ކޮވިޑް-19 އާއި ކުރިމަތިވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދޯހަޅިކަމާއި ލީޑާޝިޕް ނެތްކަން އެނގިއްޖެ ކަމަށް އެމަނިކުފާނު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާ ކަމަށްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހް ބޮޑުތަނުން ފެއިލްވުމުން ސަމާލްކަން އެއްފަރާތް ކުރެއްވުމަށް ރައީސް ޔާމީންގެ ތަރައްޤީ ހަތިޔާރަކަށް ހެއްދެވުން އެއީ ދެރަވަރު ކަމެއް ކަމަށެވެ.
"އަމިއްލަ ވައުދުތަކުން ފުއްދުނީ ކިތައް ޕަސެންޓްތޯ؟ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވަންތޯ؟ ފްލެޓްތައް ހަވާލުކޮށް ދައްކަން ޖެހޭ ވަރު ކުޑަވެއްޖެތޯ؟" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މިއަދު ގައުމު އެދެނީ ރައީސް ޔާމީން އަޅުއްވައިދެއްވި ފްލެޓްތަކާއި ރަންވޭ އާއި ހޮސްޕިޓަލްގެ ފުރިހަމަ ބޭނުން ލަސްނުކޮށް ހިފޭނެ ގޮތެއް ހެދުމަށް ކަމަށެވެ. "ހަޤީޤަތަކީ ރައީސް ޞާލިހްގެ ހިންގުމުގެ ގާބިލްކަން ނެތްކަން %90 ރައްޔިތުން ގަބޫލު ކުރޭ." ތަކުރާރުކޮށް ޖަމީލް ވިދާޅުވިއެވެ.
Flat thah havaalukoh, dhakkan jehey varu kuda vejjetho? Miadhu qaum edhenee RY alhaidhevvi flat thakaa, runway aa, hospitalge frurihama beynun lasnukoh hifeyne goiy hedhun. Haqeeqathugai RI ge hingumuge qaabilkan neikmah 90% rayyithun qabool kurey 2/2 pic.twitter.com/3adcIG3Dk5
— Mohamed Jameel Ahmed (@MJameelAhmed) June 24, 2020
އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް ޞާލިހް ވެލާނާ އެއާޕޯޓްގެ މަޝްރޫއުތަކާއި، ހިޔާ ފްލެޓް މަޝްރޫއު އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ.މުހައްމަދު މުއިއްޒާއި އިކޮނަމިކް މިނިސްޓަރު ކަން ކުރެއްވި މުހައްމަދު ސައީދު ވަނީ ރައީސް ޞާލިހަށް ރައްދު ދެއްވާފައެވެ.
މުއިއްޒު ރޭ "ވަގުތު" އަށް ވިދާޅުވީ ރައީސް ޞާލިހް މަސައްކަތް ކުރެއްވީ ހިޔާ ފްލެޓްތަކުގެ މައުލޫމާތު އޮޅުވާލަން ކަމަށާއި ނަމަވެސް މިހާރު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މީނާއަށް ރަނގަޅު އެކަކުވެސްނެތް. ނެގެޓިވް ތިންކާ އޮފް މޯލްޑިވްސް އިޒް ރޯނު އެދުރު ޖަމީލް. ޔޫ އާ ދަ ބިގެސްޓްފެއިލިއަރ އިން މޯލްޑިވްސް. މާ ރަނގަޅު ވާނެ ޕޮޒިޓިވްކޮށް ވިސްނާފައި މީހުން ބަލައިގަންނަ ގޮތަށް އުޅުން. މިދެނީ ރަނގަޅު ނަސޭހަތް
ޖަމީލު ނޫނިއްޔާ އެހެން ރައީސުންނަކީ ގަމާރުން މީގެކުރީން ޔާމީނަކީވެސް ޤަމާރެއް،މައުމޫނަކީ
ޤަމާރެއް އެހެންވެއްޖެއްޔާ ޖަމީލަކީ ވަރަށްމޮޅުމީހެއްތާ އެކަމަކު ނަމުގެ ކުރިއަށް ޑރ ކިޔާ
އެއްމެން ތިވަރަށް ފޮނިނޫން
ޢަހަރެމެންނަށް ފެންނަނީ ޖަމީލުގެ ދޯހަޅި ކަން. ނާއިބުރައީސް ކަން ހަވާލު ކުރީމަވެސް ޒިއްމާނޫފުލާ ފިލާގެން ޔޫ ކޭއަސްގޮސް ޔާމީނަށް ކުރީޖެއްސުން. ދެންވެރި ކަންބަދަލުވީމައައިސް ފެށީ ޕާޓީބަދަލު ކުރުމުގެ މޫސުމް އެމޫސުމުގައޮޔާގޮސް މިހާރު ދައް ކަނީ ބުއްދިގޯސްވެފަތިބޭމީހުން ދައް ކާކ ކަހަލަވާހަ ކަ. ދެންފެންނާނީ ޕާޓީދޫ ކޮއްގޮސް ބާތުޑޭޕާޓީއާ ގުޅޭތަން.
އަބަދުވެސް ދޮގުހަދާ އޮޅުވާލުން. ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައިހުރި ކަންކަން އަލުން ނިންމާ ވާހަކަދައްކައިގެން ރައްޔަތުންނަށް އޮޅުވާލެވޭނެކަމަށް ވާހަކަދައްކަނީ ނަމަވެސް މިކަން ރައްޔިތުންނަށް ސާފުކޮށް އެނގޭ.
