ސައުދި އަރަބިއްޔާއިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށާއި، އަބޫދާބީން 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބަޖެޓަށް ފައިނޭސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އައިއިރު 120 މިލިއަން ޑޮލަރުގެ އެހީ އާއި ލޯން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ އިތުރުން މިއަދު ސައުދި އަރަބިއްޔާއިން މި ވަނީ 50 މިލިއަން ޑޮލަރުގެ ލޯނު އެހީއަކަށް އަޅުގަނޑުމެންނަށް ދޭން ނިންމާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ފިޝަރީޒް އާއި ހައުސިންގއަށް އަމާޒުކޮށްގެން ދޭ ލޯނެއް ކަމަށެވެ.

އަދި އަބޫދާބީން 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ދޭން ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގެ އިތުރުންވެސް ވޯލްޑް ބޭންކާއެކު ފިނޭންސް މިނިސްޓަރު އިއްޔެ ބައްދަލުވުމެއް ބޭއްވި ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، އަޅުގަނޑުމެންގެ އަމާޒަކީ ބަޖެޓް ފޫބެއްދުމަށްޓަކައި މި ބޭނުންވާ ފައިސާ، ލޯނާއި އެހީގެ ގޮތުގައި ހޯދުން". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓް ފެށުނުއިރު އޮންނާނީ 29 ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ކަމަށާއި، އެހެން ނަމަވެސް މިހާރު އަންދާޒާ ކުރެވެނީ 15 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަމަށެވެ.

"މާނައަކީ 14 ބިލިއަން ރުފިޔާގެ ޑެޕަސިޓެއް އެބަ އުޅެޔޭ އެހެންވެގެން އަޅުގަނޑު މި ދެންނެވީ 900 އާއި އެއް ބިލިއަން ޑޮލަރުގެ ފައިސާ މި ހުރިހާ ކަމަކަށް އެބަ ބޭނުން ވެޔޭ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިންނަށް ޔަގީންކަން ދޭން ބޭނުންވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހަމައަށް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޫޓުވާ

    މިލިބޭ ފައިސާތައް ކޮބާހޭ. ކީއްވެހޭ މިހާވަރަށް ގައުމުތަކުން އެހީ ދޭއިރު 6މަހަށް ދަތިވާނެއޭބުނެ ރައްޔިތުންނަށް ބިރުދައްކީ ކީއްވެތޯ. ކީއްވެހޭ ފައިސާ ޗާޕްކުރަނީ. ގައުމުތަކުން ޑަބަލްކޮށް ފައިސާދޭއިރު ކިހިނެއްހޭ މިވަނީ. ތަރައްޤީއެއްނުވޭ ރައްޔިތުން މިތިބެނީ ފިތިގެން. ދަރަނިވެރިވެފަ. ވައްކަން ކުރިއޭބުނާ ސަރުކާރުއޮތްިއރު ވަރށް އުފަލުގައުޅުނީ. އިތުރުގަޑީގެ ފައިސާއެއް ނުކަނޑާ. ރައްޔތުންގެ ހައްޤު ދީފައޮތީ.

    17
  2. މާލެ ބޭބެ

    ކޮބާ ރާކަނިމަސްކެވޭތަ؛ އަހަރަމެން ރ.ޔާމިންގެ ސަޕޯޓަރުން މިކިޔަނީ ސައުދީން އެއްވެސްކަމެއްކޮށްނުދޭނޭ މިސަރުކާރަކަށް... 50 މިލިއަން ޑޮލަރ މަދުތަ... އަހަރަމެންވެއްޖެ ދުނިޔެ ދަސްކުރަން.. ހެއްލުންތެރި ނާނާ ހުވަފެނަށް ނެހެއްލި ސީދާ ހަރަކާތުން ރ. ޔާމިން ސަލާމަތްކުރަން.. އަދުލާއި އިންސާފާއި ހަމަތަށް ޑިމޮކްރެސީގައި އެއްވަރުކުރަނީ މުޒާހަރާކޮށް ހައްގު ހޯދައިގެން... ދިވެހިންގެ އެތެރޭގެ ކަންކަން ނިންމޭނީ ދިވެހިންނަށް، މިއަށްވުރެ ލާއިންސާނީ ވެރިންތަކެއް ދުނިޔެއަކު ނެތް... ބޮޑް މުސީބާތެއްގެ ތެރޭ މުޅި އިންސާނީ ހަޝާރަތްތައް ވީއިރު ބޮޑް ކުށްވެރިޔެކޭ ކިޔާފަ ރ.ޔާމިން ޖަލުގަ...އަހުމަދު އަދީބާއި ޒިޔަތު ގޭގަ... ވަޓް އިޒް ދިސް... ގޮށްމުށުގެ ބާރުން އިންސާފު ހޯދަން ތެދުވޭ...

    15
  3. ޚަލޯ

    ތިވެސް ކާލަ

    11
  4. ޙ

    މިހާރު ސައުދީ އޯކޭ ވީތޯ
    ސައުދީ ރަސްގެފާނަށް ރަތް މަހަށް ނުބަވާވަރަށް ބެވި
    ޙަނދާން ނެތުނީ ތޯ

    19
    1
  5. ....

    ޔާމީނު ނެރެނީ

    14
  6. ޑިމޮކްރަސީ

    ކޮވިޑް ތރޭގަވެސް ހާދަފައިސާ އަކާއި ލޯނުއެހީއާއި ތަކެތީގެ އެހީތައްލިބިއްޖެއޭ ރާއްޖެއިން 2000 ވަރަކަށް މީހުން ޕޮޒިޓިވް ވެ ފަސްސަތޭކަވަރަކަށްމީހުންނަށް ބޭސްކުރަންނުޖެހި އިންޝާﷲ ސަލާމަތުގެ އައްސޭރިފެންނަމުންދާއިރު މިދިންހާ ފައިސާތަކާ އެހީތަކަށް ކީއްބާއޭކުރީ ހިތައްއަރާ