ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަކީ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެކޭ ނުދަންނަވާނެ ކަމަށާއި އެއީ ބޭކާރު ބޮޑު ހަރަދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ސަރުކާރުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ބޮޑު ބައި ނިމިފައިވާ އިރު، ނުނިމި ހުރީ ވަރަށް މަދު މަސައްކަތްތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޝްރޫއު ފުރަތަމަ ޕްލޭންކޮށްފައި އޮތް ގޮތުން ފްލެޓުތަކުގައި ޓައިލްސް ނެތް އިރު، އެތެރޭގައި ދޮރުތަކެއް ނުހުރެއެވެ.

"އަޅުގަނޑުމެން ވިސްނިން އިތުރަށް ފައިސާ ހޯދައިގެން އެތެރޭގައި ޓައިލްސް ޖަހައި ދޮރުފަތްތަކާ އެއްޗެހި ކޮޓަރިތަކުގައި ލައި، ފާހަނާތަކުގައި ލާން. އެއީ ގާތްގަނޑަކަށް 43 މިލިއަން ޑޮލަރު. އެކަން ކުރާނަމަ، ނަގާނެ ވަގުތު. އަޅުގަނޑުމެން ނިންމީ މިހާރު އެ ހުރި ގޮތަށް އެ ހައްގުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން. ނަމަވެސް ގަބޫލުކުރައްވާތި، އެ ތަނަށް ވަންނަ އިރު، ކޮޓަރިއެއްގައި ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސްއެއް ނުހުންނާނެ. އެ ހާލަތުގައި އެ ތަން އޮންނާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް 23،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެއެވެ. ކުރީ ސަރުކާރުން ފްލެޓު ދިން ގޮތާ މެދުގައި އެތައް ބަޔަކު ޝަކުވާކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ފްލެޓުތައް މީހުންނަށް ހަވާލު ކުރީ "އޮޅުންބޮޅުން" ގަނޑެއްގެ ތެރެއިންނެވެ. އަދި އެ އެއްޗެހި "ސާފު" ކުރުމުގެ 90 ޕަސަންޓު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ކުރަމުންދާ މަސައްކަތަކީ ގޭގެއަށް ގޮސް، މިއީ ފްލެޓު ހައްގުވާ މީހެއްތޯ ބެލުމުގެ މަސައްކަތް ކުރުން. ކޮވިޑް-19 ގައި ފުރަބަންދަކަށް ދިއުމާ ގުޅިގެން ގޭގެއަށް ދިއުމަކީ ރަނގަޅު ކަމަކަށް ނުވި،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ފުރަބަންދަށް ފަހު، ރާއްޖެ ހުޅުވާލުމާ އެކީގައި ގޭގެއަށް ގޮސް ހާލަތު ބެލުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ހައްގުވާ މީހުންނަށް ފްލެޓު ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަކު، އަޅުގަނޑުގެ ހިތެއް ނުބުނޭ އެތަނަށް ވަދެފައި އޭގެ ތެރެއިން 80 ޕަސަންޓު މީހުން ވެސް އެތަނުގައި ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައި ގަބޫލު ކުރާނެއެކޭ. އަދިވެސް އަޅުގަނޑު އެކަން ގަބޫލެއް ނުކުރަން. އެހެންވެ އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން. ތިޔަބޭފުޅުންނަށް ދައްކާލަން ގެންދާނަން އެތަން. ބޭރަށް ވަރަށް ރީތި، ފޮޓޯ ނަގަން ވަރަށް ރީތި އިރުއޮއްސޭ ގަޑީގައި،" ރައީސް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތައް. --- ވަގުތު އިމޭޖަސް

"ނަމަވެސް މީހުން ދިރިއުޅޭކަށް އެންމެ ރަނގަޅު ތަނެކޭ އަޅުގަނޑު އަދިވެސް ނުދަންނަވާނަން،"

ރައީސް ވިދާޅުވި ގޮތުގައި އެ ތަނަށް ވަންނަ މީހުންގެ ތެރެއިން ގިނަ މީހުން އެތަން ދޫކޮށްފައި ނުކުންނާނެއެވެ. އެކަމަކު، އެހެން ގޮތެއް ނެތީމަ، އެތަނުގެ ތެރޭގައި ވެސް ބަޔަކު ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް އެއިން ޓަވަރެއްގައި އުޅޭނެ 5،000 އަށް ވުރެ ގިނަ މީހުން. ތިން ލިފްޓު އިނީ މީހުން އަރާ ފައިބަން ޓަވަރެއްގައި. އޮފީސް ގަޑިއެއްގައި، ސްކޫލަށް މީހުން ގެންދާ ގަޑިއެއްގައި އެ ލިފްޓުތައް ބޭނުން ކުރާނީ ކިހިނެއް؟ ދެ ގަޑިއިރު ކުރިން ކިއު ޖައްސަން ޖެހޭނެ. ދެ ގަޑިއިރު ކުރިން ކިއު ނުޖައްސާ ލާހިކެއް ނޫން ފައިބައިގެން އޮފީހަށް އަންނާކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގު 11،000ރ. އަށް އަރާނެ ކަމަށެވެ. އެހެންވެ، މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް އެތަން ނިންމައި ހައްގުވެރިންނަށް ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ފެށި އެ މަޝްރޫއަކީ ބޭކާރު، ބޮޑު ހަރަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

111 ކޮމެންޓް

  1. ރައްޔިތުން

    އެކީއްވެބާ.. ތި ތިހާވަރަކުން ތި ނުދޭންވެގެން ތި އުޅެނީ..

    164
    3
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

      50
      • ދުޅަވެބެ

        މުއިއްޒު އަޑު އަހަން އިތުރަށް އޮތީ ކޮން ވާހަކައެއް.. ކެމްޕޭނަށް ވޯޓު ހޯދަން ނަމެއްގަ ބޭރު ރީތިކޮށްފަ ފްލެޓްތަކެއް ހަދާ ބަހާފަ އޭގެ ކުރިން ސަރުކާރުން އަޅަން ފަށާފަ ހުރި ރީތި ތަނަވަސް ފްލެޓްތައް މެޑަމްގެ ކޮމާންޑްގެ ދަށުން ތިމުއިއްޒާއި ޔާމީނުގެ އަޚްވާނުންނަށް ދީފަ ދެން ކޮން ވާހަކައެއް..އަހަރެން މަންމައަށްވެސް އެގޮތަށް ފްލެޓް ލިބުނީ އުޅޭނެ ގޮތެއް ނެތިފަ ހުއްޓަކާނޫން..ހަޤީޤަތް ވާނީ ހަޤީޤަތަށް..އަނގައަރުވާތީ ކެތް ނުވެގެން ބުނެލީ...

        1
        11
        • ހެޔޮފުލެޓް

          ކަލޭގެ މަންމަޔަށް ލިބުނީ ނަހަލާލުން ލިބުނު ފުލެޓެކޭދޯ ތިބުނީ.....ދެންކީއްވެ އެތާ އެތެރޭގަ ދެފައި ދަމާލައިގެން ތި އޮންނަނީ....ތަންދޫ ކޮށްލާފަ ރަށަށް ދާންވީނު......ކެތްނުވެގެން ބުނެލީ....އެއްޗެކޭ ހީނުކުރާތި

    • Anonymous

      އެނގޭ ކަމަކީ، 7000*6500 ހެދީމަ 45،500،000.00 ގެ ރުފިޔާ ދައުލަތަށް ލިބޭނެކަން. މިފައިސާލިބޭނަމަ ރައްޔިތުންނަށް ދެވޭ ޚިދްމަތްތައް ރަނގަޅުވެފައި، ދައުލަތުގެ އާމްދަނީ އެތައްތަނެއް ރަނގަޅުވެގެން ދާނެ. މިހާ ބައިވަރު ފައިސާ ލިބެން އޮތްއިރުވެސް މި ނުހޯދާ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ހިޔާ ފްލެޓްތައް ނުދީ މިތިބެނީ މިތަންތަން ދީފިނަމަ، 45.5 މިލިއަން ރުފިޔާގެ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް މިސަރުކާރަށް ލިބޭނެތީ. މަށަށް ލަފާކުރެވޭ މިގެއްލުމަކީ، މިސަރުކާރުގެ ދޮގުވެރިކަން ރައްޔިތުންނަށް އެނގި ލޯކަލް ކައުންސިލް އިންތިހާބުން މިމީހުން ފެއިލްވުންހެން.

    • ބީރުމީހާ

      ބޭރު އެހާރީތިއިރު އެތެރެ ހާދަހާވާ ފުރިހަމަވާނެދޯ

  2. ދޭންވީނު

    ދެންތިހާސަރުނުކިޔާ ތިފުލެޓުތަކުގެވެރިންނައް ފުލެޓުތައް ދޭންވީނު ކީއްވެތަ ނުދީތިހިފައްޓަނީ

    160
    2
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

      30
      1
    • ނާރު

      ތީގެން އިގެނީ އިބޫގެ ހިތުގައިވާ ހަސަދަ ތިމާ މާ މަޑުމައިތިރި މީހަކަށްވެގެންހުރެ މީހުންނަށް ހަސަދަ ލައުގެންއުޅޭކަން

      5
      1
  3. ޓްރަމްޕަޓް

    ނި ކަމެތި ރައްޔިތަ ކަށް ލުޔެއް ލިބިދާނެ ކޮންމެ ކަމަ ކީ އެމްޑީޕީދެ ކޭ ގޮތުން ބޭ ކާރު ކަމެއް.

