ކ.އަތޮޅު ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 65 އަހަރުގެ ދިވެހި ފިރިހެނަކާއި، 28 އަހަރުގެ ބަންގްލްދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އެރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކަނޑުމަތިން ކަމަށާއި، މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން ފުރައިގެން ހިންމަފުއްޓަށް އަންނަ ދޯންޏަކުން ކަމަށެވެ.
އެގޮތުން އެ މީހުން އެރަށަށް މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ އިއްޔެގެ ވަގުތެއްގައި އެ ދޯނި ކަނޑުމަތިން ހުއްޓުވައި، ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.
މި ދެ މީހުންގެ ބަންދަށްވެސް ކ. ހުރާ ކޯޓުން ވަނީ 13 ދުވަހު މުއްދަތު ދީފައިވެއެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާން ތިމީހުން ހިފާ ހައްޔަރު ކުރޭ
ކޮބާ މިމީހުންގެ ވަނަވަރުނ