7 ފެބްރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރާނަމަ، ކަން ހިނގައި ދިޔަގޮތް ތަހުގީގުކުރުމަށް ކުރިން ހަރަކާތްތެރިވި ޓީމަށްވުރެ ފުންނާބު އުސް، އެއަށް ވުރެ ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ލައްވާ އެ މައްސަލަ ތަހުގީގުކުރުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ގޮވާލައްވައިފިއެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު 2012 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމުން ނައިބު ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަތް ޒިންމާ އަދާކުރެއްވުމަށް ކަމަށެވެ.

"އެހެންވީމަ އެ ރިޕޯޓަށްވުރެ މޮޅު ރިޕޯޓެއް ހައްދަވަންޏާ ޖެހޭނީ އެއަށް ވުރެ ފުންނާބު އުސް ބައެއް ހޯއްދަވަން. އެއަށް ވުރެން ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތްތަކެއްވެސް ހޯއްދަވަން. އެހެން ނޫނިއްޔާ އެ ނުވާނެ އެއްޗަކަށް އަޅުގަނޑު ކުރިމައްޗަކު. އެހެން ނޫންތޯ ވާނީ. އެއީ ބަޔަކު ކުޅޭ ކުޅޭ ކުޅިވަރެއް ނޫން މީކީ. އެކަން އެއޮތީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރެވޭނެ އެންމެ ރަނގަޅަށް އެކަން ކޮށްފައި އެއޮތީ" ރައީސް ވަހީދު ވިދާޅުވިއެވެ.

އެހެންނަމަވެސް އެ މައްސަލަ އަލުން ބަލާނަމަ ފުރިހަމައަށް އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.

7 ފެބްރުއަރީ 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަރަށް ބޮޑު ލޮޅުމެއް އައިކަމަށާ، އެކަމާއި އުފާ ނުކުރައްވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ޑިމޮކްރެޓިކް ޤައުމަކަށް ވާއިރު އެންމެ ރަނގަޅު ގޮތަކީ ކަންކަން އޮމާންކަމާއި އެކު ދިއުންކަމަށާ، އޭރު ކަންކަން ހިނގީ އެގޮތަށް ކަމަށް ނުވާތީ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރައްވާފައިވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އެގޮތުން ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރަން އުފެއްދި ކޮމިޝަނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.

7 ފެބްރުއަރީ ތަހުޤީޤު ކުރުމަށް ރާއްޖޭގެ ފުންނާބު އުސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ފަރާތްތައް ހިމަނައިގެން ކޮމިޝަނެއް އުފެއްދުމުން އެ ކޮމިޝަނާއި މެދު އޭރުގެ އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރެއްވުމުން، ބޭރުގެ ފަރާތަކުން އެ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާ ގޮތަށް ހަމަޖެއްސެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮމަންވެލްތުން ސިންގަޕޫރުގެ ރިޓަޔަރޑް ސުޕްރީމް ކޯޓު ގަޒީއެއް ގެންނެވީކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަ މީހެއް ނޫން. އަޅުގަނޑު ހޯދި ސީވީީއެއްވެސް ނޫން. ކޮމަންވެލްތުން މުސާރަވެސް ދެއްވީ. ކޮމަންވެލްތުން ހުރިހާ ކަމެއް ބެލެހެއްޓެވީ" ރައީސް ވަހީދު ވިދާޅުވިއެވެ.

އެހާ ހިސާބުންވެސް އެމްޑީޕީ ފަރާތުން ބޭނުންވާ ފަރާތެއް ކޮމިޝަންގައި ބަހައްޓަވަން ބޭނުންވުމުން، އެ ފުރުސަތުވެސް ފަހިކޮށްދެއްވި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"ފުރަތަަމަ ދެއްވީ ވެލިޒިނީގެ ނަން. އޭރުަ ވެލިޒިނީ ވަރަށް މަޝްހޫރު. އެއީ ފަނޑިޔާރުން ހުވާކުރުމުގެ ޖަލްސާއެއްގަ ވަރަށް ބޮޑު ހަމަނުޖެހުންތަކެއް ހިނގާފައި އޮތީ. އެހެންވީމަ އެއީ ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅެއްކަމަކަށް ނުދެވުނު. ދެން ދެއްވީ ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅެއްގެ ނަން. އެއީ އާއިލީ ބޭފުޅެއްކަމަށް ވާތީ ވަކި ފަރާތަކަށް ނުޖެހި ނުހުރެވޭނެ ކަމަށް ފެންނާތީ އަނެއްކާވެސް އެހެން ބޭފުޅެއްގެ ނަން، ތައުލީމީ ދާއިރާގައި އުޅުއްވާ އަޅުގަނޑުވެސް ވަރަށް އިހުތިރާމްކުރާ ބޭފުޅެއް." އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމަންވެލްތާއި އ.ދގެ ފަރާތުން ބޭރުގެ ތަޖުރިބާކާރުންގެ ގޮތުގައި 3 ބޭފުޅުން ހިމެނުނު ކަމަށާ އެކަމުގެ ސަބަބުން ބޭރުގެ ޤައުމުތަކުގެ މީހުން އެކޮމިޝަނުގައި ހިމެނޭތީ ވެސް ފާޑުކިޔުން އަމާޒުވި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

