ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހަކީ ރައްޔިތުންގެ ސިޔާދަތު ދިވެހިރާއްޖޭގައި ކަށަވަރު ވެގެން ދިޔަ ދުވަސް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަހްމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ދުރުކުރީ، މިދިޔަ އަހަރު އެވެ.
އަހްމަދު އަބްދުﷲ ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ޤާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ ފާހަގަ ކުރެއްވުމަށް ފަހު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހަކީ ރައްޔިތުންގެ ސިޔާދަތު މިޤައުމުގައި ކަށަވަރުވެގެންދިޔަ ދުވަހެެއް ކަމަށެވެ. އަދި އެއީ "ޚުދުމުޚުތާރު ވެރިކަމެއް ޕޮޕިއުލަރ ރެވެލިއުޝަނަކުން ބަދަލުވެގެންދިޔަ ދުވަހެެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 04 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.
ދެން އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ 2012 ފެބްރުއަރީ 08 ވަނަ ދުވަހު ރައްޔިތުންނަށް ކުރި އަނިޔާތަކާއި، ތަންތަން ރޯކުރި ކުރުމަކީ ތަޤާދުމްވާނެ ކުށްތަކެއް ނޫން ކަމަށެވެ.
7.2.12 އަކީ (ޤއ ގެ 4 ވަނަ މާއްދާ) ރައްޔިތުންގެ ސިޔާދަތު މިޤައުމުގައި ކަށަވަރުވެގެންދިޔަ ދުވަހެެއް. ޚުދުމުޚުތާރު ވެރިކަމެއް ޕޮޕިއުލަރ ރެވެލިއުޝަނަކުން ބަދަލުވެގެންދިޔަ ދުވަހެެއް؛ 8.2.12 ގައި ރައްޔިތުންނަށް ކުރި އަނިޔާތަކާއި، ތަންތަން ރޯކުރި ކުރުމަކީ ތަޤާދުމްވާނެ ކުށްތަކެއް ނޫން.
— Dr. Ahmed Abdulla Didi (@AABDULLADIDI) June 24, 2020
ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައިދުވަހު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވީ ސިފައިން މަޖުބޫރުކޮށް، ބޮލުގައި ބަޑިޖެއްސުމުން ކަމަށެވެ. ނަޝީދު އެހެން ވިދާޅުވުމުން އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ، އެތައް ޕޮލިސް ސްޓޭޝަނަކާއި ފުލުހުންގެ ވެހިކަލްތަކާއި، އެތައް ކޯޓެއްގައި ހުޅުޖަހައި އަންދާލިއެވެ.
މިފަނި މިއޮތީ ބަޔަކު މިގައުމުގަ އަޅުވާފަ ދެން މީގެން ސަލާމަތެއނުވެވޭނެ
މީނާ ސްޕްރީމް ކޯޓުން ބޭރު ކުރި ދުވަހަކީ ކޯޓު ތަކުގެ ސިޔާދަތު ކަށަވަރުވި ދުވަސް
ކާފަ
ކުރީގެ އުއްތަމަ ފަނޑިޔާރު މަނިކުފާނަށް، 8 އަހަރު ފަހުން ހޭފުޅު ލެއްޗުނީތޯ؟ ނުނީ ތިވާހަކަފުޅު ދައްކަވައިގެން ގައްދާރުން އިންސާފުގެ ކުރިމައްޗަށް ގެންނެވުމަށް ހަނދުމަފުވީ މިއަދުތޯ؟
ނަސީދު އިސްތިއުފާ ދިނުމާއެކު ގާނޫނުއަސާސީ އަލުން ހިންގަން ފެށިގެން ދިޔަ. ނަސީދު ލިޔެފަވޭ ގާނޫނު އަސާސީ ގަޑުބަޑުކޮށް ބާރުތައް އަތައް ނެގި ކަމަށް ގާނޫނުއަސާސީ ހުއްޓިފަވާކަމަށް އިއުލާންކުރި.ނަސީދު ގެނައި މި ބަގާވާތާގުޅިގެން ގާނޫނުގެ އިމަށް ވަނުމަށް ގޮވާ ކުރަމުން އައި މުޒާހަރާ ނިމުނީ އިސްތިއުފާއިން. 7 ފެބްރުަރީ ބަލާނަމަ މި ބަގާވާތް ވެސް ބަލަންވާނެ.
އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމުން ވަކިކުރި ދުވަހަކީ މިގައުމަށް އަދުލު އިންސާފުގެ ހުލުކޮޅު އާވިދުވަސް ޤާނޫނު އަސާސީ އޮޅާފައިވާ އުއްތަމަ ފަނޑިރެއް އަބްދުﷲ ދީދީއަކީ
ތިޔަ ޓްވީޓަކުން ވާނެ ކަމެއްނެތް. ތިޔަ ވިދާޅުވި ޑިކްޓޭޓަރު އެއިނީ މަޖިލިސް ގެ ރައީސަކަށް. އަބުދުﷲ ވެސް މަޤާމު ގެއްލުނީމަ ބޭކާރު ވާހަކަ ނުދައްކާ މަޑުން ހުރީމަ ނިމުނީ
އަނގަފުޅާނުކުރޭ ތިހިރީ ބޭރުކޮށްފަ! މިހާރު ގުންކިޔާފަ ބަނޑުއަޅަން ނުލިބުނީމަ އަސަރުކުރާނެކަން އިނގޭ!
ސަޅި
ނަސީދައް އިސްތިއުފާ އެދުވަހު ދެއްވުނީ ހިތްޕަވައިގެން ހުންނެވި އެއްޗެއްގެ ސަބަބުން.
ވަރަށް އިންސާފުވެރި ފަނޑިޔާރު، ތިޖެހުނީ ގުއިރޯނުގަ، ބަލަގަ ބަޣާވާތް ކުރީމަ ތިބުނަނީ ރައްޔިތުންގެ ޝިޔާދާތޭތަ؟ ބަލަގަ، ޤާނޫނު އަސާސީގަ ކަޅާ ހުދުން ލިޔެފަ އޮތް އެއްޗެއް މިހާރު ކިޔަންވެސް ނޭގެނީތަ؟ ނަސީބެއްނު ކަލޭ ފަނޑިޔާރުކަމުން ދުރުކުރިކަންވެސް. ކޮންކަހަލަ ޕީ އެޗް ޑީ އެއްތަ ހަދައިގެން ތިހުރީ؟
އަދި ވެސް މި ބޯބުރާންޗަށް ވެރިކަންދޭން އުޅޭ ލާދީނީ ދިވެހިންނާއި، ބޮލަށް ފިތިފަތިބޭ ދިވެހިން އުޅޭކަމީ ހިތާމަހުރި ކަމެއް. މިފަހަރު އެނބުރި އައިސް މިހުރީ ދިވެހިންގެ ކިބައިން ނިކަން ރަނގަޅަށް ބަދަލު ހިފަންށޯ. ދުނިޔޭގަ ތިބިބަޔަކު އެތަންދެކޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން.
މަޤާމު ގެއްލުމުން ހާދަ އަސަރެއް ކޮއްފަތާ ތިހުރީ. މަނަމަވެސް ތިހެންވާނެ. މިމީހާގެ އަސްލު ބޭޒާރުމިވީ އަމިއްލަދުލުން. މަތްﷲ އަނިޔާވެރިން ބޭޒާރު ކުރައްވާގޮތުގެ ފުރިހަމަ ކަމާއެވެ.
ފިރުޢައޮނުގެ ޑިމަކުރަޞީ
ފރުޢައުނު
ރައްޔިތުން ނިކުމެ ކެނެރީ ބުއްޅަ މަޖިލީހުން ބޭރުކުރަން މިހާރު މާލަސްވެސްވެއްޖެ!
ނަޝީދު ކޮންމެ ތަނެއްގެ ވެރިއަކަށް އަޔަސް ގޮންމުށުގެ ބާރު ހިންގައި، މަޖިލީސްގަ އިދިކޮޅުމީހުން ފަޔުންތަޅައި ބަލިކޮށް ބޭރުކުރުމަށްފަހު ބައިމީހުން އެކަނި ގޮވައިގެން ފާސްކުރާ ޤާނޫނުތައް ދެކިބަލަ
ބަޣާވާތަ ކުރުމަކީ ހާދަ ނުބައި ކަމެކޭ!
ޢަމަލާ ބަސްދިމާނުވާ މަކަރާ ދޮގާ ވައްކަމާ ފޭރުމާ ކަރެޕްޝަނާ އެއްމެ މަތީފަޑީގައި އޮތް ސަރުކާރު. މައުމޫނުގެ ވެރިކަމަކީ ޢާއިލީ ވެރިކަމެކޭ ކިޔައިގެން އެސަރުކާރު ނިމުމަކަށް ގެންނަ ވުޖޫދަށް އައިމީހުން. މިހާރު ހިންގަނީ ކެނެރީގޭ ސަރުކާރު.