ހުޅުމާލޭގައި ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފެށި 7,000 ފްލެޓަށް މީހުން ވަދެ ފިނިޝިން މަސައްކަތް ނިމެންދެން ވަކި މުއްދަތަކަށް ކުލި ނުނަގާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފިއެވެ.

ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލު ކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. އެހެން ނަމަވެސް މިހާރު 24 ބުރިއަށް ބަދަލުކޮށް، އެންމެ ތިރީގައި 280 ޔުނިޓްގެ މެނޭޖްމެންޓް އޮފީހާއި ފިހާރަ އަދި ސެކިއުރިޓީ ބަލަހައްޓާ ތަނެއް ހެދުމަށް ނިންމަމުން އަންނަ ކަމަށް އެޑްސީން ވަނީ ބުނެފައެވެ.

މަޝްރޫއުގެ ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 434 މިލިއަން އެމެރިކާ ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ. މީގެ ކުރިން މި ސަރުކާރުން ވަނީ މި ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމުގެ ގޮތުން 45 މިލިއަން އެމެރިކާ ޑޮލަރު (695 މިލިއަން ރުފިޔާ) ނެގުމަށް ނިންމާފައެވެ. އެހެން ނަމަވެސް މިހާރު އެމަސައްކަތް ނުކުރަން ނިންމާފައިވާތީ ލޯނު ނުނަގަން ވަނީ ނިންމާފައެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ތަށިމުށި ޖެހުމާއި، އެތެރޭގެ ދޮރު، ކޭބަލް ޓީވީ އަދި ފަންކާ ފަދަ ތަކެއްޗެވެ. އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވިދާޅުވީ، އެތަނުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަންތަން ހައްގުވެރިންނަށް ހަވާލު ކުރާއިރު، އެތެރޭގެ މަސައްކަތެއް ނުނިމޭނެ ކަމަށެވެ.

"އެހެން ނަމަވެސް ގަބޫލު ކުރައްވައްޗޭ، އެތަނަށް ވަންނައިރު ކޮޓަރިއަކު ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސް އެއް އެއްޗެއް ނުހުންނާނެ. އެ ހާލަތުގައި އެތަން ހުންނާނީ،" ރައީސް އިއްޔެ ވިދާޅުވިއެވެ.

“ހިޔާ މަޝްރޫއު”ގެ ފްލެޓްތައް އަންނަ މަހު ފަހުކޮޅު ހަވާލު ކުރަނީ

އެޗްޑްސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ، އެތަނަށް ވަންނަ ފަރާތްތަކުން އެތަނުގެ ފިނިޝިން މަސައްކަތް ކުރަން ޖެހޭއިރު، އެ މަސައްކަތް ނިމެންދެން ކުލި ނުނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނީ މީހުންނާއި ތަންތަން ހަވާލު ކޮށްފަ ކޮންމެވެސް ވަރެއްގެ މުއްދަތެއް ކުލިވެސް ނުހިނގާ ގޮތަށް ދޭން، ފިނިޝިން މަސައްކަތް ކުރަން" ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، ފިނިޝިން މަސައްކަތައް ނަގަން ނިންމި ލޯނަށް އެހާ ބޮޑު އަދަދެއް އަރަނީ ވަރަށް ގިނަ އަދަދެއްގެ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަން ޖެހޭތީ ކަމަށާއި ލޯނަށްވުރެ އަމިއްލަ ފަރާތްތަކުން މެދުވެރިކޮށް އެކަން ކުރުމުން އެމީހުންނަށް ތަންކޮޅެއް އަގުހެޔޮކޮށް އެ މަސައްކަތް ނިމިގެން ހިނގައިދާނެ ކަމަށެވެ.

އެ ފްލެޓްތައް އެޅުމަށް ޕްރޮޖެކްޓްގެ އެގްރީމަންޓް ހަދާފައިވަނީ އެ ހަރަދުތައް ނުލައި ކަމަށް ސުހައިލް ވިދާޅުވި ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ބަޖެޓް ހަމަޖެހިފައިވަނީ ފްލެޓްގެ ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ކަމަށެވެ.

