22:04

22:03

17:39

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހިޔާ މަޝްރޫއުއަކީ ދެކޮޅު ޖެހޭ ގޮތަކަށް ކުރި ކަމެއް ނޫން. ހިޔާ މަޝްރޫއުގެ ދަށުން ޓަވަރެއްގައި އުޅޭނެ، 5000 މީހުން ތިން ލިފްޓު ހުރީ. ސްކޫލާއި އޮފީސްތަކަށް ދާނަމަ، ދެ ގަޑިއިރު ކުރިން ކިއުގައި ޖައްސަން ޖެހޭނެ. އަޅުގަނޑުމެން ދައްކާނަން އެތަން ތިޔަބޭފުޅުންނަށް. މި ދޭތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކޮޅެއް ދިޔަ. އެއީ ބޭރަށް ރީތި ތަނެއް. އެކަމަކު ބޭކާރު ހަރަދެއް އެއީ.

17:33

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހިޔާ މަޝްރޫއަކީ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެކޭ ނުދަންނަވާނަން.

17:32

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ތިޔަބޭފުޅުން ގަބޫލު ކުރައްވާތި، އެތަނަށް ވަންނަ އިރު، ޓައިލްސް ނުހުންނާނެ، ދޮރެއް ނުހުންނާނެ. 23،000 މީހުން ކުރިމަތިލި ހިޔާ ފްލެޓަށް. މިހާރު މަސައްކަތް ކުރަނީ ގޭގެއަށް ގޮސް ފްލެޓު ހައްގުވާ ބައެއް ތިބިތޯ ބެލުން.

17:31

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހިޔާ މަޝްރޫއު ނިމޭ އިރު، އެތަނުގައި ޓައިލްސް ޖަހާފައި ނުހުރޭ، ދޮރުތަކެއް ނުހުރޭ. އަޅުގަނޑުމެން ވިސްނީ އިތުރަށް ފައިސާ ހޯދައިގެން ޓައިލްސް ޖަހައި، ދޮރުތައް ހަރުކުރަން. އެއީ 43 މިލިއަން ޑޮލަރު ބޭނުންވޭ.

17:27

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑު ބޭނުން މިނިމަމް ވޭޖް ވީހާވެސް އަވަހަށް އެކަން ކުރަން. އަޅުގަނޑުމެން ނިންމައިގެން ތިބީ އަންނަ އަހަރު ފެށޭ އިރު، މިކަން ފަށައިގަތުމަށް.

17:26

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މި އަހަރު ޓޫރިޒަމް ސެކްޓަ އިން ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް އާމްދަނީއެއް ނުލިބޭނެ. ބޯޑަރު ހުޅުވާލުމާ އެކު، އޮގަސްޓް މަހު އަންނާނެ ކަމަށް ލަފާ ކުރެވެނީ ޓޫރިސްޓުން. މި އަހަރުގެ ތެރޭގައި ހަތް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށް އަންޒާދާ ކުރަނީ. މިހާތަނަށް އައިސްފައި ވަނީ ތިން ލައްކަ ފަތުރުވެރިން. މި އަހަރު ފަހުކޮޅު ފަތުރުވެރިކަން ރަނގަޅުވާނެ.

17:22

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ސަރުކާރުގެ ހަރަދުތައް ވަރަށް ބޮޑު ތަން އެބަ ކުޑަކުރަން. މިހާރު އަންދާޒާ ކުރަނީ 15 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އާމްދަނީގެ ގޮތުގައި. އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުން ވަނީ މުވައްޒަފުންގެ މުސާރަ ހަމައަށް ލިބޭނެ ގޮތް ހަދައި ދޭނަން.

17:19

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ބޯޑަރު ހުޅުވާލާ އިރު، ހުޅުވާލާނީ ހުރިހާ ގައުމުތަކަށް.

