ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ކައްޕިތާނެއް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެމަނިކުފާނަށް ތައުރީފް ކުރައްވައިފިއެވެ.

އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ޑރ. ވަހީދު ވަނީ ހަމަޖައްސައިފައެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ އެޑްވައިޒަރު ކަމުގެ މަގާމަށް ވަހީދު ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ.

ވަހީދު 2014 ވަނަ އަހަރުގެ ކުރީކޮޅު ޕީޕީއެމް އަށް ސޮއިކުރެއްވި ނަމަވެސް، އެ ޕާޓީގެ ހަރަކާތްތަކުން ފެނުނީ ވަރަށް މަދުންނެވެ.

ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ވަހީދަކީ ދިވެހި ނައު މާ ކަނޑަށް ނުކުތްތަނައި އައި ގަދަ ކޮޅިގަނޑެއްގައި ނައުގެ ކައްޕިތާނުގެ ހުންގާނު ދޫކުރައްވައި ފުންމާލެއްވި އުނދަގޫ ވަގުތު ހުންގާނުގައި ހިއްޕަވައި ސަލާމަތުގެ އައްސޭރިއަށް ބަނދަރު ކުރެއްވި ހިތްވަރުގަދަ ކައްޕިތާނެ ކަމަށެވެ.

ޑރ. ވަހީދު އެޑްވައިޒަރު ކަމަށް ވަޑައިގަތުމަކީ އިދިކޮޅުން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނޫސްވެރިންނާ ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޑިމޮކްރެސީ ކުރިއަރުވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. ޑިމޮކްރެސީގެ ހަރުދަނާ ވުމަށް އެންމެ މުހިއްމު ކަމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"މި ޑިމޮކްރެސީ މިއީ ރައްޔިތުން ގަބޫލުކުރާ ޑިމޮކްރެސީ އަކަށް ވާން އެބަޖެހޭ. ރައްޔިތުންނަށް ޒިންމާދާރުވާން ޖެހޭ. ޒިންމާދާރު ކުރުވުމަށްޓަކައި ޑިމޮކްރެސީއެއް ފުރިހަމަ ވާނީ ޑިމޮކްރެސީގައި ވަރުގަދަ އިދިކޮޅު ޕާޓީއެއް ވެސް އޮވެގެން. މިއަދު ޝައްކެތް ވެސް ނެތް ގޮތުގައި އެ މަގާމު އަދާކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން،" ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އެޑިޓް

  ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ކައްޕިތާނެއް.. އެއީ ތެދެތް..

  16
  3
 2. ތެދު

  ކަނޑުފޭރޭ ނަވެއްގެކައްޕިއަކަށް ބަރާބަރު ކައްޕިތާނެއްތީ... ދިވެހިރާއްޖޭގައި ބާގީއެއް.

  2
  22
 3. ލަކީ

  ޙެހެ ހާދަ ދެރައޭ ދީން ހިމާޔަށް ކުރާވާހަކަ އަދި ދީނާ ގައުމަށް ޓަކާއޭ ނުބުނީމަ ތިމަންނަ މަސައްކަ މިކުރަނީ ދީނަށް ޓަކާއޭ ބުނިނަމަ ހެހެ

  4
  6
 4. ހުސޭނު

  އެމެރިކާ އިންޑިއާ އަދި ޔޫރަޕާއި ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިއަރާފައިވާ އެތައް ޤައުމަކުން ގޮތް ހުސްވެ ކުޑަކަކޫ ޖަހާމަންޒަރު ފެންނަމުން ދާއިރުވެސް އަޅުގަނޑުމެން ދިވެހިން އިބްރަތް ހާސިލުކުރަން ހަމަ ނުވަނީތޯއެވެ؟ އަޅުގަނޑުމެންގެ މައްޗަށް އަމުރު މައުރޫފު ހިންގުމަށް ހަވާލުވެ ތިބި ފަރާތްތަކުގެ ކިބައިން އާދޭސް ކޮށްދަނަވަމެވެ. ފުރަބަންދަށް ލުއިތައްދީ ސޮކޫލުތައް ހުޅުވާ ގައުމުގެ ރައްޔިތުން ނުރައްކަލަށް ވެއްޓުނަ ނުދެއްވާށެވެ. ދަތުރު ފަތުރުގެ ނިޒާމު ހަރުދަނާ ކޮށްދޭށެވެ. ނޫސްވެރިންނޭވެ. ވެރިންނާއި ހަމަޔަށް މިވާހަކަ ފޯރުކޮށްދޭށެވެ.