މި ފެލްޓްތަކަށް މަހަކު ދައްކަން ހަމަޖެހިފާ އަދަދު އެކި ފަރާތްތަކުން ނުބައިކޮށް ބުނަމުން އަންނާތީ ސުހައިލް ވަނީ ދައުރުވަމުން އަންނަ އަގުތަކަކީ އެއީ ނުބައި އަގުތަކެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެތަން 20 އަހަރަށް ދޫކުރާއިރު މަހަކު ނަގަން ނިންމާފައިވަނީ 11,000 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް ސުހައިލް ވިދާޅުވީ، ސަރުކާރުން އޮތީ އެ އަގު ކުޑަކޮށްދޭނެ ކަމަށް ބުނެފައި ކަމަށާއި އަދި އެކަމަށް ގޮތެއް ނިންމިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން އަޅުއްވާފައިވާ މި ފްލްޓްތަކަށް މި ސަރުކާރުން އަންނަނީ އެކި ގޮތްގޮތަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިއްޔެވެސް ރައީސް ވަނީ އެ ފްލެޓްތަކަކީ އެއީ ބޭކާރު ހަރަދެއް ކަމަށް ސިފަ ކޮށް، ބޭރުން ކިތަންމެ ރީތިނަމަވެސް އެއީ ދިވެހިން ދިރިއުޅުން ރަނގަޅު ތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ހެލީ

    ހެޔޮނުވާނެ ތިޔަ ހުރިހާ ފުލެޓެއް އައްނިޔަށް ދީބަލަ

    184
    11
  2. މުނިޔާ

    ޔާމީނު އެވަރު ކޮށްދިނީމަ މިސަރުކާރަށް މުށި ގަނޑެއްހާ ހިސާބުވެސް ވެރިކަމަށް ދެއަހަރު ވާއިރު ނުބޭއްވުނު، އަދިވެސް އަނ ގަ ފަތުރާފަ ވާހަކަ ދަށްކާތި. މީހަމަ ސްލޯލިހު ސަރުކާރު.

    87
    2
  3. ރައްޔިތުމީހާ

    އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ބުނެލަން އޮތް ވާހަކަ އަކީ ކުރީގެ ސަރުކާރަކުން ރައްޔިތުންގެ ހިތްހަމަޖައްސަލުމަށް ހަދާފައިވާ ފިނިމަައިޒަންތައް މި ސަރުކާރު އައި ފަހުން އަޅާނުލާ ވީރާނާވާން ދޫކޮއްލުމައި އަދި ބަސްޓާމިނަލް އާއި އިންޑަސްޓިރިއަލް ވިލެޖް އެއީ މި ސަރުކާރުން ބުޅާ ނިންދަވަން ދޫކޮއްފައިވާ އަދި ކުނި އަޅަން ދޫކޮއްފައިވާ ތަންތަނަށް ހަދަން ދޫކޮއްފައިވާ އިރު ކަލޭ އާއި މިއުޅޭ ކެނެރީގެ ބުއްޅަބޭ ހިތަށް ނާރަނީތަ އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކުރީގެ ސަރުކާރަކުން ރައްޔިތުންގެ ލަބަޔަށް އެޅިތަންތަންކަން. ކުރީ ސަރުކާރު ދެކެ ކިތަންމެ ހަސަދަވެރިވިޔަސް ތީ ބޮޑުވަރު. ކުޑަ މިސާލެއް މާލޭ އިންޑަސްޓިރިއަލް ޒޯނު ކުނި ގޮޑަކަށް
    ރަސްފަނު ވީރާނާވާން ދޫކޮއްލައިފި އާޓިފިޝަލް ބީޗު ތަރައްޤީ ކުރުން
    ހުޅުމާލޭ ބަސް ޓާމިނަލް ބުޅާ ނިދާ ކޮއްޓަށް
    ހުޅުމާލޭ 7000 ފުލެޓު ކޮތަރު ކޮއްޓަކަށް ބަދަލުކުރަން ސިފަ ޖެއްސުން އަދި އެތަނުގެ ފިނިޝިން ގަސްތުގައިނުނުނިންމުން.

