ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި، ފިނިޝިން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ހިޔާ މަޝްރޫޢު އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅަކީ ކުރީ ސަރުކާރު ބަދުނާމުކޮށް އޮޅުވާލަން ދެއްކެވި ވާހަކަފުޅެއް ކަމަށާއި، ނަމަވެސް މިހާރު ރައްޔިތުންނަށް މާސާފުކޮށް މައުލޫމާތު ލިބިފައި ވާތީ ހިޔާ މަޝްރޫޢުގެ މައުލޫމާތުތައް އޮޅުވައި ނުލެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިއަދު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ނިންމާއިރު އެތަނުގައި ހުންނާނީ މުށިވެސް ނުޖަހައި އަދި ދޮރުތައް ވެސް ހަރުނުކޮށް ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތް ނުކޮށް ވެސް އެންމެ މަދުވެގެން 11000 ރުފިޔާ ކޮންމެ މަހަކު ފްލެޓަކަށް ދައްކަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ޓަވަރެއްގައި 5000 މީހުން ދިރިއުޅޭނެ ކަމަށާއި އެހެންކަމުން އެތަނުގައި ހުންނަ ތިން ލިފްޓުން މީހުން ފައިބަން ވެސް ދަތިތައް ދިމާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި އިސްކޮށް ހުންނެވި އޭރުގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު މިރޭ "ވަގުތު" އަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓްތައް މީހުންނާއި ހަވާލު ކުރަން ނިންމާފައި އޮންނާނީ ހުރިހާ މަސައްކަތެއް ނިންމާފައި ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުން އޮތް ގޮތެއް ނޫން ރައީސް މިއަދު އެވިދާޅުވީކީ. ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ރާވާފައި އޮންނާނީ ހިޔާ މަޝްރޫޢުގެ 7000 ފްލެޓްގެ ފިނިޝިންއަށް ހޭދަވާ 41 މިލިއަން ޑޮލަރު އެޗްޑީސީ މެދުވެރިކޮށް ކުރާ ގޮތައް. އެފައިސާ ހަމަޖެހި، ހުރިހާ ކަމެއް ހުންނާނީ ރޭވިފައި. 2019 ޖޫން މަހުގެ ނިޔަލަށް މީހުންނަށް އެތަންތަނަށް ވަދެވޭ ވަރަށް ކަންކަން އޮންނާނީ ރާވާފައި." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ނުނިންމާ ހަވާލު ކުރުމުން ވެސް މަހަކު 11000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ރައީސް ޞާލިހް ވިދާޅުވި ސަބަބެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ފިނިޝިން މަސައްކަތް ނިންމާފައި ހުރިހާ ޚަރަދަކަށް ބަލާއިރު ވެސް އެއިން ފްލެޓެއް 5600 ރުފިޔާ އަށް ކުއްޔަށް ދެވޭނެ. ހުރިހާ ކަމަކަށް ޚަރަދު ވާނެ ވަރު ބަލާފައި ނިންމާފައި އޮތް އަދަދެއް އެއީ." މުއިއްޒު ވިދާޅުވިއެވެ.

ފްލެޓްތަކުގެ ސައިޒާއި، ލިފްޓް ހަރުކޮށްފައި ހުރި ގޮތާއި ބެހޭ ގޮތުން ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅާއި ގުޅިގެން މުއިއްޒު ވިދާޅުވީ ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅަކީ ޓެކްނިކަލް ބޭފުޅުންނަށް "ރައްދު ދެވޭވަރަށް ވުރެ ވެސް ދެރަވަރު ވާހަކައެއް" ކަމަށެވެ.

