފަހަރު ވެސް ޖޫރިމަނާ ކުރިވެދާނެ އެއްނު.

    28
    6
    • ނަންނި

      24 ގަޑި އިރުތެރޭ ޖެހޭނީ 1 ސްޓިކާ، ހަމަޖެހޭ ވާހަކަ ދައްކާ، 24 ގަޑިއިރުތެރޭ 6 ސްޓިކީ ޖަހާގެން ސިސްޓަމަށް އެންޓަރ ކުރެވޭނޭ އެއްވެސް ގޮތެއް ނޯންނީނެ

      6
      2
    • ކާކު

      4ގަޑިއިރު ތެރޭގަ ކިތަންމެ ގިނައިން ޖެހިއަސް ކެންސަލްވާނެ. 24 ގަޑިއިރުތެރޭގައި އެއް ލޮކޭޝަން އެއްގައި ސްޓިކަރ ޖެހޭނީ 1 ފަހަރު..

      4
      1
    • ޢަހޫ

      ޙުސްދޮގު.

      3
      1
  2. ވަހީދު

    މަމާރުކޭޓަށް ދަނިކޮށް ސައިކަލެއްގެ ދިޔަ ދެ ފުލުހުން އެހި ކޮބާހޭ ހުއްދަ. އަހަރެން ބުނެފިން، މާރުކޭޓު ދަނީއޭ މަސް ގަންނަން ބޮސް ބުނެގެން. ސައިކު ފަހަތު އިންމީހާ ބުނެފި ތީ ބަންގާޅީއެކޭ. އެހެން ބުނާ އިރަށް މަހެދި އެއްޗަކީ ކެއްސާގަތީ، ވަގުތުން ބުނެފި ސައިކަލާއި ދުރަށް ދާށޭ. ދެން ނައްޓާލަމުން ބުނީ ހުއްދަނެތި މަގުމަތީގައި ނޫޅޭށޭ. މަދިޔަ ގޮތަށް ގޮސް މަސްފޮށިގަނޑޫ ހިފައިގެން ގެއަށް ދިޔައީ. ރިޖެކްޓް ކުރިޔަސް މަސް ކުނި ނުވެ ނުހުންނާނެ އެއްނު.

    13
    3
    • ޢަހޫ

      ޙިތުންވަރަށްމޮޅުކަމެއްދޯ ތިކުރެވުނީ. ތީގެންއެގެނީ ކަލޭގެޖާހިލުކަން .

      4
      3
  3. Anonymous

    28 އަހަރު ވަންދެން ޖަލުގައި ބަހައްޓަންވީ.
    ކީކުރަންބާ ތިހާގިނަ ފަހަރު ބޭރަށް ނުކުތީ. މިމީހާ ބޭރަށް ނުކުމެ ކުރިމަސައްކަތެއް ބަލަންވީ
    ވ. ފައިދާހުރި ކަމެއްގައިވީމަތާ ނުކުންނާނީ ފުރާނަ ނުރައްކަލުން ލައިގެން.

    15
    7
    • ދޯ

      28ފަހަރު އެނުކުމެވުނީ ފުރާނަ އަށް ނުރައްކަލެއްނެތީމާ.

      1
      3
      • ާ

        ހަމަ މިނަށް ވުރެން ގޯހީ.... ފޮޓޯ ޖަހަން ފެނޭ

  4. ލާމު

    މި އުނދަގޫ ހާލަތުގަ އެންމެންގެ ފައިސާ މައާފް ކޮށްދޭން ވީ އެވެ.