    80
  4. އަހުމަދު

    ނުލިބޭބެ އެގާރަހާސް ދައްކާކަށް. ތިން ކޮޓަރި ފްލެޓް ދީފަ ތިބިމީހުންވެސް ދައްކަނީ ހަތްހާހެއްހާ ރުފިޔާ. އަހަރުމެންނަށް ދެ ކޮޓަރި ދީފަ އަދި ނުވެސް ނިމި ހުރި ތަނެއް ތިކިޔަނީ ހާދަ ބޮޑު އަގެކޭ. ތިތަން ފަސްހާހަށްވުރެ ބޮޑިއްޔާ އެ ބޮޑުވީ. ދެރަކަމެއް ދެން.

    65
    1
  5. ނާޒިމާ

    ކޮބާ ދެން ރައްޔަތުމީހާ ބާ ލޯނުނަގާނީ؟

    43
  6. ރވ

    ފާޚާނާގެ މޫނުދޮންނަތަށި ކިހިނެއްތަ ހަދާފަ އެހެރީ... އައްޗީޑި

    10
    37
  7. އެމަންޖެ

    ސަރުކާރު ބުނާނޭ ފުލެޓުތައް ކުޑައޭ ތިޔަ ފެންނަ ފޮޓޯތަކާ އަޅާ ބަލާއިރު މިހާރު މިއުޅޭ ތަންކޮޅު މާކުޑަކަމައް ދައްކަނީ ، ރައީސްއައް ކުޑަވާނެ އޭނާ ދިރިއުޅެނީ ބޮޑު ގަނޑުވަރެއްގަ ވިއްޔަ.

    69
    3
  8. Good

    ތިޔަ ކައިބަލަ ސޯލިހާ ނަޝީދާ ދެމީހުން

    55
  9. މާލެ ބޭބެ

    ބަލަ ރައްޓެހިންނަށް ބަދަލޭ ކިޔާ 2500 މިލިއަން 2.5 ބިލިއަން ރުފިޔާ ދިން އިރު ރައްޔިތުންނަށް އިތުރު 40 މިލިއަން ޑޮލަރ ޚަރަދު ކުރަން ނުކެރެނީތަ.. އިސްތިއުފާދީފަ ގޭގަ މަޑުކޮށްލާ... ބަލަ ކަތުންނޭ ދިވެހިރާއްޖޭގައި 1 އެންމެ ރިސޯޓެއް ހަދން 80 މިލިއަން ޑޮލަރ ޚަރަދުވޭ... 50000 ފަންސާހާސް މީހުންގެ ބޯހިޔާވަހިކަމަށް އެންމެ 40 މިލިއަން ނުވަތަ 616 މިލިއަން ރުފިޔާ ލިބޭނެގޮތެއް ނެތީމަ ލަދުވެތިވޭ..ދިވެހި ސަރުކާރުގައި ހުންނާނީ ރައްޔިތުންގެ ފައިސާ ރިޒަވުން 40 މިލިއަން ނަގާ ފުލެޓަށް ޚަރަދު ކުރޭ . ވައްކަން ކުރަން ރައްޓެހިންނަށް ބަދަލްދޭން ފައުސާހުރޭ .ތެޅިފޮޅި ނޫމަޑިއަށް 800 މިލިއަން ރުފިޔާ ދިނީ ކީއްކުރަންތަ.... ފުލެޓްތައް ދެއްވާ. ވަރިހަމަ ކޮންމެ އަގެއްގައިދިނަސް ރ ޔާމިން އުފައްދަވާ ސަރުކާރުން ފުލެޓްތައް ހިލޭކޮށްދޭނެ. . ބާކީއޮތީ 36 މަސް...

