ބަޖެޓަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދަން، ސަރުކާރުން އިންޓަނޭޝަނަލް މާކެޓުގައި 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ގެ ސުކޫކެއް ވިއްކަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރިން ސަރުކާރުން ނިންމާފައި އޮތީ ޖަޕާނުގެ ބާޒާރަށް ސަމުރާއީ ބޮންޑް ވިއްކުމަށް ކަމަށެވެ. އެހެން ނަމަވެސް ސަމުރާއީ ބޮންޑް މިވަގުތު ކުރިއަށްނުދާ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑް-19 އާ ގުޅިގެންނާއެކު އެއަށް ހުއްޓުމެއް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެން ބަޖެޓަށް މި ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް އެކި ގޮތްގޮތުން ކުރިއަށްއެބަ ގެންދަން، އެގޮތުން 300 މިލިއަން ޑޮލަރުގެ ސްކޫކެއް ވިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދަން". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި 300 ޑޮލަރުގެ ސްކޫކު ރާއްޖެއަށް ރަނގަޅު ރޭޓެއްގައި ލިބޭނެ ކަމަށެވެ.

"އެ ލިބިއްޖެ ކަމުގައިވަންޏާ ކުރިއަށް އޮތް ހަތްކަ މަހު އަޅުގަނޑުމެންްނަށް ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ރާއްޖެއާ ގާތް ގައުމުތަކުން ރާއްޖެއަށް އެހީ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭޗާރާ

    ހެއްވާ މަޖާ. ލޯނެއް ނުނަގަންް. ކްރެޑިޓަށް ފައިސާ ނަގަނީ. ލޯނެއްނުނަގަން. ޓީބިލް ވިއްކަނީ. ބޮންޑެއް ނުވިއްކަން. ސުކޫކު ވިއްކަނީ. މިހުންނަނީ އެއްވައްތަރެއްގެ ވާހަކަ. ކޮންމެ ނަމެއް ކިޔަސް ފައިސާ. ފައިސާއަށް އިންޓްރެސްޓް އަރާ. އިންޓްރެސްޓަށް ކިޔާ ނަން ތަފާތުކޮށްލަނީ. ނަގާގޮތް ތަފާތުކޮށްލަނީ. މީ ހިންޏަށް ހަކުރު އޮޅުވާލުން ފާޑުގެ ކަމެއް.

    10
  2. ެަހުމްދު

    މުޅި ރާއްޖެ ވިއްކާލާ ، ކޮރޮޕްޓެޑް މިނިސްޓަރު ކަލޭގެ ، ގައުމުގެ ހަލާކުން..