ކުރިއަށް އޮތް ހަ މަސް ދުވަހަކީ ދަތި އުނދަގޫ ދުވަސްތަކަށް ވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ، ކުރިއަށް މި އޮތް ހަތްކަ މަސް ދުވަހަކީ ދަތި އުނދަގޫ ހަމަހަކަށް ވެގެންދާނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ކުރިއަށް މި އޮތް ހަތްކަ މަސް ދުވަހު ދަތި އުނދަގޫ ހަ މަހަކަށް ވެގެންދާނެއޭ. ހަމައެކަނި ދައުލަތުގެ ބަޖެޓަކަށް އެކަންޏެއް ނޫން، އާއްމު ރައްޔިތުންނަށާއި، އާއްމު ވިޔަފާރިތަކަށް ވަަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިކަމަށް ހައްލެއް ލިބޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ، މި ދަނޑިވަޅަކީ އާއްމު ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދެވެން އޮތް އެހީއެއް ވާންވީ ވަގުތު ކަމަށެވެ. އަދި މާލިއްޔާތުގައި ހުރިވަރަކުން އެކަން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގޮތުން ބޭންކްތަކުން ނަގާފައި ހުރި ލޯންތައް ފަސްކުރުމަށް އެދުނު ފަރާތްތަކުގެ ތެރެއިން މިހާތަނަަށް 20973 ފަރާތެއްގެ ލޯން ފަސްކޮށްދިނުމަށް އެދިފައިއޮތް، އެއީ ގާތްގަނޑަކަށް 16.6 ބިލިއަން ރުފިޔާގެ ލޯން،އޭގެ ތެރެެއިން 16768 ލޯނެއް މިހާރު ވަނީ ފަސްކުރެވިފައި، އެއީ ގާތްގަނޑަކަށް 13.4 ބިލިއަން ރުފިޔާގެ ލޯން". ރައީސް ވިދާޅުވިއެވެެ.

އަދި މީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން 244 ފަރާތަކަށް 305 މިލިއަން ރުފިޔާ އާއި ފަސް މިލިއަން ޑޮލަރުގެ އެހީ ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެސްޑީއެފްސީ އަށް ހުށަހަޅާފައި އޮތް 2370 ފަރާތުގެ ތެރެއިން 1382 ވިޔަފާރިއަކާއި 988 ފަރުދުންގެ ތެރެއިން 1356 ފަރާތަށް 246 މިލިއަން ރުފިޔާގެ ލޯން ހަމަޖައްސާދީފައިވާނެ ކަމަށެވެ.

އަދި މިއުޒީޝަނުންނާއި، ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށް ހަތް މިލިއަން ރުފިޔާގެ ލޯން ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ މިހާތަަނަށް އަޅުގަނޑުމެންނަށް މާލީ ގޮތުން ރައްޔިތުންނަށާއި، ވިޔަފާރިތަކަށް ކޮށްދެވުނު އެހީތެރިކަން". ރައީސް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރޯދަ މުބާރިކް

  އިއްޒަތްތެރި ރައީސް! 6 މަސް އެއްނޫން! 12 ވަރަކަށްމަސް، ހުރިހާކަމެއް ރަންގަޅަށް ގޮސްފިއްޔާމުން! ދުޢާއަކީ ރަންގަޅުގޮތް މިންވަރު ކުރެއްވުން!

  42
  9
 2. އަޙްމަދު ޢަލީ

  ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދަންވީ ؟؟؟

 3. ާއަގީލު

  ކެތްކުރެވޭނީ އަދި ހިތްވަރުވެސް ކުރެވޭނީ މިހާވަރަށް .. ވަޒީފާއަދާކުރާތަނުން ދެމަސް ތިންމަސް ނިމިގެންދާއިރުވެސް މުސާރަކޮޅުނުލިބޭ .. މުސާރަކޮޅު ދެވޭނީކޮންދުވަހަލުންކަމެއްވެސް ނުވެސްބުނޭ .. އެހެންނަމަވެސް 2،500 ރުފިޔާއާއި 16،000 ރުފިޔާއާއި ދެމެދުގެ މުސާރަލިބޭމުވައްޒިފުންގެ މުސާރައިން 50 ޕަސެންޓުކުޑަކޮށްފީމޭބުނި : 16،000 ރުފިޔާއަށްވުރެންމަތީމުސާރަލިބޭ ބޭބޭފުޅުންގެ މުސާރައިން ނުކަޑާގޮތަށޯ ...