    49
  10. ހެޔޮނުވަަނެ

    ކުރީގަފަންޖިފުޑީގަވެސް މީހުން ދިރިއުޅުނޭ ރާޖެތެރެމީހަކުހޮވީ ރައްޔެތުން ދެކެލޯބިވާނޭކަމައް ހީކޮއް ވީއެހެންނެއް ނޫން ޔާމީނުމަރަނގަޅު ނަސީދު ގެ ވރރިކަމުގަ ހަދަންދިން އެއްޗެކޭބުނި ފުލެޓުު ތައްވެސްނިންމާދިނިއްޔާ މިމީހާޔައް ދެއަހަރުވީއިރު މިވަރުވެސްނުވީވިއްޔާ އަޅަންނުވެސްފަށާހުރިތަންވެސް ދިނީނިއްމާފަވިއްޔާ

    40
  11. ޙަޤީޤަތް

    މަހަކު 11000ރުފިޔާ 2ކޮޓަރީގެ ކުލީގެ ގޮތުގައި ކަނޑައެޅުމަކީ ފަޤީރު ރައްޔިތުން ތަކެއްގެ ކަރުގައި ދަންމަޅި ބެއްދުން ވަރުގެ ކަމެއް ! ކުރީ ޗައިނާ ފްލެޓްތަކާއި އޭގެ ފަހުން ދޫކުރި 3 ކޮޓަރީގެ ފްލެޓްތައް ޙަވާލުކުރީ މުޅިން ހުރިހާ ކަމެއް ކޮމްޕްލީޓްކޮށް ނިންމާފައި އެތަންތަން ވެސް އެދޫކުރީ 7000ރުފިޔާ އަށް ކޮންމެ ފްލެޓަކަށް ދެން ދެކޮޓަރީގެ ފްލެޓްތަކެއް ފިނިޝިންގ ވެސް ނުނިންމާ ޙަވާލުކުރާއިރު 5000އަށް ވުރެ ކުލި ބޮޑުކުރެއްވުމަކީ އެއްވެސް އިންސާފެއްނޫން !

    45
    1
  12. ގަބުރާހިމް ގަމާރު

    މީ ހަމަ ބަލާވެރިކަމެއް ފުލެތް ލިބުނު ކަމުގެ ލިޔުން ލިބުނު އެއްމެން މުޒާހަރާއަށް ނުކުންނަންވީ، މަވެސް ދާނަން ...

    48
    2
  13. ސޫހާލާ

    ސުހައިލް އަށް ދަންނަވާލަން އޮތީ ކޮން ސަރުކާރަކުން ނެގި ލޯނަކަށް ނުވަތަ ކޮންތާކަށް ކުރި ހަރަދެއްގެ ބަދަލައްތޯ މިސަރުކާރުން މަހަކު 11000ރ ނަގަން ނިންމާފަ ތިވަނީ؟ ކި ބޮޑު ކަމެއް މީ .. ނުވަންޏާ އިސްތިއުފާ ދީބަލަ ތިކަން ކުރެވޭނެ މީހުން މިގައުމުގަ ތިބޭނެ! ކުރިންވެސް ހޭވި ހަޑި އަނެއްކާވެސް ހާވަން ހަވާލުވީމަ ދެރައީ

    40
  14. ސައުދިއްޔާ

    މީދެން ކިހާ ބޮޑުކަމެއް ރައްޔަތުންނަ ޖެއްސުމެއް މިކުރަނީ. ސަރުކާރުން އެޅި ހުރިހާ ފުލެޓްތައް ދީފަ ހުރީ ދޮރެއް ނައަރުވާ ފަންކާ ނުލާ މުށި ނުޖަހާ ވިއްޔާ 11000 ރުފިޔާއަށް ކަލޭމެންވެސް. ޢަޅާނީ ތިވަރު ކުދި ގޮޅިތައް ☹️

    32
  15. ކަކާ

    ބަލަ އަހަރުންވެސް ވަރަށް ދުވަސްވެއްޖެ ތިބޭތާ..
    ކޮބައިބާ 1 ރޫމްގެ ފްލެޓްތައް؟
    16 ޓަވަރުގައި ހުންނަނީ ހަމައެކަނި 2 ރޫމްތަ؟
    އެއްރޫމްއަށް އަށް ލީމީހުން މިތިބެނީ ވާނުވާގަ!!
    އެއީ އަޅައިފަ ހުރި ތަނެއް ކަމެއްވެސް ނުވަތަ މި 16 ޓަވަރުގައި ހިމެނޭ ފްލެޓް ތަކެއް ކަމެއްވެސް އެނގޭމީހަކު ނެތް.މިކަމަށް ޖަވާބު ދާރީ ވެވޭނީ ކާކައްބާ؟ކީއްވެބާ ނުވަނީ؟

