އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް

ރައްޔިތުންގެ މަޖިލީސް ފެށުމުން މިހާރު މި ހިނގާ ކަންކަމަށް ލުއެއް ލިބޭނެކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މީހުންނަށް ބިރު ދައްކައިގެން ޓާގެޓް ކުރައްވައިގެން ޖަލަށް ލިޔަސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ.

"ހުދު ރައީސް ޔާމީންވެސް ޤަބޫލުފުޅުކުރައްވާނެ, ރައީސް ޔާމީންގެ އަނިޔާވެރިކަން މަރުހަލާއަކަށްފަހު މަރުހަލާއެއް އިތުރުވިޔަސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަހަތަށް ނުޖެހޭނެ" ޝިދާތާ ވިދާޅުވިއެވެ.

ރައީސް މައުމޫން ކުރައްވާ ހިތްވަރުފުޅަކީ އެންމެން ބަލައިގަނެ އެކަމަށް ސެލިއުޓްކުރާ ކަމެއް ކަން ފާހަގަ ކުރައްވާ ޝިދާތާ ވިދާޅުވީ ރައީސް މައުމޫންގެ ބަޔާންތަކުންވެސް ދޭހަވާކަމަކީ އިސްލާހަށް ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާކަން ކަމަށެވެ.

"ޕާޓީތަކުގެ ލީޑަރުން ޖަލަށްލާ ދެން އެއަށްފަހު ވާދަވެރި ޕްރޮފައިލްއެއް ދައްކަވާފާނެހެން ހީވާ އެންމެންވެސް ޖަލަށް ލީ. އޭގެ ތެރެއިން އާއިލާތަކަށްވެސް އަނިޔާ ކުރަމުން އެ ގެންދަނީ. އެހެންނަމަވެސް މިކަމުގެ ތެރެއިން އަޅުގަނޑުމެން އެންމެންނަށް ދަސްވެފައި މިތިބީ އިތުރަށް ހިތްވަރު ކުރަން،" ޝިދާތާ ވިދާޅުވިއެވެ.

ރާއްޖޭގެ އަދުލުގެ ނިޒާމުގެ ކަންތައްތައް ޤާނޫނުގެ ތެރެއިން ނުހިނގާކަން އެއީ އެންމެ ދަންނަ ހަޤީޤަތެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ އަޑު ކަނޑުވަލައިގެން ދައުލަތް ހިންގަން އުޅުމުން އެ ދައުލަތް އިނދަ ޖެހިގެންދާނެ މަންޒަރު ފެނިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ޙައްޤުގެ ވާހަކަ ދައްކާއިރު ފިރިމީހާގެ ޙައްޤު ނުދަންނަ ރނޑއެއްތީ!

  2. ގުޅިފައިވާ ޕާޓީތަކުން ފަހަތަކަށް ނުޖެހޭނެކަން ޔަޤީން. ކުޑަކޮށް އެއް އަރިއަކަށް ޖެހިޖެހި ތިބޭނީ............. މަންޖޭ ކޮބައިތަ އެއްކަލަ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް.