އަންހެން ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް އަޙްމަދު (25އ) ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އުނައިސް ހައްޔަރުކޮށްފައި ވަނީ މެއި 28 ވަނަ ދުވަހުއެވެ.

ފުލުހުން ކުރިން ވިދާޅުވީ،އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅީ އުނަައިސް ކަަމަށެވެ.

އަދި އެ ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށާއި،އެ ކުއްޖާ ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރެއިން ފެނުނުއިރު އުނައިސްވެސް ހުރި ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، މި މައްސަލަ އަކީ ޤާނޫން ނަމްބަރ 12/2016 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމުން އޭނާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

އަދި މި މައްސަލައިގެ ތަހްޤީޤަށް، އުނައިސް މައްޗަށް ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލާގައި،އޭނާއަކީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކަށް ވާތީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މައްސަލައިގެ ތަހްޤީޤް ފުރިހަމަކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އިންޓަނެޓް މެދުވެރިކޮށް ކުދިން ގުރޫމް ކުރުވާ މައްސަލަތަކާއި ޗައިލްޑް އޮންލައިން އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

އެެހެބންކަމުން މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ދައުވާ ކުރަން ބަލާއިރު ހެކި ނެތިގެން މިނިވަން ވާނެ ވީމާ މިހާރުން މިހާރައް މިނިވަން ކޮއްލާ.

  2. ކަހުރަބު

    އެއީ ކުއްޖެއްތަ؟ ކުޑަކުދީންނާ ގުޅުން ހިންގުން މިހާ ހަރުކަށިކޮށްގެން އުޅެނީ ވަކި ބަޔަކު މިރާއްޖޭގައި. ދުނިޔޭގައި މިހާވަރަކަށް މިކަމަކާއެއް ނޫޅޭ.

    3
    1
  3. ބޮލި މުލައް

    އޭނަ އެކަންކުރީ ހެޔޮނިޔަތުގަ މިނިވަންވާނެ