    24
    1
  16. ރަނާ

    ބަލަ ސުހެއިލު 695 މިލިޔަން ރުޕޔާގެ މައްސަކަތް ނުކުރާއިރުވެސް ތިބުނަނީ 11000ރ އެއޮތީ ކުރީސުރެ އަގުކަޑއަޅާފައެއްނޫންްޮތީ

    26
  17. ރައްޔިތުން

    ތިޔަތާ އެބަހުރި ހުރިހާ ފިނިޝިންގ ހަދާފަ ހުރި އެޕާޓްމަންޓް ވެސް.. މުށިޖަހާ، ދޮރުތައް ލާ، ހުރިހާ ކަމެއް ނިމިފަ ހުރި ތަންތަން

    އެއްބައި ނުނިމި ތިހިރީ ކީއްވެބާ ދޯ.. ތީ ކިހިނެއްވި ކަމެއްތޯ އެބަ ޖެހޭ ބަލަން. ތިތާ ޖަހަންހުރި މުއްޓާ ދޮރުތަކާ ވަން ތަނެއް ބަލަން ޖެހޭ އެބަ..

    46
  18. Anonymous

    6500 ރުފިޔާ ލިބޭ މީހާ 11000 ހާސް ރުފިޔާ ދައްކައިގެން އުޅެން ޖެހުނީމާ ވާނެގޮތް ވިސްނާލާ ހަމަޖެހުމެއް ނެތި 24 ގަޑިއރު ކުލި ހޯދަން މަސައްކަތ ކުރުމުގައި ރައްޔިތުން ފެލުން މިއަށްކިޔަނީ.

    40
    2
  19. ައެޑްވަޑް ބާމުންޑޭ

    ކީއްކުރާނީދޯ! ފިނިޝިން މަސައްކަތް ނިންމާލަން ލޯނުގަނޑެއްދޭނެ ފަރާތެއްވެސް ނުވި،ވިއްޔަދޯ.

    37
    1
    • ޮ

      ކީއްވެގެންތަ ފިނިޝިން މަސައްކަތަށް ނެތްގޮތަށް 16 ޓަވަރު އެޅީ... 10 ޓަވަރު އެޅިނަމައެއް ނުން. އޭރުން ހުންނާނީ ފިނިޝިންގ އާއެއްކޮށް ނިމިފައެއްނުން.
      ހަމަ އެއްކަހަލަ މީހުން.

      2
      8
  20. ދަރަނި ދަންތުރަ

    އެހެންވިއްޔާ ކޮޓަރި ތަކުގައި ދޮރު ހަރުނުކޮށް ޓައިލްސް ނުޖަހާ މުޅި އުމުރަށް ކުލިނުދައްކާ އުޅެވޭނެތާ ރަނގަޅު ގޮތެއް ދެން ފިނިސިންގ ހަދާނެ ކަމެއްނެތް ، އިބޫސޯލިހަށް ވާވަރުކަމެއްނޫން ތިއީ ވާވަރު ކަންތަށްކުރޭ ދައުލަތުގެ ހަޒާނާ ބެހޭނެ ބަހާލާ ބަހާލާ

    17
  21. ާޢަލީ

    ޢެތަނައްގެނަ ދޮރުތަކާއި މުށިތައް ކޮވިޑްގެ ތަންތަން ހެދުމަށް ބޭނުންކުރީކަނަށް ވެދާނެ

    14
  22. ޖަޒީރާ ރައީސް

    ކިނބޫ ކަލޭ ކާލަބަލަ ހުރިހާ ފްލެޓެއް ބޮޑު ވެ ގެން ވާ މުސީބާތެއް މީ އަހަރުމެން ނިކަމެތިންނަށް ޖެހިފައޮތް

    15
  23. މުހައްމަދު

    ސުހައިލް ކޮސްނުގޮވާ!
    20 އަހަރު ވަންދެން މަހަކު 11000 ރުފިޔާ ނެގީމަ އެ ނެގެނީ ޖުމްލަ 2.64 މިލިއަން ރުފިޔާ! ކިހިނެއް އެވަރު ޚަރަދު ވާނީ އެޕާޓްމަންޓަކަށް!

