ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުން ފުލުހުންނަށް ކުރި "މަލާމާތާއި" ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއް ކަމަށެވެ. އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބަން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެތަންތަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ތަނެއްގައިވެސް އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު" އަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ބައެއް މެންބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް "މަލާމާތް ކުރައްވާފައެވެ.

އެގޮތުން ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ ދިވެހި ފުލުހުން ތިބެން ޖެހޭނީ ސޯޓު ލައިގެން، ދަނޑިބުރި ދީފައި މަގުމައްޗަށް ނެރެފައި ކަމަށް ވިދާޅުވެ ދިވެހި ފުލުހުންނަށް ވަރަށް ބޮޑަށް "މަލާމާތް" ރައްދު ކޮށްފައެވެ. އެކަމާއި ގުޅިގެން އޭނާ އަށް ގިނަބައެއްގެ ފާޑު ކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

"ސޯޓުލައިގެން ދަނޑިބުރިއެއް ދީފައި ތިބޭ ބައެއް މަގުމައްޗަށް ނެރެފައި. ވަރަށް ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިތިއްބާކަށް ނުޖެހޭ އިއްޒައްތެރި ރައީސް!. ސަރުދާރުން ގޮތަށް ނެރެން ޖެހެނީ ކުދި ދަނޑިބުރިއެއް ދީފައި. ދެން އިތުރަކަށް ކޮންމެހެން އެމީހުންނަށް އޭކޭ47 އާއި ސްންއިޕާ އެއްޗެހި ދޭކަށް އުޅޭނެ ކަމެއް ނެތް" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފުލުހުންގެ މުއައްސަސާގެ ނަން ބަދަލުކުރަން ޖެހޭ ކަމަށާއި ފުލުހުންގެ ޔުނީފޯމާއި ފުލުހުންގެ ކުލަވެސް ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ އަގުވެއްޓޭ ގޮތަށް ދައްކާ ވާހަކަތަކުގެ ސަބަބުން ފުލުހުން އެ މީހުންގެ ވާޖިބު އަދާ ކުރުމުގައި ފަރުވާ ކުޑަ ކުރެވޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން ފުލުހުންނަކީ ކުއްތަކަށް އަރައިގަތުުމަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސިފަ ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއްމުން ފުލުހުންނާއި މެދު ދެކޭ ގޮތް ބަދަލުވާ ކަމަށާއި، އަދި ފުލުހުން އެ މީހުންގެ ވާޖިބު އަދާ ކުރުމަށް ޝައުގުވެރިކަން ކުޑަވާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޙަސަނު

    ތީ ޕަޕެޓް ރައީސް ލާދީނީ މީހުންގެ ކުރިމަތީގަ ކުޑަ ކަކޫ ޖަހައިފި ދެން ލަލަލާ

    178
    11
  2. ޞަހީފާ

    ތިޔައީ ރޭވިގެން ހިނގާ ކަމެއް

    177
    9
  3. ސޮނިފުހޭ

    ޢެއީ އެކަށްޗެއް ރައްޔިތުން ހައްދަން މޮޅުވާހަކަ ދައްކަނީ

    172
    12
  4. މޫން 1972

    މިގައުމުގަ ވެރިންނަށް ތިބި ބަޔަކު މިގައުމުގެ ޖަރާމަތަށް އަރާ ގަނެއްޖެ؟

    36
    5
  5. މޫން 1972

    މިގައުމުގަ ވެރިންނަށް ތިބި ބަޔަކު މިގައުމުގެ ކަރާމަތަށް އަރާ ގަނެއްޖެ؟

    54
    1
  6. މޮޔަބެ

    ފުލުހުން ސިޔާސީ ވާނަމަ އެސްއޯފޯސް އަދި ތަހުގީގުތައް ސައްހަ ނުވާނެ..އަހަރަމެން ސުވާލް އުފައްދަން ރ.ޔާމިންގެ ތަހުގީގާއި ބެހޭގޮތުން... ފުލުހުންނޭ މިބިނެވެނޭ އެންމެހާ ބޭފުޅުންނެއްނޫން...އޮފިސަރުންގެ ލެވެލްގެ ސިޔާސީ މީހުން... އެއީ ސިޔާސީ މީހުން..