    160
    2
    • Anonymous

      ހިސާބު ހަދާލަބަލަ. ކޮންމެ ބިލްޑިންގ އަކުން އޮފީހަށްދާން ތިބޭނީ 500 މީހުން. ގިނަވެގެން. އެންމެން އެއްފަހަރާ އެއްގަޑިއެއްގައި ލިފްޓަށް އަރަން އައިސްސި ނަމަ 500މީހުން 2 އަށް ބަހާލާ. 250 މީހުން. ލިފްޓުގެ ދަތުރެއްގައި ގިނަވެގެން ނަގާނީ 3 މިނިޓް. ލިފްޓަކަށް 12 މީހުންނަށް އެރޭ. 20 ބުރު ޖަހަން ޖެހޭނީ. 1 ގަޑި އިރު ތެރޭގައި ހުސްވާނެ. ކޮބައި މައްސަލައަކީ؟ މިއީ ޑުބާއި މެލޭޝިޔާ ތަނތަނަށްވުރެވެސް އަވަސް ރޭޓެއް. ހިޔާ ފްލެޓްތައް މާފުރިހަމަ.

      10
      • ގަޓު

        ގަޓއެތަން ހުރީ ނިމިފަ

  4. ބޯގޯސް

    މި ކޮވިޑް ތެރޭގަ މި ސްޕީޗް ތޯއްޗެ ދަސް ކުރަން މަސައް ކުރީ ބޯހަލާ ކު ބްރިޖްވެސް ހޮސްޕިޓަލްތައްވެސް ފްލެޓް ތައްވެސް ބޮޑު މުސީބާތަ ކައް މިމީހުނައް ވެފަ މިއޮތީ ބޮޑު ބަލާއެއް ކަހަލަ ބައިގަނޑެއްމީ

    160
    2
  5. ރެފިއުޖީ

    މަނިކުފާނާނަށް ވެދުން ސަލާމް އަށްފަހު ދަންނަވަން
    ތަނަވަސް ފުރިހަމަ ފުލެޓެއް އަޅުގަޑަށް ހިލޭސާބަހަށް ދެއްވުން އެދެމެވެ.
    ޢަޅުގަޑަކީ މިހާރު ރެފިއުޖީއެއް އެހެން މިދެންނެވީ ދަފުތަރުގެ ދާއިމީ ލިޔުންކޮޅެން ނުލިބޭ ވަގުތީ ލިއުން އޮންނަނީ ދަފްތަރުގެ ދާއިމީ ލިޔުން ލިބޭނީ ކިހިނެއްތޯވެސް ދަންނަވަން.

    119
    1
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

      12
  6. ޙހހހ

    ބަލަ ދަރުމަވަންތަ ހޮސްޕިޓަލްވެސް އަލިފާން ފޮއްޓެކކކ ކޭ ބުނީމެންނު ، އެއިރަ ކު އޮންނަ ސަރު ކާރަކުންނޭ ބާ ކީ ކަން ކަން ކުރަންޖެހެނީ

    132
    4
  7. މުހައްމަދު

    އެހެން ވެއްޖެއްޔާ ކޮތަ ރު އުޅެންވެސް ތަ ރައްގީގެ ބާނީ ރައީސް ޔާމީނުގެ ދު ރުވިސްނުންފުޅާ އެއްގޮތަށް އެފުލެޓްތަށް ލިބޭނެކަމުގެ ލިޔުން ލިބިފާވާ ފަ ރާތަކާ ހަވާލުކު ރޭ..
    ބޭކާ ރު އަނގަނުތަޅާ...
    ތިޔާއުޅެނީ އެތަންތަން ޕާޓީގެ މީހުންނަށް ނުދެވިގެން...

    133
    1
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

      11
  8. ބިލެތުގެ ދާމޫގަނޑު

    ތަނަވަސް ފުލެޓު ކޮޅެއް އަޅާލާފަ ހިލޭ ބަހާލަންވަރަށް ފެނޭ...
    އެއީދެންއެހާބޮޑުކަމެއްވެސް ނޫންވިއްޔަ ކުރަންއުޅެފިއްޔާ

    115
  9. މަރީ

    ކޮބާ ހިޔާ ފްލެޓް ލިބުނު ކުދިން ދެން ފްލެޓް ހަނދާން ނައްތާލާފައި ތި އުޅޭ ދަތި ހާލުގައި ބޮޑު ކުލި ދީގެން އުޅެންވީ. ޢިތުރު ގޮތެއް ނެތް... ނުސީދާ ކޮށް ރައީސް އެބުނީ ނުލިބޭނެ ކަމަށް.

    114
  10. ސަމިި

    ތިޔަ އުޅެނީ އެތަން ގޯސްވެގެންނެއް ނޫން ތިޔައުޅެނީ ހަމަ ގަންނަ ލަދެއްގެ ބޮޑު ކަމުންނާ ހަސަދައެއްގެ ސަބަބުން ޙަޢީޤަތް ޤބޫލު ނު ކުރެވިގެން. ކުޑަކ ކުދިން ދައް ކާ ކަހަލަ ވާހަ ކަ ތިޔަ ދައް ކަކނީ. ދުނިޔޭގަ ކޮން އިމާރާތެއްތޯ ހުރީ ހުރިހާ އެންމެން ނަށް އެއްވަގުތެއްގަ ލިފްޓް ބޭނުން ކުރެވޭ. ބަަލަ ދުނިޔޭގަ އެއްވެސް ހޮސްޕިޓަލެއް އެބަހުރިތަ އެތަނެއްގެ ހުރިހާ ރައްޔިތުންނަށް އެނދު ހަމަވާ. ކޮސްވާހަ ކަ ނުދަައް ކާ

    128
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

      11
  11. ފުނަފޫުނަފޫ

    ކަލެއައް ކަމުނުދިޔަކަސް މައްސަލައެއް ނެތް ކަމުނުދައްޏާ އެފުލެޓުތައް އެޅިރައީސް ދޭންނިއްމިގޮތައް ދޭންނުކެރިގެން ތިތެޅެނީ ކޮންކަމަކާހުރެތަ ކަލެއައް ކަމުދާގޮތައް ފުލެޓުތައް އަޅާފަ ފުލެޓުތަކުގަ ރީނދޫކުލަ ލާފަ ރީނދޫޕާޓީކުދިންނައް ދީބަލަ އަހުރެމެން އޯކޭއޭ ބޭކާރު އަނގަނުތަޅާ

    103
    • ގަޓު

      އެތަން ހުރީ ނިމިފަ އެއް ނޫނޭ ބުނި. މުށި ނުޖަހާ ހުރި ކަމަށް ރ.އިބޫ ބުނީ، އެތަން އޭނަ ބެލީބާ! ނޫނީ މަގޭ ލޯ ޓެސްޓު ކޮއްފަ އަލުން އެފުލެޓުތައް ބަލަން ދާން ވީ

  12. ބުއްޅަ އެކްސް

    ދެން މިކޮތަރު ކޮށި ތަށް ހައްގުވެރިން ނަށް ހިލޭ ދޭންވީނު ތަނަވަސް ރީތިތަންތަން ހަދާފަ ދެން ކުޑަ އަގެން ނަގާނީ ެ.
    ޢެކަމު މިކޮތަރު ކޮށިތަށްދޭންވާނީ
    ހިލޭ ދިރި އުޅެން ކުމުނުދާތަނަކުން އަގުނަގަން ހެޔޮވެސް ނުވާނެެެ

    94
    1
  13. ޙަލީ

    ތިޔަ ވިދާޅުވި ވާހަކަތައް ބުއްދީގެ ހަމަތަކުން އަދި ޤަބޫލެއް ނުކުރެވޭ، އެތަނުގެ މަސައްކަތް ޙަވާލުކުރި ފަރާތާ ޙަވާލުކުރީ ހަމައެކަނި ހަތަރު ފާރު ރާނަންތޯ، މިހެން މިދެންނެވީ އެ ޕްރޮޖެކްޓް ޙަވާލުވި ފަރާތުން އެމަސައްކަތް ކޮމްޕްލިޓް ނުކުރާނަމަ އެހެން ފަރާތަކަށް ދީގެންވެސް އެކްން ނިންމަންޖެހޭނެނޫންތޯ.

    83
  14. މާލެ ބޭބެ

    ރައީސެވެ. އެއްވެސް އިމާރާތެއްގެ އެތެރެ ހުންނަނީ 4 ފާރާއި ފާޚާނަ ތަކެވެ. އެތެރެ ރީތިވާނީ އެތަނުގެ އެތެރެ ލިބޭ ބޭފުޅުން ޑެކޮރޭޓް ކުރާ ގޮތަކަށް.. 100% އެތަނުގެ ކޮލިޓީ ހުންނާނީ ރަގަޅަށް... އިތުރުފުޅު ހަދާ ފޮލާ ނުކައްކާ އެތަންތައް ލިބި ދިވެހިރާއްޖޭގެ ގެޒެޓް ކުރެވުނު ރައްޔިތުންނަށް ފުލެޓްތައް ދެއްވާ . ރައީސްގެ ތެދުވެރި އިހުސާން ތެރިކަމަކީ އެއީ..ހައްގު ނިގުޅާނުގަނޭ.. ރ.މައުމޫން.. ވިލިގިލިން ދެއްވިބގޯތިތަކާއި. ރ. ނަޝީދު ހުޅުމާލެއިން މާލޭގެ ބައެއް ރައްޔިތުންނަށް ދެއްވި 265 ގޯތި އެއީ ހަމަ ހަމަ ހައްގު ތޯ... ބިން ހިއްކަނީ ހުރިހާ ރައްޔިތުން ދަރާއިގެން... ހުޅުމާލެއިން އެއްވެސް ގޯއްޗެއް ރާއްޖެތެރޭ އެއްވެސް ބޭފުޅަކަށް ނުދެއްވާ...އެއީ ކޯޓް ފަހާފަ އޮތީ އެކްޓިވިސްޓުންނަށް.. ޚޮދު މަނިކުފާނު ވެސް ބޯހިޔާ ވަހިކަމަށް ބޭނުންވޭ. ކިތައް އަހަރުތޯ އެމް އެސް އެލްގެ ދުވަސްވެ ބާވެފަހުރި ފުލެޓެއްގައި މަންމާފުޅާއެކު އާއިލީ ތިއްބެވީ... ފުލެޓްތައް ދެއްވާ...