"އަބަދުވެސް ފްލެޓް އަޅާ މިންގަނޑުތަކަށް އެފްލެޓްތައް ވެސް އަޅާފައި އެހުރީ. ހުޅުމާލޭގައި މީގެ ކުރިން އަޅާފައި ހުރި ފްލެޓްތައް ބައްލަވާ. އެއިން ބައެއް ފްލެޓްތަކަށް ވުރެ ޖާގައިގެ ގޮތުން މިފްލެޓްތައް ތަނަވަސް ވެސް ވާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުން ކުރައްވަންވީ ކަމަކީ ހިޔާ މަޝްރޫޢުގެ މަސައްކަތް ނިންމާފައި ރައްޔިތުންނާއި ހަވާލު ކުރުމަށް ފަހު އާމަޝްރޫޢެއްގެ މަސައްކަތް ފެށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސުސް

    މުއިޒް ވަރެއްހަމަ ނެއް،، ??

    138
    6
  2. މަރީ

    އޮޅުވާލަން މޮޅުވާނީ މުއިއްޒުދޯ??

    11
    141
  3. ާައަންނި

    އެއޮތީ ކަލޭމެން ލޯކުރިމަތީ އޮޅުވާލާފަ ދެން ހަދާނެ އެއްޗެއްހަދާބަލަ ކެރެންޏާ.

    53
    11
  4. ޙަސަންޗީ

    ވަން ރޫމް އެޕާޓްމަންޓަކަށް އޯކޭ.. ބާޒާރުގަ އަގު ހުރީ އެންމެ ދަށްކޮށް ވެސް 6000 އަށް.

    12
    1
    • ޕި ސް ޕި ސް

      ބާޒާރު އަގަކަށް ބަލާކަށް ނުޖެހޭނެ މީސަރުކާރުން ރައްޔިތުންނަށް ހޯދައިދޭ ބޯހިޔާ ވަހިކަމެއް

      10
  5. ކަޅު އިބްރާހިމް

    ޔާމީނު ލާރިކޭވަރަށް ނުވެސްކެވޭނެ އަދި ތަށްރަށްްްޤީ އެއްވެސް ނުހޯދޭނެ..ބޯހުރެގެން ކަންކަންވާނީ

    31
    1
  6. Anonymous

    ކޮބާތޯ ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ވާހަކަ. ކިތައް ތާރީޚު ދެއްވިތޯ ރައީސް

    38
  7. މޮހޮނދޭ

    މި ސަރުކާރުން ފްލެޓް ތަށް ނުދޭންވެގެން ހަދާ ބުހުތާނު ދޮގު..

    42
    2
  8. ޝަފީގު.

    މިއީ ފައްކާ ރޯނުއެދުރު ސަރުކާރެއް.. ދިވެހިން ހަލާކުވެ އަވަދިނުވަނީސް މި ސަރުކާރާއި މި ރައީސާއި މި ޕާޓީގެ ކިބައިން ގައުމާއި ދައުލަތާއި ދީން ސަލާމަތް ކުރަންޖެހޭ.. ސަރުކާރުގެ އެންމެ އިސް ވެރިޔާ ދައްކާ ދެއުޅިއެއްނެތް ވާހަކަ އެހެރަ ފެންނަނީ.. ޑޮނަލްޑު ޓުރަމްޕަކީ މީނާއަކީ ތަފާތެއްނެތް.. ހުސް މަރުމޯލުން.

    48
    3
  9. ނޯތު

    ކޮންމެ އެއްޗެއް ކިޔަސް ކޮންމެއެއްޗެއް ކެޔަސް ޔާމީން ވަރެއް ހަމަނެއް

    45
    2
  10. ޒަބީބު

    "ރައީސް ޔާމީންގެ ސަރުކާރުން އޮތް ގޮތެއް ނޫން ރައީސް މިއަދު އެވިދާޅުވީކީ. ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ރާވާފައި އޮންނާނީ ހިޔާ މަޝްރޫޢުގެ 7000 ފްލެޓްގެ ފިނިޝިންއަށް ހޭދަވާ 41 މިލިއަން ޑޮލަރު އެޗްޑީސީ މެދުވެރިކޮށް ކުރާ ގޮތައް.

