ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފް މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ. އަބްދުﷲ ޝަރީފް މީގެކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ކަސްޓަމްސްގެ މަގާމުގައެވެ.

ކަސްޓަމްސްގެ ވެރިއަކަށް އަބްދުﷲ ޝަރީފް އައްޔަން ކުރެއްވި ކަމުގެ ލިޔުން، އޭނާއާ ހަވާލު ކުރީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ މަގާމަށް ޝަރީފް އައްޔަން ކުރައްވާފައި ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން، މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންވެެ. ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން އެ މުވައްސަސާގެެ ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ޝަރީފެވެ.

ޝަރީފް ޑެޕިއުޓީ ކޮމިޝަނަ އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވާފައި ވަނީ މިދިޔަ ޖުލައި އަށް ވަނަ ދުވަހުއެވެ.

އޭނާ ވަނީ ކަސްޓަމަށް 27 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މޮޔަބެ

    ޝަރީފް އަކީ ތިނަދޫ ބޭފުޅެއް؛ ނޫމާނަކީ އައްޑޫ ބޭފުޅެއް.. އެކްޓިވިސްޓެއްވީމަ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަމަ ހަމަ ވެދާނެތޯ..ބަޓް ޝަރީފު އަކީ އަޚުލާގު ރަގަޅު ބޭފުޅެއް...

    3
    1
  2. ހުސޭނު

    އެމެރިކާ އިންޑިއާ އަދި ޔޫރަޕާއި ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިއަރާފައިވާ އެތައް ޤައުމަކުން ގޮތް ހުސްވެ ކުޑަކަކޫ ޖަހާމަންޒަރު ފެންނަމުން ދާއިރުވެސް އަޅުގަނޑުމެން ދިވެހިން އިބްރަތް ހާސިލުކުރަން ހަމަ ނުވަނީތޯއެވެ؟ އަޅުގަނޑުމެންގެ މައްޗަށް އަމުރު މައުރޫފު ހިންގުމަށް ހަވާލުވެ ތިބި ފަރާތްތަކުގެ ކިބައިން އާދޭސް ކޮށްދަނަވަމެވެ. ފުރަބަންދަށް ލުއިތައްދީ ސޮކޫލުތައް ހުޅުވާ ގައުމުގެ ރައްޔިތުން ނުރައްކަލަށް ވެއްޓުނަ ނުދެއްވާށެވެ. ދަތުރު ފަތުރުގެ ނިޒާމު ހަރުދަނާ ކޮށްދޭށެވެ. ނޫސްވެރިންނޭވެ. ވެރިންނާއި ހަމަޔަށް މިވާހަކަ ފޯރުކޮށްދޭށެވެ.

    3
    3
  3. ޖާޒީރާ ބޯއީ

    ހިތި ހަގީގަތަކީ ޝަރީފްގެ ގާބިލް ކަމާއި ރަގަޅު އަހުލާގު ދެންވެގެންދާނީ ސިޔާސީ ހިތަކުން މިނިގެން. ގައުމުގެ ހާލަތު އަދި ސަރުކާރުގެ ހާލަތު މިހާ ނާޒުކު ދަނޑިވަޅެއްގައި ތިޔަ ނެންގެވީ ވަރަށް ވިޔާނުދާ ޑިޝިޝަނެއް.

  4. ސައްދާމް

    މަރްހަބާ ޝަރީފްއަށް، ހިތާމައަކީ ތިޔަ ވަޒީފާގެ ނިމުން ވަރަށް ގާތްވާނެ، ސިޔާސީ ވިސްނުމެއްގެ ތެރެއިން ދެވޭ ވަޒީފާތަކުގެ އެއްވެސް ބުރަދަނެއް ސިޔާސީ ފަރާތްތަކުން ނުމިނާނެ. ފުލުހުން ނާއި ސިފައިންގެ ތެރެއަށް ބަލާލުމުން އެގޭނެ.