    84
    1
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

      9
      1
  15. ޓ

    މަނިކުފާނު...ހިސާބު ހައްދަވަނީ ކިހިނެއްތޯ...މީ ހެދުނު 8 ޖާހާއިރު ވެލާނާގެތޯ... ޥަޒީފާއަށް ދާނީ ކިތައް މީހުންތޯ
    ޢެވާހަކަ ވިދާޅުވިއިރު ހުންނެވީ ކޯފާވެފަ
    ތިހާކަމުނުދާތަނެއް ކީވެގެންތޯ ދެއްވަން ތިޔަ އުޅުއްވަނީ

    78
  16. Anonymous

    ރައީސް ޔާމީނަށް އޮތް ހަސަދަވެރިކަމުން ދައުލަތަށް ތި ގެއްލުވާަލަނީ މަހަކަށް. 4.2 މިލިއަން ރުފިޔާ. މަށަށް ހީވަނީ، ކަލޭމެން އެތަންތަނާ ގުޅޭގޮތުން ތިހަދާ ދޮގުތަށް ފަޅާއަރާފާނެތީހެން.

    91
  17. ހހހހ

    ދެން މިހެން ހަދާބަލަ. އެތަންތަން ލިބޭ މީހުންގެ ތެރެއިން އެތަންތަނުގަ އުޅެން ބޭނުން ނުވާ މީހުންނަށް ތަން ދޫކޮށްލެވޭ ގޮތަށް ބާއްވަބަލަ. ތި އިބޫމެންނަކީ ޓައިޓެނިކަށްވުރެ ބޮޑެތި ދޮގުހަދާ މީހުންވީމަ ބުނާ އެއްޗެއް ގަބޫލުކުރަން ހެޔޮނުވާނެތީ ހަމަ ޝައްކުކުރެވެނީ.

    76
  18. ޙައުލާ

    7000 ފްލެޓްގެ ލިޔުން ލިބިފަ ތިބި މީހުން ގޮސް އެތަންތަނަށް ވަންނަން ހިނގާބަލަ. މިސަރުކާރަކަށް އެތަންތަން ހަވާލުކުރާކަށް ނުކެރޭނެ. އެމީހުންގެ ސޯޓްބޭލޭނެ. ހަދަމުންދާ ދޮގުތަށް ފަޅާއަރާނެ.

    84
  19. Anonymous

    ހުސް ބަހަނާ. ތިތަން ހަވާލުކުރީމަ މީހަކު އެތަނުން ނުކުމެއްޖެއްޔާ ކަލޭ ތިކިޔާ ލަވައިގެ ހުރި ތެދު ދޮގު އެނގިގެންދާނެ.

    77
  20. ތިމަންނަ

    މާދަމާ ޕްރޮފެސަރ އަދުރޭ ބުނާނެ އަހަރުމެން އެ ތަން ހެދިއިރު އެހާ ކުޑައެއް ނުވާނެއޭ ކޮންމެ ޓަވަރެއް ގައިވެސް 6 ލިފްޓް އިންނާނެއޭ.....

    2
    91
    • Anonymous

      2 ލިފްޓް ފުރިގެންް ކަލެއަށް އޮފީހަށް ނުދެވުނީދޯ؟ ދެން 10 ލިފްޓް ލާފަ އިބޫ ހެދި 2000 އަކަފޫޓްގެ އެޕާޓްމަންޓަށް ބަދަލުވަންވީނު. އިބޫ ހެދި ތަންތަން ބޮޑެތިވެފަ ފުރިހަމަކަމުން އެތަންތަނަށް ދާނެ.މީހަކު ނެތީތަ؟ ބުރާްތިތަކާ އިބޫއަކީ އަސާސީ ތައުލީމު ފެންވަރުގެ މީހެއް. ގައުމެއްގެ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް އުފެދުނު ހަސަދައިން އަތުން ފައިން ގޯސްހެދި 40 އަހަރު ފަހަތަސްގޮސް އިގްތިސާދު ނެތިދާއިރުވެސް ގޮތްދޫނުކުރައްޗޭ.

      87
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

  21. މުހައްމަދު ޝާހް، ރ.ވާދޫ

    ބޭކާރު އަނގަނުތަޅާ ތި ދެވޭތޯ ބަލާބަލަ. ޕާޓީކުދިންނަށް ދޭންވީމަ ތި ބަރާބަރުވާނެ. ކަމެއް ނުވާއިރު އަދިވެސް އެހެން މީހުން ކޮށްފަހުރި ކަންކަމަށް އަދި ފާޑުކިޔައޭއެބަ. ކަލޭމެނަށް އެޅުނު ފުލެޓެއް، ހިންގުނު ބޮޑު ޕްރޮޖެކްޓެއް ދައްކަބަލަ. މުޅިން މިކަހަލަ ބޭކާރުއަނގަތަޅާ މީހެއްމީ.

    68
  22. ކުޑަބެ

    ކަލޯ ތިހެން ކީ ދަރުމަވަންތަ ހޮސްޕިލަ ކީވެސް
    ކޮން ކްރީޓް ހޮހަޅައެ ކޭ، އަޅެދޯ ނެތް ކަމުދާ އެއްތަނެއްވެސް " ބަލާލަން މަލަމަތި ރީތި" ތަންތަން ހުރީ ހައްތަހާވެސް، އެ ކަމު " ބަދަލު" ދޭންވީމަ ތަނެއް ދޮރެއް ބަލާލުމެއް ނެތް އެންމެ ކުޑަ މިނުން ކިހިނެއް ހިގާފަ އޮތް ކަނެއްތޯވެސް ބޯހަލާ ކު
    ކކކކ

    67
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

  23. ޢަލީ

    އޯކޭ ރައީސް އަޅުގަނޑު މެން ބޭނުންވޭ ތިފުލެޓް ތައް ....
    ބޭނުން ވާބަޔަކަށް ދީ ތިކަންތައްވެސް ނިންމާ ބޭނުންނުވާ ބަޔަކަށް ކަމުދާގޮތަށް ފުލެޓް އަޅާދީ....

    62
  24. ޢަލިބެ

    ކުރީގެ ސަރުކާރުންހެދި އެއްތަނެއްވެސް ކަލޭމެންނަކަށް ކަމަކުނުދާނެ. ތީ ދައްކާ އާވާހަކައެއްނޫން. ތިޔަ ރައީސްނު ހުޅުލޭގައިހަދާ އާ ޓާމިނަލްގެ ކުރެހުން ނެތޭ ވިދާޅުވީވެސް. ބަޔަކަށް މަސައްކަތެއް ޙަވާލުކުރާއިރު މަސައްކަތުގެ ތަފުޞީލު ކުރެހުންތަކާނުލައި ކޮންބައެއްބާ މަސައްކަތާ ޙަވާލުވަނީ. ބިންލާދިން ގުރޫޕުގައި ތިބީ މޮޔައިންކަމަށް ހީކުރެވެނީތަ؟ ދެން މޮޅުމީހުންގެ 5 އަހަރު މޮޅުތަންތަން ހަދާބަލަ. ތިމާމެންނަށް ކަމެއްނުވާ ޙާލުގައި އެހެންމީހުންކުރި މަސައްކަތަށް ފާޑުނުކިޔައި ކަމެއްވޭތޯ ބަލަންވީނު.

    62
  25. Anonymous

    އެމްޑީޕީ މީހުން ގަބޫލުކުރާނެ އެ ފްލެޓްތަކުގެ މަތީގައި ސީޓެއް ފުރާޅެއްވެސް ހުންނަގޮތަކަށްނޫނޭ ރ.ޔާމީނުސަރުކާރުގައި ފްލެޓް ހަދާފައިހުރީ ބުންޏަސް، ދެން ކީކޭ ބުނާނީ. ރ.އިބޫސާލިޙުގެ ބޭނުމަކީ ރ.ޔާމީނުގެ ތަރައްގީއަކީ ނެތްއެޗަކަށް ރައްޔިތުންނަށް ވިސްނާދިނުން، ރަނގަޅަށްވިއްޔާ ޓެއިލްސްއާއި ދޮރުފަތް ލާން ބަހައްޓާފައިހުރި ބަޖެޓް މިސަރުކާރުގެ ބައިގަޑު އެތިބީ އެއްކޮށް ދިރުވާލަެިގެން. އަދި އިރުކޮޅެއްނުވެ ޑރ.މުޢިއްޒު ތަފުސީލު ކިޔާދޭނެ، ރައްޔިތުން މިތިބީ އަޑުއަހަން ތައްޔާރުގަ

    61
  26. ކުރެދި

    އިބްރާހީމާ ނޫންތޯ ވިދާޅުވީ އެއަރ ޕޯޓް ޓާމިނަލް އަޅަނީވެސް ޕްލޭނެތް ނެތި ކަމަށް. އެހެން ވީމައި ތިބޭފުޅޭ ދައްކާ ވާހަކަ ގަބޫލް ކުރާނީ ކައިރީގައި ތިބޭ މަރުމޯލުން. އަހަރުމެން މިހާރު މިތިބަ ތަނަށްވެސް 17 ހާސް ދީގެން މި އުޅެނީ އުޅޭ ހިތަކުން ނޫނޭ. ތި ތަންތަން ނިންމާފައި ދީބަ. ހެޔޮނުވާނެ. ޔާމީން ހިންގެވި ބިޔަ މަޝްރޫޢުތަކައި މޭވާ އަޅާތަން ފެނުނީމައި ހަޖަމް ކުރަން ދަތިވާނެ.