17:17

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެންމެ މުހިންމު ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން. އެކަން ކުރެވޭނެ. 1،700 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށިގެން ދާނެ. އަދި އިތުރު 4،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ފެށޭނެ. އަދި 3،000 ހައުސިން ޔުނިޓް ކުރިއަށް ގެންދިއުމުގެ މަޝްވަރާ ކުރަމުން މިދަނީ. މި ހުރިހާ ޕްރޮޖެކްޓެއް 2022 ގެ މެދު ތެރޭގައި ނިންމޭނެ ކަމަށް ލަފާ ކުރެވޭ. ވެލާނާ އެއާޕޯޓުގެ ރަންވޭ 2021 ވަނަ އަހަރުގެ މެދު ތެރޭގައި އަދި އެއާޕޯޓު ޓާމިނަލް ވެސް އެ މުއްދަތުގައި ނިމޭނެ.

17:15

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކޮވިޑް-19 އާ ގުޅިގެން ހަ މަސް ދުވަސް ގެއްލިއްޖެ. ކުރިއަށް އޮތީ ވެސް ދަތި ދުވަސްތަކެއް. އެހެންކަމުން ވެފައި ހުރި ވައުދުތައް ފުއްދުމުގައި ތަރުތީބަށް ބަދަލުތަކެއް ގެންނަން ވާނީ ޖެހިފައި. ބަޖެޓުގައި ހިމެނިން، 1،006 ޕްރޮޖެކްޓް. މިހާރު ކުރިއަށް އެބަދޭ 291 ޕޮރޮޖެކްޓު. ވެލާނާ އެއާޕޯޓު ތަރައްގީކޮށް، މާލެ ގުޅިފަޅުގެ މަޝްރޫއު ކުރިއަށް އެބަދޭ. އޭގެ އިތުރުން ފެށިފައި ހުރި މަސައްކަތްތައް މަޑުނުޖެހި ކުރިއަށް އެބަދޭ.

17:12

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑު މަގާމުގައި ހުރީ ވަރަށް ިނަ ވަގުތުތަކެއް ވެގެން. އަޅުގަނޑުގެ ހުރިހާ ވަގުތުތަކެއް ހުސްކުރަން ބޭނުން ވަނީ ވައުދުތައް ފުއްދުމަށް. އެހެން ކަމަކަށް ޖާގަ ދޭކަށް، ވަގުތު ހޭދަކުރަން ބޭނުމެއް ނޫން. އެހެންވީމަ ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރަން ބޭނުން ވާ ކަމެއް ނޫން މިވަގުތު.

17:09

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މި އަހަރު 100 މިލިއަން ޑޮލަރު ދައްކަން ޖެހޭ ޗައިނާ ސަރުކާރެއް. އެކަމަކު ފްލޭ އޮފްގެ ދަށުން މިހާރު ދައްކަން ޖެހެނީ ފަސް މިލިއަނެއްހާ ޑޮލަރު. މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައި. ޗައިނާ ސަރުކާރުން ވަނީ ދީލަތި ގޮތްތަކެއް ވަނީ ހަދައިދީފައި. ކުރިއަށް އޮތް ތަނުގައި ރަނގަޅު ގޮތްތަކެއް ހޯދައި ދޭނެ ކަމަށް އުންމީދު ކުރަނީ.

17:07

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ޗައިނާ އިން ނެގި ލޯންގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރާ. އޭގެ ތެރޭގައި ސަރުކާރާއި ކުންފުނިތަކުން ނެގި ލޯންތައް ހިމެނޭ. ޗައިނާ ސަރުކާރުން ޔަގީންކަން ލިބިފައި އޮތީ، ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައި ހުރި ލޯންތައް ތިން، ހަތަރު އަހަރަށް ފަސްކޮށްދިނުމަށް. އެއީ 600 މިލިއަނެއްހާ ޑޮލަރު.

17:06

17:06

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ރައްޔިތުންގެ މަޖިލިހުން ނެތް ބާރެއް ނުނަންގަވާނެ. އިމުން ބޭރަށް ނުނިކުންނާނެ.

17:05

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކުރަން އޮތް ކަމަކީ ފައިސާ ހޯދުން. ބޭރުން ހޯދުން. ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކުން ހޯދުން. މިކަމުން އަރައިގަނެވޭނީ އެއް ބިލިއަނެއްހާ ޑޮލަރުގެ ފައިސާ ދައުލަތުގެ މާލިއްޔާ އަށް ވަދެގެން.

17:03

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކުރިއަށް އޮތް ހަ މަސް ދުވަހަކީ ވަރަށް ބޮޑަށް ދަތިވެގެންދާނެ ހަ މަސް. އެއީ ވިޔަފާރިތަކާއި އެހެންް ދާއިރާތަކަށް ވެސް އެކަން ކުރިމަތިވާނެ.