  5. ހުދުހުދު

    މުޅި ކެރިޔާގައިވެސް ތިޔަ ހުދު ޔުނީފޯރމްފަދަ ނަމޫނާއެއް ތީ. އެކަމަކު ދެން ތިޔަ މެހުނީ މަޅިޔަކަށް. ވަރަށް ވެދުން.

    4
    1
  6. ުޖުހާ

    ކުރީއްސުރެ ސިޔާސީ ގޮތުން އެމްޑީޕީގެ ވިސްނުމާއި ފިކުރު ގެންގުޅޭ ސަރީފު، އެކަމަކު ހަމަ ލާމަސީލު މިސާލެއް. ދެން ތިޔައޮތީ ޅައެއްޗެއް އެޅިފަ.

  7. ުޖުހާ

    ސިޔާސީ ނުފޫޒުން ކުރިއެރީމާ ގިނަވެން ވާނީ ދެދުވަސް. ތިޔަ ޔުނީފޯމު ބާލަން ބޭނުންވީއުތަ،

  8. ާއަބޫ

    ޕާޓީ އެއްގެ ސިޔާސީ މީހަކު އައްޔަނު ކުރުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ތަނުގައި ޚިދުމަތްކޮށް، ތަނާއި ތަނުގެ ހިނގުން އަދި މުއައްޒިފުން ދަސްވެފައިހުރި އަދި ހައިރާކީގައިވެސް އެންމެ ސީނިއަރ މީހާ ތަނުގެ ވެރިޔަކަށް އައްޔަނު ކުރުމަކީ ރަނގަޅު ނިންމުމެއް. ޔަގީނުންވެސް ޕާޓީތަކުގެ ޕްރެޝަރ ކިތަންމެހައިވެސް ބޮޑުވާނެ. ރައީސްގެ ހިތްވަރުގަދަ ނިންމުމެއް.

  9. މޯޑް

    ހިތް ހެޔޮ މަޑުމައިތިރި ބޭފުޅެއް މީ.

    4
    5
    • ސާޔާ

      ވަރަށް ސިޔާސީ ކުދިންގެ އަޑުއަހާ އެކުދިން ބުނާގޮތް ހަދާނީ

  10. ބޮޑޭގެ ބޮޑޭ

    ކަަސްޓަމްގެ ވެރިޔާ ގެ މިންނެތް މަސައްކަތުން މުވައްޒަފުންނަށް ފްލެޓް ލިބޭނޭގޮތް ހައްދަވާ ދެއްވުމަކީ މިހާރުގެ އެންމެ ބޮޑު އެދުން. އެކަން ހަގީގަތަކަށް ވާނެ ކަމަށް އުއްމީދު ކުރަން. ބޮޑޭ އަށް ތާއީދު

  11. ޖާނޫ

    ބޮޑޭ އަހަރެެމެންނަށް ފުލެޓެއް

  12. ހަސަން

    ފުލެޓްގެ ކަންކަން އަވަހަށް ފައްތަވާ ނިންމަވާ ދެއްވާ

  13. މާނިއު

    ކަސްޓަމްސް ފްލެޓްގެ މަސައްކަތް ފައްޓަވާނެ ކަމަށް އުއްމީދު ކުރަން

  14. މަސީހު

    އަވަހަށް ފައްޓާށޭ ފުޅެޓް

  15. މާންޑޭ

    އަވަހަށް ފައްޓާށޭ ފުލެޓް

  16. މުމްތާޒު

    ކަސްޓަމްސްގެ ހިޔާ މަސްރޫއަށް އަލިމަގެއް

  17. ފަރީދު

    ސިޔާސީ ނުވާނެ ކަމަށް އުއްމީދުކުރަން

  18. އަބުދުﷲ

    މިހާރު ގެންގުޅޭ ސިޔާސީ މޭޒުދަށުން ފެނުން މަދުކޮށް މުވައްޒަފުންފެ ސީޖީ އަކަށް ވުމަށް އެދެން