ރާއްޖޭގެ ސީނިއަ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ހިންގާ ޝަރީއަތްތަކުގައި ގާނޫނުތަކާއި ކޯޓު އުސޫލުތަކާ ހިލާފަށް ކަންކަން ކުރާކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބިވަޑައިގެންފި ކަމަށް، އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.

ސަފީރު ޑޯރިސް މިހެން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައެވެ.

ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާއި ދެކޮޅަށް ހިންގާ ޝަރީޢަތްތަކުގައި އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާ ކަމަށް ސަފީރު ވިދާޅުވިއިރު ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ ވެސް އާންމު އުސޫލާއި ހިލާފަށް ކަމަށް ސަރުކާރުން ބުނެއެވެ.

ޑޯރިސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އުސޫލުން ބޭރުން ކޯޓުތަކުން އަމަލްކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ފާޅުކުރި ކަމަށެވެ.

ޑޯރިސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އާއި ބައްދަލު ކުރައްވާފައެވެ. ނަމަވެސް ސަރީރުގެ އިތުރުން، ސަރުކާރުގެ މަތީފެންވަރުގެ އޮފިޝަލަކާއި ޑޯރިސް ބައްދަލު ކުރެއްވިކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

އޭނާ ވަނީ އެމްޑީޕީގެ އޮފީހުގައި އިދިކޮޅު ޕާޓީތައް ތަމްސީލް ކުރާ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ ޑޯރިސްއާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި ކައުންޓަ ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޒާ

    ދޯރިއަށް އެންމެ ރަނގަޅަށް އެނގޭނީ ކަންކަން އުސޫލުން ބޭރުން ދަންޏާވެސް. އެއީ އިޒްރޭލުން ފަލަސްތީނުގެ ބިން ފޭރުމަށް ތާއީދުވެސް ކުރީ އިނގިރޭސީން ވީމާ.

  2. ރެޓޭ

    ތިޔަ ޑޯރިސް މެންނަކީ ފައްޅި ތަކާ ރާދުއްކާންތައް މިރާއްޖޭގައި ހެދުމަށް ފެންބޮވައިގަނެގެން ގަންޖާ މަނިއްޕުޅުގެ ހިތްރުއްސަން އުޅޭ މީހުންވިއްޔަ!

  3. އެއްމެން

    ޑޯރިސް އަށް ތިޔަފާހަގަ ކުރެވުނީކޯޗެއް؟ ރާއްޖޭގެ އެއްމެ ސީނިއަރ މަގާމުގާ ދިވެހީން ބަހައްޓާފަ ހުރިމީހާ އެމަގާމުން ވައްޓާލަން ކުޅުނު ކުޅިގަނޑެއް ނުފެނުނު. އެކުޅިގަނޑު ކުޅުނީކޮން އުސޫލަކަންތޯ ބެލުމުގެ މުހިންމު ކަމެއް ނުފެނުނެނު. ޑޯރިސް ދީނުގެ އަދި ނަސްލުގެ މީހުން ބޭނުންހާ ކުޅިގަނޑެއް މިތާކު ނުކުޅެވޭނެ.

  4. ކަލީލް

    ދޯރިއަކަށް ނޭގޭނެ މިތާ ވާންޖޭހޭގޮތެއް

  5. އަހްމަދު

    ތިޔަބައިމީހުން އުޅެމުންތިޔަގެންދަވަނީ ﷲތަޢާލާ އަޅުގަނޑުމެންގެމައްޗަށް ބާވާތްލައްވައިފައިވާ ދީނާވެސްޚިލާފައް ދެން މިމުސްލިމްގައުމަށްއައިސް ކޮންހާސަރެއްދަމާކަށް

  6. ތާރީޚު ދިވެހި ރާއްޖެ.

    ޢިނގިރޭސީން އުސޫލުން ބޭރުން ހިންގާ ކަންތައް ރަނގަޅު ކުރަން އުޅުން ރަނގު ވާނެ!
    އަހަރެމެންނާ ކަލޭމެން ރުހޭނީ ހަމައެކަނި ކަލޭމެންގެ ގޮތަށާއި ފޮތަށާއި އުސޫލު ތަކަށް އަހަރެމެން ތަބާވީ ދުވަހަކުން.
    ވަކިމީހަކު މިޤައުމުގެ ވެރިކަމަށް ގެންނަން ތިޔަ ކުރާ މަސައްކަތަކީވެސް އެއީ. ޢެއީ ކޮން އުސޫލެއްތޯ؟

  7. ކެޔޮޅު.

    ޢިނގިރޭސީން އުސޫލުން ބޭރުން ހިންގާ ކަންތައް ރަނގަޅު ކުރަން އުޅުން ރަނގު ވާނެ!
    އަހަރެމެންނާ ކަލޭމެން ރުހޭނީ ހަމައެކަނި ކަލޭމެންގެ ގޮތަށާއި ފޮތަށާއި އުސޫލު ތަކަށް އަހަރެމެން ތަބާވީ ދުވަހަކުން.
    ވަކިމީހަކު މިޤައުމުގެ ވެރިކަމަށް ގެންނަން ތިޔަ ކުރާ މަސައްކަތަކީވެސް އެއީ. ޢެއީ ކޮން އުސޫލެއްތޯ؟

  8. އެދުރުބެ

    ޑޯރިސް ރަށްރަށްގޮސް ކައުންސަލަރުންނާއި ބައްދަލުވުން ބާއްވަނި ވެސް އުސޫލުން ބޭރުން. ފުރަތަމ އަމިއްލަ އަށް ގުއި ދޮވެފައި އެހެންމީހުންނަށް ނަސޭހަތް ދެމާ..

  9. ކެނެރީ ސޮނި މުގާބޭ

    ތިކަހަލަ ލަޓޯ ފަޓޯ ސޮހޮލަކު ދަމުން ފޮޑިއެއް ޖެހިޔަސް ރ.ޔާމީނު ވެރިކަމުގަ ހުރިއްޔާ އިންޝާﷲ އަހަރުމެން ނުތެޅޭނަން... އާބިދާގެ މޮޔަ ކެނެރީ ޖުހާ ވެރިކަމުގަ ހުރި 3 އަހަރު އަހަރެމެނަށް ހަމަ ނިދި ނުލިބޭ އެބީތާގެ ރޭވުންތެރިކަމާ މިޤައުމަށް ޤައްދާރުވި އާއިލާއަކުން އައިސް ހުރި ފުރޭތައެއްވީމަ...