ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓަށް ވެސް ބާޠިލްނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ދެއްކެވި ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ހޫނު ރައްދެއް ދެއްވައިފި އެވެ.

ނަޝީދުގެ މައްސަލައަކީ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުންކޮށްފައިވާ ހުކުމެއްކަމަށާއި، އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އާޒިމާގެ ވާހަކަތަކަށް ރައްދުދެއްވައި، ދިޔާނާ ސައީދު ވިދާޅުވީ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުންކޮށްފައިވާ ހުކުމެއްކަމަށްވެއްޖެނަމަ، އެ މީހަކަށް ޤާނޫނީ އިމުގެ ތެރެއިން ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްކުރާކަމަށެވެ.

"ރައީސް ނަޝީދު މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން މުރާޖާ ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެން ނުވާނަމަ، އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ 6 ވަނަ ނަމްބަރުގައި އެހެން އޮތުމުގެ ބޭނުމެއް ނެތް" ދިޔާނާ ވިދާޅުވިއެވެ.

ރޭ ޕީއެސްމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާޒިމާ ވިދާޅުވީ ނަޝީދު މިވަގުތު ހުންނެވި ޙާލަތަށް ބަލާއިރު، އެހުންނެވީ ސުޕްރީމްކޯޓުން ކޮށްފައިވާ ނިހާއީ ޙުކުމެއްގެ ދަށުން 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމުގެ ތެރޭގައިކަމަށެވެ. އެޙުކުމް އަދިވެސް އޮތީ އޮތްގޮތަކަށްކަމަށާ އެޙުކުމް ބާޠިލްނުވާހާ ހިނދަކު ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ހަމައެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އާޒިމާ ވިދާޅުވީ ރާއްޖޭގައި ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލުކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމްކޯޓަށް ވެސް ލިބިދީފައި ނެތްކަމަށެވެ.

"ސުޕްރީމް ކޯޓުގެ ިންމުމަކީ ފައިނަލް ނިންމުމެއް. އެހެންވީމަ 1 ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާޠިލެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް. ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެފުރުސަތުތައް އޮންނަ ޤާނޫނީ އޮނިގަނޑުތައްހުރޭ. އެހެންނަމަވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެކޭ ސުޕްރީމްކޯޓުން ކޮށްފައި އޮތް ޙުކުމެއް. އެހެންވީމަ ފަހުންކުރާ އަމުރަކުންނެއް އެއެއް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމްކޯޓަކަށްވެސް ނުލިބޭ." މިނިސްޓަރ އާޒިމާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މާރިޔާ

    އާޒިމާ ހާސްނުވޭ ފިރިމީހާ ޔޫކޭގާވީމާ ވާނީމިހެން ތެޅިތެލިތިބެންޖެހޭނީ ރައީސްޔާމިން 2018 އިންޝާﷲ

  2. ޙަފްޞާ / މާލެ

    އެޑްވައިޒަރުގެ އަނބިކަމަނާވީމަކަންނޭގެ މި އަގަހުޅުވަނީ! އަންނި ވަރަށްފާޅުގަ ނޫންހޭ ޤާޟީ ޙިޞާރުކުރީ؟ އަމިއްލަ އިޢްތިރާފްވެސް ވެފަނޫންހޭ އޮތީ؟ އެކަމުގެ އަދަބު ލިބޭނޭކަމަށްވެސް ބުނެފައެއްނޫންހޭ އޮތީ؟ އަދަބު ލަސްވެގެން އަވަސްކޮށްދިނުމަށްވެސް އެދިފަނޫންހޭ އޮތީ؟

  3. ސަލާޙް

    ލީގަލް ޓާމިނޮލޮޖީގަ 'އޮބިޓާ ޑިކްޑާ' އޭ ކިޔޭ ޕުރިންސިޕަލް އަކީ އަބަދުވެސް މަތީ ކޯޓަކުން އަށުކޯޓެއްގެ ހުކުމް މުރާޖާކުރެވިދާނެކަމެވެ. ވީމާ އާޒިމާ އަކައް ލޯ އެއް ނޭނގުނުކަން ބޭޒާރު ވެއްޖެ.

