ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ފަތުރުވެރިކަން އަލުން ފަށާނެ ތާރީޚެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބްކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާނެ ތާރީޚެއް އިޢުލާކުރައްވާނެކަމަށް ބެލެވެނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަން އަލުން ފެށުމަށްވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށެވެ.

ރައީސް ޞާލިހް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގައުމާއި މުޚާތަބު ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޖުލައި މަހު ހުޅުވާލާނެ ކަމަށް ސަރުކާރުން އޮތީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ފަތުރުވެރިކަން ހުޅުވާލާނެ ސީދާ ދުވަހެއް އަދި މިހާތަނަށް އިއުލާން ކުރައްވާފައެއް ނުވެއެވެ. ފަތުރުވެރިކަން ހުޅުވާލާނެ ތާރީޚެއް ސަރުކާރުން އިއުލާން ނުކުރާތީ ވަރަށް ގިނަ ޓްއާއޮޕަރޭޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އޭރު ވެސް ކޮވިޑް-19 ފެތުރޭތީ ގިނަ ގައުމުތަކުގެ ބޯޑަރު ވަނީ ބަންދު ކޮށްފައެވެ. އަދި ގިނަ އެއާލައިންތަކުގެ ދަތުރުތައް އޮތީ ހުއްޓާލާފައެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު ވެސް ރާއްޖެއަށް ފަތުރުވެރިން އައުން ގާތްގަނޑަކަށް އޮތީ އެއްކޮށް ހުއްޓިފައެވެ.

ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލަނީ މިއަހަރުގެ ބާކީ އޮތް ހަމަސް ދުވަސް ތެރޭގައި ނުވަ ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމުގެ އުއްމީދުގައެވެ. ނަމަވެސް ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގެ ބޯޑަރު އަދިވެސް ބަންދު ކޮށްފައި އޮތުމުން މިއަހަރު ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ބޯޑަރުތައް ހުޅުވާލި ނަމަވެސް އެތައް ލައްކަ ބައެއްގެ އާމްދަނީއަށް އަސަރު ކޮށްފައި ވާތީ މިއަހަރު ގިނަ މީހުން ޗުއްޓީ ދަތުރުތައް ކުރުމުގެ ފުރުސަތު ކުޑަކަމަށް ތަކުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަަރިޔަމް

    ކޮައްބަލަ

    15
    1
  2. ދިވެހިބިން

    އަސްލު ރައީސް ވަނީ ކުރިން ތާރީޙް އިއުލާން ކުރައްވާފަ، ވިމާ އެހީތެރިޔާ ޖެހޭނީ ހަމަ އެތާރީޚް އިއުލާނުކުރަން ހަމަ!

    10
  3. ބެއްޔާ

    ކުރިޔަސް ނުކުރިޔަސް ތަފާތެއްނެތް. އެހާ މުހިއްމެއްވެސް ނޫން. ވައްކަން ނުކުރެވޭތީ ބައެއް މިނިސްޓަރުން ތެޅި މަރުވަރުވަނީ

    15
    2
  4. ހަސަން

    މީދެން ކާކުތަ

    13
    2
  5. ައައްދޮއޮ

    އޮޅުވާނުލިއްޔާ ރަނގަޅު

    17
    1
  6. ސައްދާމް

    ތިޔައީކީ ރައީސެއްނޫން މުޅިގައުމު ހުސްވެއްޖެ.

    22
    2
  7. Anonymous

    މަޖްލިސް ރައީސާ ތިޔަކަން ެެެެެެްެެެެެެްެެެެެެްެެެެެެެެެެެެްެެެެެެްެެެެެެްެެެެެެްެެެެެެެެެެެ ވެސް ޙަވާލު ކުރިނަމަ. ގައިމުވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެކީރިތި ނުކުރައްވާނެ.

    14
  8. ރަބަރޭ

    މަނިކުފާނު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާކަން އިއުލާނުކުރެއްވުމުގެ ބޭނުމެއްނެއް ނެތެއްނޫންތޯ “ހިތުން ބޮޑުވަޒީރު” މިހާރު އެހުމުން ވައްކަން ކުރަށްވާގެން އެކަން ވަނީ އިއުލާނު ކޮށްފާނޫންތޯ
    “ އެއް އުރައެއްގާއި ދެކަނޑި އަކަށް ނޯވެވޭނެ”
    ބޮޑުވަރު

    14
  9. ސަންތިމަރިޔަބު

    ޢޮޅިގެންނޭ ތިޔައުޅުއްވަނީ ތިކަން މިހާރު އިއުލާނުކޮށް ނިމިއްޖެޔޭ
    ހަމަހިނިއަންނަނީ