    70
  27. ޝަމީން

    ތީ ހުސް ދޮގު.. ހިޔާ މަޝްރޫތަކުގައި ޑިޒައިންކޮއް ފާސްކޮއްފައި ކޮންޓުރެކްޓު ދެނީ އިމާރާތް ޔޫޒަބަލް ކޮއް އަދި އޭގެޒާތުގައި ދިރިއުޅުމައް ފަންކުޝަނަލް އެއްޗެއްގެ ފެންވަރައް ނިންމުމައް ކޮންޓުރެކްޓު ކުރެވިގެން. އެއީ އެޗްޑީސީގެވެސް އަދި ހައުޒިންގެ ވެސް މިންގަނޑުތަކައް ފެތިގެން. ބޮޑައް ލަފާކުރެވެނީ ހިޔާ މަޝްރޫއައް ދޭންޖެހޭ ފައިސާތަކުން ބަޔެއް ސަރުކާރު ހިންގަން އުނިކޮއްލީހެން.

    20
  28. ނަވީން

    ރައްޔިތުންގެ ބޯހިޔާވަހިކަމައް ކުރެވޭ ޚަރަދަކީ އެއްވެސް ދުވަހަކު ބޭކާރު ޚަރަދަކައް ނުވާނެ.. ސޯލިހު ތިއުޅެނީ ކީކޭ ކިޔާނަމޭ ހިތައިގެންތަ.؟

    61
    • Anonymous

      ރައްޔިތުންަށް 7000 ފުލެޓް އަޅައިދިނީމަ އެސޮރު އެހެރީ ނިކަން ރުޅިއަރައިފަ. އޭނަ އަޅާފަހުރި ބޮޑެތި ފުލްޓްތަކަށް ވަންނާނެ މީހަކު ނެތިގެން އެއުޅެނީ.

      66
  29. އަހަން

    ކިހާ ދެރަކަމެއްތަ މީދެން ބަލަ ހެވޭ ކުޑަޔަކަސް.ތިޔަ ފްލެޓްތައް ކުޑަވީމަވެސް ކީއްވެގެންތަ 6000ރުފިޔާއަށް ނުދޭން ތިޔަ ހިފާއްޓަނީ؟؟
    ކުޑަވީމަވެސް ބޮޑު އަދަދެއް ނަގަން ޖެހޭދޯ؟
    ކުރީސަރުކާރުން ފިނިޝިންއަށް ފައިސާ ހަމަޖައްސާފައިއޮތް .ދެން ކަޓުނަގަން ވެގެން އަމިއްލަޔައްދޯ ތިޔަކިޔަނީ އެވަރަކަށް ނުދެވޭނެޔޭ .އެތައްބަޔަކު އެބަތިބި ތިޔަތަނަށް ދާންބޭނުންވެފަ.
    މިހާރު ވަރަށް ހީވޭ ތިތަނަށް ބާރު ފޯރުވަނީ ތިޔަ ޕާޓީ ކުދިންހެން.

    50
  30. ކުޑަބެ

    ޢަޅެ ކަމުދާ އެއްތަނެއް އެބަހުރި، ތިޔާ ގޮތަށް ކީ ދަރުމަވަންތަ ހޮސްޕިޓަލަ ކީވެސް ކޮން ކޮރީޓް ހޮހަޅައެ ކޭ، އެ ކަމު މަނި ކުފާނު ޕާޓީ ކުދިން މިހާރު އެ ދައް ކަނީ އެތަން ފުރިހަމަ ވާހަ ކަ، އިއްޒަތްތެރި މަނި ކުފާނު އިތުރު ވާހަ ކަ ދެންދައް ކަވަން ނުހައްދަވާ، ކެނެރީގެ ނަޝީދު އެދޭގޮތަށް ނޫން ގޮތަ ކަށް އެއްވެސް ކަމެއް ކުރާނެ ހިއްވަރެއް މަނި ކުފާނު ކިބަޔަ ކުނެތް، އުންމީދު ކުރި ގޮތަ ކަށް ނޫން ކަންތައް ތި ކުރައްވަނީ،

    42
  31. ބަސްނާހާ

    މޮޅުވާހަކަނޖުދައްކާ އެތަނުގެ އެތެރޭގެ ފޮޓޯއެއް ނުވަތަ އެތަނުގެ އެޕާޓްމެންޓެއްގެ ކިރެހުމެއް ދައްކާލަބަލަ. ސިޔާސީ މީހުން ދައްކާވާހަކަ ގަބޫލުކުރުން އެއީ މޮޔަކަމެއް. އަމަލުން ދައްކާ. މާއްދީ ހެކި ދައްކާ. ބުރިޖް ފެންނަން އެބޮތް. އެއާޕޯޓްތަށް ފެނޭ. 7000 ފްލެޓް ފެނޭ. 2500 ފްލެޓް މިސަރުކާރުން ހުއްޓުވާލީ. ދައުމަވަންތަ ފެނޭ. ހަދާފަހުރި މަގުތަށް ފެނޭ. ކޮރަޕްޝަންހިންގި މީހުން ޖަލަށް ލީތަން ފެނޭ. މަނިކްފާނު ދައްކަވަން އޮތީ ކޮން ހެއްކެއްތޯ. 2 އަހަރުން ޔާމިން ބްރިޖެއް ނިންމާލި. މަނިކުފާނުގެ ވެރިކަމުގަ ދެއަހަރުވާން ކާރިވެފައި ވަނިކޮށް ބިންގާއެޅުނީ ކޮންތާކުތޯ. ނިންމާލެވުނީ ކޮން ޕްރޮޖެކްޓެއްތޯ.

    60
  32. މޯޑް

    ޢެހެންވީރު ކކކކކބިލިއަންު ރުފިޔާ ބަހާހުސް ކުރުމުގެ ބަދަލުގައި ރެލާރިން، ރަގަޅު ބޮޑެތި ފްލެޓް ތަ ކެއް ތިޔަބޭފުޅާ އައަށް މިވުޖޫދައް ގެނެސްނުދެވުނީ ކީއްވެތޯ؟ 10000ފްލެޓް ކީ ކުރަންތޯ އެންމެފްލެޓްވެސް މިވެރިކަމުގައި ހަރަދުކޮށްގެން ނޭޅޭނެ، މިހާރުވެސް އަޅަންތިކިޔާ ފްލެޓތަކަކީވެސް ކުރީގެސަރުކާރުން ފަންޑިންހަމަޖެހި ކޮންޓެކްޓަރ އާއި ހަވާކުރެވި ބައެއް ތަންތަނުގެ އަމަލީމަސައްކަތްވެސް ފެށިފަހުން މި ފެއިލިވެފައިވާ ސަރުކާރުން މަސައްކަތް،ހުއްޓްވި ފްލެޓްތައް...އޮޅުވާލިޔަސް ބޮޑްވަރު/އަދި ބުނަންތަ ތިޔަބައިގަޑަށް ތާއީދުކޮށް އަތްޖަހާ މީހުން މިދިޔަ ސަރުކާރުން ހޮވި ފްލެޓްލިސްޓްން އުނިކޮށް ބޮޑެތިފްލެޓް އަޅައިފައި އެމީހުންނަށްދީ<<<< އަހަރެމެން ހިޔާފްލެޓްތައް އަވަައްބަހައިލައިދީ

    22
  33. ޢަފްލާ

    ބަރަބޯ ވެެިކަމއް އެެރި އިރު ނުނިމި ހުރި ފްލެޓްތައް ކަލޯ ގަޔާ ބަރަބޯ ސަރުކާެުގަ ޖެހޭނީ އެތަން ނ8ންމަން ކޮން ބޭކާެު ވާހަކައެއް ޗައިނާއިން އެތަން ނިންމާނީ ކަލޭމެންގެ ކިބުރުވެރިކަން ފެނި ފަ

    34
  34. Anonymous

    ހިޔާ ފްލެޓް ތަކަކީ ތިމަންނާގެ ކަރުގަ ޖެހިފަ އިން ކައްޓެއްކަހަލަ ތަނެކޭ ބުނިނަމަ؟ އެތަންތަނުގއި ބަގުޑި ބައްދައިގެން ތިހުންނަނީ ކަލެމެނަކާ ބެހޭތަނެއްނަމަވެސް އެންމެ ރަނގަޅެއްނު. އެތަންތަން ރައްޔިތުންނަށް ނުދެނީ ހަދަމުން ތިދާ ދޮގުތަށް ފަޅާއަރާނެތީ. އިބޫގެ މަގްބޫލުކަން ރައްޔިތުންގެ މެދުގައި ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުން. އިބުނު ސައްޔާދުކަހަލަ ދޮގުވެރިއެއްކަން ރައްޔިތުން ގަބޫލުކުރަން ފަށައިފި.

