ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 10 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއަދު ކޮވިޑް-19 އިން ރަނގަޅުވި މީހުންނާއި އެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1839 އަށް އަރާފައެވެ. ނަމަވެސް މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 408 މީހުން އެބަތިއްބެވެ.

ރާއްޖޭގައި އެކްޓިވް ގޭސްތައް ގިނަވެފައި ވަނީ ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މީހުން މަދުވުމުންނެވެ. މިއަދު ރާއްޖެ އިން 21 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމުން ފުރަބަންދު ކޮށްފައި އޮންނަތާ ދެމަސް ދުވަސް ފަހުން މިމަހުގެ 15 ވަނަ ދުވަހު މާލޭގެ ފުރަބަންދަށް ވަނީ ލުއިތައް ދީފައެވެ. ފުރަބަންދަށް ދިން ލުއިތަކުގެ ސަބަބުން މާލޭގެ މަގުތައް ތޮއްޖެހެމުން ދިޔަ ނަމަވެސް އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަ ކަމަކަށް ފާހަގަ އެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުމާޕ

    ރަނގަޅުވާ މީހުންނަށްވުރެ ފައްސިވާ މީހުން މާގިނަ ކޮންމެ ދުވަހަކުވެސް .