ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު، މަޖިލިހުގައި އަޅުއްވައިގެން ހުންނެވި މާސްކާ މެދުގައި ބައެއް މެމްބަރުން ހިތްހަމަނުޖެހިވަޑައިގެންފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލައެއް ނަންގަވައި، ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޖާބިރު އަޅުއްވާފައި ހުންނެވީ މާސްކެއް ނޫން ކަމަށެވެ. އަދި ކައިރީގައި ތިއްބެވި މެމްބަރުންނަށް ނުރައްކާ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ނޭވާ ނޭފަތުން އެބަދޭ. ކައިރީގައި ތިބި އެހެން މެމްބަރުންނަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ނެންގެވީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ނިޒާމީ ނުކުތާ، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބަލައިގެންފައެވެ. އަދި ޖާބިރު ކައިރީގައި އިންނެވި، ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ދުރަށް ވަޑައިގަތުމަށް ރިޔާސަތުގައި އިންނެވި ނަޝީދު އެންގެވިއެވެ.
ޝަރީފްގެ ނުކުތާ ބަލައިގަންނަ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދަށް ބަލާ އިރު މާސްކް ނާޅައި 15 މިނެޓު ވަންދެން ތިން ފޫޓު ގާތުގައި އިންފެކްޓްވެފައި ހުރި މީހަކު ހުރި ނަމަ، ވާނީ ޕްރައިމަރީ ކޮންޓެކްޓަކަށް ކަމަށެވެ.
ޖާބިރު އަޅުއްވައިގެން ހުންނެވި މާސްކުން ހަމައެކަނި ނިވާވަނީ އޭނާގެ އަނގަމަތި އެކަންޏެވެ.
ޖާބިރު ވިދާޅުވީ އެޗްޕީއޭއަކީ އޭނާ ދަންނަ ތަނެއް ނޫން ކަމަށާއި އެތަނުގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ގައުމު ފުނޑާލާފައިވާ ކަމަށެވެ. އެހެންވީމަ މިހެން ހުންނަ ނަންތައް ވެސް "ކުޑަކޮށް" ބަދަލުކޮށްލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެތިބީ މާސްކް ނާޅާ މެމްބަރުންވެސް. ތީ މުހިއްމު ބައެއްނޫން. ހެޔޮ މާސްކް ބޮލުގައި އަޅައިގެންތިއްބަސް. ކީއްކުރަން މާސްކް އަލަނީ އަތްދޮވެގެން ކަރުތެއްމާލައިގެން ތިބޭ
އޭ އޭނަގެ މާސްކާ ނުބެހޭ މަ ދެރަވަނީ
ޖާބިރު އެއްޗެއް އަޅާފަތާ ހުރީ މި ފޮޓޮއިން އެބަފެނޭ ، ނަސީދޫ ކަލޭ ތިކަމުން އިސްތިއުފާ ދީފަ މާލެ ތެރޭ ކޮންމެސް އެހެން ގަނޑެއްގަނެބަލަ.
ކަލޭމެން ހޮވީ މާސްކު ވާހަކަ ދައްކަންތަ؟
ގަނޑެއް ނުގަނެ މިތަނުން ރައްކާވަންވީ ނޫނީ ކުރިޔައްވުރެ ހިތިކޮއްް ދައްކަވާނީ. ނަތިން ކޮންމެކަމެއްމެއްވެސް މެދުވެރިކުރައްވާނީ ރަނގަޅަށް. ކުރިން ފެނުނު ވަރައްވުރެ ބޮޑު ނުވަނީސް ފިލަން އުޅޭ.
ނަޝީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދަށް ބަލާ އިރު މާސްކް ނާޅައި 15 މިނެޓު ވަންދެން ތިން ފޫޓު ގާތުގައި އިންފެކްޓްވެފައި ހުރި މީހަކު ހުރި ނަމަ، ވާނީ ޕްރައިމަރީ ކޮންޓެކްޓަކަށް ކަމަށެވެ ނުފެނުނީތަ ޖާބިރުއަޅާފަހުރިމާސްކު ނޫނީފެނިގެންވައިރަސް މަޖްލިހައްވެއްދީތަ އެހެންވެދޯ ކައިރީގައިންމީހާދުރައްލީ