    54
  35. ވަގު ޖަޒީރާ

    ކަލޭ ކާރީ ކާކު ބުނީ ޔާމީނުގެ ފްލެޓްތަކާ ބެހެން ، އަނގަމަތީ އެތިފަހަރަކުން ލަނޑާލާތޯ އެބަލަނީ ???? މާލޭގައި މަގުމަތިވެފައިވާ އެތައް ދިވެހިން ތަކެއް މާޔޫސްވެފައި ވާތަން ކަލެއަށް ނުފެންނީބާ؟

    56
  36. ކިނބޫ

    މިވަރުގެ ލަދުހަޔާތް ކުޑަބަޔަކު މިއުޑުދަށަކު ނުތިބޭނެ މުޅިންވެސް މަސަތްކަތް މިކުރަނީ ކުރީސަރުކާރު ބަދުނާމު ކުރެވޭތޯ ތިމާމެންނައް ކުރެވުނު އެއްކަމެއްވެސް ނެއް ހަމައެކަނި މިސަރުކާރުން ކުރާކަމަކީ އެކިގޮތްގޮތުން ގައުމު ދަރުވާލާ ވައްކަންކުރުން މިހާރު ހުރިއްޔާ ހުރި ފަންޑެއް ދިރުވާލައިފި އަދިވެސް މިތެޅެނީ ރައްޔިތުން ގުނބޯ ހައްދަން.

    56
  37. ހަމަދު

    ރައީސް ވިދާޅުވީމަ ތިޔަތަން ބަލާފަ އެއްޗެއްބުނެވޭނީ. ތިޔަވަރަށް ވިދާޅުވީމަ . ކަންބޮޑުވޭ އަސްލުވެސް

    12
    35
  38. ގަމަރުލްބަތޮހާ

    ބަލަ ކަލޭ ނޫންތަ ބުނީ އެއީ ކުކުޅު ކޮށިތަކެކޭ؟ އެކަހަލަ ކަމެއް ކަލެއަކަށް ނުކުރެވޭނެ!

    46
  39. Anonymous

    މިކަލޭގެމެން ރ.ޔާމީނު ބޮލުގަ ވަގުއަޅުވާފަ ޖަލަށްލީމަވެސް ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނަށް އޮތްތާއީދާއި ފެންނަންހުރި ތަރައްގީގެ ވަރުގަދަކަމުން ހަސަދަވެރިވެގެން އެއުޅެނީ، އަންނަދައުރަށް ވެރިކަމަށް ނުހޮވޭނެތީވެސް ބިރުއެބަގަނޭވިއްޔާ، ދަރުމަވަންތަ ހޮސްޕިޓަލާޢި ސިނަމާލެ ބްރިޖު އައްޑޫ ޓާޗަރީ ހޮސްޕިޓަލްފަދަ ރައްޔިތުންނަށް ދުވަހަކުވެސް ހުވަފެނަކުންވެސް ފެންނާނެކަމަށް ހީނުކުރެވިފައިވާ ފެންަނަންހުރި ތަރައްގީތަކަކީވެސް އެއްޗެއްނޫންކަމަށް ރައްޔިތުންނަށް ވިސްނާދޭން މަސައްކަތްކުރުން މިބައިގަނޑުގެ ކަމަކީ، އެހެންތާވާނީ އެއްވެސް އޮށްޓަރެއް ތަޢުލީމެއް ތަޖުރިބާއެއް ނެތީމަވެސް، އީސީގައިތިބި އައްދާރުބަޔަކަށް ރިޝްވަތްދީގެން ގަނެގެންއުޅޭ ވެރިކަމެއްވިއްޔާ، އެގޮނޑިއަށް ހާލަކަށް އއެރުނަސް އެސޮރުގެބަހުން ގޮވަގޮވާ ހުންނާނެ ދޮތެ؟؟؟

    22
  40. ބޯކިބާ

    އަހަރެމެން ހިތުން މިތިބެނީ ސިންގަޕޫރާއި އެމެރިކާ ފަދަ ގައުމުތަކާއި އެއްހިސާބެއްގައި. އެކަމަކު މިގައުމުގެ ރައިސްވެސް ދައްކަން މިއޮންނަނީ ތާކުހުރި އެޕާޓުމަންޓެއްގެ ފާހާނާގައި ޓައިލްސްޖަހާވާހަކައާއި ކުޑަދޮރެއްގަ ފެންލައިޓެއް ހަރުކުރާ ވާހަކަ. މިކަހަލަ ކުދިކުދި ކަންކަމުގެ ވާހަކަ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ވެރިއަކު ނުދައްކާނެ.

    54
    1
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

  41. ހާލިސް

    ހިޔާ ފްލެޓްވެސް އެހެން ފްލެޓެއް ވެ ސް ނޭޅިގެން މަނިކުފާނުގެ ސަރުކާރުން އުޅުއްވާއިރު 2008 ގައި ވެރިކަން ލިބިގެން އިންޑިޔާ ރަތަންޓާޓާ އަށް ރާއްޖެއިން ތަންގަޑެއް ދޭން އެއްބަސްވެ އެޅި ޓާޓާ ފްލެޓްތައް އެހެރީ ފެންނަން. ފެންވަރު ބުނެދޭނެ އެތަންތަނުގައި އުޅޭ މީހުން. އެހެންވެރިކަމެއް ފެށިފައި އޮތުމުން އެތައް އުދަގުލެއްކޮށް އެތަންތަނަށް އޭގެ ހައްހުވެރިންނަށް ނުވަދެވޭނެ ގޮތް ހަދައި ސަރުކާރު ބަދުނާމް ކުރަން ޓާޓާޔަކާއި ގުޅިގެން ގަތްގަޑުތައް އެއީ ފެނުނު ހުވަފެނެއް ވެސް ނޫން. މިސަރުކާރުގެ އަދި އޮތީ އައްޑޫގައި އުޅޭ ނިކަމެތިންގެ ބިންތައް އިންޑިޔާ މީހުންނަށް 50 އަހަރަަށް ކުއްޔަށް ދީގެން އެތަންތަނުގައި 2 ބުރި.3 ބުރި ގެ އަޅާގެން އެތަނުގައި އިންޑިޔާ މީހުން ވަޒަންވެރި ކުރުވާ ހަންފަތުރަން ކުނާ އަޅާދިނުމުގެ ޕްރޮޖެކްޓެއް އެކަނި.

    45
  42. ތިމާވި ވަޢުދުތަކޯ 100-ދުވަސް ނުވަނީތޯ؟

    ރައީސް ސޯލިހް މަނި ކުފާނަށް އެވަރުވެސް ނުވިއެއްނު ތިމާ އާއި އެއް ފެންވަރެއްގެ ވާހަކައެއް ދެއްކ ކިނަމަ ރައްޔިތުން ބަލައިގަތީސް އަޅެ ދަނޑިފަނުން ވެސް ތަނެއް ހެދޭތޯ އުޅެބަލަ މަނި ކ ކުފާނު ދެން ތިއުޅުއް ވާވައްތަރެއް ރެއް ދެއްތޯ!

    48
  43. ކައްޓަފުޅި

    ފުލެޓަކީ ކޮންމެހެން ވިއްކަން ޖެހޭ އެއްޗެއްތަ؟
    ބަނދަރުތަކާ، ކުޅިވަރު ކުޅޭ ދަނޑުތަކާ އެހެން ތަންތަންވެސް ބޮޑުހަރަދު ކޮށްގެން ހަދާފަ ބޭނުން ކުރާނެ ގޮތަކަށް ބޭނުން ކުރަން ދެނީ ހިލޭ. އެތެރޭގެ ވައިގެ ދަތުރުފަތުރާ ކަނޑު ދަތުރު ފަތުރާ، ބޭސް ފަރުވާ ކުރުމާ ކަންކަން އިންތިހާއަށް ސަބްސިޑައިޒް ކޮއްފަ.
    އެހެންވީމާ ތިޔަދޭން އުޅޭ ފްލެޓްތައް ސަބްސިޑައިޒް ކުރެވޭނެ ގޮތެއް ހަމަ ސަރުކާރަށް ނުވިސްނެނީތަ؟

    41
  44. ހިތުހުރިއެތި

    ތިތަން އެޅިސަރުކާރުން އަގު ހަދާފަ އޮތީ މަހަކު 6000ރ އާއި މެއިމްޓަނަންސް 1000ރ އެކު ޖުމުލަ 7000ރ ދައްކާގޮތަށް. އެހުރީ ލިއުންތަކާއި ހިސާބު ތައް ފެންނަން. ދެން ކިހިނެތް މިސަރުކާރުނ އެއަށް 4000 ރ އިތުރުކޮށް 11،000 ރ އަށް ތި ކިޔަނީ؟ 4000 ގ 7000 ގުނަޔަކީ 28 މިލިއަށް. އެއީ މަހަކަށް. އަހަރަކަށް، 336 މިލިއަން. މިއީތޯ މިއަދު ރައީސް ވިދާޅުވި އެހެން ގޮތްގޮތުން އާމްދަނީ އިތުރު ކުރަން ރާވާ ގޮތަކީ؟ ރައްޔިތުން ފެއްލަވާ ސަރުކާރަކަށް ހަމަ ސާބަސް. އެއޮތް ބްރިޖެއްގަވެސް ދެތިންތަނުގަ ފުލުސް ކުދިން ބައިތިއްބާގެން ދުވާލު ހަތަރު ދަމު ސްޕީޑޭ ކިޔާފަ ދުވާލަކަށް އެތައް ލައްކަ ރުފިޔާގެ ޖުރުމާނާ އެބަކުރޭ. ރައީސް ޔާމީންގެ ތަރައްގީގެ މަސައްކަތް މިސަރުކާރުން ރައްޔިތުން ފެލާ ވަސީލަތްތަކަކަށް !!!!

