އަންހެނުންނާ ދެކޮޅަށް ކުރެވޭ އެކި ކަހަލަ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ގުޅޭ އދގެ ކޮމިޓީއަށް ދައުލަތުން ހުށަހަޅާފައިވާ ރާއްޖޭގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އުތެމަ ޖަމިއްޔާއިން އެކުލަވާލި ރިޕޯޓު އޮޅުވާލަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ބުނެ އެ ޖަމިއްޔާ އިން ރައްދު ދީފިއެވެ.

މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ. އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

އެ ރިޕޯޓާއި ގުޅިގެން އުތެމަ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާއިން ނެރެފައިުވާ ބަޔާނެއްގައި ބުނީ އެ ކަމަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އެއްބަޔަކު އަނެއްބަޔަކާއި ނުފޮށުމަށް ވެސްއެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނަށްވެސް ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މުޖުތަމައު ދަންނަ ކަމަށާއި، އެތައް ބަޔަކަށް ކުރިމަތިވެފައިވާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުތަނަވަސްކަމާއި ބިރުވެރިކަމާއި ނުރައްކާތެރިކަން ތަފާސް ހިސާބުތަކާއި ދިރާސާތަކުން ދައްކާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ އެ ރިޕޯޓު އެ ޖަމިއްޔާއިން އެކުލަވާލާފައި ވަނީ ދައުލަތުގެ އެކި މުއައްސަސާތަކުން މައުލޫމާތު ހޯދައިގެން ކަމަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްތަކަށް ދަތުރުކޮށް ބައެއް މީހުންނާއި ބައްދަލުކޮށް ސީދާ މުއާމަލާތް ކޮށްފައިވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ރިޕޯޓުގައި ހިމެނޭނީ ސައްހަ މައުލޫމާތު ކަމަށާއި ނަމަވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ނުކުތާތައް ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ރައްޔިތުންނަށް އޮޅޭ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ރާއްޖޭގެ ހީނަރުވެފައިވާ އިޖްތިމާއީ ހާލަތުން އަރައިގަތުމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމުގައި ދެކޭ ކަމަށްވެސް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ އަމަލުތަކުން ރާއްޖެއަށް ލިބޭނީ ގެއްލުން ކަމަށްވެސް ހިތާމައާއެކު ފާހަގަކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"އުތެމަ ޖަމިއްޔާ" އަކީ 2016ވަނަ އަހަރުގެ ތެރޭގައި އުފެދިގެން ދިޔަ ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޙަސަނާ

  މޮޅުވާހަކަނުދައްކާ ބިރުދައްކަން ނޫޅޭ ކަލޭމެންތިޔަރިޕޯޓެއްގަ ބުނެދޭންތިޔައުޅެނީ މިތާގަ އިސްލާމްދީނާހުރެ ކަލޭމެނައް މަގުސަދު ހާސިލް ނުވެގެން އުޅޭވާހަކަތާ ތިޔަޖަމިއްޔާތަކަކި މިތަން ސެކިއުލާކުރަން ުފައްދާފަ ހުރިޖަމުއިއްޔާތަކެއް ކަލޭމެން ތިކިޔާއިންސާނީ ހައްގައްވުރެ މާމަތިވެރިކޮއް މީގެ 1400 އަހަރު ކުރިން އަންހެނުންގެ ހައްގުތަކާ އިންސާނީ ހައްގުތައް ތައްވަނީ އިސްލާމްދީނުގަ އައިއްސަ

  27
  1
 2. ޙަމަހަމަ

  ތި ބަހަނާއެއް ދިވެހި ރައްޔިތުންނެއް ދެނެއް ގަބޫލެއް ނު ކުރާނެ. ތިއީ މިހާރު އެނގި ދަސްވެފަ އޮތް މަ ކަރުވެރި ކުޅިވަރެއް.

  22
  1
 3. މިތުރު

  ތީ ލާދީނީ ރިޕޯޓެއް. ބަލައެއް ނުގަންނަށް. ރައްޔިތުންނާއި އިސްލާމްދީން ޔަހޫދީންނަށް ވިއްކައިގެން އެމީހުން ބުނާ ގޮތްހަދައިގެން ކައިބޮއިގެން އުޅޭ ބައިގަނޑެއްތީ.

  27
  1
 4. އެންދެރި

  ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމެކެވެ.
  އެކަން އެއްވެސް ފަރާތަކުން ހަނދާން ނައްތާ ލައިގެން ނުވާނެ އެވެ.
  ދީނުގަ ކަމެއް ބަޔާން ވެފަ އޮއްވަ އެނޫން އެހެން ގޮތަކަށް އެކަން ބަދަލު ކުރަން އުޅުމަކީ އެއްވެސް މީހަކު ބަލައި ގަންނާނެ ކަމެއް ނޫނެވެ.

  23
  1
 5. މުހައްމަދު

  ކޮން އަންހެނުންގެ ހައްޤެއް ހޯދައިދޭކަށް.. އިސްލާމް ދީނައްވުރެ ބޮޑައް އެވެސް ދީނެއްގަ ނޯނާނެ އެވެސްބަޔަކަ އެއްވެސް ހައްގެ އިސްލާމްދީނުގައި އޮންނަހާ ފުރިހަމައައް ހޯދައިދީފައެއް.

  14
  2
 6. ލައިޝަމް

  ލާދީނީ ރިޕޯޓެއް... ބަލައެއް ނުގަނާން.... ?

  14
  1
 7. ބޭން އުތެމަ

  #ބޭންއުތެމަ #ބޭންއުތެމަ #ބޭންއުތެމަ #ބޭންއުތެމަ
  ވަގުތުން އުވާލަންވީ ޖަމްޢިއްޔާއެއް

  12
  1
 8. އ

  އުތެމަ އުވާލާ. ބޭން އުތެމަ. ބޭން އުތެމަ. ބޭން އުތެމަ. ލާދީނީ ވެރިކަަން ވައްޓާލއްވައި ލާދީނީ ޖަމްއިއްޔާތއް ނެތިކުރައްވާށި އާމީން