ޓްއަރިޒަމް މިނިސްޓްރީގައި ދެތިޖޫރިއެއް އެބަހުރި ކަމަށާއި، ނަމަވެސް ފައިސާ އަޅަން އެތިޖޫރިތައް ބޭނުން ނުކޮށް، މިހާރު ތިޖޫރިތައް ބޭނުން ކުރަނީ ދުފާ އެއްޗެހި އަޅަން ކަމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ކުރެވެމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން ކަމަށާއި ލީޒް ރެންޓް ފަދަ އެހެނިހެން ފައިސާ ހޯދުމަށް ދައުވާކުރުމުގެ ބާރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ނެތް ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވާތީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެއްވެސް ފައިސާއެއް ޓްއަރިޒަމް މިނިސްޓްރީއަށް ބަލައި ގަންނަ ގޮތައް ކަންތައްތައް ހަމަޖެހުން އެއީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅޭ ގޮތުން މީރާ އާއި، ފިނޭންސް މިނިސްޓްރީ އަދި ބަންޑާރަ ނައިބުގެ އޮފީހާއި ދެމެދު މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
"ފާއިތުވެގެން ދިޔަ ދޮޅު އަހަރު ދުވަސް ތެރޭގައި އަޅުގަނޑުމެންގެ މިނިސްޓްރީ އާއި އެއްވެސް ފައިސާއެއް ހަވާލުވެފައެއް ނޯންނާނެ. އެއްވެސް ތުހުމަތެއް ކުރެވިފައެއް ނޯންނާނެ. އެގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އޮންނަން ބޭނުން ވަނީ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މީގެ ކުރިން ރަށްތައް ދޫކުރަމުން ގެންދިޔަ ގޮތައް ބިޑަކާއި ނުލައި ރަށްތައް ދޫކުރުން މިހާރު ކުރިއަށް ނުގެންދާ ކަމުގެ ކަށަވަރުކަން މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސީއެސްއާރް ޕްރޮގްރާމްތަކުން ފައިސާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ޓްއަރިޒަމް މިނިސްޓްރީން ކުރަމުން ނުގެންދާ ކަމަށެވެ.
މިނިސްޓްރީގެ ބަޖެޓުވެސް އެއްކޮއް ކޭންބެއްލެވީތޯ ސާބަސް ދެންއިސްތިއުފާދީފަ ގެއައްވަޑައިގަންނަވާ
ހަމަ ރަނގަޅަށްތޯ؟ ކިތައް ގޯތި ގަނެވޭ ވަރަށް ކިއްލި ތެޅޭނެތޯ ތި ދުފާއެއްޗިހިން؟ ތިޖޫރީ ތަޅުދަނޑި ބާރަށް ހިފަހައްޓަވައްޗޭ.
ތިޖޫރީގައި ކަރާ އޮށްކޮޅެއްނެއްތަ އޭތިކޮޅުވިއްކާލައިގެން މާލޭން ބޮޑުބިމެއްގަނެލަން
ބަޖެޓު އެއްކޮއް ކޭންބެއްލެވީތޯ ދެންއިސްތިއުފާދީފާގެއައް ވަޑައިގަންނަވާ
އޭ ގެން ދުފާއެއްޗެހި ނަ ގައި ގެންތަ ކަލޭ އެވަރަކައް ކިއްލިތަޅަނީ ބޮޑުވަ ގު
ތިޖޫރީ ނެތީމާ ވަރަށް ދެރަވޭދޯ.. ތިހެން ހާކާލި ބުރުވާލި މިނިސްޓަރުން އައިސް ތިޖޫރި ވަގަށް ނަގާތީ މީރާ ކިޔާ މުއައްސަސާއެއް އެ އޮތީ ހަދާފައި.. އެހެނ އޮތަސް އަލީ ވަހީދުމެން ކަޓު ނެގުމުގައި ރެއާއި ދުވާލު ތި ހޭދަކުރަނީ.. މިނިސްޓަރުން ތެރޭން އެންމެ ކަޓު މިނިސްޓާރު އަލީ ވަހީދަކީ
ތިޖޫރީ ފުލު ގައި ވެސް ހުރީ ލޯ ވަޅު އަޅާފައި
ތިވެސް މައްސަލައެއް
ތިވެސް ލައްކަ ވަރެއްތާ ތިވަރު ވީކަންވެސް ނަސީބެއްނު!