    47
  45. ފެންވަރު

    ހީވަނީ ތިމާއަށް މާގިނަ ކަންތައް ތަކެއްކުރެވިގެން އުޅުއްވާހެން !

    51
  46. ކިޔޭނުކިޔޭ ނޭގޭ

    ކަމެއްނުވީމާ ޕާޓީކުދިން ހިތްހަމަޖައްސަން ކޮށްމެވެސް އެއްޗެކޭ ކިޔަންޖެހޭނެ ....ތީހަމަ 25 ބުރީގެ އިމާރާތް ބިރުވެރި ހޮހަޅައަކައް ތިބޭފުޅާ އަށް ވީގޮތް

    47
  47. މުހަންމާ

    ޖުމްހޫރީ މައިދާނުގައި ވަންނާނެ ތަނެއް ނެތިފަ ތިބި ކޮތަރުތަކަށަ ރަގަޅުވާނެ ތިތަން. އެސޮރުމެން ލިފްޓެއްވެސް ބޭނުމެއް ނުވާނެ. ލާރިގަނޑު ބަނޑުއަލާފަ ރައްޔިތުންނަށް ދޯކާދިނީ ބޮޑުވަގު ޔާމީނާއި ހޮޅި މުއްއިޒު.

    3
    67
  48. ހުދުކާފޫރު.

    ބޭކާރޭ. އެއީ މީހަކު ބޭނުންކުރަން ކަމުނުދާ އެއްޗެކޭ. ދެން އަޅެކޮން ފޮރުވުމެއް ފޮރުވާކަށް. އެހާ ބޭކަރު އެއްޗެއް "ޕާޓީކުދިން" ކީއްކުރަން ދެން ލަލަލަ

    45
    1
  49. އެމީހާ

    "އަޅުގަނޑުމެން ވިސްނިން އިތުރަށް ފައިސާ ހޯދައިގެން އެތެރޭގައި ޓައިލްސް ޖަހައި ދޮރުފަތްތަކާ އެއްޗެހި ކޮޓަރިތަކުގައި ލައި، ފާހަނާތަކުގައި ލާން. އެއީ ގާތްގަނޑަކަށް 43 މިލިއަން ޑޮލަރު. އެކަން ކުރާނަމަ، ނަގާނެ ވަގުތު. އަޅުގަނޑުމެން ނިންމީ މިހާރު އެ ހުރި ގޮތަށް އެ ހައްގުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން. ނަމަވެސް ގަބޫލުކުރައްވާތި، އެ ތަނަށް ވަންނަ އިރު، ކޮޓަރިއެއްގައި ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސްއެއް ނުހުންނާނެ. އެ ހާލަތުގައި އެ ތަން އޮންނާނީ،" ރައީސް ވިދާޅުވިއެވެ.

    މީ ގައުމެއްގެ ވެރިއެއްގެ ބަސަމަގު ހުރިގޮތް ، ޕާރޓީ އެކްޓިވިސްޓެއްގެ ވިސްނުމުން ގައުމު ހިންގަން އުޅުނީމާ ވާނީ މިހެން ،
    ރައްޔިތުމީހާ ޓައިލް ޖެހީމާ އަގަށް ވާނީ ކިހިނެތް ބާއޭ ؟

    46
    • Anonymous

      މިހާރު އެއްފަހަރު ދޮރުލާ ޓަެިލސް ޖަހައިފި. ޖެހި އެއްޗެހި ނައްޓާ އެއްދޮރުގެ ބަދަލުގަ ދެ ދޮރު ކޮންމެ ތަނެއްގަ ހަރުކުރަނީތަ؟ މިވަރު ބުރާންޗެއް ގައުމެއްގެ ވެެރިކަން ކުރިކަން އަޅެމީހަކު ދެނަހުރިންތަ؟

      47
    • ލަދު

      ވަރަށް ހަޔާތްކުޑަ ލަދު ކުޑަ ޖަވާބެއް ޤައުމެއްގެ ވެރިޔަކު ބައެއްގެ އަގު ވައްޓާ ލުމުގެ މަޤްސަދުގައި ދިން ޖަވާބުން ތިމާމެންގެ އަސްލު ފެންވަރު ރައްޔިތުންނަށް އެނގި ހާމަ ވެގެން ހިނގައްޖެ.....

      34
    • ހައިމް

      ރަނުންތަ ދޮރުފަތް ހަދަނީ 43 މިލިޔަން ޑޮލަރައް.. ބޮލުރޮދި.

      20
  50. ހިޔަޅު

    އަޖައިބުވެ އަންތަރީސް ވެއްޖެ އަހަރުމެނަށް ލިބިފަ މިހިރީ ހާދަހާ ހިޔަޅު ރައީސެކޭ....މީހަކު ލިޔެފަ ދިން ކަރުދާހެއް ބަލައިގެން މޮޅު ވާހަކަތަކެއް ދައްކާލާފަ...ނޫސް ވެރިޔަކު ކުރި ސުވާލަކަށް، އެހެން ބަޔަކު ފަލީހަތް ކޮށްލުމުގެ މަޤުޞަދުގަ ތިޔަދިން ޖަވާބުން ކުރީ ސަރުކާރަށް ވުރެ ބޮޑަށް ފަލީހަތް ވެގެން ދިޔައީ ތިމާމެނާ ތިމާމެންގެ ސަރުކާރުކަމާމެދު ކުޑަވެސް ޝައްކެއް ނެތް...ސަރުކާރެއް ބަދަލުވާއިރު ފަށާފަ ހުންނަ މަސަތްކަތް ތަކުގެ ތެރެއިން މުޅިން ނުނިމި ހުންނަ މަސަތްކަތް އެއީ އެހުރިގޮތަކަށް ބަހައްޓަން ޖެހޭ ސަބަބަކަށް ވަންޏާ ކަންކަން ކުރެވޭނޭ ކިޔާފަ ކަންކަމާ ހަވާލް ނުވިއްޔާ ރަނގަޅުވާނީ...ދޮރު ނެތިއްޔާ ދޮރު ލުމާ، ޓައިލްސް ނެތިއްޔާ ޓައިލްސް ޖެހުމާ މިކަން ކަންކަން ކުރެވޭހާ ފެންވަރު ދައް ސަރުކާރެއް ގެނަވުނީތީ، މިއަދު ރައްޔިތުން ހިތާމަކުރާނެ.....މަށަށް ހަމަޔަޤީން ތިޔަ ރައީސް މީހަ ތިތަން ލޮލުންވެސް ނުދެކޭނެ ފޮޓޯ އެއް ފެނިފަ އޮތަސް ރަނގަޅު....މިކަހަލަ ޖާހިލު ވެރިން ޤައުމުތަކަށް އިސް ކުރެވިފައި ވުމުން ކިތަށް ޤައުމު އިޤްތިޞާދީ ގޮތުން ފުނޑު ފުނޑުވެގެން ގޮސްފައިވޭ....މިޤައުމުގެ މިސްރާބުވެސް ދަތުރު ކުރަމުން މިދަނީ އެކަހަލަ ދިމާ ލަކަށް.....ދެރަވޭ!!!!

    48
  51. މަބޭ

    ބޭކާރު ބޮޑުހަރަދެއްކަމައް ވިދާޅުވާއިރު މިސަރުކާރުން ފޯމުހުށަނާޅާމީސްމީހުންގެ ގޭގެޔައްވެސްގޮސް ވަނީ އެމީހުނައް ފްލެޓްލިބޭނެކަން އަންގާފަ

    37
  52. ތަމެންދޯ

    ތަމެންނަށް ތިޔާ ހުރީ ހިޔާ ފްލެޓް ކިޔާ ބައްޔެއް ޖެހިފައޭ އެއީ އެފެންވަރުގެ ވޮލިއުމް އެއްގެ ފްލެޓްސް ތައް ތަމެންނަށް ނޭޅޭނެ ކަން ޔަގީންވާތީވެ ތަމެން އަސަރު ކުރަނީއޭ ހަދާ ހަދާ...

    44
  53. ޖަޒީރާ

    ދެންއެހެން ވިއިރު އެތަން ތަޅާބިމާއި ހަމަކޮށްލާފަ ރައީސް މަނިކުފާނު އެއަށްވުރެ ފުރިހަމަކޮށް ހައްދަވަން ވީނޫންތޯ ކޮންކްރިޓާނުލައި ހެއްދެވިއްޔާ މާފުރިހަމަވާނެ އެހެން ނޫން ތޯ!

    43
  54. އަހުމަދު

    އެގާރަހާސް ދެއްކެން ނެތިގެންނޭ ތިތަނަށް ދާން ބޭނުންވަނީ. މިހާރު މިވީ ކިހިނެއް؟!!

    40
  55. ނައިމް

    ދޮރާ ދޮރުފަތްވެސް ޖެހޭނީ ލާން. ދެރަކަމެއް. ނުވަންޏާ ވާވަރުގެ ބަޔަކާ ހަވާލުކުރޭ!

