ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް އިސްކަންދޭ ކުންފުނިތަކަށް ޓެކްސް ލުއިކޮށް ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި 60 ޕަސެންޓަށްވުރެ ގިނަ ދިވެހިން ވަޒީފާތަކުގައި ގެންގުޅޭ ކަމަށެވެ. އެފަދަ ރިސޯޓުތަކަށް ރަނގަޅު ގޮތްތަކެއް ވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރަނގަޅު ގޮތްތަކެއް ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ބައެއް ކަންކަމުގެ ތެރޭގައި ޓެކުހުގެ ނިޒާމުގެ ތެރެއިން އެފަދަ ފަރާތްތަކަށް ރަނގަޅު ގޮތްތަކެއް ވާން ޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތު ނުވަތަ މެނިފެސްޓޯ އަކީ އޯގާތެރި ސިޔާސަތެއް ކަމަށެވެ. ކަންކަމުގައި މީހުން އިސްލާހު ވާނީ ހަރުކަށި ފިޔަވަޅު އަޅައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާލުވެ އަލީ ވަހީދު ވިދާޅުވީ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ރަނގަޅަށް އަމަލު ކުރާ ފަރާތްތަކަށް ރަނގަޅަށް އަމަލު ކުރަންވެސް ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އޮބަހައްޓައިގެން ހަރުކަށި ފިޔަވަޅު އަޅައިގެނެއް ނޫން މީހުން އިސްލާހު ވާންވީ. މީހުން އިިސްލާހު ވާންވީ ނުވަަތަ ހެޔޮ ބަދަލު އަންނަންވީ ހަމަ ލޯބި ދީގެން،" އަލީ ވިދާޅުވިއެވެ.
އަލީ ވަހީދު ވަނީ ރަނގަޅަށް އަމަލުތައް ކުރާ ކުންފުނިތަކަށް ސަރުކާރުންވެސް ރަނގަޅަށް ކަންކަން ކޮށްދެވޭނެ ގޮތަށް މަގު ކޮށައި ދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޢެކިނގޮތް ގޮތުން ރަށްޔިތުން ފެލާފަ ރިޡޯޓު އޯނަރުންނަށް ހުރިހާ މޮޅެއް
ކަލޭ ރިސޯޓޭ މުވައްޒަފު ންނ ނޭ.. ބު ނީމަ އަ ން ނަ ނީ. ހި ނި.
ދިވެހިންނަށް އިސްކަން ނުދޭ ރިސޯޓުތައް ބޮޑަށް ޓެކްސް ކުރާށޭ ބުނިނަމަ ނުވަތަ އެތަންތަން އަތުލާށޭ ބުނިނަމަ މާ ތާހިރުވީސް
ޓޫރިޒަމް މިނިސްޓަރަކަށް ބޭރުމީހަކު ކިހިނެއްވާނެތޯ!
ކަލޭތީ ދިވެހިންނަށް ވަރަށް އޯގާތެރި މީހެއްވިއްޔަ މަކަރުވެރި ޖައްލާދު.
ހުސްބޭރުމީހުންނައް އިސްކަދޭ ކުންފުނި ހުރީ ، ރާއްޖޭގެ ޓުއުރިޒަމްއަކީ ބިދޭސީނައް ވަޒީފާދޭން ހިންގާތަނެއް ، ދިވެހިންނައް އެއްވެސް ފައިދާއެއްނެތް ހަމައެކަނި ޓުއުރިޒަމްގަ އުޅޭ ކޮރޮޕްޓެޑްމީހުންނައް ދެންފައިދާ ލިބެނީ، ރާއްޖެ ނުޖެހޭ ހަމައެކަނި ޓުއުރިޒަމްއައް ރައްތައްދޭކަ ޖެހޭ ދަޑުވެރިކަމައްވެސް ރައްދޫކުރަން ، ދިވެހިންނައް އިސްކަންނުދޭ ރިސޯޓު ބަންދުކުރަންފެނޭ ، ދިވެހިންގެ ރައްޖޭގަ ދިވެހިންނައް ފުރުސަތުދޭންޖެހޭ ، ނުދެންޔާ ދިވެހިންގެ އަސްލުސިފަ ފެނިދާނެ.
ނުޖެހޭ ތެކްސްއައް ލުއިދޭކައް ، ތުއުރިސްޓް ރިސޯޓް ހެންގެންވާނީ ދިވެހިންނައް ފުރުސަތުދީފަ ، ނޫނީ ރިސޯޓު ނުހިންގާނީ،