    • ދޯބެ

      ހިސާބަށްވުރެ ބުރާނތިވީމަތާ ތި ނޭގުނީ ސުޕުރީމް ކޯޓަށްވުރެމަތީ ކޯޓެއް ނުހުންނަކަމާ، އެބުނާ ހުކުމެއްކޮށްފައޮތީ އެކޯޓުންކަމާ އަދި އިސްތިއުނާފުގެ މަރުހަލާވެސް ޚިލާފެއްނެތި ނިމިފައިވާކަން. ދެންވެސް އަނގަ ނުތަޅާ. އާޒިމާޔަކަށްނޫނެއްނު މި ނޭނގުނީ. ސަލާހު އޯ!

    • ޖުހާނާ

      ދައްކަން ތިޔައުޅެނީ އިސްތިއުނާފީ ވާހަކަ އެހެންވީމާ އިގޭކަމަށް ހީވިމީހާވެސް މިފަހަރު ޔަޤީނުންވެސް ނުބައި ތިޔޮތީ އަތަށްގޮވާފަ

  4. މުނާ

    ކުލޭޝް އޮފް ދަ ޓައިޓަންސް..

  5. ރަށްދު

    މީދެންކާކު ގާނޫނު އެގޭކަމަށް ހަދަނީ

  6. އަލިބެ

    އާޒިމާ ދެއްކީ ރަގަޅު ވާހަކައެއް ނޫން. ސުޕްރީމް ކޯޓުގެ ހުކުމަކުން ނުވަތަަ އަމުރަކުން އެކޯޓަށް ލިބިފައިވާ ބާރުތަކެއް ބަނދެއެއް ނުލެވޭނެ. މިސާލަކަށް ސުޕްރީމް ކޯޓުގެ އަމުރެއް ވަކި ކަމެއް ކުރުން މަނާކޮށް ނެރެފައިވަނިކޮށް އެކަމަކީ ހުއްދަ ކަމެއް ކަމަށް ޤާނޫނީ އަސާސީ އާ ހިލާފު ނުވާ ގޮތަށް ޤާނޫނަކުން ހަދައިފިނަމަ އެކަމެއް އެ ހުއްދަވީ. ސުޕްރީމް ކޯޓަށް ޖެހޭނީ އެކޯޓުގެ ހުކުމު ބާތިލް ކުރަން. ބާރެއް ލިބިފައިވާ އެއްވެސް ފަރާތަކީ އެފަރާތުގެ ބާރު ދާއިމަށް ބަނދެވޭނެ ފަރާތެއް ނޫން. މާދަމާގެ ސްޕްރީމް ކޯޓަށް މިއަދުގެ ސްޕްރީމް ކޯޓުން ކޮށްފައިވާ އަމުރުތައް ބާތިލް ކުރެވޭނެ. އާޒިމާގެ ވިސްނުމުންނަމަ 1 ފެބުރުއަރީ 2018 ގެ ހުކުމްގެ "ސައްހަ" ބައިތައް ފަހުން ކުރާ ހުކުމަކުން ބާތިލެއް ނުކުރެވޭނެދޯ. މިބުނީ 12 މެމްބަރުންގެ ބައިގެ ވާހަކަ. އާޒިމާ ކޮސް ގޮވަނީ.!!! އޭނާ އަށް ވެސް އެނގޭނެ އެކަމަކު އަނގަ އޮތިއްޔާ ކޮންމެ ފަދަ މޮޔައެއް ވެސް ގޮވިދާނެދޯ

  7. ނަޖޫ

    އިނގިރޭސި ވިލާތުގައި ނަމަ އުމުރު ދުވަހުގެ ހުކުމެއް އަންނާނެ. އެހެންވީމަ 13 އަހަރު ވެސް ކުޑަ.

  8. ސަޢީދު

    މީނަ ވެސް އެބައުޅޭދޯ ދުނިޔޭގަ؟ ބައެއް ފަހަރު ހިރަފުސް ފޮޅާލާފަ ތެދުވަނޭ އެހެންވެތާ! އެކަމަކު ދެރައީ އާޒިމާއަށް ރައްދުދޭން އާޒިމާ ބުނި އެއްޗެއް ދިރާސާ ވެސް ނުކޮށް ރައްދު ދިންކަން. މައްސަލައެއް އަލުން ބެލެނީ އެ ޙުކުމެއް ބާޠިލުކޮށްފަ. ސުބޕްރީމްކޯޓުން ކުރި ޙުކުމް ބާޠިލުނުކޮށް އަމަރުކުރީ ކުށްވެރީންތަކެއް ދޫކޮށްލަން. އެކަމަކު އެ އަމުރު ވެސް މިހާރު ވަނީ ބާޠިކުލޮށްފަ ހަމަ ސުޕްރީމް ކޯޓުން. ދެން އެހެންވީމާ އެއީ ވާހަކަދެއްކޭނެ މައުޟޫޢެއް ވެސް ނޫނެއްނު.