    15
  10. ވަރުދާ

    ޝުކުރިއްޔާ ރައީސް. މަނިކްފާނު ގެ ބުރަ މަސައްކަތުން ގައުމުގެ ދީނާއި މާލިއްޔާއާއި އަދުލު އިންސާފްއާއި ހަމަ ހަމަކަމާއި ރަށްޔިތުންގެ މުހުތާދު ތަށް މިހާ މަތީދަރަޖައަކަށް މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ކޮށްދެވިފައި ނުވާވަރަށް ކޮށްދެއްވާތީ ޝުކުރު މިދަންނަވަނީ. ދެން މިގައުމުގައި އިތުރު މީހަކު ވެރިކަން ނުކުރާނެ މަނިކްފާނު ފިޔަވައި. އެހާވެސް ދުއާ ލިބިލައްވާފައި ހުންނަވާ ކީރިތި ކުރެއްވުން ތަކުން އެކަނި ވެސް މަނިކްފާނުގެ މަސައްކަތުގެ ބުރަ ކަން އަޅުގަނޑުމެން ބަލައިގަންނަމް. މަނިކްފާނު ގަލަން ކޮޅުގައި ހިއްޕަވައިގެން އިންނަވައި ކޮންމެދުވަކުމެ އޭފޯ ރީމެއް ރަށްޔިތުންނައްޓަކާ އެޗް.ޑީ ކެމެރާ އެއްގެ ކުރިމަތީ އިންނަވާ ލިޔުއްވާ ހުސްކޮށްލައްވަނީ ދެވަނަ އެއްނުވާ ހިކުމަތްތެރި ތަސައްވުރު އަންނަން އޮތް ޖީލުތަކާއި ހަމަޔަށް ގެނެސް ދިނުމުގެ އަގުބޮޑު މަސައްކަތް ކަން ފާހަގަ ކުރަމެވެ.

  11. ޓެކްނީޝަން

    ބަލަ، ސިއްޙީ ކުއްލި ހާލަތުގައި އޮއްވާ ރައީސް މީހާ އަރާ ވަނދު ބަނބުކޭލޭ ކިޔަން ތާހިރެއް ނުވާނެ. ބަލީގެ ނުރައްކާ އެންމެތަންކޮޅެއްވެސް ކުޑައެއް ނޫން. އެކަމަކު ނިއުނޯމަލް އިން ނޯމަލްއަށް ނުގެންދެވިގެން ތެޅިފޮޅެނީ. ގިނަ ގައުމުތަކުގެ ބޯޑަރ އަދިވެސް ހުޅުވާލާނެ ދުވަހެއް ނޭންގެ. ރައްޔަތިތުން ބަލީގައި މަރާފަ.އިވިޔަސް މި މީހުން ބޭނުންވަނީ ލާރިގަނޑު. ހެޔޮނުވާނެ ތިޔަހާ ހަރާމްޒާދާ ވާން. ބޯޑަރު ބަންދުކޮށްގެން އަބަދު ނުތިބެވޭނެކަންވެސް އެނގޭ. އެކަމަކު ތެޅިފޮޅި ނުގަތަކަސް ﷲ ދެއްވަންވީ އެއްޗެއް ދެއްވާނެ. ބަލި ނެތްކަން ދައްކަން ދުވާލަކު ވަނީ 7 މީހުންނޭ ކިޔައިގެން އެވެސް ކަނޑައެޅިގެން ދޮގު. ސާމްޕަލް ނެގިދާނެ ކިތަންމެ ވަރަކަށްވެސް އެކަމަކު ނަތިޖާ ހުންނަނީ އޮޅުވާލާފަ ބަލި ނެތްކަމާއި ކަންބޮޑުވުމެއް ނެތްކަން ދައްކަން މީ ޓެކްނީޝަނުން ބުނާ ވާހަކަ. ޓީވީތަކަށް އަރާ އިނދެގެން ތާކުންތާކު ނުޖެހޭ ހާސަރުދަމާފަ ރުއީމަ ތިޔަކުރެވެނީ ޖުނުބުވެރިކަން.

  12. ރާއްޖެ

    ރައީސް ހުންނަވާ ފިލާ. ބޮޑު ވަޒީރު އިއުލާނުކޮށްފި ކުރިން ދުވަހެއްގަ.

  13. މުދިމު

    މިސްކިތް ޖަމާއަތް ހުޅުވާނޭ ތާރީޚެއް އިޢުލާކުރައްވާނީ ކޮންދުވަހަކުން ބާ؟

  14. ތުއްތީދި

    ދެއްވާބަޔާނެއް ދެއްވަންވީ ތިބަޔާނުގެއަޑުއަހަން ޓީވީއެއްހުޅުވާލާނެމީހަކު ހިޔެއްނުވެ މިޤައުމުގަމިހާރުއުޅޭހެން

  15. ޙިޔަޅު

    ފުއްލާއެއްގެ ހަންގަނޑު އަޅައިގެން ހުރި ހިޔަޅެއް ފަހަރަކު ފުއްލާއެއް ކައި ހުސްކުރަނީ ސާރިދޯޅު އުސް މޭޒެއްމަތީ އަތްޖަހަން...ހެހެހެ..މިއޮތީ ބަލާވެރިކަމެއް...