ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ މައްސަލައިގައި ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމަކާ ނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައާ ގުޅިގެން ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ އޮޕަރޭޝަން ކުރިއަށް ދަނީ މަޑުއްވަރީގައެވެ.

އެކަން ރަށުގެ ކައުންސިލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މަޑުއްވަރީން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ ފުލުހުން އެ ރަށަށް އަރައި، ފާސް ކުރަމުން ދަނީ މީގެ ކުރިން ވެސް ފުލުހުންގެ އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވާ ގެއެއްގެ ކައިރީގައި ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި މިދިޔަ ޑިސެމްބަރު މަހު ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައި ބައެއް ގެތައް ފާސްކޮށް، ހަރުކަށި ފިކުރު ފަތުރާ "ބޮޑުންގެ" ތެރޭގައި ހިމެނޭ ބަޔަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

މި މައްސަލަ ފެންމަތިވީ ލަނޑާ ނަގަން ދިޔަ މަޑުއްވަރީގެ ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި ކަނޑަށް އެއްލާލި މީހަކު ފަތާފައި ގޮސް އއ. މާޅޮހަށް އެރި ހިސާބުންނެވެ. އެ މައްސަލަ ބެލުމުގެ ތެރޭގައި ފުލުހުން ވަނީ އެ ރަށުން ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައެވެ.

ހަރުކަށި ފިކުރުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ތިން ބިދޭސީއަކަށް ވަޅިން ހަމަލާދީފައިވެެއެވެ. އެ މައްސަލަ ތަހުގީގު ކުރިއިރު އެނގުނީ އެއީ މަޑުއްވަރީ މައްސަލައިގަ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއްގެ ގޮތުގައެވެ. މިކަމުގައި ހައްޔަރު ކުރި އަށް މީހުން ދައުވާނުކޮށް ދޫކޮށްލި އިރު، އެމީހުންގެ ފައިގައި ވަނީ ޓެގް އަޅުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖުލައި

    ކުރިންވެސް އެމްޑީއެން މައްސަލަ އޮއްބާލަން ރ.މަޑުއްވަރީއަށް އަަރާ ހަރުކަށްޓޭ ކިޔާ ބަޔަކު ބަންދުކުރި މިފަހަރު އުތެމަގެ އަޑު އޮއްބާލަން އުޅޭ އުޅުމެއް.

    24
  2. ހުސެން

    ސަރުކާރު ކޮޅަށް ގޯލަށް ވަންނައިރަށް އެމްޑީޕީ މީހުން ކުޅެނީ ޓެރަރިޒަމް ޑްރާމާ

    37
    1
  3. Anonymous

    ފުވައްމަކުގަ 1000 އެނދުގެ ސިޓީ ހޮޓަލްއް ގާއިމު ކުރުމަށް ވައުދުވެ ވެރިކަމަށް ަަަަަަަwimg

  4. ޖާޒީރާ ބޯއީ

    ހިމަންދޫއަށް ފަހު މަޑުއްވަރީއަށްވެސް އަރާގަތީދޯ، މިއަދުގެ ހާލަތުގައި މިސަރުކާރަކަށް ކެތެއްނުވާނެ މުސްލިމުންގެ ޝުއޫރުތަކެއް.

    17
  5. ހުސޭނު

    އެމެރިކާ އިންޑިއާ އަދި ޔޫރަޕާއި ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިއަރާފައިވާ އެތައް ޤައުމަކުން ގޮތް ހުސްވެ ކުޑަކަކޫ ޖަހާމަންޒަރު ފެންނަމުން ދާއިރުވެސް އަޅުގަނޑުމެން ދިވެހިން އިބްރަތް ހާސިލުކުރަން ހަމަ ނުވަނީތޯއެވެ؟ އަޅުގަނޑުމެންގެ މައްޗަށް އަމުރު މައުރޫފު ހިންގުމަށް ހަވާލުވެ ތިބި ފަރާތްތަކުގެ ކިބައިން އާދޭސް ކޮށްދަނަވަމެވެ. ފުރަބަންދަށް ލުއިތައްދީ ސޮކޫލުތައް ހުޅުވާ ގައުމުގެ ރައްޔިތުން ނުރައްކަލަށް ވެއްޓުނަ ނުދެއްވާށެވެ. ދަތުރު ފަތުރުގެ ނިޒާމު ހަރުދަނާ ކޮށްދޭށެވެ. ނޫސްވެރިންނޭވެ. ވެރިންނާއި ހަމަޔަށް މިވާހަކަ ފޯރުކޮށްދޭށެވެ.

    10
  6. ޙަޖަމް

    އުތެމައިގެ ލާދީނީކަން ފޮރުވަން ދެބޯގެރި ދުއްވަނީ

    45
  7. Anonymous

    ލާދީނީ ނަހަލާލް ޖަމިއްޔާގެ ކަންކަން ފެންމަތިވާއިރައް ހަރުކައްޓޭ ކިޔައިގެން އެކަން އޮއްބާލަން މިލާދީނީ ސަރުކާރުން ގޭމް އެބަ ޖައްސާ...

    42
    1
  8. ލޮލް

    ކަޝްމީރުގަ ހިންގާ ކަހަލަ އޮޕަރޭޝަނެއް ދޯ..؟ ރަނގަޅު ކުރިއަށް ގެންދަވާ...

    11
  9. ދޮންދީނި

    މަރު ކޮމިޝަން ފޭލި ވީމަ ރައްޔިތުން ގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަންތަ؟ އެލެކްސް ކަލޭ ހާދަ ލަދުކުޑައޭ ދޯ. ދުލެއްނުކުރާނަން ?

    5
    1
  10. Anonymous

    ކެނެރީގެ ވަގު ބުއްޅަބޭ ޖައްސާ މީޑިޔާ ސްޓެންޑެއް އުތަމެ ޖަމިއްޔާ ގެ ރިޕޯޓު އޮއްބާލަން.

  11. ޞ.ގަލަން

    ކެނެރީގޭ ބޮޑުވަގުގެ މަކަރުވެރި ރޭވުންތަ ތީ..
    ކޮންމެވެސް އެއްޗެކޭ ކިޔާފަ މިމީހުން ކުރާ ވައްކަންތަ އޮއްބާލަން ޖައްސާ އިސްޓަންޓް،،
    ތިޖަހާ ސަކަޜާތް މިހާރު އިގޭނެ ކުޑަކުއްޖާޔައް ވެސް. ސަހަރޯޔޭ ހިތަށް އަރާ...