ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ދެއްކެވި ވާހަކަފުޅަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ވެލާނާ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި، އަދި ރަންވޭގެ މަސައްކަތް އަންނަ އަހަރު ނިންމާނެ ކަމަށް އިއްޔެ ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި ވެލާނާ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ވަނީ 2018 ވަނަ އަހަރު ނިންމާފައި ކަމަށެވެ. "އެރަންވޭ އަށް ދެ ފްލައިޓެއް ޖެއްސި. އެއީ އޮޅިގެން ކަމަށް ބުނެ ޖެއްސި އިންޑިއަން އެއާލައިންގެ ފްލައިޓަކާއި އިއްތިހާދުގެ އެއާބަސް އޭ-380 ޓެސްޓް ފްލައިޓް. އާރަންވޭ ފުލް އޮޕަރޭޝަނަށް ނުގެނެވިގެން އުޅެނީ މި ސަރުކާރު އެކަމަށް ނުކުޅެދިފައި ވާތީ." ސައީދު ވިދާޅުވިއެވެ.

ސައީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ވެލާނާ އެއާޕޯޓްގައި އަލަށް އިމާރާތް ކުރާ ޓާމިނަލް އަކީ 2018 ވަނަ އަހަރު ނިމުނު އިރުވެސް ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. "ޕްރެސް ކޮންފަރެންސަކަށް ރައީސް ޞާލިހް އެރުއްވުމުގެ ކުރިން ރައީސް އޮފީހުން ރަނގަޅު މައުލޫމާތު އެމަނިކުފާނަށް އެރުވުން މުހިއްމު." ސައީދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދުކޮށް، އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހަދާ އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާ އެވެ. ޓާމިނަލްގެ މަސައްކަތައް ސައުދީ ފަންޑުންނާއި، ކުވައިތު ފަންޑު، އޯޕެކް ފަންޑުން ފައިސާ ހަމަޖައްސާ އެއްބަސްވުންތަކުގައި ސޮއި ކުރީ ރައީސް ޔާމީންގެ ސަރުކާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަމްރިޝް

    މައުމޫނު ހަމަ ހަބޭހަށް ހެޕީ. ގާސިމް ކުޑަކޮށް އޯކޭ! ޝިމް އެއީ ދެން އެއްވެސް ފައިދާއެއްނުލިބޭ ކޮހެއް!

    19
  2. ޚިނޮޅަސް

    ސައީދު ބެއަށް އެނގޭތަ ވެރިކަމުގައި ހުރީ 5 ތަނުން ބަނދުފައި ހުރި މައްޔިތެއްކަން. އެހެން ވީމާ މިހާރު މިގައުމަށް ދުވާލަށް އިރު ނޭރިއްޔާ މިބައި މީހުނަށް ރަނގަޅުވާނެ. ޢެއީ ޓާމިނަލް ވެސް ނިމޭވަރަކަށް ބޮޑުތަން ފެންނަން ހުންނާނެތީ މީހުންގެ ލޮލުގައި އަޅައިގަންނާނެތީ.. އެތަން ވެސް މިސަރުކާރުން ޖީއެމްއާރަށް ނުދެވިގެން މޭޒުމައްޗައް އަރައި ބަގުޑި ބެއްދި 1 އަހަދުވަންދެން އެހެން ނޫންނަމް ތިތަންވެސް ހުރީހީ ނިމިފޭ.

    24
  3. ޒާ

    ސޯލިހު ސަރުކާރު ވެލާނާ އެއާޕޯޓާ ކޮންކަމެއް؟ ކޮންކަމެއް ކުރީ؟

    58
    1
  4. Anonymous

    900 މިލިއަން ހުސްކޮށްލަން އެނގުނީ މުޅި ދައުލަތް ޕަކަޅާކޮށްލާފި. ރައްޔިތުން ބަޔަކު ދެއްކި ދަޅައަށް ހެއްލުމުގެ ގެއްލުން މިފެންނަނީ.

    53
    2
  5. ނަސީދު

    ވާނުވާނޭނގޭ ވެރިޔެއް

    53
    1
  6. ހާމަ

    ސައީދޫ މިހާރު ގަދަބާރުން ވެތިކަން ޖަހައިގަނެގެން އެހެރަ މީހާގަޑަކީގަމާރެއް އެމީހާ ޔަކަށް ނޭގޭނެ ކިތަންމެވަރަކަށް ކިޔާދިނަސް އެއޗެއް އރގިގެންތާތެދުމައުލޫމާ ތެއް ރައްޔިތުންނަށް ކިޔާދެވޭނީ ސާބަހޭޔާމީން ތިފަދަ ދަރިއެއް ބޭނުމީއަހަރުމެން

    55
    2
  7. މުހައިމިން

    ސައީދު ބުންޏަސް އެއީ ހަމަ ތެދުފުޅު

    60
    3
  8. ބީރުމީހާ

    ކުރިކަމަކީ މީހުންނަށް އޮޅުވައިލުން މަގުފުރެއްދުން ތެލިދޮންނަ ހުސޭނުމެން ލިޔެފަދޭއެޗެކޭ ކިޔަނީ ﷲގެ ކުޅަދުންވަންތަވެރިކަން ދެކިބަލަ

    29
    1
  9. ރަޝީދުބެ

    ތިގޮތައް ފުވައްމުލަކުގެ ނަރުދަމާވެސް ނިއްމާ
    ހުޅުވާ ހުޅުވާފައިއޮތީ ކުރީވެރިކަމެއްނޫން
    ހުސްވައްކަ ކޮއްމެކަމެއްވެސްއެގޮތައް