  24. ރަދީފް ހުސެން

    ރައްޔިތުން ޖަޒުބާތުގަ ޖައްސަން ނޫޅޭ. ކުލިނުނަގާނަމޭ މީހެޔޮފުޅު ކަމުން މާފްކޮއްދިން އެއްޗެކޭބުނެ ކަނު ރީނދޫ ތިލަފަތުން ކުޅޭ ކޮންމެ ކުޅިއަކީ ހަކުޅި ކުރިޔައް ކުޅޭއެއްޗެއް ކަމައް ހެދިގެން ނޫޅޭ. ތީ ކޮތަރު ކޮށިވިޔަސް، ދަންތުރަޔަކައްވިޔަސް، 2 ގަޑި އިރު ލިފްޓައް ނޭރި މަޑުކުރަން ޖެހުނަސް ހައްގުވެރިންނައް ތިތަންދީ. ގާކޮއްޓާ، ޗައިނާގެ ހިލޭ އެހީގެ ދަށުން މޑޕ ކުރިން އަޅާދިން ފްލެޓައްވުރެ ހާސްބައި ތީގެން ކޮންމެތަނެއް ރަނގަޅުވާނެ. ތިތާއަޅާފަ ތިހިރީ 500 އަކަފޫޓުގެ ދެކޮޓަރީގެ އެޕާޓްމަންޓް. އެއީ ގާކޮއްޓާ ދެންވެސް ހުރިތަންތަނައްވުރެ 5 ނޫނީ 7 މީހުންގެ އާއިލާއަކައް ހާސްބައި ރަނގަޅު އަދަދެއް. ސޯލިހު ބުންޔަސް ތީގެން ކޮންމެ ތަނެއް ހަދާފަ ތިހުރީ ކޮޓަރީގަ 12 މީހުން ނިންދަވާކައްނޫން. އެހެންވީމަ ކުލަނުލިޔަސް، ދޮރުނެތަސް، ތަނޑު ނެތައް ރ.ޔާމިން ސަރުކާރުގަ ތިތަން ދޭން އިއުލާނުކުރި އަގައް 2 ކޮޓަރި މެއިންޓެނެންސްފީ ލައިގެން މަހަކު 6،200ރ ތިތަން ދީ. ކޮންމެހެން މާހެޔޮ ފުޅު ބަޔަކައްވެގެން ދޮރެއްނެތޭ، ލިފްޓޭ، ލާފަހުރީ ފިޔާތޮށި ކުލައޭ އެހެންވީމަ ދޮރުލެވެންދެން ދޭނީ ހިލޭއޭ ނުކިޔާ އަވަސްކުރޭ. ބަލި ބޮޑުވެ، ފެތުރޭނެ ވަރަކައް ފެތުރި ނިމުންއިރު މެސިނުގެ ކާޓްރިޖެއް ނުގެވުނު ބަޔަކައް 2 އަހަރުވީ އިރު ނުލެވުނު ދޮރެއް، ޖެހޭނެ ޓައިލްސެއް ނޯންނާނެ. ތިބައި ގަނޑައް ޖެހޭނީ އަނބޮނޑި، ސުހޭލުވެސް އަބަދު ތިމަގާމުގަ ލިބޭއަމިއްލަ މަންފާއައް ޕަޕެޓު ހެދިގެން ނީދެވޭނެ. ކުރިންވެސް ނެރެއެއްލާލީ ދެންވެސް ނެރެވޭނެ، ވަގުތު ކުޑަތަން އެބަވެ.

    14
  25. ނަގޫރޯޅި

    ރ.ސޯލިހުއައް ދަންނަވަން އޮތީ ރ.ޔާމިނު ސަރުކާރުގަ އިއުލާނުކުރި ލިސްޓައް އަދި ހަމަ އެއަގައް (މެއިންޓެނެސް ފީލައިގެން 2 ކޮޓަރި އެޕާޓްމަންޓެއް މަހަކު 6،200ރ) ތިތަން އަވަހައް ދެއްވާފަ ސޯލިހު އަވަހައް މަގާމުން އިސްތިއުފާ ދެއްވާށޭ. އާއިންތިހާބަކާއެކީ ރ.ޔާމިން ވެރިކަމައް ގެނެސް ތިތާ ޓައިލްވެސް ޖަހާ އަދި ހުރިހާ ކަމެއް ނިންމާނަމޭ. ބޭފުޅާ ދެން ރަނގަޅުވާނީ އިސްތިއުފާދީފަ ކުރިމަތިލާން ހުރި ކޯޓު ކޭސްތަކައް އާމާލް ކުލުނީ އާއި ވާހަކަދައްކައިގެން އެމަރު ހަލާޔައް ތައްޔާރުވުން. ވަގުތު ކުޑަ

    12
  26. ރިއްޔިތުން

    މިހާރު ތި ހުރި އަގު ތަކަށް ބަލައިލާފިއްޔާ ފިނިޝިން އަށް 43 މލިއަން ޑޮލާރު ހަރަދު ކުރިއަސް މަހަކު -/11000 ރުފިޔާ ދައްކަން ޖެހުމުގެ މާނަ އަކީ އިންޓުރެސްޓުގެ ގޮތުގަ %144 ދައްކަން ޖެހެޔޭ. އަޖައިބު އަންތަރީސް ހަމަ

    15
    1
  27. ާާަަޖާސޫސް

    މިހާރު ތި ހުރި އަގު ތަކަށް ބަލައިލާފިއްޔާ ފިނިޝިން އަށް 43 މލިއަން ޑޮލާރު ހަރަދު ކުރިއަސް މަހަކު -/11000 ރުފިޔާ ދައްކަން ޖެހުމުގެ މާނަ އަކީ އިންޓުރެސްޓުގެ ގޮތުގަ %144 ދައްކަން ޖެހެޔޭ. އަޖައިބު އަންތަރީސް ހަމަ

  28. ޞަރި

    6.6 ބިލިއަން ހަރަދުވި 7000 ފްލެޓް އަޅަން .... 2 ކޮޓަރީ ގެ ތަނެ ގެ އަ ގު 1 މިލިޔަން ވެސް ނުޖެހޭ.... ދެން ކީއްވެ 11000 މަހަކު ދައްކަން ވި 20 އަހަރު ވަންދެން

  29. މަރްޔަމް ދީދީ

    ކުރީ ސަރުކާރުން އެބަހުރި ރައްޔިތުންނަން ކަންކަން ކޮއްދީފައި. އަދި ރައްޔިތުންގެ މާލިއްޔަތު އަމިއްލަ ޖީބްތަކަށް ބިލިއަނުން ބިލިއަނުން އަޅާފައި. އެމްއެމް ޕީއަރުސީ ކިތައް ފައިސާތޯ ރައްޔިތުންގެ މާލިއްޔާއިން މަދުވީ. އެހުރިނަމަ މިއަދު ކިތައް ކަމެއްތޯ އޭގެއިން ކުރެވުނީސް. އަހަރުމެން އެންމެން ހަމަ އާއި އިންސާފް ގަބޫލުކުރަންވާނެ.

    1
    2
  30. މުހައި

    ބޭކާރު އަނގަނުތަޅާތިބެ ތި އިމާރާތްތަކުގެ ފިނިށިން ނިންމާފަ ރައީސް ޔާމީން ނިންމަވާފަވާ 6500 ރުފިޔާގެ އަގުގައި ތިތަންތަން ހައްގުވެރި ރައްޔިތުންނާއި ހަވާލުކުރޭ..