16:57

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ހުއްޓުވާނަން. ޓޭޒަ ގަން ބޭނުން ކުރާނީ އުސޫލުތަކުގެ ތެރެއިން.

16:56

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުމެންގެ އަމާޒަކީ ޓެރަރިޒަމާ ގުޅުން ހުރި ހުރިހާ އަމަލުތަކެއް ހުއްޓުވާނަން. ރ،. މަޑުއްވަރީ އެކަންޏެއް ނޫން. ލ. އަތޮޅުން ވެސް ބަޔަކު ހައްޔަރު ކުރިން، މާލެ އިން ވެސް ހައްޔަރު ކުރިން.

16:53

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މުޅި މުއައްސަސާގެ އަގު ވައްޓާލުމަށް ދައްކާ ވާހަކައަކީ އިސްލާހު ކުރަން ދައްކާ ވާހަކަތަކެއް ނޫން. ސިފައިންނާއި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާނަން. އަދި ދެ މުއައްސަސާ ކުރިއެރުވުމަށް މަސައްކަތް ކުރާނަން.

16:51

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ސަލާމަތީ ހިދުމަތްތަކަކީ، ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތާއި މިނިވަންކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ މުއައްސަސާ. ރެއާއި ދުވާލެއް ބެލުމެއް ނެތި، އަތްވާއި ހޫނުގައި ދެ މުއައްސަސާގެ ބޭފުޅުން ކުރަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް. ކޮންމެ ބައެއްގެ ތެރޭގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެ.

16:49

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެވަޑައިގަންނަވާ ގުރުބާނީ ފާހަގަކުރަން. އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން. އެބޭފުޅުންގެ އާއިލާތަކުން ކެތްތެރިކަމާ އެކު، ގޭގައި ތިއްބެވުން ޝުކުރު ދަންނަވަން.

16:48

16:48

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ރާއްޖެއަކީ ދަތުރުކުރުން ރައްކާތެރި ގައުމެއްގެ ގޮތުގައި ދުބާއީން ވަނީ ކަނޑައަޅާފައި. ވިސްނުން ހުރީ އިގްތިސާދީ އަވަސް ރިކަވަރީއަކާ ދިމާލަށް ދިއުމަށް. އެކަމަށް ޓާސްކް ފޯހެއް ވަނީ އުފައްދާފައި.

16:47

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގައި ހުޅުވާލާނެ. އަދި ރިސޯޓުތައް ހުޅުވޭނެ. އޮގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވުމަށް ތައްޔާރުވަމުން މިދަނީ.

16:46

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: 255 އައީސީޔޫ އެނދު، އަދި 650 އައިސޮލޭޝަން އެނދުނު އެބަހުރި. ދެ ވަނަ މަރުހަލާ ވަނީ ފަށާފައި. އަންނަ ޖުލައި އިން ފެށިގެން އޮފީސްތަކާއި ސައި ހޮޓާތަކާއި ރެސްޓޯރަންޓުތައް ހުޅުވާލަން މި ދަނީ މަސައްކަތް ކުރަމުން. މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުމާއި ސްކޫލްތައް ވަކި އުސޫލުތަކެއްގެ ދަށުން ހުޅުވާލެވޭނެ.

16:45

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިހާރު ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ އިން ކޮވިޑް-19 އަށް ޓެސްޓް ކުރާ ގައުމު. ރާއްޖޭގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓް ހެދިއްޖެ.

16:44

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކޮންމެ ގައުމަކުން ދިޔައީ އާ ގޮތްތަކެއް ހޯދަމުން. ރާއްޖެ ވެސް މި ބައްޔާ ކުރިމަތިލީ މި ހާލަތުގައި. ރާއްޖޭގައި މި ބައްޔަށް ޝައްކު ކުރެވިގެން ފުރަތަމަ ނެގި ހަތް މީހުންގެ ސުންކު ފޮނުވަން ޖެހުނީ ރާއްޖެ އިން ބޭރަށް. މީގެއިތުރުން ކިތަންމެ ގޮންޖެހުމެއް ކުރިމަތިވި. އެތައް ބައެއްގެ ބުރަ މަސައްކަތުން ބައްޔަށް ފައްސިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ. ދުވާލެއްގެ މައްޗަށް މިހާރު 1،000 އަށް ވުރެ ގިނަ ޓެސްޓް ހެދޭނެ. އައްޑޫގައި މިހާރު ޓެސްޓް ކުރެވޭ. ކުޅުދުއްފުށީގައި ޓެސްޓް ކުރަން ތައްޔާރު ވެފައި ވަނީ.