    10
  7. ޫތޔތ

    ތިދެމީހުންރާވައިގެން ރައްޔިތުންނަށްއޮޅވާލަން ދައްކާހާވާހަކަތިއީ ތިދެމީހުންނަކީ ރައްޔިތުންނަށް ވަރައްބޮޑައްދޯކާދީ އަދި ދެމުންގެންދާބައެއް ވޯޓް ދެވުނީތީ ކަރުނައަޅާމިއަދުމިއޮތީ ރޯންޖެހިފަ

    12
  8. ާއަމީ

    އޭރުން މިކަހަލަ ޑްރަގް ލޯޑުންގެ ކަންކަން ފޮރުވޭނީ އިއްޒަތްތެރު ރައީސް!!! ބޯދިގުމެން ތިޔަތަނަށް ހޮވުނަސް ސާފެއްނޫން... މާމޮޅުވީކީއެއްވެސްނޫން..

    10
  9. ސޯލާސިސްޓަމް

    އަންނިއައްއަބަދުވެސް އެންމެރަނގަޅުމީހާގޯސްވާނެ
    ފެށުނީއްސުރެ އޭނާގެމަސައްކަތަކީސިފައިންނާއި
    ފުލުހުންގެއަގުވައްޓާލުން މުޅިރާއްޖެފަސާދަކުރަން
    އުޅޭމީހެއްއެއީ..ެެެެއޭނާބަހައްޓާ
    އޭދެންކާކު ބުއްޅަބޭ ކެނެރީހޭބޯގޯސް..

    12
  10. ޔަފްޤަހޫޤަވްލީ

    ބިސްމީގެ ބަރަކާތުން މަމެން ފަށަމޭ ރައީސް އިބޫ އަށް ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ކުރަން ބަދަލު ކުރަން ވަގުތު ނެތް ނަމަވެސް މަމެން އަތުގައި ވަގުތު އެބައޮތޭ މިކަމަށް މަމެން ބަރުލަމާނީ ރިޔާސީ ނިޒާމަށް ވޯޓްލީއިރު މަމެން ވޯޓްލީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރަންއޭ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރާނަމަ މިނިސްޓަރުން މާބޮޑަށް ޒިންމާދާރުވާނެއޭ އޯއް މަމެންނަށް މިކަމަށް ވަގުތު ދެއްވާދޭންވެ ވަގުތު ދެއްވާދޭންވެ ވަގުތުދެއްވާދޭންވެ މަމެން ބޭނުމޭ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން އެއިރުން ޕާރޓީ ތަކުގެ ލީޑަރުންނަށް ވެސް މަޖްލީހުގެ މެމްބަރު ކަން ކުރެވޭނެއޭ މާ ބޮޑަށް ރަނގަޅުވާނެއޭ މަމެންނަށް ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ވަގުތު ދެއްވާދޭންވެ އަދި މަޖްލީހުގެ ރައީސްގެ ހިތް މިކަމަށް ހުސްވެ އެމަނިކުފާނުގެ ހިތުގައި ބިންވަޅު ނެގޭ ގޮތަށް ރާއްޖޭގައި ވެެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ބިންވަޅު ނަގާދެއްވާދޭންވެ

    1
    13
  11. ޖައްސާތި

    ވަގުތު އޮތް ބަޔަކަށް އޮތީއޭ ނެތް ބަޔަކަށް ނެތީއޭ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ އަށް ފުރޮޅާލަން އެންމެ ބޮޑަށް މަސައްކަތް ކުރި އެ ޚިޔާލު އާންމުންގެ ސިކުނޑި އަށް ވިސްނޭނެ އުސޫލުން ފުރަތަމަ ވެސް ފެއްޓެވީ އެއީ މިހާރުގެ މަޖްލީހުގެ ރައީސް ކެނެރީގެ ނަޝީދު އޭ މަޖްލީހުގެ ރައީސް ކަމުގައި ކެނެރީގެ ނަޝީދު އިންނަވާއިރު މިކަމަށް މަސައްކަތް ނުކޮށް އެކަން އެހެން މީހަކަށް ޓަކައި ދޫކޮޮށްލުން އެއީ ކުރެވޭ ވަރަަށް ބޮޑު އިހްމާލެކޭ ގައުމަށް މިކަން މަޖްބޫރުވާނެއޭ މިކަން ކުރަންވީއޭ ކެނެރީގެ ނަޝީދު އެއް ގޮތަކަށް ވެސް އެޒާތަށް ދަ ކަންޓްރީސައިޑޭ މެން ދައްކާ ވާހަކަ އަށް ނުޖެހޭނެއޭ މަމެން ދޫދޭން ނުޖެހޭނެއޭ ހަމަ ބަދަލު ކުރަންވީއޭ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ...

  12. ސޯލާސިސްޓަމް

    ބުއްޅަބެޔާކިނބުލާ ތީހަމައެކައްސެއް
    ދެން ލަލަލާ....

