ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ ހައްގުވެރިން އިހުތިޖާޖަށް ނިކުންނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައްކަމުން އަންނަ އެންމެ ވާހަކައެއްވެސް ދެކޮޅު ނުޖެހޭ ކަމަށެވެ. އެގޮތުން ފުރަތަމަ ދެއްކީ އެތަނުގެ ކޮޓަރިތައް ކުޑަ ވާހަކަ ކަމަށާއި އެހެންކަމުން ކޮޓަރިތައް ބޮޑު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ވާހަކަ ދެއްކި ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ވާހަކަ ދެއްކެވިއިރުވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަން ހުދު އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އިމާރާތް ކޮށްފައި ހުރި ތަނަކަށް އިތުރު ބަދަލުތަކެއް ގެނައުމަށް އުނދަގޫ ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ދެއްކީ އެތަން ކުޑަ ވާހަކަ ސައިޒު، އެހެންވެ އެތަނުގެ ކޮޓަރިތައް ބޮޑު ކުރާ ވާހަކަ، އެވާހަކަ ދެއްކިއިރުވެސް އެނގޭނެ އެއީ ސްޓްރަކްޗާ ކޮށްފައި ހުރި ތަނެއްކަން އެކަން ނުކުރެވޭނެކަން ވެސް. އެކަމަކު އެކަމަށް އެކަނިވެސް ހައެއްކަ މަސް ހޭދަކުރި ހަމައެކަނި އެކަން ކުރުމަށޭ ކިޔާފައި،" މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ ސަރުކާރުން ހިޔާ ފްލެޓުތަކާއި މެދު އަމަލު ކުރަމުން ދިޔަ ގޮތްތަކުގެ ސަބަބުން ނިކަމެތިކަން ލިބިގެން ދިޔައީ ހަމަ ރައްޔިތުންނަށް ކަމަށެވެ. އަދި ދެ އަހަރު ދުވަސް ވަންދެން އެތަނަށް އެއްވެސް މަސައްކަތެއް ނުކޮށް ހުސް ވާހަކަތައް ދެއްކި ސަބަބުން ހާމަކޮށް ދިނުމަށް މުއިއްޒު ވަނީ ގޮވާލައިފައެވެ.
"އިހުތިޖާޖް ކުރަން ނިކުންނަންޖެހޭ ހިސާބަށް މިއަދު މިއޮތީ ގޮސްފައި. އެބަޖެހޭ ނިކުންނަން މިހާރު، ނިކުމެ ރައްޔިތުންގެ އަޑު މި ސަރުކާރަށް އިއްވައި، ރައްޔިތުންގެ ހައްގު ހޯދަން މިހާރު އެބަޖެހޭ އަތުކުރި އޮޅާލައިގެން ނިކުންނަން. އެނޫން ގޮތަކަށް އަޅުގަނޑަކަށް ހިއެއް ނުވޭ ރައްޔިތުންނަށް ހެޔޮ އެދޭ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްދޭނެ ހެނެއް" މުއިއްޒު ވިދާޅުވިއެވެ.
ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލު ކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. އެހެން ނަމަވެސް މިހާރު 24 ބުރިއަށް ބަދަލުކޮށް، އެންމެ ތިރީގައި 280 ޔުނިޓްގެ މެނޭޖްމެންޓް އޮފީހާއި ފިހާރަ އަދި ސެކިއުރިޓީ ބަލަހައްޓާ ތަނެއް ހެދުމަށް ނިންމަމުން އަންނަ ކަމަށް އެޑްސީން ވަނީ ބުނެފައެވެ.
އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވިދާޅުވީ، އެތަނުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަންތަން ހައްގުވެރިންނަށް ހަވާލު ކުރާއިރު، އެތެރޭގެ މަސައްކަތެއް ނުނިމޭނެ ކަމަށެވެ.
"އެހެން ނަމަވެސް ގަބޫލު ކުރައްވައްޗޭ، އެތަނަށް ވަންނައިރު ކޮޓަރިއަކު ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސް އެއް އެއްޗެއް ނުހުންނާނެ. އެ ހާލަތުގައި އެތަން ހުންނާނީ،" ރައީސް އިއްޔެ ވިދާޅުވިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފައި ވަނީ ހުޅުމާލޭގައި ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފެށި 7,000 ފްލެޓަށް މީހުން ވަދެ ފިނިޝިން މަސައްކަތް ނިމެންދެން ވަކި މުއްދަތަކަށް ކުލި ނުނަގާނެ ކަމަށެވެ.