  10
  1
 5. ައޮފްބެ

  ބާޢީވަޙީދޫ! ތި ބޮޑު ބާޢީއެއް!!!

 6. ދީދާރު

  ކައްޕިތާނަކަށް ވާނެނު ޔާމީނު ވެރިކަމަށް ގެންނަން ދައުލަތުގެ ބާރުތަކާއި ފައިސާ ޚަރަދު ކުރީ އޭނަގެ ސަރުކާރުގަ ވިއްޔާ. އެހެންނޫނަސް ޔާމޯނަށް ފުރުސަތު ނެތީމަ އޭނަ ހައްދައިގެން ވިއްޔާ ވާންޢޮތީ.

  1
  3
 7. ރީ

  މިއަދު ރައީސްޔާމީން ހުންނެވީ ނުހައްޤުން ޖަލުގައި ކަން ހަނދާން ނަށްތާލީތޯ ރައީސް ޔާމީންގެ ރުހުން ނުހޯދާ ތިފަދަ ބޮޑު ނިއްމުމެއްް ނިންމުމުގެ ބާރުލިބުނީ ކިނެތް ތޯބަލާލަން ބޭނުން ރައީސްޔާމީން އަށް ހެޔޮއެދިގެން އުޅޭބައެއްނަމަ ރައީސްޔާމީން ގެ ތާއިދު ތި ކަމަށް އޮތްތޯ ނެތްތޯ ބަލާލުމެ އެއްވެސް ހަމަނެތީތޯ ތިއީ އަދީބު ފަދަ ދެވަނަ ފައްޏަކަކ ކަށް
  ނުވާނެ މުގެ ކިހާވަރެއްގެ ޔަޤީން ކަމެއްއެބައޮތްބާ ޕޕއެމް ބައިބައި ވުމުގެ ކކ ކޮޅުމަތި ނޫންބާ މިފެށުނީ ރައީސް ޔާމީންގެ ރުހުން ރވަހީދުއަށް ލިބިއްޖެނަމަ މަތާއީދުކުރާނަން ނޫންނަމަ ބުނެވޭނީ ސޮރީ!

 8. ވިސްނާ

  ރވަހީދު ރަނގަޅު މަޑުމައި ތިރި ހިތްވަރުވެސް ގަދަ ބޭފުޅެއް ނަމަވެސް މިއަދު ޕާޓީއަށް އައި ފޭ
  ބޭފުޅެއް އެފަދަ ފުރުސަތެއް ދިނުން އަދިއަވަސް ކަމަށްފެނޭ ރައީސްޔާމީން އަށް ހެޔޮއެދޭ ސަޕޯޓަަރެއްގެ ފަރާތުން ބުނެލަން ތިފުރުސަތު ރވަހީދު ނޫން ޕާޓީގެ ކޮންމެ ބޭފުޅަ ކކ ކަށްވެސް މާހައްޤު ކަން ބޮޑޭ !

 9. ލޮލްލް

  ފައްކާ ކައުޅެއް ހަމަ..އަހަރުން ހަނދާނެއް ނުނެތޭ މީނާގެ ޚިޔާނާތް...ޔާމީން އަބަދުވެސް ފަރިޔާދުގަ މަޤާމް ހޯދަން ބޭނުންވާ ކައުޅެއް މީ.