    މުއިއްޒު ވިދާޅުވެދެއްވާނުތޯ ތިޔަ 41 މިލިއަން ޑޮލަރު އެއީ ކިހިނެތް ކޮން ގޮތަކަށް ހޯދަދާފަ އޮތް އެއްޗެއްތޯ؟ މުއިއްޒު ދަންނަވަންތޯ ރައީސް ޔާމީނުގެ ދުވަސްވަރު އެޗްޑިސީ އާއި، އެހެނިހެން ބައެއް ކުންފުނިތައް މެދުވެރިކޮށް ދޮންނަން ވެގެން ބިލިއަނުން ގެންގުޅުނު ޑޮލަރު މިސަރުކާރަކަށް ވާރުތައެއްވެސް އަދި ޣަނީމާއެއްވެސް ނުވޭ. ވިމާ އެޗްޑިސީ އަށް ވާރޭ ވެހޭ ބީދައިން ޔާމީނުގެ ދައުރުގައި "ވައިފެނުގެ" ތެރެއިން 41 މިލިއަން ޑޮލަރު ލިބެން އޮތަސް މިސަރުކާރަށް ހަވާލު ވީއިރު އެ 41 މިލިއަން ޑޮލަރު ދެއްވާކަށް ޔާމީނަށް ކެރިވަޑައެއް ނުގަތް. އެހެންވީމާ ދެން ކިހިނެތަތޯ އެ 41 މިލިއަނ ޑޮލަރުން ކުރަން ޔާމީނު & ކޮމެޕެނީ ލިމިޓެޑް އިން ކަނޑައަޅާފަ ހުރި ކަންކަން މިސަރުކާރުން ކުރާނީ؟

    11
    51
    • ބައްޕަ

      ދަރިފުޅާ ޒަބީބު. ވެރިކަމަށް އައިސް ވެރިކަން ކުރެވިދާނެ ކަމަށް ބުނެ ދަޅަ ދައްކައި ވެރިކަން ހޯދާއިރު ދިމާވެދާނެ މައްސަލަތަކާއި މެދަށް މިސަރުކާރު ވިސްނާފައި ނެތްކަން ދަރިފުޅުގެ ވާހަކައިން ތިޔަ ހާމަކޮށްދެނީ. ޔާމީނު އެފައިސާތައް ފޮރުވައި މި ސަރުކާރަށް އަތް ނުލެވޭހެން ހެދީމާ ސަރުކާރާ ދެކޮޅު ވާ ކޮންމެ މީހަކަށް ނާއިންސާފުން ޝަރީއަތް ކޮށް މިލިޔަން ޑޮލަރުން ޖުރުމަނާ ކުރާ ސިޔާސަތެއް ގެނެސްގެން އަދި ވެރިކަމެއް ނުކުރެވޭނެ. ކޮބާ އެޗް ޑީ ސީ އާއި އެނޫންވެސް ކުންފުނިތައް ހިންގަން ހިންދުކަރައިން ގެންނަ ލާރިތައް. ކޮވިޑަށް ދައުލަތުގެ ބަޖެޓު ހުސްވެގެން ދިޔައިރު 2020ގެ ބަޖެޓުހުށައެޅި އިރު ލިބޭނެކަމަށް އަންދާޒާކޮށްފައި ނެތް އެހެން ކުންފުނި ތަކުންނާއި ޤައުމުތަކުން ކޮވިޑާއި ގުޅިގެން ހަދިޔާކުރި މިލިޔަން މިލިޔަން ޑޮލަރުތައް އެޅީ ކޮންތަނަކަށް.

