މާލޭގެ މަގުމަތިން ހޮވައިގެން ގެނައި ފައިސާތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ފައިސާތަކަކީ މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި މާލެ، ޖަނަވަރީމަގު ވިނޯލިޔާ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.

އެކަމަކު، އެމީހާ ހަވާލު ކުރީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 458619 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވާން ފުލުހުން އެދެއެވެ.

އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަންގްލަދޭޝް މީހެއް މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާ ދާދި ފަހުން ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ތިޔަކީ ބުއްޅަބޭގެ އެއްޗެއް.