 4. އައްޔަ

  މަނިކުފާނުއައްރައްޔަތުންގެހާލުއެގިލައްވާ
  އެކަމަކުރައްޔިތުންގެތެރެއިންޕެންޝަން
  ފަންޑުގައިފައިސާހުރިމީހުންނަށްލޯލާރިއެއް
  ވެސްއެފައިސާއިންދޭކަށްމަނިކުފާނުބޭނުން
  ފުޅެއްނުވޭ މަނިފާނުތިޔަމަސައްކަތްކުރައް
  ވަނީރައްޔަތުންނައްލޯނުދީގެންރައްޔިތުން
  އިތުރައްނިކަމެތިކުރަން

  11
 5. ރީ

  ކުރިޔަށް އޮތް ހަމަހޭތޯ މަނިކުފާނުގެ ވެރިކަން ދެމިއޮތް ހާހިދަކު މިދަތިކަމުން މިންޖެއްނުވާނެ ތީމިދިވެހި ރާއްޖޭގެ ރައްޔިތުން ބަޑަށް ޖައްސާލި ފުރަމަ ރައީސް މިހާރު މިދިވެހި ރާއްޖޭގެ ރައްޔިތުން އިންތިޒާރުކުރަނީ މިވެރިކަމުން މިންޖުވާނެ ދުވަހަކަށް މާﷲ މަނިކުފާނުގެ ވެރިކަމަށް އަވަސްނިމުމެއް ގެއްނަވާށިި އާމީން:

  18
  2
 6. ދަވާލި-19

  މިކަލޭގެ ކާނީ ކުޅި ބޮޑި އެެއްތޯ ފޮނި ބޮޑި އެއްތޯ!

 7. އިކުރާމް

  މާލެއިންފުލެޓުލިބޭމީހުންނައްޕެންޝަން
  ފަންޑުގަހުރިފައިސާލިބޭ،ރާއްޖެތެރޭމީހުން
  ކިތައްމެދަތިހާލެއްގައިއުޅުނަސްޕެންޝަން
  ފައިސާލިބޭނެގޮތެއްނެތް

 8. ްްހ

  ތިހެން ކިޔައިގެން ދަރުމަވަންތަ ހޮސްޕިޓަލް ވެސް ބޭކާރު ތަނެކޭ ކިޔައިގެން ޕްރޮޕްގެންޑާ ފެތުރި. މިހާރުގެ ނޫސްވެރިންވެސް އެވަރަށް ލިޔުނު . ކަމެއް ނުކުރެވޭ މީހުން އަބަދުވެސް ބަހަނާއަކަށް ދައްކާނީ އެހެން މީހުންގެ ކުށް.

 9. ހާށަވިޔަނި

  ސައުދި އަރަބިއްޔާއިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށާއި، އަބޫދާބީން 50 މިލިއަން ޑޮލަރުލިބިއްޖެ. މިފައިސާ ކޮބާހޭ. ކީއްވެހޭ ރައްޔިތުން ދަތި އުދަނގޫކުރަނީ ބިރުދައްކަނީ ކީއްވެހޭ.

  10
 10. އެމަންޖެ

  މިވެރި ކަމެއްގަ މިގައުމު ކުރިޔަކައް ނާރާނެ.

  11
 11. ބޭކާރު

  ގައުމަށް ދަތިހާލަތެެއ ަތުވެދާނެ ކަމަށް ވިސްނާ ބެހެެއްޓޭ ރިޒާވް ހެޔޮހާޅަތުގަ ހުސްކޮށްލީމަދޯ ދަތި ދުވަސް މިެައައީ

  10
 12. އަޡު

  ރައީސް ނިކަމެތިން ރައިތުން ހަނާވަނީ ތިބޭފުޅާގެ އެމްޕީސް އުފަލުގަ ބޮޑުމުސާރަނަގައިގެން. ކީވާޏީ ދެމަހު މުސާރަ ނުނެގިއްޔާ.
  މީރައިތުނަ ނައަ ވަރައް އަނީވެރި ސަރުކާރެއް. ރައިތުން ބަޑަޖެހިއްޖެ. ރައިތުން ބިކަވެއްޖެ އެކަމަކު ސަރުކާރު ކުރި އެވެސް ކަމެއް ނެތްރައިތުން ގެ ދިފާއުގާ. މޯދީ އިނަޑިޔާގެ މުސަލިމުން ނައްކަންތައް ކުރާގޮތައްވުރެ މިސަރު ކާރު ރައިތުން ނައް ނުބައި