    40
  56. ރައްޔިތުން

    ޓަވަރެއްގަ 5000 އުޅެނީ ކިހިނެއް؟

    436 އެޕާޓްމަންޓް މި އިންނަނީ ގާތް ގަނޑަކަށް ޓަވަރެއްގަ، އެޕާޓްމަންޓެއްގަ 8 މީހުން އުޅުނަސް މިވަނީ 3500 މީހުން..

    29
  57. އަލީ

    ކަލެޔަށް ހަލާކު ހުރި އިބްރާހިމާ. ހަޑިތަނުން މަށަށް ދީބަލަ ފްލެޓެއް. ކަލޭ ރީތި ތަނުގައި ހުރެބަލަ

    42
  58. މަހަށްދޭބަލަ

    ހިޔާ ފްލެޓްތަކަށް ރައީސް އަނެއްކާ ވެސް ހޫނު ރައްދެއް ދިނީ އެއީ ކުރީގެ ރައީސަކު އިމާރާތް ކުރި ބޮޑު ވޮލިއުމްގެ ފްލެޓްސް ތަކެއް ކަމަށްވާތީވެ ހަމަ ކުރާ އަސަރު ބޮޑު ކަމުންނޭ ތަމެން ނަށް ވެރިކަން ލިބުމުން ވެރިކަން ދަމަހައްޓާނީ ކުރީގައި ވެރިކަން ކުރި މީހުންގެ މަސްކައިގެން ނޫނޭ އެކަން ތަމެން ވެސް ކުރާނީ ތަމެން ވެސް ރައްޔިތުންނަށް ކަމެއް ކޮށްދީގެންނޭ ތަމެން އަޅާބަލަ މާލެ އާއި ހުޅުލެ އާއި ދެމެދު އޮތް ފަދަ ވަރުގަދަ ބްރިޖެއް އަޅާލަބަލަ ނޭޅޭނެ ވިއްޔާ ތަމ،ެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    37
  59. ލޫޓުވާ

    ކީއްވެ ފްލެޓްތައް ބޭރުން ވަރަށް ރީއްޗޭތިބުނީ. ބުނޭ ބަލާލަންވެސް ކަމަކުދާތަނެއް ނޫނޭ. އާޚިރުގަ ތި ފްލެޓްތައް ލިބޭނީ އެމްޑީޕީ އެކްޓިވިސްޓުންނަށް އެކަނި. ކޮތަރުކޮއްޓޭ އަލިފާން ފޮއްޓޭ ނުކިޔާ ތި ފްލެޓްތައް ބޭނުންވާ ބަޔަކަށް ދީބަލަ. މިސަރުކާރަށް އެވަރުގެ ކަމެއްވެސް ނުވިއެއްނުން. ބަޖެޓުގަ ނެތް މޮކޮހެއްވެސް.

    45
    1
  60. އެމަންޖެ

    ކަލޭ ތިޔަހުރިހާ ފުލެޓެއް ބަނޑު އަޅާލަބަލަ.

    38
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

  61. ދޮން މަނިކު

    7000 ފުލެޓް ... މިހާރު ހައްގު ވެރިންނަށް ދެއްވާއިފިނަމަ .. މާލޭގެ އެޕާޓްމަޓު ތަކުގެކުލި ....
    1 ރޫމް 7000 .
    2 ރޫމް 10000 .
    3 ރޫމް 15000. ....... ސަރުކާރުން މިއަހަރު ނިމުގެކުރިން އައްގުވެރިންނައް ހަވާލު ކުރުން މުހިއްމު.

    41
  62. މުދިންބެ

    ޢަދިވެސް ދުވަސްކޮޅަކު ބަހައްޓާ. ޢޭރުން ފުލެޓްތަށް ބޮޑެތިވާނެ.

    41
  63. މޮންޓް

    މިހިރަގައުނައިބާ!ތިމާޣޭ ޥޭޜީޚޫޣާޢީ އެއްވެސް ކަމެއްކަމެއް ނުކުރެވާއިރު އެހެންމިޙުންގެ ކޮށްފައިވާ މަސައްކަތައް ފާޑުތިޔަކިޔަނީ ވެރިމުގެ ހުވާކޮށްގެންހުރެ ގައުމުގައި ފިތުނަ އުފައްދަންތަ!

    28
  64. ދޭންވީއޭ

    ފްލެޓް އެތެރެ ކިތަންމެ ކުއްޖަސް އެއީ މައްސަލަ އެއް ނޫނޭ މީސް މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ މީހުން މިހާރު އުޅޭ ދަތި ހާލަށް ވުރެން ރަނގަޅުވާނެއޭ ތަމެން ދެން ތިޔާ ފްލެޓްސް ތައް މާ ގިނަ ކޫސުނި ވާހަކަ ނުދައްކާ ދޭންވީއޭ އެފްލެޓްސް ތައް ދޭން ކުރީގެ ޓައިޓޭނިއަމް ޕްލޭޓެޑް ސަރުކާރުން ނިންމި މީހުންނަށް އިނގޭތޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ގެނޭ ތަޅުދަނޑި ފަތި މިހާރުން މިހާރަށް ދޭންވީއޭ ދޭންވީއޭ ދޭންވީއޭ...

    26
  65. ރައްޔިތުން

    ތިތަން ތިހާ ހާލު ދައްނަމަ އެމްޑީޕީގެ މި ވެރިކަމުގެ ފާއިތުވި 2 އަހަރު އެބައި މީހުންގެ ރާޓީވީގަ ތިތަނުގެ ފޮޓޯނުދައްކާ ގަޑިއެއް ނުދާނެ.. ޕޯސްޓަރު ހަދައިގެން ހުރިހާ މަގެއްގައި ދުވާނެ... ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވާ..

    ތިހާ ހާލު ދެރައިއްޔާ ވިޔަފާރިވެރިން ނާއި ގެދޮރުވެރިން އަދި ތިޔަ ޕާޓީ އެއްވެސް ބޭކަލެއް ބޭނުންނުވާނެތާ.. އެހެންވެ އަހަރަމެން ނަށް ދެން ތިތަން ދޭންވީ ލަސްނުކޮށް..

    35
  66. މަހަށްދޭބަލަ

    ރައްދު ދީދީދީދީ ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ތަމެން ޖެހޭނީ ފްލެޓްސް ތަކުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ނުގެނެސް ނިންމަންއޭ ނުނިންމާ ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    30
  67. ނުވަންޏާ

    އަލްހަމްދުﷲ މިފަހަރު ސައިޒްގެ ވާހަކައަށްވުރެއް ބޮޑުވީ ލިފްޓް، ވެރިޔަކަށް ކުފޫ ހަމަނުވާމީހުން ވެރިކަމަށް ހޮވީމަ ވާނެ ހައެތި މިއޮތީ ވެފަ ... އަދިވެސް އެހެންމީހުން ގުބޯހެއްދުން ހުއްޓާލާކަށް ނުވޭތަ؟ ޕާޓީ މީހުނަށް ފުލެޓްނުދެވިގެން މިއުޅެނީ ފުލެޓަށް ފޯމުނުލަ ޕާޓީ ކުދިންގެ ގެޔަށް އެބަދޭ ދިރިއުޅުމުގެ ހާލަތު ބަލަން އަޖައިބެއްނުވާނެތަ؟

    37
  68. ސަމާ

    އެންމެން މަގުމައްޗަށް ނިކުންނަންވީ ވަގުތު މީ!!

    28
  69. މައްލާ

    މިކަހަލަ ވާހަކަ ތަށް އެކަމާ ބެހޭމިނިސްޓުރީން ދައްކާނަމަ ދޯ. މިހާބޮޑަށްއެތަނުގެ އަގު ވެއްޓުނީމަ ދެން އެތަނަށް ބަޔަކު ވަަށްދާބަޔެއް ގެ އަގު ހަމަ އެވަރަށް ވެއްޓޭނެ. މިހާރު މިއޮތީ އެހިސާބުގަ.

    21
    1
  70. ރަން

    މީ އޯގާތެރި ސަރުކާރެއްނޫން ދެން ކީއްވެބާ އެތެރެ ރީތި ކޮށްފަ ނުދެވެންވީ ހަމަ ދޭންވީނޫންތޯ. އެހެންވީމަ ރައީސް ތިދައްކަވަނީ ބޭކާރުވާހަކަތައްކަން މިހާރު ރައްޔިތުންނަށް އެގިއްޖެ

    23
  71. ފަޒީން

    ބަލަގަ ކަލޭއުޅޭހެން ހަވޭލީއަކު ނޫނޭ އެންމެން އުޅެނީ.. އެތައް ރައްޔިތަކު އުޅޭ އެންމެ ކިޓަރިއަކައް ވުރެ ތިތަންތަން މާ ރަނގަޅުވާނެ..އެއީ ކުލީގެ އަޅުވެތިކަމުން މިނިވަންވެވޭތީ.. އެހެންވީނާ ކޮންވާހަކައެއް ތިޔަ ދައްކަނީ.. ދޮރުފަތާ ޓައިލްސް އާއި ލައިގެން ނިންމާފަ ހަވާލުކުރާނެ ތިތަންތަން މިއީ ޔާމީން ސަރުކާރުނަމަ. ކަލޭމެން ހީކުރަނީތަ.