    45
    2
  13. އެމަންޖެ

    ސޯލިހާ އަންނިޔަކީ ވިހޭސުރެން ދެރަހުމަތް ތެރިން ހުރިހާކަމެއްވެސް ކުރަމުން އެދަނީ ދެމީހުންގެ ރޭވުން ތެރިކަމާއެކު.

    50
    2
  14. ވާނެއޭ

    ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަކީ އެއީ ރައީސް ގެ ޒިންމާ އެއް ނޫނޭ އެއީ މަޖްލީހުގެ މެމްބަރުން ބޭނުން ވެއްޖެނަމަ އެމެން ކުރަން ޖެހޭނެ ކަމެކޭ މަޖްލީހުގެ މެމްބަރުން އަދި މަޖްލީހުގެ ރައީސް އެކަން ކުރަން ބޭނުން ނަމަ މަޖްލީހުގެ މެމްބަރުން ނަށް އެކަމުގައި ފެންނަ ގޮތެއް ބަލަން މަޖްލީހުގައި ރަނގަޅަށް ލޮބީ ކުރުމަށް ފަހު ވޯޓަކަށް އެހުން އެއީ ރަނގަޅު ކަމެކޭ އެކަމަކު އެކަން ކުރަން ޖެހޭނީ ވަރަށް ރަނގަޅަށް އެކަމަށް ތައްޔާރުވެގެންނޭ އެއީ ވާނެ ކަމެކޭ ވާނެއޭ ވާނެއޭ...

  15. ޓުއިޓީ

    އެއީ ގަޓްހުރިހުރިކަމަކީ... ހަޖަމްނުވީ ދޯ ކޮމެންޓް ކުރާކުދީން.
    ސާބަހޭ ރައީސަށް.

    4
    41
    • ލަޓޯޓީސް

      ތިކަހަލަ ވާނުވާ އަތްޖަހާލާދީނީންނައް ފުރުސަތެއްނެތް

  16. ބަލާތި

    ފުރުސަތަކީ އެއީ މީހަކު ދިނީމަ ލިބޭ އެއްޗެއް ނޫނޭ އެއީ އަމިއްލަ އަށް ހޯދަން ޖެހޭނެ ފުރުސަތެކޭ އެގޮުތުން ބަލާއިރު ރައީސް އިބޫ ދީގެން ނޫނޭ ނުވަތަ ރުހިގެން ނޫނޭ ނުވަތަ ވަގުތު ދީގެން ނޫނޭ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ޖެހޭނީ ރައްޔިތުން ހޮވާފައިވާ މަންދޫބުން އެކަމަށް އާނބަސް ބުނެފިނަމަ ރީތި ގޮތަކީ ރައްޔިތުންގެ ވޯޓަކަށް ގޮސް ގެން ރާއްޖޭގައި ވެރިކަން ކުރަން ޖެހެނީ ކޮން ނިޒާމަކަށްތޯ ބެލުމޭ ރައްޔިތުންގެ ޚިޔާލަކީ ބަދަލު ވާ އެއްޗެކޭ މިފަހަރު ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނީ ބަރުލަމާނީ ނިޒާމަށް ކަމަށް ރައްޔިތުން ފާސް ކޮށްފާނެއޭ އެއިރުން އެނިމުނީއޭ ދެން...

  17. ފުލުސް މީހާ

    ސިފައި ން ނާ ފުލުހު ން ސަރުކާރާ ދެކޮޅަށް ނިކުމެދާ ނެ ކަމުގެ ބިރަށް ދައްކާ ވާހަކަ އެއީ، ސިފައި ނާ ފުލުހު ންގެ ތެރެ ޖަގަޑާ ވެއްޖެ ކަމުގެ އެއް ހެކި މިއީ.

    19
  18. މުސްތަޤިއްލު ދަރިވަރު

    ވެރީންނަށް އަބަދާއި އަބަދު މަލާމާތާއި ފުރައްސާރަ ނުކުރައްވަވާށެވެ. މިއީ ދިވެހިން މިއަދު ޤަބޫލުކުރަންޖެހޭ ދީނީ އަޚްލާޤެކެވެ. ވެރިންނަކީ އެބަޔަކަށް ރައްޔިތުން ހެޔޮ ދުޢާ ކޮއްދޭން ޖެހޭ މީހުން.... އެގޮތަކީ ވެރިންގެ ތައުފީޤަކީ ރައްޔިތުންގެ ތައުފީޤް. ވެރިން ސުލްހަ ވުމަކީ ރައްޔިތުން ސުލްހަ ވުމެވެ. ޔަޢްނީ މައިސޯބު އެނބުރޭ ގޮތަށޭ ކުދި ސޯބު އެނބުރޭނީ.....
    ވެރިންގެ މައްޗައް ނުރުހުމުގެ ތީރުތައް އުކާ ބަދު ދުޢާތަކާއި ބަސްތައް އަމާޒު ކުރުމަކީ ރައްޔިތުން ވެސް އަމިއްލަޔައް ރިިހޭ ފޮއި މައްޗައް ފަޔާ އެރުމެވެ..............ސަލާމް.....