16:42

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މުޅި އާއިލާ ގޭބަންދުގައި ހޭދަކުރުމަކީ ދަތި އުނދަގޫ ކަމެއް. މިއީ ހުރިހާ ބޭފުޅުން، ވަކިވަކި ފަރުދުން މުޖުތަމައުގެ ރައްކަލަށް ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެއް. އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.

16:41

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މި މަހުގެ 28 އިން ފެށިގެން ވަނީ ލުއިތަކެއް ދެވެން ފަށާފައި. މި ދަތި އުނދަގުލުން އަރައިގަތުމަށް އެންމެން ކުރަމުންދާ މަސައްކަތުގައި އަލިމަގެއް ފެންނަމުންދާތީ ﷲ އަށް ޝުކުރު އަދާކުރަން.

16:34

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

14:51

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 759 މީހަކު މަރުވެއްޖެ.

 

12:10

އުމުރުން އެއް އަހަރުގެ ދިވެހި ކުއްޖަކު އިއްޔެ ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން އާއްމު ކުރި މައުލޫމާތުތަކުން ދައްކައިފި.

11:45

މެކްސިކޯގައި އުފަންވި އެއްމާބަނޑު ތިން ކުއްޖަކު، އެކުދިން އުފަންވި ދުވަހު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:07

10:35

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ފަތުރުވެރިކަން އަލުން ފަށާނެ ތާރީޚެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ.

10:27

ކޮވިޑް-19، ސީއާއިއޭ އާއި ގުޅޭ ގޮތުގެ ސިއްރު މައުލޫމާތު ހުރިކަމަށް ބުނާ އާޖެންޓީނާގެ މީހަކު ޗައިނާގެ ސިޔާސީ ހިމާޔަތައް އެދިއްޖެ.

08:29

ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާ ފުރަބަންދު ކުރުމަށް ފަހު ހުޅުވާލި ފަހުން ކްލަބްތަކާއި ޗާޗްތަކާއި ގުޅިފައި ހުރި ގިނަ ކްލަސްޓާތަކެއް ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ.

04:09

02:22

01:06

00:10

https://twitter.com/VaguthuOnline/status/1275144006830141440


މާލޭގެ ފުރަބަންދަށް ލުއި ދިންތާ ހަފްތާއެއް ވެގެން ދިޔައިރު އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުވަމުން އަންނަ މަންޒަރެއް ނުފެނެއެވެ. ނަމަވެސް ކޮވިޑް-19 ގެ ނުރައްކަލުން އަރައި ގަނެވުނީ ކަމަށް ނިންމަން އަދި މާއަވަހެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ގައިން 14 ދުވަސް ފަހުން ވެސް ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުސަތު އޮވެއެވެ. އަދި ބަލީގެ އަލާމާތްތައް ނުފެނި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު އޮވެއެވެ.

އެހެންކަމުން އަދިވެސް ސިއްހީ ދާއިރާގެ ބޭފުޅުން ތަކުރާރުކޮށް ދެއްވާ ނަސޭހަތަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބާށެވެ. ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނުނިކުންނާށެވެ. ގެއިން ނިކުންނަމަ މާކް އަޅާށެވެ. މާސްކް އެޅުމަށްފަހު ދަތް ދޮޅީގައި މާސްކް އަޅުވައި ނުލާށެވެ. ގިނަ ގިނައިން އަތް ދޮންނާށެވެ. ސާފުތާހިރު ކަމަށް އިސްކަން ދޭށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާއިރު

    ނަރެއްހާ ތަން ދޫކޮށްލިއްޔާ ކެނބެއްހާ ތަން ދަމައިގަންނާނެ މުސްކުޅި ބަސް ޤަބޫލުކުރާށެވެ....