ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައި އޮންނަތާ އެއް ދުވަހެއް ފަހުން އަންނަ ޖުލައި މަހު އެއް ވަނަ ސްކޫލްތައް ހުޅުވާއިރު، އެކަމަށް ބޭނުންވާ ބަޖެޓް އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިފައި ވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އިމަޖެންސީ ރެސްޕޮންސް ޕްލޭންގައި ބުނެފައިވާ ގޮތުން، އެ ޕްލޭން ފުރިހަމައަށް ތަންފީޒުކުރަން 22.91 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ހަރަދު ވެއެވެ.

އެ ޕްލޭނަކީ ތިން ބަޔަކަށް ބަހާލައިގެން ތިން އަހަރު ދުވަހަށް ހަދާފައިވާ ޕްލޭނެކެވެ.

އަދި އެކަމަށް ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފް އާއި ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކުގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ސްކޫލްތައް އަލުން ހުޅުވާއިރު، ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެ މިނިސްޓްރީން ވިދާޅުވީ، ސްކޫލްތައް ހުޅުވެން ވާއިރަށް ސްކޫލްތަކުގައި ކުރަން ޖެހޭ މަރާމާތުތައް ދަނީ ކުރެވެމުންކަމަށެވެ.

"ސްކޫލް ހުޅުވޭއިރު ހުރިހައި ސްކޫލެއްގައި ކުރަންޖެހޭ މަރާމާތުތައް ކޮށް ނިންމޭނެ. މިމަސައްކަތްތަކުގައި ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅުގަނޑުމެނަށް ވެދެއްވާ ހިލޭއެހީތައް ފާހަނގަކުރަން". މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި (ސެނިޓައިޒަރ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ އިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތްދޮވުމަށް ސައިބޯނި) ހޯދައި ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިތަކެތި ގިނަ ސްކޫލްތަކަށް މިހާރު ވާނީ ފޮނުވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

"މީގެ ތެރެއިން އަތްދޮންނަ ސައިބޯނި ހޯދާފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއި އެކު. އަދި އެހެން ހުރިހައި ތަކެތި ގަނެފައި ވަނީ މިމިނިސްޓްރީގެ ބަޖެޓުން". މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ، ސްކޫލްތަކުގައި ގާއިމްކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ހަދަމުންދާ ކަމަށެވެ. އަދި ސްކޫލް ހުޅުވޭއިރު ހުރިހައި ސްކޫލެއްގައި މި ސްޓޭޝަންތައް ގާއިމްކޮށް ނިންމޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ ހުރިހާ ސްކޫލަކަށް ހުންބަލަން ތަމޯމީޓަރ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ؟

  ތި ސައިބޯނި ފުޅިތަކާއި ސެނެޓައިޒާރ ތަކުގެ ނާޖާއިޒް ފައިދާ ނަގާނީ ސުކޫލު ގެ ހިންގުމާއި ހަވާލުވެގެން ތިބޭ އިސްމީހުން. ތީގެ ގިނަ އެެއްޗެހި ވައްދާނީ އެމީހުން ގެ ގެެއަށް. ނަންވާނީ ސުކޫލު ކުދިން.

 2. ޙިޔަޅު

  މެޑަމް މޭކަޕް ފާޓާ

 3. ޢަލީ

  ސްކޫލުތައް ހުޅުވާއިރު މާކުރަތު ސްކޫލު ހުޅުވާނެބާ. ކޮވިޑަށް ޝައްކުކުރެވޭ މީހަކު ފެނިގެން މިރަށުގެ 3 ގެއެއް މިވަނީ މިހާރވެސް ކަރަންޓީން ކޮށްފަ.

 4. ކޮލަމް

  ތިޔަ ބުނާ އެއްވެސް އެެއްޗެއް މިރަށު ސްކޫލަކަށް ނުލިބޭ. ތިޔަ އެއްޗެއް ލިބުނު ސްކޫލެއް ނޫސްވެރިން ސާފުކޮށްލަދީ