އެ ކޮމިޝަނަށް 4 ވަރަކަށް ފަހަރު ގެންދިޔަ ކަމަށާ، އެ ރިޕޯޓުން އޭރު ކަންކަން ހިނގާ ދިޔަ ގޮތް އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

7 ފެބްރުއަރީ 2012 ވަނަ އަހަރު ވެރިކަން ބަދަލުކޮށްލީ ބަޤާވާތްކޮށްގެން ކަމަށް އެމްޑީޕީއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑައެލޯގް

    ކޯނީރިޕޯޓަށްވުރެ ރަގަޅުރިޕޯޓެއް މިސަރުކާރަކަށް ނުނެރެވޭނެއެވެ. މިސަރުކާރުވަނީ ރީދޫކުލަނޫން ދިވެހި ހުރިހައި ރައްޔަތުންގެ ބޮލުގައި މަނީލޯންޑާރ ގެނަމުގައި ހުކުމްކޮށް ޖަލަށްލުމުގެ ސިލްސިލާއެއްފަށާފައެވެ. މަޚުލޫފް، އަކްރަމް ކަމާލުއްދީންފަދަ ބޮޑެތިވަގުން އެބުނާލޯންޑަރ އިން ސަލާމަތްވެއެވެ. އަޖައިބެކެވެ.

    15
  2. ހަސަންކޮއި

    އަވަހައް ބައްލަވާ ބައްލަވާއިރު ބައްލަވާތި ކުރީގެފޮރިންމިނިސްޓަރއާއި ކުރީގެ ދާންދޫ ދާއިރާގެމެންބަރު ސިފައިންގެ ގެއައްވަދެ ސިފައިންނައްއަމުރުކުރިމައްސަލައާ ޖެހިގެންއައިދުވަހު ދައުލަތުގެ މުދަލައް ގެއްލުންދިންމައްސަލައާ އެކަންތައްތަކާ ގުޅިގެން އެކިޕޯޑިއަމް ތަކުގަ ރައީސްނަޝީދު ބޭރުގައާ އެތެރޭގަދައްކާފަހުރި ވާހަކަތައްވެސް

    14
  3. ޙހހހ

    އެމް. ޑީ.ޕީ އަށް ތިކަންވެސް ވާނީ ، މިސްކިތް ކޮނޑަށްލާއިގެން ހިނގި މީހާއަށް ވީވަރު ، މިސްކިތް ކޮނޑަށްލައިގެން ހިނގޭކަށްނެތް ބަރުކަމުން ، އަނެއްކާ ބަހައްޓައިގެން ވާކަށްނެތް ގެންދަންޖެހޭ

    13
  4. ސޮނިފުހޭ

    އެއްވެސް ކަމެއް ތަހުގީގު ނުކުރޭ ކޮނުނުވަރަކަށް ފަސް ގިނަވާނެ އޭތި ކަޑަ ބައިތުލް މާލް އަތުޖެހިއްޖިއްޔާ ނުކާނެ މީހަކު ނެތް މިގައުމުގައެއް ރ ޔާމީން ގެ ކުށަކީ ދިވެހި އާދައިގެ ރައްޔިތުމީހާ އަށް ދީގެން ބައިވެރިކޮށްގެން ކޭމަ އެހެންމީހުންކަނީ މާކުންބޭ ކާ ގޮތަށް އެކަކަށްވެސް ނުދީ ގައުމުގެ ތޮށްޓާ އެކީ ތިޔައީ ޒައީމޭ ކިޔަކިޔާ އެންމެން ސޭކު ހެދިފަ އަތްޖަހަން 30އަހަރު ތިބިއިރު ރާއްޖެތެރެ އޮތްހާލަތު އެގޭތަ އޭރުވެސް އޯކޭ ގޮނޑި ދުއްވާ ބޭބެ އާ އޭނަގެ އައްވާނުން ވެރިކަން ކުރިއިރު ބައިތުލްމާލް ފެލާލުން ނޫން ކަމެއް ކޮށްފައެއް ނެތޭ ފޮނިވާހަކަ ދައްކައިގެން ރަާއްޖޭގެ ޘަގާފަތް ހަލާކު ކުރީ މިނިވަންކަމުގެ ނަމުގައި ދުރުސުލް އަޚްލާގް ފުނޑާލީ ރައްޔިތުންގެ ފައިސާއިން ރަށްތަކުގައި ހަދާފަހުރި އިމާރާތް ތަކުގަހުޅު ޖެހުމުން މިލިއަނުން ލައްކައިން ގެއްލުންވި އެކަންވެސް ތަހުގީގު ކޮށްލައްޗޭ ގޯތި ގެދޮރުގެ ލިޔެކިއުންތަކާ ދޮން ހިޔަލަޔާ އަލިފުޅު ފަދަ މުގައްދަސް ލޯބިވެރިންގެ ކައިވެނިސެޓްފިކެޓްތައްވެސް ބަލަގަ އަންދާލީއޭ ތަހުގީގު ނުކުރަނީ ކީއްވެތަ ކޮނުނުވަރަކުން ފަސްގިނަ ވައްސަލާމް

    15
  5. ބަރާބަރު ވާހަކައެއް

    "އެހެންވީމަ އެ ރިޕޯޓަށްވުރެ މޮޅު ރިޕޯޓެއް ހައްދަވަންޏާ ޖެހޭނީ އެއަށް ވުރެ ފުންނާބު އުސް ބައެއް ހޯއްދަވަން. އެއަށް ވުރެން ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތްތަކެއްވެސް ހޯއްދަވަން. " ވަރަށް ރަނގަޅު ވާހަކައެއް އެގޮތަށް ހަދައިގެންނަމވެސް ކޮންމެވެސް ޙައްލެއް އެބަ ބޭނުންވޭ މިހަނގުރާމައިން ސަލާމަތް ވުމަށް.

    މިހާރު އޮތް ރިޕޯރޓްއާއިމެދު ހިތްހަމަނުޖެހޭނަމަ އަދި އެއަށްވުރެ ރަނގަޅު ރިޕޯރޓެއް ނެހެދޭނަމަ ކޮންމެވެސް ބައެއްގެ ހިތްހަމަ ނުޖެހުން އޮންނާނެ. ރައީސް ވަޙީދު ވިދާޅުވިގޮތަށް ފުންނާބު އުސްބަޔަކަށްވާން ޖެހޭނެ އަދިވަކި ފަރާތަކަށް ނުޖެހޭ ބަޔަކަށް ވާންޖެހޭނެ. ޚާއްސަކޮށް އެމްޑީޕީ / ޕީޕީ އެމް ނުހިމެނޭގޮތަށް

    12
    • ކާކީ

      ތިޔަ ކޯނީ ރިޕޯޓް އެއީ ގަބޫލު ކުރެވޭ އެއްޗެއް ނޫންކަމަށް ނިންމައިފިނަމަ އެރިޕޯޓް ގެނައި ފަރާތްތަށް ވާނީ ކޮންކަހަލަ ބަޔަކަށްތޯ ދުނިޔޭގެ ލޯތަށްމަތީ؟ އަދި އެރިޕޯރޓް ބަލައިގަނެ އެޔަށް އަމްލު ކުރެވުނީ އެއީ ސައްހަ އެއްޗެއް ކަމަށް ގަބޫލު ވެވުނީމަ ނޫންތޯ؟ ފެބް 7 ގެ ވާހަކަ މިހާރު ތިލަވީ ބަދަލުހިފަން ނޫން ދެވަނަ ކަމެއްގައެއް ނޫން. މިހާރުގެ ވެރިކަން މިއޮއްގެން ވެއްޓެނީ ބަޔަކު މީހުން ބަގާވާތް ކޮށްގެން ނޫން. ފެންވަރު ނެތުނީމަ.

      11
  6. ކާފަ

    ވެރިކަން ބަދަލުވިގޮތެއް ނޭގެ ވެރިކަން ނިމުނުއިރު ގެ 10 ބުރިއަށް ހިލާލެވިއްޖެ މިހާރު މާލެއަކު ނުހުންނާނެ އެހާ ފުރިހަމަ އިމާރާތެއް .. ލާރި ހޯދީ މިސްކިތުގައި ގިޔާމުއްލައިލު ގައި ތޯ.

  7. އަޡު

    ނކުންނަވާ އަޅުގަޑުމެން މިތިބީ ތިބޭފުލާޔާއެކީ . ރައިތުން އެދޭމިހާރު ތިކަހަލަ ވެރިޔަކައް

  8. ކާފަ22

    ވެރިކަން ބަދަލުވިގޮތެއް ނޭގެ ވެރިކަން ނިމުނުއިރު ގެ 10 ބުރިއަށް ހިލާލެވިއްޖެ މިހާރު މާލެއަކު ނުހުންނާނެ އެހާ ފުރިހަމަ އިމާރާތެއް .. ލާރި ހޯދީ މިސްކިތުގައި ގިޔާމުއްލައިލު ގައި ތޯ.

  9. ކަބުރުބޭ

    ފެބްރުއަރީ 7 ގެ ބަޣާވާތް ތަހުގީގު ކުރެވެންޖެހެނެ. އަދި ހަމަ ހުރިހާ ބަޣީންނަށް އިސްލަމް ދީނުގަ އޮންނަ ހައްދު ޤައިމްކުރެވެން ވެސް ޖެހޭނެ

  10. ައޮފްބެ

    އަލުން ތަހުގީގުކުރުމަށް ގޮވާލަން!!