ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ނަހުލާ އަލީ ހަމަ ޖައްސައިފިއެވެ.

ނަހުލާ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ހަމަޖައްސާފައިވާކަން ޖާބިރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައެވެ.

ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އައި ޤަވައިދުގެ ދަށުން ކޮންމެ މަޖްލިސް މެމްބަރަކަށްވެސް އެ މެމްބަރެއްގެ ދާއިރާގެ މަަސައްކަތްތައް ކުރުމަށްޓަކައި މަޖްލިސް އިމާރާތުގެ މޭޒެއް ހަމަޖެހި، އެތަނުގައި މަސައްކަތް ކުރުމަށްޓަކައި ސެކްރެޓޭރިއެޓްއެއް ހަމަ ޖެއްސުމުގެ ފުރުސަތު ލިބިފައިވާތީ އެ ދާއިރާގެ ސެކްރެޓޭރިއެޓެއްގެ ގޮތުގައި ނަހުލާ ހަމަ ޖައްސާފައިވާ ކަމަށެވެ.

ޖާބިރު ވަނީ އެގޮތަށް ހަމަޖެއްސުމާއެކު، ނަހުލާއަށް މަޖިލިސް އިދާރާއަށް ވަދެ ނުކުމެވޭ އިންތިޒާމުތައް ހަމަޖައްސައިދެއްވައި މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށް މޭޒުކޮޅު ތަރުތީބުކޮށް ދެއްވުމަށް އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނިކަމެތި

  ދައުލަތައް ލިބޭވަރު އިތުރުވީތާ ސެކްރެޓޭރިއެޓް ކޮއްމެ މަޖިލިސް މެންބަރަކައް މިހަމަޖެއްސީ ، ތިޔަމީހުންގެ މުސާރަ ދިނުން ހައްގީ މަޖިލިސް މެންބަރުންގެ އަތުން.

  24
 2. އަންނި

  ޖާބިރޫ ހާދަ ނައްލަ ކޫދެކޭދޯ.

  13
 3. އެމަންޖެ

  އަންނި އިސްތިއުފާޔައް ގޮވާލަން.

  26
 4. އަންނިގެ ހަލާކު

  ތިޔަ މީހުންގެ މުސާރަ ކިހާވަރެއްތަ އަންނީ ، އަންނިގެ ޖީބުންދޯ ތިޔަމީހުންގެ މުސާރަދެނީ ، ގައުމައް ލާރި ވަންނަލެއް އިތުރުވީކަންނޭގެ.

  24
 5. އުޅަކޭ

  ފުއްދަޅެއްބޭނުންތަ ނަހޫ؟