    20
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

  72. ޢަލީ

    އަޅުގަ ނޑަށް ފެ ންނ ނަ ނީ މީހު ން މަދުކޮށް 3500 މީހު ން ނަށް މީހަކަށް 2 ފްލެޓް ދޭ ން އޭރު ން 4 ކޮޓަރީގެ ފްލެޓަށް ބަދަލުކުރެވު ނީ، ބާކީތިބި 3500 މީހު ން ނަށް މަ ނިކުފާ ނު އަޅުއްވާ 4000 ފްލެޓުގެ ތެރެއި ން ދޭ ން.

    19
    1
    • ޏްނން

      މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

  73. ވާނުވާ

    ކަލޭ ހަމަ ތިހެން ކިޔަކިޔަ ހުންނަން ޖެހޭނީ ވާނެ އެއްވެސް ކަމެއް ނޯންނާނެ ރައީސް ޔާމީން ވްރެއް ނުވާނެ ރޔާމީން ކުރިއެއްވެސް ކަމެއް ކަލެއަކަށް ނުކުރެވޭނެ ކުރާކަށްނުވެސް އެގޭނެ ތިހެން އަގަތަޅާހުންނަން ޖެހޭނީ ދެން ލަލަލާ????

    18
  74. Anonymous

    الله المستعان
    ދިވެހި ރައްޔިތުން މާލޭގައި ކުލި ދީގެން އުޅޭ ދަތި ހާލަށްވުރެ ގައިމު ރަނގަޅު ވާނެ.
    ޢިއްޒަތްތެރިން އުޅެން ދޭބަލަ ވިލާތަކަށް

    17
  75. Anonymous

    ތީގެ ޙައްޤު ވެރިންނަށް ތިދެއްވާފައި އެތެރެއާއި. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭބޭރާއި ރީތި ފްލެޓް އަޅުއްވާ ސޯލިޙް ރައީސް
    ކޮބާތޯ ފުލުހުން ގެ ފްލެޓް. ނިންމޭނެ ކަމަށް ވިދާޅުވި ހުރިހާ ތާރީޚް ގޮސްފި. ސިފައިންގެ ފްލެޓް ވެސް ކުރީކޮޅުގައި މާރިޔާ ވަޑައިގެން ބެއްލެވި .

    15
  76. ޏްނން

    މުޢިއްޒުގެ އަޑު ކަޑުވާލާނެ، ދައުވާކޮށް ޖަލަށްލާނެ. އެއީ މިކަހަލަ ކަންތަކުގެ ހަގީގަތުގެ އަޑު ކަނޑުވާލަން

  77. މޮހޮނދޭ

    ރައީސް :- ތި ފޮލެޓް ރަގަޅުވެގެން ވަންނަން ބޭނުން ވެފަ ތިބި %20 މީހުންނަށް ތިޔަފްލެޓް ތަށް ދީފަ %80 އަށް މިސަރުކާރިން ލަގްޒަރީ އެޕާރޓް
    މަންޓްސް އަޅުއްވައި ދެއްވަންވީނޫންތޯ..

    17
  78. ޝަފީން

    ރައީސް ޔާމީންވަނީ ބުރިޖް އަޅާ.. މާލޭ އިންޑަސްޓުރިއަލް ސަރަހައްދު ހިއްކާ ރަސްފަންނު ހަދާ ރަސްރަނި ބަގީޗާ ހަދާ ދަރުމަވަންތަ ހޮސްޕިޓަލް 27 ބުރިއަށް އަޅާ.. ހުޅުމާލޭ ދެވަނަ ބައި ހިއްކާ އަދި އެރާގައި 7000 ފުލެޓު އިމާރާތް އަޅާ އިންޓަނޭޝަނަލް އެޔާޕޯޓު ރަންވޭއަޅާ އަދި އެކުސްޕޭންޑުކޮއް.. އެތައް ރަށެއްގެ ބަނދަރު އަޅާ..ފެނާއި ނަރުދަމާ ސިސްޓަމް އަޅާ ހުޅުުމާލޭ ސުކޫލް އަޅާ.. މާލޭގައި އައު ބޮޑު މިސްކިތެއް އަޅާ ކުނީގެ ކަންކަން ހައްލުކުރަން ވެމްކޯ ހަދާ.. އިންސިނަރޭޓަރު ބަހައްޓާތަން ތިލަފުށީގައި ހިއްކާ އަދި އައްޑޫގައި ވީރާނާވެފަ ހުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކައް ބަދަލުކޮއް އަދި މާލޭގެ ބޮޑެތި މަގުތައް ތާރު އަޅަންފަށާ.. މަޖީދީ މަގު އަލުން ގާއަޅާ..ހާބަރު ސަރަހައްދު ރީތިކޮއް އެތާގައި ހުރި ކަޑަތައްނަގާފަ ފެންވަރު ރަނގަޅު ފުޑުކޯޓެއް އަޅާ އަދި މަހާޖައްރާފު ގެނެސްދީ އޮންލައިން ބޭންކިން ތައާރަފުކޮއް ފެންވަރު ރަނގަޅު ފައިސާގެ އާ ނޫޓު ތައާރަފުކޮއް އަދި އިސްލާމިކް ޔުނިވާސިޓީއެއް އުފައްދާފަ އެންމެ 5 އަހަރު ތެރޭގެ. މި ސަރުކާރައް 2 އަހަރުވާއިރު ޔާމީން ސަރުކާރުގެ 1 އަހަރުގެ މަސައްކަތްވެސް ނެތް ކުރެވުފަކާއެއް. ކަލޭމެން ހިތައް ސަހަރޯއޭ ހީ ނުވޭތަ.

    34
    • ޟަރ

      100ގެ ކޮމެންޓެެއް

  79. ވަޒީރެއާލާ

    މަނިކުފާނު ތިޔަ ދިރިއުޅުއްވަނީ ދިރިއުޅުމަށް އެންމެ ރަނގަޅު ތަނުގައިތޯ؟ އަހަންނަށް އެނގޭކަމަކީ ދުނިޔެއަކީ ދިރިއުޅުމަށް އެންމެ ރަނގަޅުތަން ނޫންކަމާއި، ދިރިއުޅުމަށް އެންމެ ރަނގަޅީ ސުވަރުގެ ކަން. އެކަމަކު އެތަނަށްދާން މަސައްކަތް ކުރަނީ މަދުބައެއް.

  80. ޖުހާގެ ބޭބެ

    ރައީސް މީހާ އެވެ އަޅެ ތި ފުލެޓް ލިބުނު މީހުން ގެންގޮސް އެތަން ދައްކާފަ ދެން ގޮތެއް ނިންމާށެވެ. ހަމަ ގައިމުވެސް %99 ޕަސެންޓް މީހުން ބެނުން ވާނެކަން ޔަގީނެވެ.

  81. ސާހިދު

    ކިހާ ވަރުގަދަ ކަމެއް ބޭކާރު ވާހަކަ ނުދައްކާ ކައްޤު ފަރާތްތަކަށް ދިނީމަ ވީނު ކޮން ބޭކާރު ވާހަކައެއް

  82. ކާމިލްދީދީ

    ހިންނަވަރު އިބްރާހިމްފުޅުވެސް ފޮޓޯއަށް ވަރަށް ރީތި އެކަމަކު ވެރިކަން ކުރާކަށް ކަމަކުނުދޭ

  83. އަލިފު!

    ހިޔާމަޝްރޫޢުގެ ފުލެޓްތަކާމެދު އަަަދުގެސަރުކާރުން ގެންގުޅޭ ވިސްނުމަކީ "މޭބިސްކަދުރު ކޯންޏާމެދު ހިޔަޅު" ގެންގުޅުނު ވިސްނުމެވެ. ހިޔަޅު ފުމެ ފުމެ ވަރުބަލިވީ އިރުވެސް ކަދުރުކޯނި އަތުނުޖެހުނީމާ އެންމެ ފަހުން ހިޔަޅު ބުނީ އައްޗީ ތިކާނީކާކުހޭ؟ ތީހިތި އެއްޗެކޭ! މިއަދުގެ ސަރުކާރަށްވެސް ވެގެން އެ އުޅެނީ ހަމަ އެހެންނެވެ. މީގެ ކުރިން އެއްކޮށް ގޯސްވެފައިވާ ޢިމާރާތްތައް ނިމި އޭގެ ރީތިކަމާއި ތަރައްޤީގެ ކުލަވަރު ދުރައްފެންނަށް ފެށުމުން އެންމެ ފަހުން އެބުނަަނީ ބޭރަށް ފެންނަ ފެނުން ކިތަންމެ ރީއްޗަކަސް އެއީ އިސްރާފެކެވެ. މީ އަބަދުވެސް އެބާވަތުގެ މީހުންގެ ގޮތެވެ.

  84. ލަނޑާ ޢުމަރު

    ސަންގޯރަކަށް އެނގޭނީ ކޯންޗެއްހެއްޔެވެ؟ މީހަކު ފަލައަކުރުން ލިޔެފަދިން އެއްޗެއްވެސް ތި ކިޔާލެވުނީ އޯކަށްދެމެމުންނެވެ.

  85. ޖުހާ

    މީނަޔާ މީނަގެ އައްވާނުންނަށް ޔާމީން ކުރި އެއްވެސް ކަމަެއް ކަމަކުނުދޭ. ނިކަން މީނަ ރަނަގަޅު ކމަެއް ކޮށްބަލަ. ޙަސަދަވެރި މީހެއް.މީނަގެ އައްވާނުންނަކީ ވެސް ހަސަދަ ވެރީން.