ރ. އަތޮޅުގައި ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމަކާ ނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

އަދި އެ އޮޕަރޭޝަން ހިންގަނީ ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައާ ގުޅިގެންކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ ދިވެހިން ފިރިހެންނުން ކަމަށެވެ.

އެމީހުންގެ ތެރެއިން 5 މީހަކު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ 3 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެ އިތުރުން އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ބަލައި ފާސްކުރި އިރު މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އިއްޔެ ހަވަނަ މީހަކު ހައްޔަރުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ކުރަން ޖެހޭ އިތުރު ތަހުގީގު މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޔެސްބޮސް

  އުތަމެ ރިޕޯޓަށް ފަސްއަޅާ އޮއްބާލަން އަނެއްކާވެސް ހަރުކައްޓޭ ށަރުކައްޓޭ ނަރުކައްޓޭ

 2. މުޙައްމަދު

  ދިވެހި ފުލުހުންނަށް ސާބަސް. ތިޔަބޭފުޅުން ކުރައްވާ ޤައުމީ މަސައްކަތު ގައި ﷲ ބަރަކާތް ލައްވާށި. އާމީން

  5
  2
 3. ހޭބަލި

  ކޯއްޗެއް ކިޔާކައް. ބަޔަކު ސުންނަތައް އުޅޭތީ ކަމުނުގޮސްގެން ހައްޔަރުކުރީ.

 4. އިނގޭތަ

  ދީނައް ފުރައްސާރަކުރާ ބަޔަކުނުކުމެލާއިރައް ހައްދުފަހަނައެޅިބަޔަކުހޯދަން ބޮޑުއޮޕަރޭޝަނެއް...ބޮޑުއަރަތެއް.!؟ ﷲއާއި ރަސޫލާއަށް ފުރައްސާރަކުރާއެކަކުވެސް އަތެއްނުވޭދެއްތޯ..!؟ﷲގެކޯފާއަށް ބިރުނުގައްނަނީތޯ