    • ޝަފީއު

      ވެރިންނަކައް ހިތުހުރިހާގޮތަކައް ކަންކަން ކުރާކައް ދުލެއް ނުކުރެވޭނެ އެމީހުން ދީނައް ކުރާ ފުރައްސާރަ ނުހުއްޓުވާއިރު.

  19. އަހަރެން

    ގުޑް ކޮޕް ބޭޑް ކޮޕް ކިޔާ ބޮލީވުޑް ފިލްމެއް

  20. ޝާޑު..

    ރައީސް ޔާމީންވަނީ ބުރިޖް އަޅާ.. މާލޭ އިންޑަސްޓުރިއަލް ސަރަހައްދު ހިއްކާ ރަސްފަންނު ހަދާ ރަސްރަނި ބަގީޗާ ހަދާ ދަރުމަވަންތަ ހޮސްޕިޓަލް 27 ބުރިއަށް އަޅާ.. ހުޅުމާލޭ ދެވަނަ ބައި ހިއްކާ އަދި އެރާގައި 7000 ފުލެޓު އިމާރާތް އަޅާ އިންޓަނޭޝަނަލް އެޔާޕޯޓު ރަންވޭއަޅާ އަދި އެކުސްޕޭންޑުކޮއް.. އެތައް ރަށެއްގެ ބަނދަރު އަޅާ..ފެނާއި ނަރުދަމާ ސިސްޓަމް އަޅާ ހުޅުުމާލޭ ސުކޫލް އަޅާ.. މާލޭގައި އައު ބޮޑު މިސްކިތެއް އަޅާ ކުނީގެ ކަންކަން ހައްލުކުރަން ވެމްކޯ ހަދާ.. އިންސިނަރޭޓަރު ބަހައްޓާތަން ތިލަފުށީގައި ހިއްކާ އަދި އައްޑޫގައި ވީރާނާވެފަ ހުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކައް ބަދަލުކޮއް އަދި މާލޭގެ ބޮޑެތި މަގުތައް ތާރު އަޅަންފަށާ.. މަޖީދީ މަގު އަލުން ގާއަޅާ..ހާބަރު ސަރަހައްދު ރީތިކޮއް އެތާގައި ހުރި ކަޑަތައްނަގާފަ ފެންވަރު ރަނގަޅު ފުޑުކޯޓެއް އަޅާ އަދި މަހާޖައްރާފު ގެނެސްދީ އޮންލައިން ބޭންކިން ތައާރަފުކޮއް ފެންވަރު ރަނގަޅު ފައިސާގެ އާ ނޫޓު ތައާރަފުކޮއް އަދި އިސްލާމިކް ޔުނިވާސިޓީއެއް އުފައްދާފަ އެންމެ 5 އަހަރު ތެރޭގެ. މި ސަރުކާރައް 2 އަހަރުވާއިރު ޔާމީން ސަރުކާރުގެ 1 އަހަރުގެ މަސައްކަތްވެސް ނެތް ކުރެވުފަކާއެއް. ކަލޭމެން ހިތައް ސަހަރޯއޭ ހީ ނުވޭތަ.

    15
    1
  21. ހަސަދު

    އަނެއްކާ ރައީސް ޕާޓީ ބަދަލު ކުރައްވަން ވިސްނަވަނީތޯ. ހަމަ ޔަގީނުންވެސް އެމް.ޑީ.ޕީގެ އަގު ވައްޓާ ލެވިއްޖެ. އެމް.ޑީޕީގެ ތާއީދު ގެއްލުވާލައިފި. ގައުމު ހަލާކު ކޮށްލެވިއްޖެ. .

    3
    1
  22. އަލިބެއްޔާ

    ނޫސްވެރިންގެ މޮޔަ ކަމާއެވެ. އިބޫ އާއި އަންނި އަކީ އެކައްޗެކެވެ.

  23. ކަމަނަ ފ

    މީ ސަރުކާރާ އެންމެ ވަރުގަދަ ދެބާރުޖެހިފައިވާ ކަމުގެ ހެއްކެއްމީ ރައީސް ބިރުން ޅޮސްއުނދޯލި ހެއްލަނީ