އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސް ބޭފުޅުން، ދިވެހި ހެދިކާ ތައްޔާރުކޮށް ޑިޕްލޮމެޓުންނަށް ހަވީރުގެ ސައި ދެއްވައިފިއެވެ.

ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއީމީ މިޝަން އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސަގާފަތް އދ.ގައި ކޮންމެވެސް ވަރަކަށް ހިއްސާ ކުރުމުގެ މަޤުޞަދުގައި ދިވެހި މަހުން އެކުވެރިންނަަށް ހަވީރު ސައި ތައްޔާރުކޮށްފައިވާ ކަމަށެވެ.

މެހެމާނުންނަށް ސައި ފޯރުކޮށްދެއްވުމުގައި އދ.އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.އަލީ ނަސީރު މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ މިޝަން އިން ކުރި ޓްވީޓްގައި ރާއްޖެ އދ.ގެ ސަލާމަތީ މަޖިލީހަށް އިންތިޚާބު ވުމަށް ކުރާ ކެމްޕޭންގެ ހޭޝްޓެގެއް ބޭނުންކޮށްފައި ވެއެވެ.

އދ.ގައި ދިވެހި ހެދިކާ އިން ހަވީރު ސައި ތައްޔާރުކޮށްގެން ބޭއްވި އިވެންޓްގައި ދިވެހި މިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ – ފޮޓޯ: ޓްވިޓާ
އދ.ގައި ދިވެހި ހެދިކާ އިން ހަވީރު ސައި ތައްޔާރުކޮށްގެން ބޭއްވި އިވެންޓްގައި ދިވެހި މިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ – ފޮޓޯ: ޓްވިޓާ

ސަލާމަތީ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އިން ވާދަކުރަން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. އެ އިންތިހާބު މި އަހަރު ބާއްވާނެ އެވެ. މިއީ އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

އދ.ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އިންތިހާބުގައި އެ ކައުންސިލަށް އޭޝިއާ ރީޖަނުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.

ސަލާމަތި މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުގެ މުއްދަތަށް އިންތިހާބު ކުރާ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގޮނާނީޑް

    ޓޫރިޒަމަށް ބޮޑެތި ބްރޭންޑްތަކާއި އާ ރިސޯޓްތަކެއް އަންނަ އިރު ކީއްވެގެންތޭ ރިސޯރޓްސް ތަކުގެ ހުރިހާ ޑިޕާރޓްމެންޓްސް ތަަކަށް ބޭނުންވާ ދިވެހިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އަށް ތައްޔާރު ނުކުރެވެންވީ. ރާއްޖޭގައި އޯލެވެލް ހަދާ ކޮންމެ އަހަރަކު 11 ހާސް ކުދިން މިތަނުން ދެބައި ކުޅަ އެއް ބައި ކުދިން އެބަޖެހެ އެއް ނޫންތޭ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ތައްޔާރު ކުރަން ދެން ބާކީ ހުރި %50 އިން %25 އެބަޖެހެއެއް ނޫންތޭ މަސްވެރިކަމާއި ދަނޑު ވެރިކަމަށް އެމެން ތަމްރީން ކުރަން ރާއްޖޭގެ 10 ޒުވާނުން ނަގައިފިނަމަ އަތުން ފައިން މަސައްކަތެއް ނުކޮށް އުޅެއޭ 8 ޒުވާނުން. މީ އެއްގޮތަކަށް ވެސް މިކަން ވެގެން ވާނެ ގޮތެއް ނޫނޭ އިންސާނާ ދުނިޔެ އަށް އައީ އެއީ ދުނިޔެ އިމާރާތް ކުރަން އޭ އެކަން ކުރަން ޖެހޭނެއޭ ކުރެވެން ޖެހޭނެއޭ. ރިސޯރޓްސް ތަކުގައި އަންހެން ކުދިންނަށް ވެސް ވަޒީފާ އަދާ ކުރެވޭނީ ސަރުކާރުގެ ވެސް އިމާރާތެއް ކޮންމެ ރިސޯރޓެއްގައި ހުރެގެން ނޭ މިކަމަށް ގާނޫނެއް ހަދާށޭ ހަމަ މިހާރު. އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ވެރީ ގުޑް ސައިން ފޯރ ދިސް..

  2. ދިރާސާ

    ހެދިކާ ހަދާ ވައްތަރެއް ނުޖަހާ..

  3. ޒާ

    ހެހެ. މިވެރިން ނިވްޔޯކަށް ދާންވީމާ ނުވަތަ ދިޔައިމާ ބޮޑު ކައްކާއިންނަށް ވީދޯއެވެ؟ ޖޯކު. ތިކަމަށް ކިހާ ފައިސާއެއް ހޭދަކޮށްލިބާ ދައުލަތުގެ މާލިއްޔާއިން.

  4. ޑިޕޮލޮމެސީ

    މިމީހުން ކުރާނެ މަސައްކަތެއް ނެތީތާ! ކީއްކުރަން ބޭކާރު ޚަރަދުކުރަން ބައިތިއްބާ މީހުންތަކެއް! މިލިއަނުން ދަޢުލަތުގެ ފައިސާ ޚަރަދުކޮށްގެން ދޮންމީހުންނަށް ހެދިކާ ހަދައިދެން! ޕިސް ޕިސް!

  5. ގާދިރު

    ހެދިކާހަދާމީހަކުވިއްޔާހެދިކާއެއްވައްތަރު ޖަހަންޖެހޭތަހެދިކާހަދަން ގެންދިޔަކުދިންނަށޭކިޔާފަ ކިހާވަރެއް ހޭދަކޮއްލިބާއެވެސްއެނގެންޖެހޭކަމެއްތިކަންކުރުންއޯކޭ އެކަމު ކަންކުރިގޮތާޚަރަދުހިނގާދިޔަގޮތްރައްޔިތުންބޭނުންވާނެ