    11
    12
    • މީމު

      ކޮށްގެން ނުވާނެ.... ގޭގަ ތިބޭށޭ ބުނީމަ ގޭގަ ތިބީ... ކްރިމިނަލަސް އަށް ޕަނިޝްމަންޓް އޮންނަން ޖެހޭ.... އިންސާފް ލިބެން ޖެހޭ.... އަހަރުމެން ގޭގަ ތިބީ ޖީރިމަނާ ކޮޮށްފާނެތީ

  5. ރަދީފް ހުސެން

    މީގެ ކުރިން ތިހުރިހާ ޖޫރިމަނާ އަކާ ފީއެއް ދައްކަނީ މީރާ އައް. ސްޕްރީމް ކޯޓުން އިއްޔެ މައްސަލައެއް ބަލާ އިއްވި ހުކުމުގާވަނީ ޓެކްސް ފިޔަވާ އިތުރު އެއްވެސް ލާރި އެއްނުލިބިގެން މީރާ އައް ދައުވާ ނުކުރެވޭނެ ކަމައް. ސުވާލަކީ ތި ލާރި ނުދައްކައިގެން އެމީހާ ޔާއައް ދައުވާ ކޮއް ފިޔަވަޅު އަޅައިދޭން އެދޭނީ ކޮން ފަރާތެއްބާއޭ،

  6. ކާކު

    އަހަންނަށް އެނގިފަ އޮތީ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާގޮތަށް ކަން، އަދި ދެވަނަފަހަރު ހައްޔަރުކުރަން ޖެހޭކަން. ދެން 28 ފަހަރު ޖޫރިމަނާ ކުރެވުނީ ކީއްވެބާ..

  7. ޙަސީނާ

    އެއްވެސް މީހަކު ގަސްތުގަ 28000 ރުފިޔާ ސަރުކާރަށް ދޭހިތުން ބޭނުމެއްނެތި މަގުމަތީގަ ނޫޅޭނެ. އެމީހާގެ ކޮންމެވެސް ޒަރޫރީ ހާލަތެއް އޮތީކަމަށް ބެލެވެނީ. ވެދާނެެ ތިމާގެމީހެއް ރައްޓެއްސެއް ޕޮލިހުގަ ނެތް އާދައިގެ ރައްޔިތަކަށް. ޕޮލިހުންގެ އާއިލާތަކުން ހަމަ ބޭނުންވާއިރަށް ދޭ ހުއްދަ.

  8. ޙހހހ

    ތީ ދައްކަން މޮޅުވާހަކައެއްބާ ، ތީގެން ދޭހަވަނީ ނާގާބިލްކަމެއްނު ، ތި ދެވެނީ މުޖްތަމައުއަށް ނުބާ މެސެޖެއް ، ފުރުޞަތު އެބައޮތޭ ނޫންތޯ ، ޖޫރިމާނާ ފައިސާ ނުދައްކާ ދެވަނަ ފަހަރު ދުއްވިއިރުވެސް ނޭނގުނު ، ދޯހަޅި ސިޔާސަތު ، މިހާލަތުގަެި ސައިކަލެއްނަމަ ، މީހާގެ ލައިސަންސްއާއި ސައިކަލް ރަޖިސްޓްރީވެސް ބާތިލް ކުރަންވާނެ ، މިވަރުވެސް ނުވިދޯ

  9. އަހްމަދްފުޅު

    ގަވާއިދާޚިލާފަށް ނުކުތް މީހުންގެ ތެރެއިން ބަޔަކު ބަންދުކޮށްފައިވާކަމަށް އެބަބުނޭ. 28ފަހަރު ނުކުތް މީހާ ބަންދު ނުކުރީ ކޮން ގަވާއިދަކުންބާ؟ ބަންދު ކުރަނީ ކޮން އުސޫލަކުންބާ؟

  10. ައަންނިބެ

    ރަނގަޅެއްނު ދައުލަތައް ލިބޭ ލާރިކޮޅެއްނު ތިޔަކީހަމަ.

  11. ދޮންމަނިކު

    މި ކަމުންވެސް އެގިގެން މި ދަނީ ޤައުމުގެ ހާލަތު ގޮސްފައިވާ މިންވަރު... ގައުމުގެ ހާލަތު ... ބަލިކަށި ކޮއް އޮތް ހިމާރެއްގެ ބުރަކާށިމައްޗައް ސަވާރުވުމުން ވާގޮތް މިއޮތް ފެނިގެންދަނީ......