މި ތިބީ ނުކުންނަން ތައްޔާރުގައި
ދެން ޔާމީންގެ ދެއަތްޕުޅުން ބިންގާ އަޅާދިން ސީލައިފްގެ ހައްޤުވެރިން ކޮބާތަ! އެމީހުން ނުކުންނާކަށް ނުޖެހޭތަ! ފްލެޓް ވެސް ނުލިބުނު ދެއްކި ފައިސާވެސް ނުލިބުނު.
އެވެސް މުޢިއްޒުގެ ޒަޢާމަތުގައި. ދެރަކަމެއް ހުވާ
ހަމަ ކަނޑައެޅިގެން ދޮގު. ފައިސާ ދެއްކި މީހުނަށް އަނބުރާ ފައިސާ ލިބިއްޖެ. އެއްބަސް ވުމުގައިވާގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭން 2 އަހަރުތެރޭ އެމީހުނަށް ސަރުކާރުން ފްލެޓް ދޭންޖެހޭ. އެހެންކަމުން 2އަހަރުގެ ތެރޭ ސަރުކާރުން ފްލެޓް ނުދީފިނަމަ އެމީހުން ނުކުންނަން ޖެހެނީ. މަށަކީ އެތަނަށް ފައިސާ ދެއްކި މީހެއް. އެފައިސާ އަނބުރާލިބިއްޖެ. އެފައިސާ ދިނީ އެޗްޑީސީ އަށްގެގޮސް އެތަނުން. ފިތުނަ އުފައްދަން ދޮގުވާހަކަ ތަކުން ކޮމެންޓް ކުރާނެކަމެއްނެތް.
ނުކުންނަށް ލަސްވެއްޖެ..ގައުމުގެ ރައީސް ދޮގުހެދީ..މިއަދު ނޫސްވެރިން އެތަނަށް ވަދެ ނެގިފޮޓޯތައް ފެނިއްޖެ..4ލިފްޓް އިންކަމަށްވޭ..އަނެއްކާ ކޮތަރުކޮށްޓެއްވެސް ނޫން..
ހުސްދޮގު ތިއުޅެނީ ޕާޓީ ކުދިންނަށް ބަހާލަން ކޮތަރު ކޮށްޓެއް ނެހެދުނު ހިނި ހޮރެއްވެސް ނެހެދޭނެ ހުސްއަގަ ތަޅާބައެއް ގަމާރުދިވެހިން
ކޮތަރު ކޮށި ބޭރުން ބަލާލަން ވަރަށް ރީތި! އެކަމަކު އެތެރޭ ގައި އުޅެވޭނީ އޮކްސިޖަނު ގައި ކަމަށް ބުނަ އުޅޭ!
ރައްޔިތުންނޭ ނުކުމޭ ..ޑިމޮކްރެސީގަ ހައްގު ލިބޭނީ ހަޅުތާލުކޮށްގެން... ނުތިބޭ ބަލާކަށް 600 މިލިއަން ރުފިޔާގެ ލޯނެއް ހޯދުމުގެ ޤާބިލްކަން ނެތީމަ އިސްތިއުފާ ދެއްވާ..އަދި ސުހައިލް އަކީ މައުމޫނުގެ ޕަޕެޓެއް ..މީނައަކީ މިހާރުން މިހާރަށް ހައްޔަރުކުރަންޖެހޭ މީހެއް. މިތާގައި ހުންނާނެ ދިވެހި ސިފައިންނާއި ފުލުހުންނަށް ޚާއްސަކުރި 600 ފުލެޓް .އެބޭފުޅުންވެސް ހައްގު ހޯދަން ތެދުވެ ވަކާލާތު ކުރައްވާ މިއީ ރައްޔިތުން ނިކަމެތިކޮށް ރައްޔިތުންނަށް މަލާމާތްކުރުން. .ބޭފުޅުންނޭ 1980 ގެ ފަހުކޮޅާ ޖެހެންދެން މާލޭގައި މީހުން ނިދީ ފައްޖެހި އެދާއި ބިންމަތީ ކުނާ އަޅާއިގެން . ޚޮދު މިއަދު ރައީސްވެސް ފައްޖެހި އެދުގަ ނިދިކުރެއްވި. އަދި ކޮޓަރި ބައިކޮށްފަ ހުރީ ގޯނީގަ އުވަލައިގެން..އެހެންވީމަ ޓައިލް ނެތަސް ދިވެހިންނަށް އުޅެވޭނެ ފުލެޓް ލިބުނު ހައްގުވެރިންނަށް ދެއްވާ...
