ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ޒުވާނުންނަށް ސަރުކާރު މެދުވެރިކޮށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ، އެ މައްސަލަަ މިއަދު ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް ވޯޓުދެއްވީ ޖާބިރު އެކަންޏެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 27 މެމްބަރުން ވޯޓު ދެއްވިއެވެ. ކުއްލި މައްސަލައެއް މަޖިލީހަށް ބަލައިގަންނަން ބޭނުންވަނީ 15 މެމްބަރުންގެ ވޯޓެވެ.

ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ރާއްޖޭގެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ، ހާއްސަ ގޮތެއްގައި ރިސޯޓު ދާއިރާގެ ވަޒީގާ ގެއްލިފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި އެ ބޭފުޅުންނަށް މަސައްކަތެއް ނުކުރެވޭ ގޮތަށް ދެމަހަށްވުރެ ގިނައިން ތިބެން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ލިބުމުން ދިޔަ އާމްދަނީ ހުއްޓިފައިވާ ކަމަށާއި އެތަކެއް އާއިލާތަކެއް ބިކަހާލުގައި އުޅެން ޖެހިފައިވާ ކަމަށް އެ ކުއްލި މައްސަލައިގައި ފާހަގަކުރެއްވިއެވެ.

މިކަންތައް މިގޮތަށް ދިމާވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދޯހޮޅިކަމުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން އެފަރާތްތަކަށް ދިމާވި ކަންތައްތައް ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށް ފާހަގަކޮށް ދެ ކަމެއް ކުރުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.

އޭގެތެރެއިން ފުރަަތަމަ ކަމަކީ، ރާއްޖޭގެ ހުރިހާ ސިނާއަތްތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާ ކޮށްގެން އާމްދަނީއެއް ލިބެން ފެށުމާ ހަމައަށް އެފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުގެ އިންތިޒާމްތައް ވަގުތުން ވަގުތަށް ހަމަޖެއްސުމެވެ.

ދެވަނަ ކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ނަގާ ކޮޅަށް ޖެހުމަށް ބޭނުންވާ ވަސީލަތްތައް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމާއި، އެކަން ކުރުމަށްޓަކައި ބިއުރޯއެއް އުފައްދައި ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލު ހައްލު ކޮށްދިނުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފައްޓައި އެކަންކަން ހައްލު ކޮށްދިނުމެވެ.

ޖާބިރު މިފަދަ މައްސަލައެއް ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ބުރޫ އަރާފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖާން

    ޖާބިރުއަކީ މޮޔައަކަށް ހަދައިގެން އުޅުނަސް ހާލުގަ ޖެހުނު ދުވަހު ޖާބެ ހުށައެޅި ކަންތައް ރަނގަޅު. ޖާބިރު ފޯރ ޕްރެސިޑެންޓް 2023

    26
    1
    • ނާއު

      މަވެސް ތާއީދު ތިބަހަށް.

  2. ޑާލިންގ

    އޭ ދޮންކަލޯ މިއަދު ހާދަ ސްމާޓޭ]ލޯބިން ހިީލީމާ ލޯބިން ހީލީމާ]

  3. ހަސަނު

    ޖާބިރު ތީ ޖޯކެއް

    3
    8
  4. ބަތްތެލި

    ހިތަށް މިއަރަނީ ރަށްޔިތުންގެ މަޖިލިހޭ ކިޔައިގެން ރަށްޔިތުންގެ ރަށްޔިތުން ބުރަމްސްއްކަތުން ހޯދާފައިސާއިން ބޮޑެތި މުސާރަ ނަގައިގެން ސަރުކާރުތަކުން ކޮންފަދަ އިސްރާފެއްތޯއޭ މިކުރަނީ.
    ރަށްޔިތުންގެ މަޖިލިހުގެ ބޭނުން އެކުރަނީ ހަމަ ސަރުކާރު ހިމާޔަތް ކުރުމަށް ނޫން ދެން ކޮންކަމެއްގައިތޯ؟ ހަދާފައި ހުރި ގާނޫނުތަކާއި އަމަލު ދިމާވަނީ ކިހާވަރަކަށްތޯ؟ ރަށްޔިތުން ވޯޓު ދީގެން ހޮވާ މީހަކު ކަމަށްވާނަމަ ރަށްޔިތުންގެ ވޯޓަކުން ބޭރުވެސް ކުރެވެންޖެހޭނެ. މިހެން ނޫންތޯ މިކަން ވާންޖެހެނީ.

    26
  5. ގަންޖި ފުރާސް

    ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މިހާރު އެހުރީ މި ޤަރުނުގެ ފިރުޢައުނު. ދެން ކޮން ރަނގަޅެއް ވާނީ! އެ ދުއްޕާން މުޅި ޤައުމަށް.

    17
  6. އަޡު

    މަށަހީވަނީ މިހަރު މިގައުމްގަ ވެރިއެއްނެތްހެން. ރައިތުން ނިކިުމެ ހޮދަންވެއްޖެ ވެރިކަު ރައިތުންގެ ވެރިޔަކު. ހާލުގަ ޖެހުނީމަ އަޅާލާނެ ވެރިއަކު. ރައިތުން ގެ ހާލު ގާތުން ދެގަން ނާނެ ވެރިޔަކު. ރައިތުން ގެ ހާލު އިހްސާސް ވާނެ ވެރިއަކު.

  7. ދިޔާނާ

    ބްލެކްލައިވްސްމެޓަރ