މިހާރު ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅަށް ހިނގައްޖެނަމަ، އޮގަސްޓް މަސް ތެރޭގައި ގާތްގަނޑަކަށް އާއްމު ހާލަތަކަށް މުޅިން ދެވި، ވަރަށް ރަނގަޅު ހާލަތަކަށް ދެވިދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ފުރަތަމަ ވޭދަނައެއް (ކޭސްއެއް) ރާއްޖެއިން ފެނިފައި ވަނީ މިދިޔަ މާރިޗް މަސް ތެރޭގައެވެ. ރާއްޖޭގެ ރިސޯޓްތަކުން ފުރަތަމަ މި ބަލި ފެނި، އޭޕްރިލް 15 ވަނަ ދުވަހު މާލެ ސިޓީން ބައްޔަށް މީހުން ފައްސިވާން ވަނީ ފަށާފައެވެ. އޭގެ ފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ރާއްޖެއިން މި ބަލި ޖެހޭ މީހުން ދަނީ ފެންނަމުންނެވެ.

އަދި މިހާރު ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދުތައް ނިސްބަތުން މަދު ނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް ކުޑަވެފައެއް ނުވެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވަން ނިންމި ތާރީހް ފަސް ކުރީ، ރާއްޖޭގެ ބަލީގެ ހާލަތު ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. ކ

"ރައީސްގެ މަސައްކަތް ފެށުނުއިރުވެސް ވިދާޅުވީ، މިކަމުގެ އިހު ބަހާއި ފަހު ބަސް ސަރުކާރުން އަޑު އަހާނީ ސިއްހީ މާހިރުންގެ ލަފަޔާށޭ، ގައިޑްލައިނަށްފަހުވެސް އަޅުގަނޑުމެން މަޑުކޮށްގެން ތިބީ ރާއްޖޭގައި މި ގެނައި އީސްތަކަށް ފަހު ނަތީޖާ ނުކުންނަމުންދިޔަ ގޮތަށް، މި ޑޭޓް އަޅުގަނޑުމެން ލަސްކުރީ ގަސްތުގައި". އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިިގެން ޖުލައި މަސް ތެރޭގައި އިތުރު ލުއިތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އަލީ ވަހީދު ވާހަކާގައި އޭނާ ވަނީ، ރަނގަޅަށް ކަންކަން ގޮސްފިނަމަ އޮގަސްޓް މަސް ތެރޭގައި އާއްމު ހާލަތަކަށް ދެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އެހެން ނަަމަވެސް ރައްޔިތުން ފަރުވާތެރިވުމަށް އޭނާ ވަނީ އިރުޝާދުދެއްވާފައެެވެ.

"އަދި ރަނގަޅަށް ﷲ އިރާދަފުޅާއެކު ކަންކަން ހިނގައްޖެނަމަ އޮގަސްޓް މަހުގެތެރޭގައި ގާތްގަނޑަކަށް އަޅުގަނޑުމެން އާއްމު ހާލަތަކަށް މުޅިން ދެވޭ ވަރަށް ރަނގަޅު ހާލަތަކަށް ދެވިދާނެ". އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ލުއިތައް ދިނުމަކީ ފަސޭހައެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި، ބަލި އެއްކޮށް ދުނިޔެއިން ގޮސްފައި ނުވާ ކަމަށެވެ. އަދި ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިއުމާއި، ރައްކާތެރިކޮށް އުޅުމަކީ ބަލީގެ ރައްކާތެރިކަމުގެ ފިޔަވަޅު ކަމަށް އޭނާ ފާހަގަކުރެއްވޮއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އަންނަ ޖުލައި މަސް ފަތުރުވެރިކަން އަލުން ފަށަން މިހާރު ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަމަނަ

  މިއީ އަހަރެން ކައުންޓްކުރާ މީހެއް ނޫން. އެހެންވީމާ ދޫކޮއްލީ.

 2. މޮޔަބެ

  މިގޮލާ ފޮޓޯ އަކުން ފެނިލިޔަސް ހިތަށް އަރަނީ ބައްޕަ ބޯޓް ދަތުރުކޮށް ލިބުނު ފައިސާއިން މާލެއިން ގަނެލި 8 މިލިއަން ރުފިޔާގެ ގޯތި.. މިކަހަލަ ޒީރޯ ޓޮލެރަންސް... މިގޯތި ލިބުނުގޮތާއި ބެހޭ ތަހުގީގު ހިންގަންޖެހޭ...

 3. ފަޅާނަގައި

  ހަމަ ރަނގަޅަށް ވެސް ކަރާ ފެޅުން ކަމަ ކީ....ކޮބާ ފްލޯޓިން ހޮސްޕިޓަލް...ހާދަ ބަނޑުބޮޑޭ

 4. ެަހުމްދު

  ބަންގާޅިން ގުރޫޕް ހަދައިގެން ކަންކަންމަތީ ، ޕާކުތަކުގަ ، މިކަންކަން ކޮންޓްރޯލުކުރާނެ ބައެއްނެތް ، ޕޮލިހުން ބަލާލާފަ އެދަނީ ، ބަންގާޅިން ތަޅައިގެން ނަމަވެސް ކޮންޓްރޯލުކުރަންޖެހޭ ، ނޫނީ ދުވަހަކުވެސް ސަލާމަތެއްނެތް ، ސަރުކާރު ބަޑުތަނުން ފެއިލްވަމުން އެދަނީ ، ބަންގާޅީން މަދުކުރާނަމޭ ދިވެހިނަ ހިތްހަމަޖެހިގެން އުޅެވޭނެއޭ ކިޔާފަ ރައީސްކަމައް އެރީ، ވީ އެއްކަމެއްވެސްނެތް ، ދެރަވޭ މަގޭ ވޯޓުދެވުނީތީ!!

 5. Anonymous

  2021 އޯގަސްޓް ނުވަތަ ސެޕްޓެމްބަރ ގެ ކުރިން ލާހިކު ކުޅަދާނައެއްނޫން ހިންދެމިލާކަށް