  9. މަރޭ

    ކަމެއް ނުކޮށް ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެއް،ކަމެއް ހަވާލުކުރީމަ އެކަމުގެ އުދަގޫ އުފުލާއިރު މީހުންގެ ނުރުހުމާ ރުހުން ލބޭނެ. އެކަމުގަ ދެމިތިބޭނީ ކެރޭ މީހުން. ކަމެއް ހަވާލުކުރީމަ ދިމާވާކަންކަން ހައްލުނުކުރެވި އަމިއްލައަށް ކަމުން ރެކެކޭ މީހުން ދެން ކުރަނެ ކަމަކީ އަނެކާއަށް ފާޑުކިޔުމާ މޮޅްތި ގޮތް ކިޔުން. އަޒިމާ އަށް ފާދު ކިޔޭމީހުން އެއީ މަދުބަޔެއް.

  10. ޢަލީ ހަމީދު

    އާޒިމާގެ މަގާމުގަ ދިޔާނާމެން ތިބެގެން އަބުދުއްލޯ ގާޒީ ވަގައްނެގީމަ ހައްޕް ކިޔައިގެން ހަރުގަފިލާ އޮތީ..މިއަދު ދިޔާނާމެން ތިޔަވާހަކަ ދައްކަނީ އަމިއްލަ އެދުމެއް އޮތީމަ.

  11. އެއްކަޅި

    ދިޔާނާ ތިހުރީ ހަމައިގަތަ ދައްކާ ވާހަކަ ސާފު ނުވަނީ

  12. ާއަހަރެން

    އާޒިމާޝުކޫރު ހިނގާމަގަކުންވެސް ދިޔާނާއަކަށް ނުހިނގޭނެ.

  13. ިއިއްބެގެ ހޮވުން

    މިވީހާތަނަށް ފެނިފާހުރީ އާޒިމާގެ ރައުޔަށް ނުވަތަ ޤާނީނީ ލަފަޔަށް ކުރި ކޮންމެކަމެއްގާ ދިވެހި ޔައްޔެތުންގެ ޚަޒާނާއިން އެތައް މިލިޔަން ރުފިޔާއެއް ބަދަލުގެ ގޮތުގައި ކޮންމެވެސް ބަޔަކަށް ދިނުން! އެއަށްވެސް ކިޔަންވީ މޮޅޭތޯ؟ ނުވަތަ އަޑުއަހަންތިބެފާ އަތްޖަހަންވީތޯ؟؟؟

  14. ހޮޑާފުށި

    ދިޔާނާ ސްޕްރީމްކޯޓން ތިމައްސަލަ އަލުންބަލަންޖެހޭކަމަށް އަމުރެއް ނެރެންޖެހޭނީ އެކޯޓުގެ އެހެން ފަޑިޔާރުންގެ ބެންޗަކުން ބެލާ ނިންމި މައްސަލައެއްނަމަ ނޫންތަ... އެއް ފަޑިޔާރުންތަކެތިބެ މައްސައްލަބަލާ ހުކުމްކޮއްފަ ދެއަހަރުފަހުން ތިމާމެން އޭރުކުރި ހުކުމަކީ އަދި އަލުން މުރާޖާ ކުރަންޖެހޭ ހުކުމެއްކަންބުނެ އަމުރުނެރުނީމަ މިއީ ރަގަޅު ހުކުމެއްކަން ގަބޫލުތިކުރަނީ 2018ގަ ރނަޝީދަށް ވެރިކަންހޯދަން ކަމަށްވާތީ ރަގަޅުވެގެން.. އެނެއްކޮޅަށް ވިސްނާ ތިމައްސަލައަކީ އާދާއިގެ ރައްޔިތެއްގެ ކަމެއްނަމަ އެރައްޔިތުމީހާގެ ގެއްލިގެންދިޔަ އަބުރާ އުމުރުން ގެއްލުނު ދުވަސްތައް.. ކުއްވެރިއެއްގެ ގޮތުގަ ދެއަހަރަށްވުރެ ގިނަދުވަސްވީ ޖަލުގަ.. ނުކުރާ ކުށަކަށް.. ދެންތިފަޑިޔާރުންގެ އިތުބާރުކޮބާ.. ނަޒާހަތްތެރިކަންކޮބާ... ދަށުކޯޓުގަ އެތައްމަރުހަލާއެއް ނިންމާފަހުރި މައްސަލަތައް އެކޯޓުތަކުގެ ފަޑިޔާރުންގެ އޮތުބާރުކޮބާ.. މިއީ ހަމައެކަނި ރނަޝީދާ ގުޅިފަހުރި ކަމެއްނޫން.. އެތަކެއްބަޔަކާ އެތަކެއް ކަމަކާގުޅިފަހުރިކަމެއްމީ.. ހޮޑާއިދޫގެ ކޯޓުގަ ތިމައްސަލަ ރަގަޅުކަމަށްވެދާނެ.. އެރަށުގަ ތިފަދަ ޑުރާމާކުޅުނުތަން ފެނުނު.. ފިރިމީހާގެ މުއްސަދިކަމާހެދި އަމިއްލަ އަބުރު ނަގާލިމީހެއްތީ... ގާނޫނުއެގެނީ އިދިލޮޅަށް... މިހާރު މީހާ ތިހުންނަނީ އިދިކޮޅުގަވީމަ..