ކަރުބުޑުގަ ހިތިރަހަލީދޯ
މުއިއްޒު ހެއްދެވި ފުލެޓް ތަކުގައި އިންސާނުންނަށް ދިރިއުޅެވޭ ވަރަށް ވުރެ ގޯހޯ. މުއިއްޒު މިކަމުގެ ޒިންމާ ނަންގަވާންތޯ<
ތިޖަހަނީ ވަރަށް ނުރަށްކާތެރި މަޅިޔެއް ވިސްނާތިބޭތި ތިތަނަށް ވައްދާފަ ދެމަސްވެސް ނުވަނީސް ބުނާނެ ކުލިދައްކަން 1 އަހަރާއި 7މަސް ލިބި ތަންނުނިންމާ ފުލެޓް ލިބޭމީހުނާ ހަވާލު ކުރުމަކީ މިސަރުކާރުގެ ނާގާބިލް ކަމާއި ގައުމުގެ ވެރިކަން ކުރުމަށް ނުކުޅެދިފާވާމިންވަރު
ބޮޑުވަރު
1 ރޫމްގެ ފްލެޓްތައް ކޮބައިބާ؟
ކީއްވެގެންބާ ހަމައެކަނި 2 ރޫމްގެ ފްލެޓޭ މިކިޔަނީ؟
1 ރޫމްގެ ފްލެޓްއަށްވެސް ފޯމްލި އެތައް ބަޔަކު އެބައުޅޭ.
1 ރޫމް ގެ ފްލެޓްތައްވެސް މި 16 ޓަވަރުގެ ތެރޭގައި ހިމެނޭނެތޯ.
ވަގުތު މިކަންކަން ސާފު ކޮއްލަދީބަލަ.
ޏުނިންމާ ވެސް ތިބުނަނީ 11000 ރ ނަގާނީ ކަލޯ ސެކޮޅުޖެހޭ ވާހަކައެއް ދައްކަބަލަ
ކޮބާތަ އަލަތު ކައިވެންޏަށް އެޅި 1000 ފުލެޓު؟؟؟؟؟؟؟؟
1 ރޫމްގެ ފްލެޓްތަކާއި އަލަތު ކައިވެނީގެ ފްލެޓްތައް މަތީން މުއިއްޒުވެސް އަދި މިސަރުކާރުންވެސް ހަދުމަ ނެތުނީކަމަށް ބޮޑައް ބެލެވެނީ.
މިކަމަށް މަ ވެސް ތާއީދު.. މިހާރު ލައްކަ ދުވަސް ވެއްޖެ.. ކުރި އެރުމެއްް ނުލިބުނުތާ ކޮންމެ ފަހަރަކު މުޅިން އާ ބަހަނާއެއް ދައްކަނީ..
ރައްޔިތުން ނުކުންނަންވީ
ސަރުކާރަށް އަޅުގަނޑު ގޮވާލާނީ ކުރީސަރުކާރުން އަޅަންފަށާފައިވާ 7000 ފްލެޓްގެ އަދަދު ބަދަލުކުރީވެސް މިސަރުކާރުންނެވެ. ހަމަ އެގޮތަށް އެފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތަށްވެސް މިސަރުކާރުން ނިންމަންޖެހޭނެއެވެ. މިތަންތަނަށް ވަންނާނީ ހަމަ މިސަރުކާރަށް ވޯޓްދިން ނިކަމެތި ރައްޔިތުން ނޫންތޯއެވެ؟ އެއްފަހަރުވެސް ފްލެޓްތަށް ދީފައިވަނީ ކުރީސަރުކާރުގެ މީހުންނަށޭ ވިދާޅެއްނުވެއެވެ.
ކުރީ ސަރުކާރުން އެއްކޮށް ނިންމާފައި ދީފައިވާ 3 ކޮޓަރީގެ ބޮޑެތި ތަންތަންވެސް ދީފައިވަނީ 7500ރ އަށް ވީއިރު މިސަރުކާރުން ރައީސް ވިދާޅުވިގޮތުން ކޮޓަރިއަކު 12މީހުންނަށް އުޅެވޭ ކުދި 2 ކޮޓަރި 11000ރ އަށް ކުރީސަރުކާރުން ދޭނެތޯއެވެ؟ ބުއްދި ހަމަޖެހޭ ވާހަކަ ދައްކަވާށެވެ.
ފުލެޓު ލިބުނު މީހުން ގޮވައިގެންގޮސް އެތަން ދައްކާލާ ހިތްފަސޭހަކަން ދައްކާލަން ފެންނަނީ، މީގެ އިތުރަށް ފުވައްމުލަކު ނަރުދަމާވެސް ދައްކާލަން ދާން ފެންނަނީ. ޔާމީނު ކުރިކަންކަން މިވެރިންނަށް ހަމަ ދައްކަން ދާންވީ.