ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ" ބިލުގައި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހާއްސަ ބާރުތަކެއް ދީފައި އޮތް ނަމަވެސް ކޮމެޓީ އަކުން ނުވަތަ މަޖިލީހަކުން އެއްވެސް ނުފޫޒެއް ފުލުހުންނަށް ނުފޯރުވާނެ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ނުފޫޒު ފޯރުވުމަކީ ވަކި ކަމެއް ވަކި ގޮތަކަށް ނުވަތަ ވަކި މައްސަލައެއް ވަކި ގޮތަކަށް ބެލުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަށް އެންގުން ކަމަށެވެ. ކޮމެޓީން އިއްޔެވެސް ފުލުހުންގެ މިހާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ނުފޫޒެއް މިހާތަނަށް ފުލުހުން ލިބިފައިވާ ކަމަށް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެެ.

ފުލުހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒު ފުލުހުންގެ މުއައްސަސާ އަށް ފޯރުވުން ކަމަށެވެ. އަދި ސިޔާސީ ނުފޫޒުގެ ތެރެއިން ފުލުހުން ލައްވާ ވަރަށް ގިނަ ކަންކަން ކުރުވާ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

"އެކަމެއް މި ސަރުކާރަކުން ވެސް ރައްޔިތުންގެ މަޖިލީހަކުން ވެސް މިހާރަކު ނުކުރައްވާނެ. އެއީ މާކުރީގެ ކަންތައްތަކެއް ސިޔާސީ ނުފޫޒު ފޯރުވުމަކީ" އަސްލަމް ވިދާޅުވިއެވެ.

"ދިވެހި ފުލުހުންގެ ހިދުމަތު ބިލު"ގެ މަސައްކަތް އަންނަ މަހުގެ 15ވަނަ ދުވަހަށް ނިންމުމަށް ކޮމެޓީން ވަނީ ސުންގަޑި ކަނޑައަޅާފައެވެ. އަސްލަމް ވިދާޅުވީ މިހާރު އެ ކޮމެޓީ އިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ނިންމާނެ ސުންގަނޑިއެއް ކަނޑައަޅާފައިވާއިރު އަންނަ މަހުގެ 15 އަކީ ބިލުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ސުންގަނޑި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބިލްގެ 14 ވަނަ މާއްދާ ހާއްސަކޮށްފައި ވަނީ ފުލުހުންގެ ހިދުމަތުގައި ކޮމިޓީގެ ދައުރު އޮންނާނެ މިންވަރާއި ގޮތްތައް ބަޔާން ކުރުމަށެވެ. ބިލުގައިވާ ގޮތުން ކޮމިޓީގެ ދައުރު ގާނޫނުގައި ހިމަނަނީ 241 ކޮމިޓީ އަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރަށް އަމަލީ ސިފަ ގެނައުމަށެވެ. އެގޮތުން އެ ބިލްގެ 73 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްްގެން އަންގާ އެންގުންތަކަށް އެ އެންގުންތައް ރައްދުވާ ފަރާތްތަކުން ތަބާވުން ލާޒިމުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެއްޔާ

    އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ. ރައްޔިތުންގެ މަޖްލިހުގެ މެންޑޭޓަކީކޮބައި ހެއްޔެވެ؟ ހުރިހާ މިނިސްޓްރީއެއް އުވާލާފަ ކޮންމެ ކަމަކަށް މެމްބަރކާ ހަވާލުކުރަންފެނޭ. މިކުރަނީ ބަރުލަމާނީ ވެރިކަމެއްތޯ. ރިޔާސީ ވެރިކަމެއްތޯ. ކެތްތެރިކަން ކޮޅުންލައިފިއެވެ. އިބުރާހީމް ސޯލިހަކީ ކީއްކުރާ މީހެއްތޯއެވެ. މުޅި ދައުލަތް ގަނޑުބަނޑު ވަނީއެވެ.

  2. ކޮމެންޓު

    މިހާރު ފުލުހުންގެ ނުހޮރުއްޕާން ވަރަށް ބޮޑު އަބަދު މަގުމަތިން މީހުން ހުއްޓުވަނީ. މިނޫން ކެމެއް ނެތް ބަޔެއް މީ. މިގައުމުގަ ހިނގާ އެއްމެ ނުރައްކާތެރި ކުށަކީ ސައިކަލަށް އަރަިގެން ދަތުރު ފަތުރު ކުރުން ހެން ހީވަނީ

    1
    2
  3. ނަައީމް

    ބަލަ ނޭގުނީތޯ އަބަދުވެސް ފުލުހުންނަކީ ޒިންމާދާރުބައެއް ކަލޭމެންގެ މުޑުދރު ކަމުން ހަޔާތްކުޑަކަމުން އެމުއައްސަސާގެ އަގުވއްޓާލީ މިއަދު ހަމަ ކަލޭމެން ނޫންތޯ ތިއުޅެނީ ޒިންމާކުރުވާށޭކިޔައިގެންވެސް ތީހަމަ ބޭރުކުރަންވީބައެއް