  15. 3ނިރު

    އާޒިމާގެ ވާހަކަ ބަރާބަރު ސުޕުރީމްކޯޓުންވެސް އަދި އެނޫން ކޯޓަކުންވެސް ހުކުމްކުރާނީ އެކޯޓް ތަކުގަތިބޭ ފަނޑިޔާރުން ބޭނުންވާ ގޮތަކަށްނޫން ދިވެހިރާއްޖޭގެ ގާނޫނު އަސީގަ ލިޔެފައޮންނާނެ މީހަކު ކުށެއްކޮއްފިއްޔާމް އެކުށަކަށް ދޭންޖެހޭނެ އަދަބު. ވަރަށް ސާފުކޮން ލިޔެފަ ފަނޑިޔާރުންނަށް އޮންނާނެ ބާރަކީ ބައެއްކަހަލަ މައްސަލަ ތަކުގަ އަދަބު ކުޑަކުރެވޭނެ އެންމެބޮޑަކަށް އަދަބު ކުޑަކޮއްދިނުން އެވެސް ހުކުމްކުރާ ފަނޑިޔާރަކަށް ފެންނަކަމަށް ވާނަމަ އެކަންވެސް ގާނޫނު އަސާސީގަ ލިޔެފަ އޮންނާނެ މީހަކު ކުށެއްކޮއްފިއްޔާމް ފަނޑިޔާރުން ބޭނުންވާގޮތަކަށް ހުކުމް ކުރުމުގެ ބާރެއް ނޯންނާނެ

  16. އަތް ޖަހާ

    ކޯޓުތަކާއި ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) "ސުޕްރީމްކޯޓުން ނިންމާފައިވާ ނިންމެއް ބަދަލުކުރުމަށް، ނުވަތަ ބާތިލް ކުރުމަށް، ނުވަތަ އެ ނިންމުމާއި ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުން ފަހުގެ ނިންމުންތަކާއި ތަފާތު ކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރަކަށް މި ގާނޫނުގައި ހުރަހެއް ނެތެވެ"

  17. ކުޑަ ގާނޫނު

    މިހާރު "އާޒިމާ ޝަކޫރު" އެއީ ޤާނޫނު އަސާސީ! ހުރިހާ ކުދިންވެސް ބޯލަނބަންވާނެ!

  18. ީ

    މަށެއް ނުބުނާނަން ފަޅުރަށެއްގަ މީހެއްގެ ފިރިއެން ރާފުޅި ތުންޖަހާގެން އޮތޭ. އެކަމު ވީޑިއޯތައް އެބަހުރި

  19. ޕޮފުބާ

    ދިވެހިރާއްޖޭގަ ބަރާބަރަށް ގާނޫނު ހިގާނީ އެންމެ ކަމެއްގަ އެއީ ކުޑަކުދިންނާބެހޭ ގާނޫނު

  20. އިއްސެ

    ތިޔަކަށް ނުކިޔާނެ ހޫނުހަމަލައެކޭ.