އެމްޑީޕީއިން ރިޔާސީ އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ތާޢީދުކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދަށްކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިކަން އިއުލާންކުރެއްވީ ނަޝީދާއި އެކުގައި ނަންގަވާފައިވާ ފޮޓޯއަކާއިއެކު ކުރެއްވި ޓުވީޓެއްގައެވެ. ޝާހިދު ވަނީ މީގެ ކުރިންވެސް އޭނާ ހުންނަވާނީ ނަޝީދުގެ ފަހަތްޕުޅުގައިކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރިފައިވެއެވެ.

އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރެން އިއުލާން ކޮއްފައިވަނިކޮށް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ރައީސް ނަޝީދު ފައްޓަވާފައިވާއިރު، އެމްޑީޕީއާއި ޕާޓީތަކުން ބުނީ އެއް ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވައިގެން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް މިމަހުގެ 15ވަނަ ދުވަހު ހުޅުވާލާއިރު، ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރައްވާނެކަން އަދި އިއުލާންކޮށްފައިވަނީ ހަމައެކަނި ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ދެވޯޓުވެސް ނުލިބޭނެ!

  2. ފުތާބެއްޔާ

    ކިތައްމެ ބޭނުންވިޔަސް ވާދަކުރެވޭކަށްނެތް. ޕާޓީން ބޭރުކޮއް ސިޔާސީީ ހަޔާތުގަ ސިއްކަޖަހުވާނެކަން އިނގޭވިއްޔަ.

  3. ޕޮފުބާ

    ތާއީދު ނެތް މީހަކު ޕުރައިމަރީގަ ވާދަކުރަންލަދު ގަންނާނެ އެންމެ ވޯޓެއްވެސް ނުލިބޭނެކަން ސާހިދުއަށް ޔަގީންވާނެ ސާހިދު މެންނަކީ ތާއީދު ކުރާނީ ކޮންބަޔަކަށްކަމެއް އަމިއްލަ ނަފުސަށްވެސް ނޭންގޭމީހުން އެމްޑީޕީއަށް ވެރިކަން ލިބުނީމަ ތީގެހުރިހާއެންމެން ބޭރުކުރާނެ އޭގެ ފަހުގަ ރައީސް ޔާމީނުވެސް ތިމީހުންނަށް ރަގަޅުވާނެ

  4. ނާހިދު

    2 ވޯޓް ކީއްކުރަން 1 ވޯޓް ވެސް ނުލިބޭނެ.

  5. އެއްމެން

    ގަޅި ނަޝީދު ބަލަ އަހަރަމެން ކަލެއަށް ވެރިކަން ހޯދަ ދިނީމޭ. އެކަމަކު އެކަން ކުރަން ނެއެނގިގެން ފެއިލްވީ! މިގޮނޑިޔަށް އަރާފަ ފައިބާފަ އަނެއްކާ ބެނުންވީމަ އަރާފަ އަދި ފައިބާފަ އެހެން ހަދަން ދިމާކުރުމަކީ ދިވެހީންނަށް ޚާއްސަކޮށް ކަލޭ ގޮނޑިޔަށް ހޭބޯ ނައަރާ މަސައްކަތް ކޮށްގެން އަރުވަ ދިން މީހުންނަށް ކުރާ ޖެއްސުމެއް. އަހަންނަށް ނެތް އެއްވެސް ޔަގީންކަމެއް އަލުން ވެރިކަމަށް އަރުވަދިނަސް ކަލެޔަށް މަގާމު ދިފާއު ކުރަން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން އެނގޭނެކަމަށް.

  6. ޜަސީދު

    ޚިތައްމެ ބާނުން ވިޔަސް ނުވެސް ކެރޭނެ ވާދަކުރާކައްވެސް

  7. އަހްމަދު

    ޝާހިދައްވާދަކުރާކަށްނުވެސްކެރޭނެ ނަޝީދުއާވާދަކުރަން ނުކުންނަހިސާބުން އެއްކަލަވީޑިއޯ ލީކުކޮށްލާނެ އެހެންވީމާ ނަޝީދުޖެހިބެރަކަށްނޫނީ ނުނަށާނެ ދިންފުޅިއެއްނޫނީ ނުބޮވޭނެ ބޯކަށްނުވެސްކެރޭނެ ވަރައްސާފު

  8. ހުސޭނުބޭ

    ވާދަކުރާނީވެސް ކިހިނެއް. ޕްރިޕެއިޑް ފިލްމު ރިލީޒްވާނެ. އޭރުން އޮންނާނީ ވާންހުރި 10 އެތި ވެ ނިމިފައި.

  9. ދޮންބެ

    އަހަރެން ވާދައެއް ނުކުރާނަމޭ ބުނަން މީދެން އަޅެ ކާކު؟؟؟؟؟ ކާކުތަ ބުނީ ކަލޭ ކައިރީ ވާދަ ކޮށްދޭށޭ. އަމިއްލައަށް ހެދިގެން އުޅޭ ތިކަހަލަ މީހުން ތިނޫނަސް ދުނިޔޭގަ އެބައުޅޭ... އެކަމަކު ތިވަރުގެ ކަމެއް ހަމަ ދުވަހަކުވެސް ނުދެކެން...