ކ. މާފުށިން 25 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ މާފުށި ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ ޖޫން 14 ވަނަ ދުވަހު ކަމަށެވެ. އެ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. އަލަށް ހިއްކި ބަޔާއި މާފުއްޓާ ކޯޒްވޭއަކުން ގުޅުވާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި ބިމަކީ މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކާފައިވާ ބިމެކެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވަނީ ނިންމައިފައެވެ. ހިއްކި ސަރަހައްދު ހިމާޔަތް ކުރުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މާފުށި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް 27ގައެވެ. މި މަޝްރޫއަށް 99.98 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަކިމް

    މާކުޑަ ހިނަހަމައެއްނުޖެހޭ އެއްވެސް ވަރަކަށް ރައްޔިތުންގެ ބޮޑުލާރިގަނޑެއް ހަރަދުކޮއްލާ ކުރި މަސައްކަތް ސޯ ސޭޑް

  2. ކުރީސަރުކާރު

    ޝުކުރިޔާ ރައީސްޔާމީން މިހާރުދިވެހިންނައް މިފެންނަނީ މަނިކުފާނުއަޅުއްވައިދެއްވި ބިންގަލުގެމަތީގައި ޢިމާރަތް ކުރެވޭމަންޒަރު

    7
    1
  3. ދަރަނި ދަންތުރަ

    ތިޔައީ ވޮލީކުޅެން ހިއްކި ތަންކޮޅެއްތޯ އެހެންވިއްޔާ ރަނގަޅު...