ދެން އެއިގެން ކިއްލި ހަދާގެން ވިއްކާފަ ހުޅުމާލެއިން ގޯއްޗެއް ނުުގަންނާތި
ދުފާއެއްޗެހި ދައުލަތުގެ މުދަލެއްގައި ނުބެހެއްޓޭނެ އެއީ ނަހަމަގޮތުގައި ދައުލަތުގެމުދާ ބޭނުންކުރުން
ކިއްލި ތަޅައިގެން މުއްސަދިވި މީހެކޭ ކިޔާތީ އަނެއްކާ ތިތިޖޫރިޔަށް ދުފާއެއްޗިސް އަޅައިގެން މުއްސަދި ވާންބާ މިއުޅެނީ
ދެން ކިއްލި ތަޅަންވީނު. ހަމަގައިމުވެސް ފައިދާވާނެ
ތިއީ ބޮޑުވަގެއް.ކަލޭއެނގޭނެ މިޤައުމުގައުޅޭހުރިހާ މީހުނައްވެސް
ތތިކަރާނުފަޅަ މިޤައުމުގަހުރިފައިސާއެއް ވެއްޖެއްޔާ ދާވާލަ
ނަސްލުވެސްވަގު ތިޖޫރީގައިހުރިފައިސާ ތިބަނޑުއަޅާލި
ދެން ތިތިޖޫރީ ކޮޅުގޮހޮރައްދިރުވާލަ؛؛ ވ ސަލާމް
ރީތި ބަހުން ސުވާލުކުރި ނޫސްވެރިއާދިމާލަށް އެގޮވީ އަވަގުނާނަ!؟
މިނިސްޓްރީގެ ތިޖޫރިއަށް ދުފާތަކެތި ލުމަކީ މާލިއްޔަތުގެ ޤާނޫނާ ޚިލާފުކަމެއް. މިނިސްޓަރ އެކަން ނުހުއްޓުވާ ހުރުމަކީ ތިޖޫރި ހަވާލުވެހުރި މުވައްޒަފުގެ އިތުރުން މިނިސްޓަރވެސް ކުއްވެރިވާނެކަމެއް.
ތިޔައީ ބޮޑު މައްސަލަ އެއް. ފައިސާ ކޮޅު ކޮބައިތޯ. ފައިސާއާ ޖެހުނީމާ ބިރު ބޮޑުތި ބޭފުޅުންނަށް މަގާމް ލިބުނީމާ ވާނީ މިކަހަލަ ގޮތެއް.
ސޯނޫ އަތުން ކިހާވަރެއް ނެގިން، 5 މިލިއަން ޑޮލަރުތަ؟ އެނގިގެން މިބުނަނީ. ދައުރު ބަދަލުވުމުން މި ކަންކަން ޢަލީ ފަހަތުން ދުވާނެ.
ސޯނޫ އަތުން ކިހާވަރެއް ނެގިން، 5 މިލިއަން ޑޮލަރުތަ؟ އެނގިގެން މިބުނަނީ. ދައުރު ބަދަލުވުމުން މި ކަންކަން ޢަލީ ފަހަތުން ދުވާނެ.
ބައްލަވަ ކަރައެއް ނޫންތޯ ހުރީ
އަލީ ވަހީދު ތިޔަބުނަނީ ތިޔަ 2 ތިޖޫރިޔައް އަޅާ ލާރިން ހަމައެކަނި ދުފަޔޭ ލެވެނީ އެހެންވީމަ އަދި ކޮބާ ބަނޑުފުރާ ކާލަނެ އެއްޗެއް ޓުއަރިޒަމް އަކުން ނުލިބެޔެއްނު.
ދޮންކަލޯ ލަދުކޮބާ!
މޮޅުވާހަކަ ނުދައްކާ ހުރެވޭތޯ ބަލާބަ، ލިބުނު މޮޅާއެކު.....