      20
      1
    • ޒަބީވަރެއް ނެތް

      ވަގުތު ނޫހުގެ ތާރީޚުގައިވެސް މިވަރުގެ މޮޅު، ވިސްނޭ އަދި އެހާ ތެދުވެރި އިޙްތިރާމާއެކު ކޮށްފައި އޮތް ކޮމެންޓެއް ނުދެކެން... ތިމަޢުލޫމާތުތައް އެނގޭ މީހެއްގެ ހައިޞިއްޔަތުން މިވާހަކަ ބުނަން ހިތަށްއެރި، އެކަމު ރުހުމުގެ ލޯތަކަށް އައިބު ނުފެންނާނެތީ އަޅާނުލީ... ޒަބީބަށް ހަމަ ސާބަސް...

      3
      10
    • Anonymous

      މި ސަރުކާރުން ދެއިރު ދެދަޅައަށް ކަނޑައަޅާ ބަޖެޓުންނާ ޕްރިންޓް ކުރާ ފައިސާއިން ނަގަންވީ. ހިތުން ވަރަށް މޮޅު ކޮމެންޓެއް ދޯ ތިކުރީ؟

      11
      2
  11. ނަައީމް

    ބަލަ މާލޭގާ ކުއްޔަށް އުޅޭ ކޮޓަރި މާކުޑަ ރައްޔިތުން އެގޮވަނީ ތިތުރުވާހަކައެއް ނުދައްކާ ތިތަންތަން ރައްޔިތުންނަށް ދޭށޭ ކޮންމެފަހަރަކު ބޫނާނެ ދައްކާލަން ގެންދާނަމޭ ބަލަ ރައްޔިތުން ތިތަން ބަލާފި ބަރާބަރު އަވަސްކޯދް ގެނޭ ލަސްތިކުރަނީ އޮޅުވާލަން މާލޭމީހުނަށްދޭން ރަށްފުށުގެ ނިހަމެތިން މިނނިކަމެތިހާލުގަ ކުލިދައްކައިގެން މާލޭގަ ނޫޅެވިގެން މިތިބީ ރަށުގަ ދެން ހަރާން މިމީހުނަކަށްްވެސް ތިޔާގެން ފުލެޓެއްނުލުބޭނެ ތިފުލެޓް ދިނުންލަސްވާނަމަ ރައްޔިތުން މަގުމައްޗަށް ނިކުމެމުޒާހަރާވެސްކުރާނަން ސާބަސް މުއީޒޫ މަގޭވޯޓް މުއީޒަށްދީގެން ވެސް ތިކަން ކަމާބެހޭފަރާތް ބާރުވެރިކުރާނަން

    16
  12. ދިވެހިސޮރު

    އިބޫ ހަމަޖެހޭތަ

  13. ޢަލިބެ

    އެކިފަހަރު އެކިވާހަކަދައްކައިގެން ތިތަނުން ފުލެޓެއް ނުދީ ލަސްކުރެވޭތޯ ބަލާތި. ހާދަމޮޅު ސަރުކާރެކޭދޯމީ. ވެރިކަމުގަހުރިމީހާއަށް ކިޔޭނުކިޔޭ އެއްޗެއްްނޭނގޭ.

  14. Anonymous

    ޔާމީން ދައުރުގެ ހުރިހާ ކަމެއް ހުރީ ތިހެނޭ... ސްޓްރަކްޗަރ ވަކި ކުންފުންޏަކުން. ފާރު ރޭނުން ވަކި ކުންފުންޏަކުން. ފިނިޝިން ވަކި ކުންފުންޏަކުން. އެކަމަކު ބިޑު ކުރަނީ އެއްކޮށް ނިންމަން.

    ހޮސްޕިޓަލްވެސް މެޝިނަރީ ހޯދީ ހަމަ ތިގޮތަށް މިސަރުކާރުން ބަޖެޓުގައި ހިމަނައިގެން.
    އެކަމަކު ފޮނިކަނޑާއިރު ކަންކަމަށް ބުނާނީ ސްޓްރަކްޗަރ އަށް ކުރި ޚަރަދު އެކަނި.