ޖަމީލް ތަލައިގެ ދަޅަޔާ އެއްވަރުގެ ބްރައިޓްނެސް ސިކުނޑީގަ ނެތް...
ދޯހަޅިކަމާއި، ލީޑާޝިޕް ނެތްކަން އެނގިގެންދޯ ރާއްޖޭ ބޭރުގަ ހުރީ މިދިޔަ ފަސް އަހަރު ؟؟؟
ދެން ކަލޭ ހިންގުންތެރިމީހާ ވެރިކަމާ ހަވާލުވާންވީނު ދޯ !
ކކަލޭ އަވަހަށް ވެރިކަމާ ހަވާލުވާން ދޭ. ކަލޭތީ ވަރަށް ހަރުދަނާ ލީޑަެޝިޕެއް ހިރުމީހެއްވީޔާ ތިވާހަކަ ދައްކަން.
ޖަމީލް ވޯޓު ދެއްވީ ކާކަށްތޯ. އެހާ ދޯހަޅި މީހަކަސް ވޯޓް ދެއްވީ އަމިއްލަ އެދުމެއް އޮވެގެންބާ!!. އަމިއްލަ އެދުން ބޮޑެތި ބައިގަނޑަކާ ހެދި މުޅި ގައުމު ހަލާކު.
އިބޫ އަކީ ހިއްތިރި ރައީސް، ރައްޔިތުންގެ ރައީސް، ޖަމީލާ މެނަކަށް ރައްޔިތުންގެ ވިންދެއް ނޭނގޭ.
ދިވެހި ކުދިބޮޑު އެންމެންނަށް އެނގޭ ޖަމީލަކީ މި ގައުމުގައި ފެއިލްވެފައިވާ މީހެއްކަން
އޯކޭ ޖަމީލް ފެއިލް އިބޫ އެކިޔާލަވަ ހަމަ ދިވެހިންނަށް އޯކޭތަ
ކަންކަން ކުވޭމިހުން އެހެންމީހުން ކޮށްފަ ހުރިކަންކަމުގެ ބަލި ފައިތަށް ރަނގަޅު ކުރާނީ. ނުވަތަ އެއަށް ވުރެ މޮޅު ކަމެއް ކުރާނީ އެހެން ނުވާނަމަ އެކުރެވެނި ނަފުރަތު އެފަދޭކަންކަން. ލިފުޓު މަދޭ ބުނާއިރު އެތަނަސް ބޭނުންވާ 100% ލިފުޓުގެ އަދަދު ބުނެވުނުތޯ ބެލިން އެކަމެއް ނުވި. އެހެންވީމަ އެކަހަލަ ކަމެއް އެއަށް ވުރެ ރަނގަޅަކަށް ނުކުރެވޭނެ. މައްސަލައެއްދައްކްާއިރު އޭގެ ހައްލު ދެއްކެން ޖެހޭ.
އަހަރެން ބަލަނީ ކޮންމެ ވެރިކަމެއް ނިމޭއިރު ރައްޔަތުން ގެ ހަޒާނާ ބޭނުން ކޮށްގެން ކޮށްދެވުނު ކަމެއް. އެމިހާ އަކީ ކިހާ ރުޅިގަދަ،ރުޅިމަޑު މީހެއް ތޯބަލައިގެންވާނެ ކަމެއް ނޯން ނާނެ. ގައުމުކުރިޔަށްދާނި އަވަސް ދުވެލީގަ ކަންކަން ކުރެވުނީމަ އެހެން ނޫނީ ދުސް ތައްބޭކާރު ވާނި. ވަކިމީހަކު ވެރިކަމުގަ ހުރުން ލާޒިމެއް ނުން. މިވެރިކަން ނިމޭއިރުވެސް ގިނަ ކަންކަންކުރެވިއްޖެއްޔަ ތައުރީފު ކުރާނަން. ޔާމީނު ގެން ދިޔަ އަވަސް މިން އަހަރުމެނަށް ތަޖުރިބާކުރެވިއްޖެ. އެއަށް ވުރެ ލަސްވާކަމަށް ވާނަމަ ފާޑުވެސް ކިޔޭނެ. އެއީ އެކަން ތަޖުރިބާކުރެވުނީމަ.
މާތްރަސްކަލާންގެ މީނަގެ މިސުންޕާ އަނގަ މައިތިރި ކުރައްވާށި މީނަގެ ލީޑަޝިޕް ރަގަޅުކަމުން ވިލިގިލީ އެންމެން ވޯޓުލައިގެން މީނަ ހޮވައިފަ މިހިރީ
ރީނދޫ މީހުންތައް ކެތް ނުވެގެން ކެކި އަރަނީ ދޯ؟ ހަޖަމް ކޮށްލާ. އިބޫ އަކަށް ނުޖެހޭ އެންމެން ސަނާ ކިޔާކަށް
މީ ހާދަ ވަރުގަދަ ސިޔާސަތެއް ގެންގުޅޭ ބޭފުޅެއްދޯ،،،، މިބޭފުޅާގެ ސިޔާސަތު ވިލިމާލެ ދާއިރާގެ މީހުންނަށްވެސް ކަމަކު ނުދިޔަ ، ދެންކިހިނެއް މިޤައުމުގެ ރައްޔިތުން މީނަގެ ސިޔާސަތު ކަމުދާނީ